ވ. ފުލިދޫގެ އަތިރިމަތި: އެރަށަކީ ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ރަށެއް
21 އޯގަސްޓް 2017 - 23:21
ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ވ. ފުލިދޫގައި، އިންޖީނުލީ އުޅަނދު ދުއްވުން މަނާކޮށްފި އެވެ.
އެ ރަށުގެ ކައުންސިލްގެ މެމްބަރު އިމްތިނާން އަބްދުލްގަފޫރު ވިދާޅުވީ ތިމާވެއްޓާ ރަށްޓެހި ރަށަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އިންޖީނުލީ އުޅަނދު ދުއްވުން މަނާކުރީ މިދިޔަ މަހުގެ ފަހުކޮޅު ކަމަށެވެ. އަދި އެކަން ކައުންސިލުން ފާސްކޮށް އެގޮތަށް އަމަލުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަތަރު ސަތޭކައަށް ވުރެ ގިނަ މީހުން އުޅޭ ފުލިދޫގައި މީގެ ކުރިން ވެސް ސައިކަލާއި ޕިކަޕް ފަދަ އެއްޗެހި ނުދުއްވަ އެވެ. އެރަށުގެ ގިނަ މީހުން ބޭނުންކުރަނީ ބައިސްކަލެވެ.
އެފަދަ އެއްޗެއް ރަށަށް އެތެރެ ކުރުމުގެ ކުރިން ކައުންސިލްގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް އިމްތިނާން ވިދާޅުވި އެވެ.
"ރަށުގައި ހިންގާ ޕްރޮޖެކްޓުތަކަށް އިންޖީނުލީ އުޅަނދުތައް ގެންނައިރު ވެސް، އެ އެއްޗެހިތައް ގެނައުމުގެ ކުރިން ކައުންސިލްގެ ހުއްދަ ނަގަންޖެހޭނެ. ހުއްދަ ލިބިގެން އެ އެއްޗެހި ބޭނުން ކުރެވޭނީ އެ މަސައްކަތް ނިމެންދެން. މަސައްކަތް ނިމުމާއެކު ރަށުން ގެންދަން ޖެހޭނެ،" އިމްތިނާން ވިދާޅުވި އެވެ.
އިމްތިނާނު ވިދާޅުވީ އެ ރަށުގެ ހެލްތް ސެންޓަރުގައި ބޭނުންކުރަމުން އަންނަ އެމްބިއުލާންސް. އެ ގަވާއިދުން އިސްތިސްނާވާނެ ކަމަށެވެ.
ފުލިދޫއަކީ ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ރަށަކަށްވާއިރު މިހާރު ވެސް އެތަނުގައި ނުވަ ގެސްޓްހައުސް އަންނަނީ ހިންގަމުންނެވެ. މި އަހަރު އިތުރު ގެސްޓް ހައުސް އެއް ހުޅުވާނެ ކަމަށްވެ އެވެ.
\
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޏަމްޏަމް 3
23 August 2017
އެމްބިއުލެންސް އިން ބޭރުވަނީ އޮކްސިޖަން ތޯއްޗެ؟ ފަޅު އަޅާފަހުރި އޮޑިދޯނިފަހަަރު ތަކުންނާ.
ސާންބެ
22 August 2017
ސައިކަލް ތި ގަވާއިދުން އިސްތިސްނާ ކުރަން ފެނޭ
ތަކުރޭ
22 August 2017
މަވެސް ދިޔައިން ތިޔަ ރަށަށް. ވަރަށް ހިތްފަސޭހަ ރަށެއް އެއީ. 2 ދުވަސް ވަންދެން ގެސްޓް ހައުސް އެއްގަ ހުރީ. ބައިސްކަލު ފިޔަވާ ފެނުނީ ޖެޓީމަތިން ސިމެންތި އާއި ވެލި ހިފައިގެންދިޔަ ރަށުޕިކަޕެއް އެކަނި. މިފަދަ ކުދި އެހެން ރަށްރަށުގައިވެސް މިގޮތަށް ހަދަން ފެނޭ. 5 މިނެޓުން ހިނގާލާފައި ނުދެވޭ ހިސާބެއް ނޯވޭ. ވަރަށް ސަޅި ކަމެއްތީ.
