ގާސިމް: މިރޭ އަޑުއެހުމެއް ބާއްވަން ހަމަޖެއްސިއިރު ގާސިމް އޮތީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި --ފޮޓޯ/މިހާރު
06 އޯގަސްޓް 2017 - 19:14
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިރެއަށް ތާވަލްކޮށް، އެ އަޑުއެހުމަށް ހާޒިރުވާން އޭނާ އަށް ކްރިމިނަލް ކޯޓުން އަންގައިފި އެވެ.
މިވަގުތު އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމަށް ކޯޓުން ފޮނުވި ޗިޓްގައިވާ ގޮތުން މިރޭ 8:00 ގައި ބާއްވާ އެ އަޑުއެހުމަށް ގާސިމް ހާޒިރުވެވަޑައިނުގެންފި ނަމަ ޣައިރު ހާޒިރުގައި މައްސަލަ ހިންގާނެ އެވެ. އެ ޗިޓާ ހަވާލުވެފައިވަނީ ގާސިމްގެ ވަކީލުންގެ ޓީމުގެ މެމްބަރެކެވެ.
މިރޭގެ އަޑުއެހުމަށް ހާޒިރުވާން ގާސިމަށް އެންގީ މިއަދު ހެނދުނު ބާއްވަން އޮތް އެ މައްސަލައިގެ އަޑުއެހުން ކެންސަލް ކުރުމަށް ފަހު އެވެ. އަޑުއެހުން ކެންސަލްކުރީ ގާސިމް ހޮސްޕިޓަލްގައި އެޑްމިޓް ކުރުމުންނެވެ.
މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ދައުވާގެ މިރޭގެ އަޑުއެހުމަކީ ހެއްކާ ބެހޭގޮތުން ވާހަކަ ދައްކަން ތާވަލްކުރި އަޑުއެހުމެއް ކަމަށް ގާސިމަށް ކޯޓުން ފޮނުވި ޗިޓްގައިވެ އެވެ.
ގާސިމްގެ ސިއްހީ ހާލަތު ގޯސްވެ، އިތުރު އޮޕަރޭޝަނެއް ކުރަން ރާއްޖެއިން ބޭރަށް ދާން ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށް ގާސިމްގެ ވަކީލުން ބުނެ އެވެ. އެކަމަކު ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާތީ މިހާތަނަށް ވަނީ ފުރޭ ގޮތް ނުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނަސް
06 August 2017
ޤާސިމް ޖަލަށްލުމަކުން އަދި މިކަން ނުނިމޭނެ ތިއެޅެނީ ހައްތާވެސް ތިަޅަނީ ޅައެތި ރައްޔިތުން ޖަލަށްލައިގެން ވެރިކަން ކުރާނަމޭހިތާ އުޅޭނެކަމެއްނެތް އަނިޔާވެރިކަން ނެތިކުރައްވާށި އާމީން
ނަޒީމް
06 August 2017
މީހަކު ހޮސްޕިޓަލުގައި އެނދުމަތި ކޮއްފައި ވަނިކޮއްވެސް ހާޒިރު ނުވެއްޖެ ނަމަ ޢައިރުހާޒިރުގައި ޝަރީއައް ކުރިއަށް ގެންދާނެ ކަމައް އިންޒާރު ދިނުމަކީ މީހާދަ ލާއިންސާނީ އަމަލެކޭ..... މިވަރުންވެސް ސްޕްރީމް ކޯޓުން ބުނާނެ ކޯޓްތަކާ ބެހޭ ގޮތުން ވާހަކަ ދައްކައިގެން ނުވާނެެއޭ ފިޔަވަޅު އަޅާނަމޭ
