ހަށިގަނޑަށް ނުބަލާ އުޅުމުގެ ފުރުސަތު ބޮޑީ ރީތި ފިރިހެނުންނާ އިނދެގެން އުޅޭ އަންހެނުން
03 އޯގަސްޓް 2017 - 06:28
ކޮންމެ މީހަކު ވެސް ބުނާނީ އެ މީހެއްގެ ފިރިމީހާ ނުވަތަ އަނބިމީހާ އަކީ އެންމެ ރީތި މީހާ ކަމަށެވެ. އެކަމަކު ބޮޑީ ހަގީގަތަކަށް ނުވުމުގެ ފުރުސަތެވެ. ސިފަ މުހިންމު ނޫން ކަމަށް ވެސް ބުނާނެ އެވެ. އެކަމަކު ގިނަ ފަހަރު އެއީ ހަމަ ހުސް ވާހަކައެކެވެ.
ބޮޑީ އިމޭޖް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާއާ މެދު ވިސްނާލަން ޖެހެނީ އެހެންވެ އެވެ. އޭގައި ބުނަނީ ހަށިގަނޑާ މެދު އަޅާނުލައި ކެއުމުގެ ރަނގަޅު އާދައެއް ގެންގުޅުމަށް ސަމާލުކަން ނުދޭ އަންހެނުންގެ ތެރެއިން ގިނަ މީހުންނަކީ ރީތި ފިރިން ތިބި މީހުން ކަމަށެވެ. މާނަ އަކީ ރީތި ފިރިޔަކު ހުރި ނަމަ އެ މީހެއްގެ އަނބިމީހާ ރީއްޗަށް ހުންނަން ކުރާ މަސައްކަތް ކުޑަވުމެވެ.
ފްލޮރިޑާ ސްޓޭޓް ޔުނިވަސިޓީގެ މި ދިރާސާގައި ބުނަނީ އަނބިމީހާ އާއި ފިރިމީހާގެ ރީތިކަމާއި އެ މީހުންގެ ކެއިންބުއިމުގެ އާދަ އާއި ކަސްރަތުކުރުން ފަދަ ކަންކަމާ ގުޅުން އެބަހުރި ކަމަށެވެ. އަނބިމީހާ، އޭނާ އަކީ ފިރިމީހާއާ އަޅާބަލާއިރު މާ ރީތި މީހެއް ކަމަށް ގަބޫލުކުރާ ނަމަ ޑައެޓް ކުރުން ފަދަ ކަންކަމަށް ދޭ ސަމާލުކަން ކުޑަ ކަމަށް، ޒުވާން އުމުރުގެ 113 ދެމަފިރިއަކާ ސުވާލުކޮށްގެން ކޮށްފައިވާ ދިރާސާގެ ނަތީޖާއިން ދައްކަ އެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި ލޫޅާފަތި ހަށިގަނޑެއް ހޯދަން މަސައްކަތްކުރުމުގެ ފުރުސަތު އެންމެ ބޮޑީ، ފިރިމީހާއާ އަޅާބަލާއިރު ހުތުރު މީހެއް ކަމަށް ގަބޫލުކުރާ އަނބިންނެވެ.
މިކަމުގައި ފިރިހެނުންގެ ވިސްނުމަކީ ކޮބައިހެއްޔެވެ؟ ދިރާސާއިން ދެއްކީ އަނބިމީހާ ރީއްޗަސް، ހުތުރަސް ހަށިގަނޑަށް ބަލައިގެން އުޅުމުގައި ފިރިހެނުން ގެންގުޅޭ ވިސްނުމުގައި ތަފާތެއް ނުހުންނަކަމެވެ.
މި ދިރާސާކުރި ޓީމުން ބުނީ މިއީ އަންހެނުން ޑައެޓްކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމާއިރު އެ މީހެއްގެ ފިރިހެން ބައިވެރިޔާ އާއި އޮންނަ ގުޅުމާ ބެހޭ ގޮތުން ކަންކަން އެނގެންޖެހޭކަން ހާމަކޮށްދިން ދިރާސާއެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުވާދީބު ރާނީ
05 August 2017
މަގޭ ހަޒް ވަރަށް ރީތި. އެކަމަކު ވަރަށް ބަަޑި. ހަވަރު ތުންފުއްސެކޭ ނުބުނާނަން. ލޯބިވާތީ އެގޮތްވެސް އޯކޭ ވެގެން އުޅެނީ.
