ގާސިމް: އޭނާ އަށް ދައުވާކުރަނީ މެމްބަރުންނަށް ރިޝްވަތު ދިނުމަށް ހުށަހެޅި ކަމަށް ބުނެ --ފޮޓޯ/މިހާރު
08 އޯގަސްޓް 2017 - 10:31
ހިތުގެ އާލާސްކަންފުޅެއްގައި އެޑްމިޓްކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރާއްޖެ އިން އިތުރަށް ދެވޭނެ ފަރުވާއެއް ނެތް ކަމަށާއި އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ އޭޑީކޭގައި އެޑްމިޓްކޮށްފައިވާ ގާސިމްގެ ހާލު ދުވަހެއް ދުވަހަކަށް ދަނީ ދަށްވަމުން ކަމަށެވެ. ރާއްޖެއިން ގާސިމަށް ދެވޭނެ ހުރިހާ ފަރުވާއެއް ހުސްވެ، ޑޮކްޓަރުން ވެސް ގޮތް ހުސްވެފައިވާ ކަމަށް ސަމީރު ވިދާޅުވި އެވެ.
"އޮޕަރޭޝަނަށް ފަހު ގާސިމަށް އެކަށީގެންވާ ފަރުވާ ދެވެން އަންނަނީ. އެ އޮޕަރޭޝަން ރާއްޖެ އިން ކުރެވޭކަށް ނެތް. އިއްޔެ ވެސް އެމްއާރުއައި ސްކޭނެއް ހަދައިގެން ޑޮކްޓަރުން ބައްލަވާފައި ވިދާޅުވަނީ އެއް ވާހަކައެއް. އެޑްމިޓްކޮށްފައި އޮތަސް އޮޕަރޭޝަން ނުކޮށް އެކަށީގެންވާ ފަރުވާ ނުދެވޭނެ ކަމަށް،" ސަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިއްހީ ގޮތުންނާއި ތައުލީމީ ގޮތުން ވެސް އެތައް ދިވެހިންނަކަށް ދީލަތި އެހީތަކެއް ވެދެއްވި ގާސިމް މިހާރު އޮތީ ވަރަށް "ނިކަމެތި" ހާލަތެއްގަ އެވެ. ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެންމެ އަސާސީ ހައްގު ކަމަށްވާ ބޭސްފަރުވާ ކުރުމުން ވެސް މަހްރޫމްކޮށް، މި ސަރުކާރުން ލާއިންސާނީ އަނިޔާތަކެއް ގާސިމާ މެދު ހިންގަމުންދާ ކަމަށް ވިދާޅުވެ އެކަން ސަމީރު ކުށްވެރި ކުރެއްވި އެވެ.
ގާސިމްގެ މައްޗަށް ރިޝްވަތުގެ ތުހުމަތުކޮށް ޝަރީއަތް ހިންގަމުން ދިޔަ ނަމަވެސް އޭނާއަކީ ހުކުމެއް ސާބިތުވެފައިވާ މީހަކަށް ނުވާތީ، ރާއްޖެ އިން ބޭރުން ގާސިމަށް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިދޭން ޖެހޭ ކަމަށް ސަމީރު ތަކުރާރުކޮށް ވިދާޅުވި އެވެ. ސަރުކާރުން ބޭނުންވާ ބަޔަކު، ގާސިމާ އެކު ރާއްޖެ އިން ބޭރަށް ފޮނުވައިގެން ނަމަވެސް ގާސިމަށް މި ވަގުތު ސިއްހީ ފަރުވާ ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާސިމާ މެދު ކަންކަން ކުރަމުން ދަނީ އިންސާނަކާ ދޭތެރޭގައި އަމަލުކުރަންވާނެ ގޮތަކަށް ނޫން. ވަރަށް އަނިޔާވެރިކޮށް،" ސަމީރު ވިދާޅުވި އެވެ.
ޝަރީއަތް ނިމެންދެން ގާސިމް ރާއްޖެ އިން ބޭރަށް ފުރުން މަނާކޮށް، އޭނާގެ ޕާސްޕޯޓު އޮތީ ހިފަހައްޓައިފަ އެވެ. ހިތުގެ އޮޕަރޭޝަނަށް ގާސިމް ރާއްޖެ އިން ބޭރަށް ފޮނުވައިދޭން އާއިލާ އާއި ވަކީލުން ތަކުރާރުކޮށް ވަނީ ސަރުކާރުގައި އެދިފަ އެވެ. އެކަމަކު އަދިވެސް އެ ހުއްދައެއް ނުދެ އެވެ.
ގާސިމަށް ކުރާ ރިޝްވަތުގެ ދައުވާގެ އަޑު އެހުމެއް މިދިޔަ އާދީއްތަ ދުވަހު ޝެޑިއުލްކުރި އެވެ. އޭނާ އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަން ކޯޓަށް އެންގުމުން، އެ ޝަރީއަތް އެ ރޭ ބާއްވާގޮތަށް ނިންމި އެވެ. އެކަމަކު، ގާސިމާއި ވަކީލުން ހާޒިރުނުވުމުން ފަހުން ކެންސަލްކުރީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަބޭސް
09 August 2017
މާތްﷲ ޤާސިމަށް ހެޔޮ ރަޙުމަތް ލައްވާށި ﷲ އީ ހުރިހާކަމެއް މޮޅާއްދެނެވޮޑިގެންވާ އިލާޙް " ސަރުކާރުން އަބަދު ބުނަމުންދަނީ ހުރިހާކަމެއްވެސް ކުރަނީ ޤާނޫނާ ޤަވައިދާއެއްގޮތަށޭ؟ ޤާސިމްގެ ފަރާތުންބުނަނީ ރާއްޖޭގައި ހުރި އެންމެބޮޑު ދެ ހޮސްޕިޓަލުންވެސް ޤާސިމް ބޭރައްފޮނުވަންޖެހޭކަމަށް ލިޔުންދީފައިވާކަމަށް " އެހެންކަމަށްވާނަމަ ކޮންމެވެސް އެއްބަޔަކު ދޮގުއެބަހަދާ؟
ވަހީދު
09 August 2017
ކިތަންމެ ރަނގަޅު މީހަކަސް އެމީހާގެ މައްޗަށް ތުހުމަތެއް ކުރެވި ކޯޓަށް ހާޒިރުވާން އަންގައިފިނަމަ ހާޒިރުވާން ޖެހޭނެ.
