ވިޔަފާރި / ދިރާގު

ދިރާގު ޓީވީން އާ ފަސް ޗެނަލެއް ދައްކަން ފަށައިފި

ދިރާގު ޓީވީން އާ ފަސް ޗެނަލެއް މިހާރު ފެންނާނެ-- ފޮޓޯ: މިހާރު

ދިރާގުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިދިޔަ އޭޕްރީލް މަހު ތައާރަފްކުރި "ދިރާގު ޓީވީ"ން މުޅިން އާ ފަސް ޗެނަލް ދައްކަން ފަށައިފި އެވެ.

މިއަދު ދިރާގުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އަލަށް ތައާރަފް ކޮށްފައިވަނީ ހިސްޓްރީ އެޗްޑީ އާއި އެޗްޓޫ އާއި އެފްވައިއައިގެ އިތުރުން ކްރައިމް އިންވެސްޓިގޭޝަން އަދި ލައިފްޓައިމް އެވެ. އެ ޗެނަލްތައް ރާއްޖެއަށް ތައާރަފްކުރީ ސިންގަޕޫރުގެ އޭއެންޑްއީ ކުންފުންޏާ ގުޅިގެންނެވެ.

ދިރާގުގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑައިރެކްޓާ އަހްމަދު މައުމޫނު-- ފޮޓޯ: މިހާރު

ދިރާގުގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑައިރެކްޓާ އަހްމަދު މައުމޫނު ވިދާޅުވީ އާ ޗެނަލްތަކެއް ތައާރަފް ކުރެވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މިހާރު އެ ކުންފުނިން ދޫކުރާ ޗެނަލްތަކުގެ އަދަދު 60 އަށް ވުރެ އިތުރުވާނެ އެވެ.

"އެންމެ ބޮޑު ޝުކުރެއް ދަންނަވާލާނީ ކަސްޓަމަރުންނަށް. ކަސްޓަމަރުންގެ ވަރަށް ބޮޑު ތަރުހީބެއް މި ހިދުމަތަށް ލިބެމުންދޭ،" މައުމޫނު ވިދާޅުވި އެވެ.

"މިހާރު" އަށް ވާހަކަ ދައްކަމުން މައުމޫނު ވިދާޅުވީ އިތުރު ޗެނަލްތަކާ އެކު އަގަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އިތުރު ޗެނަލްތައް ޓެސްޓް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އޭއެންއީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓާ ޕްރީމް ކަމަތް-- ފޮޓޯ: މހާރު

އޭއެންއީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓާ ޕްރީމް ކަމަތު ވިދާޅުވީ ރާއްޖެއަށް އެ ކުންފުނީގެ ހިދުމަތްތައް ތައާރަފް ކުރެވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ދިވެހި ލޯކަލް ކޮންޓެންޓް، ދިރާގު މެދުވެރިކޮށް އެ ކުންފުނީގެ ޗެނަލްތަކަށް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޗެނަލްތަކަކީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ޗެނަލްތަކެއް. އެތައް އެވޯޑެއް ވެސް ލިބިފައިވޭ، އޭގެ ތެރޭގައި ހަތަރު ގްރެމީ ވެސް ހިމެނޭ. ދިވެހިންނަށް މި ޗެނަލްތައް ކަމުދާނެ ކަމަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް،" ކަމަތް ވިދާޅުވި އެވެ.

އޭއެންއީ ކުންފުންޏަކީ ދުނިޔޭގެ ތަފާތު 200 ސަރަހައްދަކަށް ހިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނިން ރާއްޖެއަށް ތައާރަފްކުރި ޗެނަލްތަކަކީ ގާތްގަނޑަކަށް 80 މިލިޔަނަށްވުރެ ގިނަ މީހުން ބަލާ ޗެނަލްތަކެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި، ‎ދިރާގަކީ އައިޕީޓީވީގެ ހިދުމަތް ފުޅާ ދާއިރާއެއްގައި މުޅި ރާއްޖެއަށް ދޭ ފުރަތަމަ އަދި ހަމައެކަނި ކުންފުންޏެވެ.

އައިޕީޓީވީ އަކީ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން މެދުވެރިކޮށް ފެންވަރު ރަނގަޅު ޓީވީ ޗެނެލްތައް ފެންނަ ޓެކްނޮލޮޖީއެކެވެ.

5 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 10%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަބޭސް13

22 August 2017

އިތުރުފުޅުނޫންތޯ ތިހައްދަވަނީ މުޅިރާއްޖެގެ ރައްޔިތުންނައް ދިރާގް ކަންއެގެނި

The name is already taken The name is available. Register?

ހުސެންް

22 August 2017

ދިރާގައް ތިކަން ކުރަން ވަރައް ދަތިވާނެ.. އަތޮޅު ތެރޭގަ ވިޔަފާރި ކުރާ ކުންފުނިތައް ބާއިވެރި ނުކޮއް ބޭރު ކުންފުންޏަކުން ތިކަން ކުރުމަކީ ރަގަޅުގޮތެއްނޫން އަދި ކުރަން އުދަގޫވެސް ވާނެކަމެއް..

The name is already taken The name is available. Register?

ފުވައްމުލައް

22 August 2017

ފުވައްމުލަކަށް ތި ޚިދުމަތެއް ނުލިބޭ. ދިރާގުން ކަނޑަނީ ހުސް ފޮނި.

The name is already taken The name is available. Register?

ޚަދީޖާ

21 August 2017

މީޑިއާ ނެޓް ހާ ވަރެއް ނޫން، ދިރާގު ޓީވީން ދައްކާ ޗެނެލްތައް ވަރަށް ބޮޑަށް ސެންސަރު ކުރަން އެބަޖެހޭ...

The name is already taken The name is available. Register?

ބުގެ މުހުއްމާދީ

21 August 2017

ދިރާގަށް އަދިވެސް އަންހެންވެރިން މިބަލާ ކަސޯޓީ ދައްކާ އިސްޓަރގެ ޗެނަލެއް ލިބޭގޮތެއްނުވޭދޯ. އަދި ޒުވާނުން މިބަލާ ފުޓުބޯޅަވެސް ނުދެއްކެނީ ހަމަ އެއްކަލަ އިސްޓާރުގެ ޗެނަލްތައް ނުލިބޭތީނުން. އެކަންވޭތޯ ބަލާބަލަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454