ޢާދަނު
04 August 2017
މަށަކީ ރީތި ފިރިޔެއް
ރިނީ
04 August 2017
"ރީތި" މިބަހުގެ ޑެފިނިޝަން ބުނެލަދިނުން އެދެން. އިންސާނުންނަކީ އެކި ކަހަލަ ރީތި ސިފަތަށް ލައްވާފައިވާ ބައެއް. އައިބެއް ހުރުމަކީ މައްސަލައެއްނޫން. ރީތި ކުރަންޖެހެނީ އިންސާނާގެ ހިތް.
ލައިހޯ
04 August 2017
ތީ ތާކުން ތާކު ޖެހޭ ދިރަސާއެއްނޫން. ކަސްރަތުކޮށް ކެއުމަށް ބަލަންޖެހެނީ އެމީހެއްގެ ސަލާމަތައް
ހުސެން
04 August 2017
ބަލަންޖެހެނީ އެމީހެއްގެ ސަލާމަތައްކަމަށް ވިޔަސް އެކަން ދަންނަނީ ކިތައްމީހުންތޯ؟
ރަހުމަތު ފަވާޒު
04 August 2017
ރީތި ހުތުރު އެއީ ބަލާ މީހާގެ ވިސްނުން. އޮފް ކުރިވަރަކަށް ބަބުޅާނެ. އެކަމަކުވެސް ގުޅުމެއް ނިމެންވީމަ ނިމޭނެ. ސިއްހަތު ރަގަޅަށް ބެހެއްޓުމަށް މަސައްކަތްކުރުން އެއީ ފަރުދީ ޒިންމާއެއް.
ފައްޑު
03 August 2017
އަހަރެންގެ ފިރިމީހާ މީތި ކިޔަކަ ނުދޭނަން އެއްގޮތަކަށްވެސް. އޭނަ ކިޔައިފިއްޔާ ބުނާނެ އަހަރެންނަށްވުރެ އޭނައޭ ރީތީ. މީގަވެސް މިއޮތީ ނޫންހޭ އަންހެނުން ފިޓްވާން މަސައްކަތްނުކުރަނީއޭ. ދެން ޒުވާބު އުފެދުނީ އެ.
ހުސެން
04 August 2017
ތިވަރުން ދެމީހުނަށް އެކީގައި އުޅެވޭނެބާ؟
ކަރާޓޭ
03 August 2017
މަގޭ ވައިފް ކައިރި ބުނެފިން މީތި ކިޔަން އެބަޖެހެއޭ!
ހޯބޯ
03 August 2017
ރީތިކޮށް ހުންނަންވީ ރަނގަޅު ސިއްހަތެއްގަ ހުންނަން.
ނުބައި
03 August 2017
ރީތިކޮށް ހުންނަންވީ ހަޑިވީމަ އޭނާ ކަޓާފާނެތި
އަލިފުޅު
03 August 2017
"ދޮންފިރި" ބުނިހެން 10 ފަހަރު މިލިޔުން ކީއިރުވެސް ދެވަނަ ޕްރެގްރާފްގަ އޮތް އެއްޗަކާ އޭގެފަހުން ލިޔެފައޮތް އެއްޗެއް ސީދަލެއް ނުވޭ...... ދެވަނަ ޕްރެގްރާފް ގަ ބުނަނީ 'ރީތި ފިރިއަކު ހުރިނަމަ އެމީހެއްގެ އަނބިމީހާ ރީއްޗަށް ހުންނަން ކުރާ މަސައްކަތްކުޑައޭ' މާނައަކީ ހުތުރު އަނބިން ރީތިވާކަށް ނޫޅެއޭ... އެކަމަކު ތިންވަނަ އަދި ހަތަރުވަނަ ޕެރެގްރާފްގަ މި އޮންނަނީ "ރީތި ހަށިގަނޑެއް ހޯދަން އުޅެނީ ހުތުރު ކަމަށް ޤަބޫލުކުރާ އަނބިންނޯ" މީހަކު ކޮސްވެދާނެ މިކަހަލަ ލިޔުންތައް ލިޔާ މީހުނާ ހެދި.
ވިސްނާ ނުވިސްނާ
03 August 2017
އެބުނަނީ އަންހެންމީހާ ޓްރައިއެއް ނުކުރާނޭ އެހެން މީހެއް ހޯދަން
މުހައްމަދު
03 August 2017
"އުމުރުގެ 113 ދެމަފިރިއަކާ ސުވާލުކޮށްގެން ކޮށްފައިވާ ދިރާސާގެ ނަތީޖާއިން ދައްކަ އެވެ." އެންމެ 113 ދެމަފިރިން؟؟