ލައިފްސްޓައިލް / ދަރިން ތަރުބިއްޔަތުކުރުން

ދަރިފުޅާ ދިމާލަށް "ނޫނެކޭ" ނުބުނާތީ ދަރިން ހަލާކުވަނީ

14 އޯގަސްޓް 2017 - 06:20

15 comments

ދަރިން އެދޭ ކޮންމެ ކަމަކަށް އާއެކޭ ބުނާތީ، ނެގެޓިވް ކަންކަމަށް ދަރިންގެ ސިކުނޑި ތައްޔާރު ނުކުރެވި އެ ކުދިންގެ އުޅުމަށް ވަރަށް ނުރަނގަޅު އަސަރުތައް ކުރަމުން އަންނަ ކަމަށް އިނގިރޭސި ވިލާތުގެ މަޝްހޫރު، ކުޑަކުދިންގެ ސައިކޮލޮޖިސްޓަކު ވިދާޅުވެއްޖެ އެވެ.

ސައިކޮލޮޖިސްޓް ޑރ. އެމަންޑާ ގަމާ ވިދާޅުވީ ކްލާހުގައި ކުދިންގެ އުޅުން ގޯސްވުން ފެށިގެން އަންނަނީ މައިގަނޑު ގޮތެއްގައި އެހެން ދަރިވަރުންގެ ސަބަބުން ނޫން ކަމަށާއި އެއީ ގޭތެރެއިން ފެށޭ މައްސަލައެއް ކަމަށެވެ.

"ކްލާހުގައި ބަސް ގަބޫލު ނުކޮށް ބޭނުންހާ ގޮތަކަށް އުޅޭ ކުދިންގެ ތެރޭގައި ގިނައީ މި ކިޔާ 'ހެލިކޮޕްޓަ ޕޭރަންޓު'ން ގެ ދަރިން،" ޑެއިލީ މެއިލް އަށް ޑރ. ގަމާ ލިޔުއްވާފައިވެ އެވެ.

ހެލިކޮޕްޓަ ޕޭރެންޓިން އަކީ ދަރިންނަށް އާދަޔާ ހިލާފަށް ސަމާލުކަންދީ އެ ކުދިންގެ ކޮންމެ ކަމަކަށް ނުފޫޒު ފޯރުވައި، ބެލެނިވެރިޔާ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކުރުވަން މަޖުބޫރު ކުރުވުމަށް ކިޔައި އުޅޭ ނަމެކެވެ.

ގަމާ ވިދާޅުވި ގޮތުގައި ދަރިން އެދޭހާ ކަމެއް ކޮށްދިނުމުގެ ސަބަބުން އެ ކުދިންނަށް ހަގީގީ ދިރިއުޅުމަަކަށް ތައްޔާރެއް ނުވެވެ އެވެ. މިއީ ދަރިން ބާރުވެރި ކުރުވުމަށްޓަކައި ކޮންމެހެން ހުއްޓާލަންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރައްވާފައިވެ އެވެ.

މެދުމަދަރުސީ ތައުލީމުދޭ ޓީޗަރުންނާ އެކު ކުރެއްވި މަސައްކަތުގެ ތަޖުރިބާކާއާ ހަވާލާދެއްވައި ގަމާ ވިދާޅުވީ ދަރިންނަކީ ވަކި ވައްތަރެއްގެ ބަޔަކަށް ހަދަން އެންމެ ބޮޑަށް ބާރުއަޅަނީ މެދުފަންތީގެ އާއިލާތަކުގައި ކަމަށާއި އެފަދަ އާއިލާތަކުގައި މި މައްސަލަ ވަރަށް ބޮޑު ކަމަށެވެ.

"އެ މީހުންނަކީ ދަރިންގެ ކުރިމަގާ މެދު ވަރަށް ބޮޑެތި އުންމީދުތަކެއް ކުރާ ބައެއް. އެކަމަކު އެ މީހުން ދަރިންގެ ހުރިހާ ކަމެއް މުށުތެރެއަށް ލައިގެން ބުނިހާ ކަމެއް ކޮށްދީގެން އުޅުމުން ދަރިން އެ ކުދިންގެ ކުރިމަގަށް، ހަގީގީ ދިރިއުޅުމަކަށް ތައްޔާރެއް ނުކުރެވޭ،" ގަމާ ވިދާޅުވެފައިވެ އެވެ.

