މަފާޒް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލަކަށް އަރުވާފައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
13 އޯގަސްޓް 2017 - 12:35
މާލޭގެ ކެފޭއެއްގެ ތެރޭގައި ބޮލަށް ވަޅި ހަރައި، ނަދީމް އަބްދުއްރަހީމް މަރާލި މައްސަލާގައި ހައްޔަރުކުރި މުހައްމަދު މަފާޒު، ގ. ޝާރާޒް، އަކީ މޮނިކޮން އަމުރު ތަންފީޒުކޮށް ނިމިފައިވާ މީހެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ނަދީމްގެ މަރުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރި މަފާޒްއާ ގުޅޭ ގޮތުން ފުލުހުން ބުނީ، މޮނިކޮން އަމުރާ ޚިލާފު ވެގެން، ހައި ކޯޓުން ކުރި އެއް އަހަރުގެ ޖަލު ހުކުމް މަފާޒަށް ތަންފީޒުކޮށް ނިމިފައިވާ ކަމަށެވެ. އެ ހުކުމް ތަންފީޒުކޮށް ނިމި، އޭނާ މިނިވަންވީ މިދިޔަ އޭޕްރީލް މަހު ކަމަށް ފުލުހުން ބުންޏެވެ.
މޮނިކަން އަމުރާ ހިލާފުވެގެން އޭނާގެ މައްޗަށް ހައި ކޯޓުގައި ދައުވާ އުފުލީ މިދިއަ އަހަރުގެ ޖުލައި މަހު އެވެ. އެކަމަކު އޭނާގެ މައްޗަށް އެއް އަހަރުގެ ހުކުމެއް އިއްވީ މޮނިކަން އަމުރުގެ ދަށުން މިދިއަ އަހަރުގެ މާޗު މަހު ހައްޔަރުކުރި ދުވަހުން ފެށިގެންނެވެ.
މަފާޒްއާ ގުޅޭ ގޮތުން ފުލުހުން މައުލޫމާތު އާންމުކުރީ، މުޖުތަމައަށް ނުރައްކާތެރި މީހެއްގެ ގޮތުގައި މީގެ ކުރިން ލިސްޓްކޮށްފައިވާ މަފާޒް ދޫވެފައިވާ މައްސަލާގައި އާންމުންގެ ކަންބޮޑުވުންތައް ބޮޑުވެެ، ސުވާލު އުފައްދަމުން ދަނިކޮށެވެ.
މޮނިކޮން އަމުރުގެ ދަށުން މަފާޒްގެ ފައިގައި ޓެގް އެޅުވީ ހޯމް މިނިސްޓަރަކަށް އުމަރު ނަސީރު ހުންނެވި ދުވަސްވަރު އެވެ.
ނަދީމްގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށް، މަފާޒްގެ ބަންދަށް ކޯޓުން ޖަހައިދިނީ 15 ދުވަހެވެ.
ހއ. ތަކަންދޫ ޒުވާނެއް ކަމަށްވާ ނަދީމަށް ދިން ހަމަލާއަށް ފަހު މަރުވީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާއިޒާ
14 August 2017
މީގެ ކުރިން އުމަރު މީހުން ފައިގަ ޓެގް އަޅުވާތީ ކީއެއްޗެހި އެކަކުވެސް ހަނދާނެއް ނެތް. އުމަރު ވަރެއް ހަމަ ނެތް. މިކަހަލަ ނުލަފާ މީހުންގެ ކިބައިން ގައުމު ސަލާމަތްކޮށް ދެވޭނީ އިޚްލާސްތެރި މީހަކަށް.
ކޮއްކޮ
14 August 2017
ހުކުމް ތަމްފީޒުކޮށް ނިމިފައި ހުއްޓަސް ނުރައްކާތެރި ކުއްވެރިންގެ ގޮތުގައި ލިސްޓުކުރެވިފައިވާ މީހުން މަގުމައްޗައް ދޫކޮށްލާފައި ބެހެއްޓުން އޮންނަނީ ކޮން އުސޫލުއްގެ ދަށުން. އަދި އެފަދަ މީހުން ދޫވެފައި އެހުރީ ކީއްވެގެންތޯ މިވެސް ޖަވާބު ދޭންޖެހޭ ސުވާލެއް. މިކަމުގެ ޒިންމާ ނަގަމީ ކޮން މުއައްސަސާއަކުން؟
ލައިލާ
18 August 2017
ނަޝީދުވެސް އެހެރީނު ދޫވެފަ. އޯކޭވާނެ.