ނާނުބޭ
22 August 2017
ޥަރަށް ރަނގަޅު ނިންމުމެއް. ޢަދި ނަމޫނާ ރަށެއްތީ
ދިވެއްސެއް
22 August 2017
ވަރަށް ރަނގަޅު ނިންމުމެއް. ރަށުގެ ރައްޔިތުންގެ ތަރްޙީބު ލިބޭނެކަމަށް އުއްމީދު ކުރަން. ރާއްޖޭގެ ކުދިކުދި ރަށްރަށުގައި ކޮންމެހެން އިންޖީނު އުޅަނދު ބޭނުން ނުކޮށްވެސް ދިރިއުޅެވޭނެ. ޞިއްޙީ ގޮތުންނާއި، ތިމާވެށީގެ ސަލާމަތަށްޓަކައި، އަދި އިޤްތިޞާދީ ގޮތުންވެސް ރައްޔިތުންނަށް މަންފާހުރި ރަނގަޅު ނިންމެވުމެއް. ރަށު ކައުންސިލަށް މަރްޙަބާދަންނަވަން. އެހެން ރަށްރަށުގެ ކައުންސިލް ތަކުންވެސް މިފަދަ ރަނގަޅު ފިޔަވަޅުތައް އަޅުއްވާތަން ދެކެން ބޭނުންވޭ. މަރްޙަބާ ފުލިދޫ ކައުންސިލް!!!!! މަރްޙަބާ ފުލިދޫގެ ލޮބުވެތި ރައްޔިތުން!!!!!
ޑަރޯގާ
22 August 2017
މައްސަލައަކީ އިންޖީނު ކަމަށް ވަންޏާ ކަރަންޓު އުފައްދާ ޖަނަރޭޓަރުތައްވެސް ރަށުން ބޭރުކުރެވެން ޖެހޭނެ. ރަށުގެ ފަޅަށް އިންޖީނުލީ އޮޑިފަހަރަށްވެސް ވަދެވިގެން ނުވާނެ.
ހުސެން
22 August 2017
ތިޔަރަށަކީ ކައުންސިލުންއަމިއްލަ ތަރިކަމުދާތަ؟
އިސްމާލު
22 August 2017
ބަނބުކެޔޮ މަނާ ރަށެއްވެސް އޮވޭ އެރަށު އެންމެނަށް ނުބައި އެއްޗެއް އަދި އެރަށަކު ގަހެއްވެސް ނުހުރޭ. ހެ ހެ ހެ
ކައުންސެލަރު
22 August 2017
އެމްބިއުލަންސް އިސްތިސްނާވޭ؟!؟ ކޮބާ ސަބަބަކީ.. ތިޔަހާ ސްޓްރިކްޓްނަމަ އެވެސް މަނާކޮށް އޭގެބަދަލުގައި ބެޓެރިން ދުއްވާއެއްޗެއް ހޯދަންޖެހޭ..... އޯވަރ އެކްޓް
ޯއޯވާ އެކްޓު
22 August 2017
އެއީ އޯވާއެކްޓު ވުމެއްނޫން. ހަމަބުނެލީ
އެމްބިއުލަންސް
23 August 2017
އަޅުގަނޑު ނުޖެހޭ އާއްމުކޮށް ނުކުންނާކަށް. އަދި މިފަދަ އުސޫލަކުން ވައި ސާފުވެ މީހުންގެ ސިއްޚަތު ރަނގަޅުވަންޏާ ނުކުންނަން ޖެހޭވަރު މަދުވާނެ. ނަމަވެސް މީހަކު ގެންދަން ޖެހޭ ހާލަތެއްގައި އަޅުގަނޑު އޮވެއްޖެއްޔާ ރަށު މީހުނަށް ފަސޭހަވާނެ.
އެއެއެއެސާފު ރާއްޖެ
22 August 2017
ސާބަސް! ވަރަށް ސަޕޯޓް. ރާއްޖކަހަލަ ކުދިކުދި ޖަޒީރާތްތްކުގައި އެންމެން ނުޖެހޭ ކާރާއި ސައިކަލަސް އަރާކަށް. ރަށުތެރޭ ހޫނުވުން ނޫންކަމެއް ނުވޭ. އަދި ނުވީތާކު މީހުން ކަންނެތްވެ، ފަލަވުމާއި، ސިއްހަތުވެސް ގެއްލޭ. އެކަމަކު ބުނެލަން ކޮއްމެވެސް ކަހަލަ ދުލެއްދީގެން ތި ސިޔާސަތުގެންދައްޏާ ރަގަޅުވާނެ. އެންބިއުލަންސްގެ އިތުރުން ކުދިކުދި ޕިކަޕްތައް ދުއްވަން ހުއްދަދިނުން ރަގަޅު. އެއީ ބަރުތަކެތި އުފުލަން އޭގެ ބޭނުން މުހިއްމު.