މި މައްސަލަ ބެލެނިވެރިންގެ ފަރާތުން ކުރިމަތިވާ ކުދިންނަކީ ކަންކަމުގައި އަމިއްލައަށް ގޮތެއް ނިންމަން އުނދަގޫވާ ކުދިން ކަމަށާއި އެ ކުދިން ކްލާހުގައި އުޅޭއިރު ކްލާހުގެ އެންމެ މޮޅު ކުއްޖާއަށް ނުވެއްޖެ ނަމަ ނަފްސާނީ ގޮތުން މައްސަލަތަކާ ކުރިމަތިވެ އެކަމުގެ ނޭދެވޭ އަސަރު އުޅުމާއި އަޚުލާގުން ފެންނަން ފަށާ ކަމަށް ގަމާ ވިދާޅުވި އެވެ.

"ކްލާހުގެ އެއް ވަނަ ކުއްޖާއަށް ނުވެއްޖެ ނަމަ މިފަދަ ކުދިން ދެން އުޅޭނީ ކުރެވުނު ކޮންމެ ކަމެއް ކޮށްގެން އެހެން މީހުންގެ ސަމާލުކަން ހޯދަން،" އޭނާ ވިދާޅުވި އެވެ.

ގަމާ ވިދާޅުވި ގޮތުގައި މި މައްސަލަ ހުންނަ ކުދިން ކޮންޓްރޯލް ކުރުމުގައި ޓީޗަރުން ނާކާމިޔާބުވެ ހިތްދަތި ތަޖުރިބާތައް ކުރަން ޖެހެ އެވެ. އޭނާ ވިދާޅުވީ ބޭނުން ކޮންމެ ކަމެއް ނުވާނެ ކަމާއި ކުއްޖާ ބޭނުންވާ ކަމަކަށް އެހެން މީހަކު ނޫނެކޭ ބުނުމަކީ އެއްވެސް މައްސަލައެއް ނޫންކަން އެ ކުދިންނަށް ގޭތެރެއިން ފެށިގެން ވިސްނައިދޭން ޖެހޭނެ ކަމަށެވެ. މިއީ ދިރިއުޅުމުގެ އެންމެ އަސާސީ އެއް ހުނަރު ކަމަށާއި އެކަން ނޭނގުމުން ދަރިންނަށް ވަރަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ގަމާ އިންޒާރު ދެއްވި އެވެ.

15 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 61%
icon sad icon sad 26%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުޙައްމަދު

15 August 2017

ދަރިފުޅުގެ މަންމަ އާއި ބައްޕަ ތަރުބިޔަތު ވެފައި ހުރި ގޮތަކަށް ދަރިފުޅު ތަރުބިއްޔަތު ވާނީ. އެކުދިން ތަރުބިއްޔަތު ކުރާށޭ ކިޔާފައި ވަކި ޚާއްޞަ ހުނަރެއް ވަކި ޚާއްޞަ ކަންތައްތަކެއް ދަސްކުރާކަށް ނުޖެހޭ. މަންމަ އާއި ބައްޕަގެ ފަރާތުން ފެލިގެން ނިކުންނަ އެއްޗެއްގައި ހުންނާނީ އެމީހުންގެ އަސަރުކަން ހަނދާންކުރާތި. ވީމާ ކޮންމެ މީހަކުވެސް ރަގަޅު ދަރިން މުޖުތަމަޢުއިން ފެންނާން ބޭނުންނަމަ އަމިއްލައަށް ތަރުބިއްޔަތު ވެގެން އެމައްޗަށް ދަރިން ހޯދާ.

The name is already taken The name is available. Register?

މުންކޮ

15 August 2017

100 ކައިގެ ވާަހަކައެއް

The name is already taken The name is available. Register?

ސަންފާ

15 August 2017

ތަރުބިއްޔަތެއް ނެތުމާއެކީ ތަޢުލީމަކީ ލިބެވޭ ފަރުވާއެކޭ އަދި ބޭހެކޭ ބައްޔަށް ލުޔެއް ނުލިބޭ

The name is already taken The name is available. Register?