އެޑަމް
13 August 2017
ފުލުހުން އްޅެ ސާފުކޮށްދީފާނަންތޯ އޭނާގެ ފައިން ޓެގު ނަގަން ޖެހޭ ސަބަބެއް؟؟؟؟ މާރާމާރީ ގައި ހައްޔަރުކުރެވިފައިވާ ހުރިހާ އެންމެންގެ ފައިގައި ތޭގު ނޭޅުވެންވީ ސަބަބެއް؟؟؟ ރައްޔިތުން ގެ ބަޖެޓުން ލާރި ނުލިބެނީތޯ ޓެގު ގަންނަން؟؟؟ ނޫނީ މި ޒުވާން ކުދިންގެ ނުފޫޒު ހަމަ ގަދަ އީތޯ ސަރުކާރުގެ ވެރިންގެ ތެރޭގައި؟؟؟؟ ބޯ ގޮވައިފި މަވެސް!!!
ބޮއްބެ
13 August 2017
ފުލުހުންނަށް އެބަ އެނގޭތަ ތިކިޔޭ ނުކިޔޭ ... 2017 ޖުލައި މަހު އެއް އަހަރަށް ހުކުން ކުރިވާހަކަ ބުނެފަ ދެން މިބުނަނީ 2018 އެޕްރީލަ މަހަށް އެއް އަހަރު ހަމަ ވީކަމަށް. ދިވެހިން މިތިބީ މޮޔަ ވެފަތަ.
ވަގު
13 August 2017
https://mihaaru.com/news/3746
ބޭސް
13 August 2017
މޮނިކޮން އަމުރުގެ ކުރިން އޭނާ ތަންފީޒު ކުރުަމުން އައި ހުކުން އޭނާގެ މަށްޗަށް ތަންފީޒު ވާންޖެހެއެވެ. އެހެންނޫނީ ދިހަ ބާރައަހަރުގެ ޖަލުހުކުމެއް އޮތް މީހަކު މޮނިކޮންގެ ދަށުން ދޫވެ އެއާ ހިލާފުވުމުން އެންމެ އަހެއް ޖަލުގައި ހޭދަކުރަން ޖެހުމަކީ އޭނާގެ ނުރައްކާތެރިކަން މުޖުތަމައަށް އިތުރުވެގެން ދާނެ ކަމެކެވެ.
ޙީޑް
13 August 2017
އުމަރު ގެނެސްބަލަ ދެންވެސް !!!!!
އަޔަންމޭން
13 August 2017
ފާރިޝް މައުމޫންއަށް ނުފަށާ ޝަރީއަތެއް ނިމެންދެން ޖަލުގަ، މަފާޒް ޒުވާނަކު މަރާލުމުގެ ތުހުމަތުގަ 15 ދުވަސް ބަންދުގަ... މަ ހުވައި ވިސްނާ ވިސްނާ ބޮލުގަ ރިއްސާ ރިއްސާ...
އެޑަމް
13 August 2017
މި ހުންނަ ކަންކަމަކީ ގޯ ގޮވަން ދިމާވާ ކަންކަން!!!
ދަންޑެހެލު
13 August 2017
މުޖުތަމައަށް ނުރައްކާތެރި މީހެއްކަމުގައިވަންޏާ މުޖުތަމައަށް ދޫކޮށްފައިބަހައްޓަނީ ކިއްވެތަ؟ ޓެގުއަޅުވަބަލަ ފަޅުތެރޭން ވެލައެއްގެ ކަރުގަ. މާތާހިރުވާނެ. ކިހިނެއްވެފަތަ ކަލޭމެން ތި ތިބެނީ!! 15 ދުވަހުން 15 ދުވަހުން މުއްދަތް ޖަހާލަ ޖަހާލަ ބަންދުގަ ބަހައްޓާލަބަލަ. ނޫނީ ފުރޭމްކޮލާފަ އުމުރައް ހުކުމެއް ކޮށްލަބަލަ! ކޮން މަފާޒު އެއް ކާސިމެއް ކިޔާކައް! ތިހެން އުޅެނިކޮއް ގައްބާރޭ ބޮލައް އެރިކަހަލަ ކަތިވަޅިއެއް ބައެއްގެ ބޮލަށްް ހެރީމަ އަނެއްކާ ތިބޭނެ އަތްޖަހަން. މުސީބާތެކޭ މިއޮތީ ޖެހިފަ.
ބައިރޯ
13 August 2017
ގަތުލުގެ މައްސަލަ ގިނަކަމުން ވާނުވާއެއް ނެއެގޭ
ބަނީ
13 August 2017
ތެދުފުޅެއް