ރައީސް ޑރ. މުހައްމަދު މުއިއްޒު ވ. ފުލިދޫއަށް ވަޑައިގެން.-- ފޮޓޯ: ރައީސް އޮފީސް
19 ސެޕްޓެމްބަރ 2025 - 17:55
ވ. ފުލިދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ރައްޔިތުން ބޭނުންވާނަމަ އެރަށު ބަނދަރު ހެދުމުގެ މަޝްރޫއުއާއެކު ބިން ހިއްކުމުގެ މަސައްކަތް ވެސް ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހަތަރު އަތޮޅަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގައި މިއަދު ފުރަތަމަ އަތޮޅަކަށް ވ. އަތޮޅު ފުލިދުއަށް ވަޑައިގެން ރައްޔިތުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެރަށުގައި ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދޭން ރައްޔިތުން އެދިފައިވާ ކަމަށެވެ.
އާބާދީގައި 500އެއްހާ މީހުން ދިރިއުޅޭ އެރަށުން ގޯތި ދޫނުކުރާތާ މިހާރު 15 އަހަރު ވެފައިވާ ކަމަށާއި ރައްޔިތުން ބޭނުންވާނަމަ ބަނދަރުގެ މަސައްކަތް ކުރާއިރު އެ ރަށު ބިން ހިއްކުމުގެ މަސައްކަތް ވެސް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ބ. ދޮންފަނު ބިން ހިއްކަން ރައްޔިތުން ބޭނުންވާތީ އެކަމުގެ އެއްބަސްވުމުގައި ސޮއިކުރިފަހުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމުން އެކަން ހުއްޓާލަން ޖެހުނުކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ރައްޔިތުން ބިން ހިއްކަން ބޭނުން ނުވާނަމަ އެރަށު ބިން ނުހިއްކާނެ ކަމަށެވެ.
"ބަނދަރާ ގުޅިގެން ދާ ގޮތަށް ރަށަށް 12 ހެކްޓަރުގެ ބިން ހިއްކާނީ. އެކަމަކު ރައްޔިތުންގެ ޔަގީންކަން ބޭނުންވާނެ. ރައްޔިތުން އެކަމަށް ބޭނުންވާނަމަ [ބިން ހިއްކައިގެން ގޯތިދޭން] ކައުންސިލް މެދުވެރިކޮށް ރައްޔިތުން މިކަމަށް ބޭނުންވާކަން އެނގޭނެ ލިޔުމެއް ހުށަހަޅަން އެދެން،" ރައީސް ވިދާޅުވި އެވެ.
"މިސާލަކަށް މިރަށުގެ ބިން ހިއްކުމާ ދެކޮޅަށް މަސައްކަތެއް ކޮށްފިއްޔާ ހެއްކެއްގެ ގޮތަށް އެ އޮންނާނެ."
އެ ރަށުގެ ބިމުގެ ދަތިކަން ކުރިމަތިވެފައިވާތީ ޒުވާނުން ކުޅުމަށް ފުޓުބޯޅަ ދަނޑެއް ވެސް އޮތީ ނޭޅި އެވެ.
ރައީސް އެކަން ފާހަގަ ކުރެއްވީ އެ ރަށަކީ ލޯކަލް ޓޫރިޒަމަށް މަޝްހޫރު ރަށަކަށް ވެފައި އެ ރަށަކީ މޫދުގެ ދިރުންތައް ވެސް ގިނަ އަދަދަކަށް ޖަމާވާ ސަރަހައްދަކަށް ވުމުންނެވެ.
ފުލިދޫގައި ބަނދަރުގެ ބަދަލުގައި މިހާރު ބޭނުންކުރަމުން ދަނީ ޖެޓީއެކެވެ. ޖެޓީ ހަދާފައިވާ ސަރަހައްދުގައި ރީތި މޫދަކާއި ހުދު ދޮންވެލި ގަނޑެއް އޮވެ އެވެ. ނަމަވެސް މިއަދު ވަނީ އެ ރަށުގައި ބަނދަރެއް ހެދުމުގެ މަސައްކަތް ފަށައިފަ އެވެ.
ރައީސް ވިދާޅުވީ ޖާގައިގެ ދަތިކަން ހުރި ނަމަވެސް ޒުވާނުން އެކަމަށް ބޭނުން ވެފައިވާތީ ފުޓްސެލް ދަނޑެއް އަޅާނެ ކަމަށެވެ.