ނުވިސްނުނު

15 August 2017

ހެލިކޮޕްޓަރ ޕޭރެންޓިންގއަކީ ކުދިންގެ ކޮންމެ ކަމަކަށް ނުފޫޒު ފޯރުވައި ބެލެނިވެރިން ބޭނުންވާހާ ގޮތަކަށް ހުރިހާ ކަމެއް ކުރުވަން މަޖްބޫރުކުރުވުން ކަމަށްވާނަމަ އަސްލު ކުއްޖާ ބޭނުންވާ ގޮތާ އިދިކޮޅަށް ހަގީގަތުގަ ކަންކަން އެކުރެވެނީ. ކުދިންނަކީ އާއްމުކޮށް ކިޔަވާހިތްވާ ބައެއްނޫން އެހެންކަމުން އެކުދިން އެންމެ މަތީ މާކްސް ހޯދަން ބާރުއެޅުމަކީ އަސްލު އެކުދިންނަށް ދެވޭ ޕްރެޝަރަކާއެކު އެކުދިން ހަގީގަތުގަ ނުރުހޭނެކަމެއް. އެކުދިން ބޭނުންވާ ގޮތަށް ފިލާވަޅު ދަސްކުރަން ކިޔަވަން ދޫކޮށްނުލެވޭނަމަ އެކުދިންނަށް އެއޮތީ މާކުރިންސުރެ އެކުދިން ދިރިއުޅެން ބޭނުންވާގޮތާމެދު މައިންބަފައިން ނޫނެކޭ ބުނެފަ. ވީމާ ކުދިން ބޭނުންވާ ކޮންމެ ކަމަކަށް އާނއެކޭ މިބުނާ މާނައަކީ ކޮބައިބާ؟ މިލިއުމުގައި ބުނާ އެއްޗެއް އެބަ ތައާރުޒުވޭ.

The name is already taken The name is available. Register?

ޓީޗަރ

14 August 2017

ދަރިން ގޯސްވަނީ އިސްލާމް ދީނުގައިވާ ތަރުބިއްޔަތު ނުދެވޭތީ. ކުޑައިރުައްސުރެ ކީރިތި ޤުރުއާނާއި މާތް ރަސޫލާގެ ޙަދީސްތަކަށް ކުދިން އަހުލުވެރި ކުރެވިއްޖެނަމަ އެހެންނެއް ނުވާނެ،

The name is already taken The name is available. Register?

ބެލެނިވެރިޔާ

14 August 2017

ސުރުޚީއާ މައިގަޑާއި މާބޮޑު ގުޅުމެއްނެތް

The name is already taken The name is available. Register?

ދަންނަ

14 August 2017

މިކަމަކީ އެންމެންވެސް ދަންނަ ކަމެއް. އެކަމަކު އެގޮތަށް އަމަލުކުރަން ބޭނުން ނުވަނީ. މިހާރު އެންމެނަށް ވެސް ވިސްނޭ ހަމައެކަނި ކިޔަވާ މާއްދާތަކުން މަތީ މާކްސް ހޯދުމަކީ އަދި ކުއްޖާ މޮޅު މީހަކަށް ވުން ނޫންކަން. އެކަމަކު ނަތީޖާ ކުޑަކޮން ދަށް ވިޔަސް އެކަން ބެލެނިވެރިންނަށް ހަޖަމެއް ނުވޭ. ބިރު ދައްކައި އިންޒާރުދީގެން ވެސް ނަތީޖާ ރަނގަޅުކުރުމަށް ފޯސްކުރެވެނީ. މިލިޔުމުގައި އޮތްގޮތަށް މެދުފަންތީގެ ޢާއިލާތަކުގައި މިކަން ވަކިން ބޮޑު.

The name is already taken The name is available. Register?

