ފަތުރުވެރިންތަކެއް އިއްޒުއްދީން ފާލަމުން ހިނގާފައި ދަނީ. ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން އަންނަ އޮކްޓޯބަރު މަހުން ފެށިގެން ގްރީން ޓެކްސްގެ ގޮތުގައި ހަތަރު ނެގުމަށް ކޮމެޓީން ވަނީ ފާސްކޮށްފައި. ފޮޓޯ: މިހާރު
27 ޖޫން 2016 - 17:13
ރާއްޖޭގެ ތަސައްވުރު ރަނގަޅުކޮށް، އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް ހަ ގައުމެއްގައި ޕީއާރު އެޖެންސީތަކެއް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ހަމަޖައްސައިފި އެވެ.
އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުން ރާއްޖެ ޕްރޮމޯޓްކުރަން އެޖެންސީތަކެއް ކަނޑައަޅާފައި ވަނީ ޗައިނާ، ޖަރުމަން، ޔޫކޭ، ފްރާންސް، އިންޑިއާ އަދި ކޮރެއާގަ އެވެ. ޕީއާރު އެޖެންސީތައް ކަނޑައަޅާފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ޗައިނާގެ އެޖެންސީއެެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޓްރެވަލް ލިންކް މާކެޓިން ކޮމްޕެނީ އެވެ. ޖަރުމަނަށް ކައުސް މީޑިއާ ސާވިސަސް، ޔޫކޭއަށް މެކް ކްލަސްކީ އިންޓަނޭޝަނަލް، ފްރާންސްއަށް އިންޓަފޭސް ޓޫރިޒަމް ފްރާންސް، އިންޑިއާއަށް ތިންކް ސްޓްރޯބެރީސް އަދި ކޮރެއާއަށް އެސް މާކެޓިން އެންޑް ކޮމިއުނިކޭޝަން ނީ އެޖެންސީއެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.
އެމްއެމްޕީއާރުސީން ބުނީ ޕީއާރުސީ އެޖެންސީތަކެއް ހަމަޖެއްސުމުގެ ބޭނުމަކީ އެ ގައުމުތަކުގައި ރާއްޖޭގެ ތަސައްވުރުު ރަނގަޅު އެ ތަންތަނުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރުން ކަމަށެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ޗައިނާ އަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އަދި ޖަރުމަނާއި ޔޫކޭ އަދި ފްރާންސް އަކީ ޔޫރަޕުން އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަންމަދު
23 September 2016
އަނެއްކާ؟ އިހައްދުވަހަކު އިވުނީ އޮޅިވަޑައިގަތުމަކުން މީހުން ދިރިއުޅެއުޅެތިއްބައި ރަށެއް ފަޅުކޮށް އަލުން އާބާދީކުރެއްވިވާހަކައެވެ. އެއީ މިކަމުގެ ސަބަބުން އެޅުނުގިއްޗެއްނޫންބާވައޭ ހިތަށްނާރާވަރެއްނޫނެވެ.
ކުއިއްކޮ
28 June 2016
އެމްއެމްޕީ އާރުސީ ވެސް އުފެއްދީ ރާއްޖެ ޕުރޮމޯޓު ކުރަން. މިފަހަރު ކިހާ ވަރެއް ކާލާނެބާ؟
ިއިގިއްޖެ
27 June 2016
ޗައިނާ މީހުން އަންނާނީ.........އެހެން ބަޔަކު ނާންނާނެ މިވެރިކަމުގައެއް