އަމުރު
09 August 2017
ކިތަންމެ މަތީ ފަރާތަކުން އަމުރު ކުރި ނަމަވެސް އެމީހެއްގެ ސިއްޙީ ޙާލަތު ތަންނުދޭ މިންވަރަކުން އަމުރަށް ކިޔަމަނެއް ނުވެވޭނެ ދެއްތޯ! ހަމަ ވިސްނުން ހުރި ކޮންމެ އިންސާނަކަށްވެސް އެކަން އެނގޭނެ!
ސުވާލު
09 August 2017
އެހެންވީއިރު މިހާރުގެ ރައީސްއަށް ކުރެވޭ ތުހުމަތުތައް ނުބަލަނީ ކީއްވެ؟
ޢައިނު3
09 August 2017
ކޮމެންޓް ތައް ކިޔާލާފަ ކޮމެންޓެއް ނުކޮށް ދޫކޮށްލާކަށް ހިތެއް ނޭދުނެވެ. ޤާޝިމްގެ އެހީތެރިކަން އެތައްބަޔަކަށް ލިބިފައިވާނެއެވެ. އެކި ރޮގި ރޮގުން ނެވެ. ސިއްޙީ ފަރުވާ. ތަޢުލީމް މިއީ ޤާޝިމް ކޮށްދެއްވާ ޚިދުމަތްތަކެވެ. ޤާޝިމަށް ނިކަމެތި ކަމެއް ލިބޭކަށް ނޭދެމެވެ. އަދި ޤަޢުމު ގެ ހަމަޖެހުން ވެސް ވވ ވަރަށް މުހިންމެވެ. ޤާޝިމް އަގުވައްޓާލަން ކައިރީގަ ތިބެގެން ކުރަމުން ތިއަންނަ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލަން ގޮވާލަމެވެ. ޤަޢުމޭ ކިޔައިގެން ޤާޝިމް ނިކަމެތި ނުކުރާށެވެ. ޤާޝިމްގެ މުއްސަދިކަން ތިގޮތަށް ފޭރި ނުގަންނާށެވެ. ޤާޝިމް އަތުގަ ލޯލާރިއެއް އޮށްވާ ވެސް މިވެރިން ޤާޝިމް ދޫނުކޮށްލާނެއެވެ.
ޑރ. ޒަންޖަބީލް
08 August 2017
ފަރުވާއަކީ ވެރިކަން...
ަާަުއިންސާފު
08 August 2017
ޢެމީހަކު ފޭހުނު އިލޮށި ގަނޑެ ހެރޭޏނީ ޢެމީހަކު ގެ ލޮލަށް ތިޔޮތީ އަމިއްލަ ޔައަ ހެދި ގާނޫ ނު އަތަައް ގޮވާފަ\
ބޯގޮވިކަލޭގެ
08 August 2017
ޔާމީނަށް އެނގޭ ދެން ނުހޮވޭނެކަން އެހެންވީމަ ދެން ގާނޫނުތަކާވެސް ނުކުޅެވޭނެކަން ދެންޖެހޭނީ ފައިބަން
ޥިސްނާމީހާ
08 August 2017
ފުރާނަޢަކީ ﷲ ގެ ހައްޤެކެވެ. ޥަގުތު ޖެހުމުން ނޫނީ އެފުރާން ހަށިގަޑާ ވަކުނުވާނެ . ޔﷲ ޤާސިމަށް ކެތް ތެރިކަން ދެއްވާށި
ރީނދޫ އަޑުފޮށި
08 August 2017
ކަލޭ ޑޮކްޓަރަކަށްވެސް ވީތާ! ކަލޭ ބާގައިގެ އެންމެންނަކީ ދަންނަބޭކަލުން ކަމާއި ލޯޔަރުންކަން ކުރިންވެސް އެނގޭ. މިހާރު ޑޮކްޓަރުންނަށްވެސް ވެއްޖެ. ގަދަ ބައެކޭ އިނގޭ.
ޜުކު
08 August 2017
މިހެރަ މޮޔަޔާ ޑޮކްޓަރާ ހަވާލަދީ ބުނެފަ އެއޮތީ
އައްޑޫމީހާ
08 August 2017
ގާސިމް އަށް އަވަސް ޝިފާއަކަށް އެދެން. މިގައުމު މިއޮތީ ބޯގޮވާފަ. ބޯގޮވާފަ އަމިއްލަޔަށް އިއުތިރާފުވެފައި ހުންނެވި ބޭފުޅަކު ވެރިކަމަށް ލައިގެން މިގައުމުން އެއްވެސް ބޭފުޅަކަށް އިންސާފެއް ލިބޭނެ ކަމަކަށް ނުބެލެވޭ.
ޜައްޔިތުން
08 August 2017
ޤާސިމަށް ފުރައްސާރަކޮށް ކޮމެންޓުކުރާ މީހުންނަކީ ޤާސިމްގެ އެހީ ގިނަ އަދަދަކަށް ހޯދާފައިވާ މީހުން، ބަތާހަރާމީން. ލަދެއް ވެސް ނުގަނޭތާ.