އަދި އަންނަ އަހަރު މާޗް މަހުގެ ކުރިން އެރަށުގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސައިބޯނި
20 September 2025
ރަސްމާލެ ހިއްކުންވެސް މިއީ ބޮޑު ގެއްލުމެއް ތިމާވެށި ހަލާކުވުން ނޫން ކަމެއްނުވޭ, ވާވު އަތޮޅަކީ ގުދުރަތީ ވަރަށް ރީތި އަތޮޅެއް އެތަންވެސް ސިޔާސީ ބޭނުމަށް ހިއްކަން ތި ދިމާ ކުރަނީ ކިހާދެރަ ކަންކަން, 2000 މީހުން ހަމަ ނުވާ އަތޮޅެއް ރަށްތަކުގައި ދިރިއުޅެ މީހުނަށް މާލެ ސަރަހައްދުން ފްލެޓުދީ އިތުރަށް ތިތަން ހަލާކު ނުކޮށް
ކޮންތާކު
21 September 2025
ރަސްމާލެއެއްނޫން. ކޮންމެތާކުވެސް ފަޅުކޮނެ ބިން ހިއްކުމަކީ ތިމާވެއްޓަށް ގެއްލުންވާނެކަމެއް. ދިވެހިރާއްޖެއަށް މި ދިމާވަނީއެމައްސަލަ. އަނެއްކޮޅުން ބައެއް ރަށްރަށް، ބޮޑު ހިލައާއި ތާރުމަގުގެ ސަބަބުން ރަށްވަންތަކަން ގެއްލިއްޖެ.
އަފްރާސިޔާބު
19 September 2025
އާވައުދެއްތަ ނޫނީ އާގޮތަކަށް ވައުދުވަނީތަ؟ ނޫނީ ކުރިންވެފައިވާ ވައުދެއް ނެތީތަ؟
ދިވެހިރާއްޖެ 2.0
20 September 2025
ކުރިންބުނި އެތި ކެންސަލްވީ
އޮނަރަބްލް އަފީފު ދީދީ
19 September 2025
ޑރ މުއިއްޒު ތަރައްޤީގެ 20 އަހަރުގެ ޕްލޭނުގެ ވާހަކައާއި އާބާދީއެއްފަސްކުރާ ވާހަކަ ދެއްކެވިކަމަށްވިޔަސް "ސިދާ ޑރ މުއިއްޒުގެ ސަރުކާރުގެ މޭސްތިރިކަމުގެދަށުން އައްޑޫސިޓީ ރޫޅާލަން މަސައްކަތް ފެއްޓުމުން" މިސަރުކާރަކީ އެއްވެސްޙާލެއްގައި ޤާނޫނުއަސާސީގައިބުނެ އަމުރުކޮށްފައިވާގޮތަށް "އަދުލުވެރިކަމާއިއެކު ދައުލަތުގެ ވެލްތް ޑިސްޓްރިބިއުޓްކޮށް، ލާމަރުކަޒީއުސޫލުން އިދާރީދާއިރާތަށް ހިންގަން ބޭނުންވާ ބައެއްނޫންކަން" ވަރަށްރަނގަޅަށް އެގި ހާމަވެގެން ހިގައްޖެ.
ނަބުނީ
19 September 2025
ބިން ނެތްރަށެއް ބިންބޮޑުކުރެވެންއޮވެ ހިއްކަން އެއްމެރަނގަޅު. އެކަމަކު ބިން ނުފުރޭ ރަށެއް ހިއްކާއިރު ކައިރީގައި އޮތީ ރަންވަޅެއްތޯ ތެޔޮވަޅެއްތޯ ބައްލަވާފަ އެރަށަކަށް ވަޑައިގަންނަވާނަމަ.
އިގުބާލު (ހޭރޭބޭ)
19 September 2025
ކޮބާ ރޯދަ ނިންމާ ގޮތަށް ރިނބުދޫން ދޭން ބުނި ގޯތިތައް.
ޢަލީ ކުރުސީ
19 September 2025
ވިލުނޫކުލައިގެ އެންމެ ފަޅެއްވެސް ނުހިއްކާ ދޫނުކުރާތި! ހިއްކަންފެށި ރަސްމާލެވެސް ނިމިއްޖެ ނުން!
