އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި މިސްރުގެ ރައީސް ސީސީ މިދިޔަ އެޕްރީލް މަހު ވައިޓް ހައުސްގައި ބައްދަލު ކުރައްވަނީ. --ފޮޓޯ:ނިއު ޔޯކް ޓައިމްސް
23 އޯގަސްޓް 2017 - 14:26
ވޮޝިންޓަން (އޮގަސްޓް 23) - އިންސާނީ ހައްގުތަކަށް އިހްތިރާމް ނުކުރުމާއި ޑިމޮކްރެސީގެ ހަމަތަކަށް ތަބާ ނުވުމުގެ އިތުރުން ނޯތު ކޮރެއާއާ ގުޅުން ބާއްވާތީ މިސްރަށް ދޭ 95.7 މިލިއަން ޑޮލަރުގެ އެހީ ހިފަހައްޓާ އިތުރު 195 މިލިއަން ޑޮލަރު ދިނުން ލަސްކުރަން އެމެރިކާ އިން ނިންމައިފިި އެވެ.
މި މައްސަލައާ ގުޅުން ހުރި ބައެއް ފަރާތްތަކުން ބުނެފައި ވަނީ އެންޖީއޯތަކާ ބެހޭ ގޮތުން މިސްރުން ފާސްކުރި ގާނޫނަށް އެމެރިކާ އިން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މިއީ މިސްރު ސަރުކާރާ ދެކޮޅު ޖަމާއަތްތައް ހުއްޓުވަން ފާސްކުރި ގާނޫނެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާގެ މި ނިންމުމުގެ ސަބަބުން ބައެއް މީހުންނަށް ވަނީ ހައިރާންކަން ލިބިފަ އެވެ. ސަބަބަކީ މިދިޔަ އެޕްރީލް މަހު މިސްރުގެ ރައީސް އަބްދުލް ފައްތާހު އައް ސީސީ އެމެރިކާ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާ އަށް ތައުރީފް ކުރައްވާފައިވާތީ އެވެ. ރައީސް ސީސީއާ އެކު ބޭއްވި ބައްދަލުވުމުގައި މިސްރުގެ އިންސާނީ ހައްގުތަކުގެ މައްސަލަ ޓްރަމްޕް ނަންގަވައިފައެއް ނުވެ އެވެ.
މިސްރަކީ އެމެރިކާ އަށް މެދުއިރުމަތީގެ މުހިންމު ޕާޓްނަރެކެވެ. ސަބަބަކީ ސުއޭޒް ކެނަލް މިސްރުން ކޮންޓްރޯލް ކުރުމާއި އިޒްރޭލާ އިންވެގެން އެ ގައުމު އޮންނާތީ އެވެ.
މިސްރުގެ އެކްޓިވިސްޓުން ބުނީ މިސްރުގެ ތާރީޚުގައި ވެސް އިންސާނީ ހައްގުތަކުގެ ހާލަތު އެންމެ ބޮޑަށް ދަށަށް ގޮސްފައި ވަނީ ސީސީގެ ވެރިކަމުގައި ކަމަށެވެ. އަދި ހުސްނީ މުބާރަކުގެ 30 އަހަރުގެ ވެރިކަމަށް ފަހު އަރަބި ސްޕްރިންގައި އެ ގައުމަށް ލިބުނު މިނިވަންކަން ސީސީ ވަނީ ހުއްޓުވާފައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮކްތެރެޕީ
23 August 2017
އިޒްރޭލް ހިމާއެއްކުރަން ދޭއެހީތަކެއްތީ.
މަހީހީ
23 August 2017
އިޒްރޭލު އެއުޅެނީ ރަނގަޅަށް ދެން ލަލަލާ ތި ފައިސާ ވެސް ދީ އިޒްރޭލަށް ....ދޫނިރާއްޖޭގައުޅެޔޯ ފާޑެއްގެ ވެރިޔެއް އޭނަވެސް ވަރަށް ސަޕޯޓްކުރާވެރިޔެކޯ ޓްރަމްޕް އަކީ