ޙަސަން
06 August 2017
ޖިނާއީ މައްސަލަތަކުގައި ދަޢުވާ ލިބޭ މީހާގެ ޣައިރު ހާޒިރުގައި ޝަރީޢަތް ނުބޭއްވޭނެކަމަށް ބުނާއަޑު އަހަން. އެހެންވެގެންނޯ އަންނި ޔާމީނު އާރަށުގައި ބެހެއްޓި މައްސަލައިގައި އަންނިގެ ބައި ކުރިޔަށް ނުގެންދެވިގެން ޝަރީޢަތް ނުބާއްވަނީ. ދެން ކީއްވެގެން ޤާސިމްގެ ޣައިރު ހަާޒިރުގައި މައްސަލަ ބެލެންވީ؟ ޤާސިމް ޖަލަށް ނުލެވިގެން މީހަކު ހޭބަލިވެގެން އުޅެނީދޯ؟
ކަޕިލް
07 August 2017
ކޯޓުން ޗިޓްފޮނުވާއިރަށް އެޑްމިޓްވާން ވެއްޖެއްޔާމު ޝަރިޔަތަށްފިލައިގެން ލާރިހުރި ކޮއްމެމީހަކަށްވެސް އުޅެވިދާނެ! ޢެތަނަށްގޮސްފަ ކިޔާއެއްޗެއް އަޑުއެހީމަ ނިމުނީ ނޫންތޯ! ގަބޫލަސް ނުގަބޫލަސް ކޮންމެވެސް އެއްކޮޅަކަށް ހުކުމްކުރާނެކަން "ޔަގީން"
ހެހެހެ
06 August 2017
މިރާއްޖޭގައި ބޮޑެތި ޖަރީމާ ތައް ހިންގާފައިވާ މީހުން ހެވިލާފައި އުޅޭ އިރު، ގާސިމް އިބްރާހީމް ފަދަ އެތައް ބަޔެއްގެ ލޯބި ލިބިފައިވާ ބޭފުޅަށް ކިހިނެއް ހައްދަވަންތޯ ތިޔަ އުޅުއްވަނީ؟ މާތް ﷲ އަށް ބިރުވެތިވެ، ހެޔޮ މަގުގައި ތިބިއްޔާ މާ ރަނގަޅުވާނެ!
ޒަންޖަބީލު
06 August 2017
އިންސާފުވެރި ފަނޑިޔާރުން ބިރުގަންނަން ވީ އެންމެ ފަރާތަކަށެވެ!
ޥިސްނާމީހާ
06 August 2017
އިންސާފެއް ނޫން . ޢަދުލުވެރި ފަނޑިޔާރުން . ޢަދުލުވެރި އިންސާފު: ނުހިންގަނީ
މީނާ
06 August 2017
ގާސިމް ޖަލަށްނުލެވިގެން ހާދަވަރެއް އެބަދައްކައޭދޯ. މީހަކަށް ލޮލަށް ނިދި ނައިސްގެން އުޅޭހެން ހާދަ ހީވޭ. އިންސާނުންތަ މިއުޅެނީ. ދެން މިއަށް އަނިޔާވެރިކަންނޫން ކޯއްޗެއް ކިޔަންވީ
ބޭރުވެލާ
06 August 2017
ރާއްޖޭގެ ޝަރުޢީ ދާއިރާ އަށް ވެސް ދިގު އަތް ވަދެއްޖެތާ........... އަދުލު އިންސާފު ނެތް ތަނެއްގައި އަމާން ކަމެއް ނޯންނާނެ...
ފަރީދާ
06 August 2017
ކާސިންބެ އަަށިގަނޑަށް ލައިގެން ކޯޓަށް ގެންގޮސް ހުކުން އިއްވަންވީ ނޫންތޯ؟
ޢަވަސް
06 August 2017
ޙާދަ އަވަސް އަރުވާލައިގެން ؟މިފަހަރު ކައްވަޅުގައި ތިބިމީހުނަށްވެސް ޙުކުމް ކޮށްފައި ހުއްޓާލަންވާނީ
ނަރުދޫ
06 August 2017
ހާދަވަރެއް ގާސިމަށް މިބާލަނީ. މިވަރުންވެސް ބުނަންވީތަ ސަރުކާރުގެ ނުފޫޒެއްނެތޭ. މީހަކު މޮޔަ ވެދާނެއްނު.