ހަސަން ދީ
19 September 2025
ޢޯކޭ ރަސްމާލެ ، ތިނަދޫ އަދި ވިލިގިލި އިންޓަރނޭޝަނަލް އެއަރޕޯޓް އަދި އައްޑޫ ބުރިޖް އަޅަން ރަށްޔިތުން ސިޓީލިޔެ ފިންގަރ ޕްރިންޓް ޖަހައި ސޮއިކޮށް ކައުންސިލް މެދުވެރިކޮށް އަވަހަށް އެދޭ. މި މަޝްރޫއު ތަކުގެ އަމަލީ މަސައްކަތް ނުފެށިގެން އުޅެނީ ރަށްޔިތުންގެ ސޮއި ނުލިބިގެން.
އައްލާ ބެއްޔާ
19 September 2025
"މިސާލަކަށް މިރަށުގެ ބިން ހިއްކުމާ ދެކޮޅަށް މަސައްކަތެއް ކޮށްފިއްޔާ ހެއްކެއްގެ ގޮތަށް އެ އޮންނާނެ" ރައީސް ވިދާޅު ވިއެވެ. މިވީގޮތުން ރަށްރަށަށް ވަޑައިގެން ރައީސް ވާ ވައުދުތައް ވެސް ކައުންސިލް އިދާރާގައި ލިޔެ ސޮއިކުރުވާފައި ބާއްވަން ޖެހޭނެ. އޭރުން ދޯ ފަހުން ހެއްކެއްގެ ގޮތުގައި ދެއްކޭނީ. ކުރިން ވީ ވައުދު ތަކުގެ އަމަލީ މަސައްކަތް ނުފެށިގެން މި އުޅެނީ ވައުދު ވީއިރު ލިޔެ ސޮއިކޮށްފައި ނެތިގެން.
ާއަފްރާސިޔާބު
19 September 2025
ވައުދު ތައްވިޔަސް އެ ވައުދުވީ ރައީސް ކަން ލިބުމުގެ ކުރީގައި. ރައީސް ވެވަޑައިގެންނެވި ވައުދެއް ނޯންނާނެ.
1828
19 September 2025
500 މީހުންގެ އާބާދީއަކަށް ބަނދަރު ހަދައި ބިންހިއްކުން ތޯ މުހިންމީ ނުވަތަ ވ.ފުލިދޫ ރައްޔިތުން ބިން ބޮޑު އާބާދީ އެއްފަސްކުރާ ރަށަކަށް ބަދަލުކުރުން ތޯ މުހިންމީ؟ ރައީސް ދަތުރުކުރަންވީމައި ދައަތުގައި ފައިސާވެސް ހުރޭ. 2023ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވެފައިވާ ވަޢުދުގެ އިތުރަށް ވައުދުވުން ވެސް ހަމަ އޯކޭ.
1828
19 September 2025
*ދައުލަތުގައި
އޮނަރަބްލް އަފީފު ދީދީ
19 September 2025
އިދާރީ ޤާނޫނީގޮތުން އައްޑުއަކީ ސިޓީއެއްގެ ގޮތުގައި ބާއްވަންޖެހޭ ތަނެއްކަމަށް އައްޑޫސިޓީ ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކުން ކަނޑައަޅާ ނިންމައިގެން ރާއްޖޭގެ އެންމެ ބިން ބޮޑު އަދި ކ.އަތޮޅު މާލެފިޔަވާ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސިޓީގެގޮތުގައި އައްޑޫ ހިންގަމުން އަންނަތާ 16 އަހަރު ފަހުން މާލޭސަރުކާރު ސިޔާސަތު ކަނޑައަޅާ ތަންފީޒު ކުރާންތިބޭ ކ.މާލޭގެ ބިންވެރިންވަނީ "އައްޑޫ ރައްޔިތުންގެ ނިންމުން ބަދަލުކޮށް" އަނެއްކާވެސް "އައްޑޫ ރޫޅާލަން" ދިމާކޮށްފަ.
ބޯބުރާންތި
19 September 2025
މަނިކުފާނު ކީކޭތޯ ތިވިދާޅުވަނީ؟ އަކުރުތަކާ ފިލިތަކާ ލަފުޒުތައް ވަކިވަކިން އެނގޭނެހެން ތަރުތީބުން ލިޔެ ކިޔާމީހާއަށް ވެސް ފަހުމްވާނެ ފަދަ އިބާރާތަކުން ލިޔުއްވީމަ ދެއްތޮ ތިވިދާޅުވާން އުޅުއްވާ އެއްޗެއްވެސް އެނގޭނީ؟