ރެހެންދި

14 August 2017

މުޅި ގައުމުގެ ފޯކަސް އޮތީ ޓޮޕްޓެން އާގުޅިފަ. ރާއްޖެ ކަހަލަ ކުޑަކުޑަ މުޖްތަމައެއްގާ ބުލީ ކުރުމާ އަހްލާގުގޯސްވުން ގުޅިފައިވަނީ ކުއްޖާގެ އެންމެގާތުން މަސައްކަތްކުރާ ދެފަރާތްކަމުގައިވާ ބެލެނިވެރިޔާ އާއި މުދައްރިސުން ގެ ޕްރެޝަާ. ކަންމިހެންހުރުމާއެކު ނޫނެކޭ ބުނަން ޖެހޭފަހަރު ގިނަވެ ނަތީޖައެއްގެ ގޮތުން ސްޓްރެސް އިތުރުވޭ. ތައުލީމީދާއިރާއިން ކެނޑިނޭޅި ކުރާ ގިނަމަސައްކަތް ފަނުފުލުން ދާކަން ފާހަގަކުރެވޭ. މިހުރިހާ ޕްރެޝާއަކަށް މަގުފަހި ކުރުމަށްފަހުވެސް ސައިކޮލޮޖިސްޓުންގެނެސް މުދައްރިސުންނަށް ކިޔައިމިދެނީ މަތީގްރޭޑް ހޯދަން ދަރިވަރުންނަށް ޕްރެޝަރ ނުކުރާށޭ. ފަހެ އަނގަޔާ އަތާ އެބަދިމާވޭތޯ

The name is already taken The name is available. Register?

ދޯދޯ

14 August 2017

ތިކަން ތިޔަހެން ވާކަށް ނެތް. ދެމަފިރިން ވަރަށް ބުރަކޮށް އުޅޭން ޖެހެނީ.... ބޮންދު މީހާ ދިން ތަރުބިއްޔަތެއް ދެވެން އޮތީ... ރަށުގައި ރަގަޅު ވަސީލަތެއް ނެތުމުން އުޅެންޖެހެނީ މާލޭގައި، ދެމަފިރިން ނަށް ޖަމާ ވަނީ ކުލި މުސާރައެއް ނޫން...

The name is already taken The name is available. Register?

ފޮނިކަލޯ

14 August 2017

ވަރައް ފުރިހަމަ ލިޔުމެއް އެހާމެ ގިނަ މަޢުލޫމަތު ތަކެއް ލިބުނު ނަމަވެސް ދެރަކަމަކީ ދަރިން ތަރުބިއްޔަތު ކުރުމުގަ ގިނަ ވަގުތު ހޭދަކުރަނީ މައިން އެކަމަކު މައިން މިކަން ޤަބޫލެއް ނުކުރޭ

The name is already taken The name is available. Register?

ޢަސްމާ

14 August 2017

ތަރުބިއްޔަތު ފެށެނގޭތެރެއިން. މިހާރަކު ގޭތެރޭގައި ދަރިން ތަރުބިއްޔްތު ކުރާނެ ބަޔަކު ނަތިބޭ. މަންމަ ކޮންމެވެސް ކޯހަކަށް ކިޔަވަން ގޮސް. ބައްޕަ ކޮންމެވެސް މީޓިންއެއްގަ..ގޭގައުޅެ ވަގުތުތަކުގަވެސް ދަރިފުޅަށް ވަގުތު ހުސްކޮށްދެވޭކަށް ނޯވޭ. ޑިއުޓީ ނޫނީ އިތުރު އާމްދަނީއެއް ހޯދަން މަސައްކަތުގަ.ވީމާ ދަރިން މަޑުން ތިބޭނެ ގޮތަކަށް އޮންނަނީ މީޑިއާ. ޚުދިން ގިނަވަގިތު ހޭދަކުރަނީ މީޑިއާ ގެ ތެރޜގައި. ޢޭގެ އަސަރު ކުރާވަރު މިހާރު މިފެންނަނީ. ޑަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމް ދީނުގައި ހުރި ރަގަޅު ގޮތްތައް މަށަކަށް ވެސް ނޭގޭ. ޢަޅެ އެފަދަ ގިނަ ކޯސްތަކާ މައުލޫމާތެއް ލިބޭނޭ ގޮތްތައް ނެތީމަ އޭގެ ހިތިކަން މިފެންނަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454