ގާސިމްގެ ޝަރީއަތުގެ އަޑުއެހުމަކަށް އޭނާ އެކު ޝަމީމް ވަޑައިގަންނަވަނީ: ތައްޔާރުވާން އެކަށީގެންވާ ފުރުސަތު ނުލިބޭ ކަމަށް ޝަމީމް ވިދާޅުވި --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
24 އޯގަސްޓް 2017 - 16:22
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ އިބްރާހިމްގެ ޝަރީއަތް ކްރިމިނަލް ކޯޓުން ކުރިއަށް ގެންދަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޚިލާފަށް ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ގާސިމްގެ ޝަރީއަތުގެ އެންމެ ފަހު އަޑުއެހުން ކޯޓުގައި މިއަދު ކުރިއަށް ގެންދަނިކޮށް އޭނާ އަނބުރައިގަނެގެން ވެއްޓުމާ ގުޅިގެން ޝަރީއަތް މެދުކަނޑާލާފައިވާތީ، އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ކުރިއަށް ގެންދަން ޖެހޭނީ ކަނޑައެޅޭ ވަކި ތާވަލަކާ އެއްގޮތަށް ކަމަށެވެ. ނަމަވެސް ގާސިމްގެ ޝަރީއަތް ކުރިއަށް ގެންދަނީ އެ އުސޫލުން ނޫން ކަމަށާއި އެކަށީގެންވާ ފުރުސަތު ގާސިމްގެ ވަކީލުންނަށް ނުލިބޭ ކަމަށް ޝަމީމް ވިދާޅުވި އެވެ.
"ގާނޫނުގައި ބުނަނީ އެކަށީގެންވާ ވަގުތު ދޭންޖެހޭނެއޭ ޚުލާސާ ބަޔާން ތައްޔާރު ކުރަން. އަޅުގަނޑުމެންނަށް ލިޔުންތައް ލިބުނީ [މިއަދު މެންދުރު] 12:45 ގައި. އަނެއްކާ 2:30 ގައި މިޖެހެނީ ޚުލާސާ ބަޔާން ތައްޔާރުކޮށްގެން އަންނަން. އެކަމަކު މިގޮތަކަށް ނޫން ގާނޫނުގައި ކަނޑައަޅާފައި މިއޮތީކީ،" ގާސިމްގެ ވަކީލުންނާ އެކު މަސައްކަތް ކުރައްވާ ޝަމީމް ކްރިމިނަލް ކޯޓުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިތުރު އަޑުއެހުމެއް ދެން ބާއްވާނީ އަންނަ ހަފުތާގައި ކަމަށް އިއްޔެ އެންގުމަށް ފަހު، މިއަދު އަޑުއެހުމެއް ބާއްވާނެ ކަން އެންގީ ރޭގެ ވަގުތެއްގަ އެވެ. އެ ޝަރީއަތް ކުރިއަށް ގެންދާނީ ޖިނާއީ އިޖްރާއަތުގެ ގާނޫނާ އެއްގޮތަށް އާންމު އުސޫލުން ކަމަށް ގާޒީ ވިދާޅުވެފައި ވިޔަސް ކަން ހިނގަނީ އެގޮތަށް ނޫން ކަމަށް ޝަމީމް ވިދާޅުވި އެވެ.
"ފަނޑިޔާރު ވިދާޅުވީ އެ މައްސަލަ ބައްލަވަނީ އާންމު އާދައިގެ މައްސަލަ ވެސް ބައްލަވާ ގޮތަށް ކަމަށް. އެހެން ނަމަވެސް މިފެންނަނީ ދެ ގަޑިއިރަށް ނުވަތަ ތިން ގަޑިއިރަށް ޝަރީއަތް ކުރިއަށްދާ ތަން. ކުރީގައި ނަމަ އަޅުގަނޑުމެން ދައްކާނެ ވާހަކައެއް ނުވެސް އޮންނާނެ. އެކަމަކު މިހާރު އެބައޮތް ޖިނާއީ އިޖްރާއަތުގެ ގާނޫނު. އެ ގާނޫނުގައި އެބަ ބުނޭ ކުރިއަށް ދާނެ ގޮތުގެ ތާވަލެއް ދޭންވާނެއޭ،" ޝަމީމް ވިދާޅުވި އެވެ.
ގާސިމް މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައި ވިޔަސް ޝަމީމް ވިދާޅުވި ގޮތުގައި ގާސިމްގެ ވަކީލުން އަދިވެސް ތިބީ ކޯޓު ތެރޭގަ އެވެ. ވަކީލުން ކޯޓުން ބޭރަށް ދިއުމުގެ ފުރުސަތު އަދި ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ބަހެއް އަދި ނުލިބެ އެވެ. ގާސިމްގެ ޝަރީއަތް ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވާލައިގެން ކަމަށް ނުވާތީ، ޝަރީއަތުގެ ތަފްސީލެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަނަންނުޖަހާ ޣާޒީ
24 August 2017
އެބައި މީހުން ހީކުރަނީހެއްޔެވެ. އެބައި މީހުން ޖަވާބުދާރީ ނުކުރެވޭނޭ ކަމަށް! ހަމަކަށަވަރުން އެ ދުުވަސް އަންނާނެތެވެ. އެބައިމީހުން ނިކަމެތިކުރެވޭ ހާލުގައި ފެންނާނެތެވެ، އެބައި މީހުންގެ ބިންތަކާ މުދާތަށް ނަގައި އަބިދަރީން މަގުމަތިވާނެތެވެ. އެ ދުވަހުން ތިމާމީހާގެ ބޮޑާ ކަމާ ކިބުރުވެރިކަން އެހީއަކަށް ބޭނުން ކުރާށެވެ.
އިބޫ
24 August 2017
ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ މި ގައުމުގ ެޖުޑިޝަރީ އަކީ ހަމަ ޢާއި އިންސާފުގައި ތިބޭ، ﷲދެކެ ބިރުވެތިވާ ފަނޑިޔާރުން ތިބޭ ފަނޑިޔަރު ގެއެއް ކަމުގައި ހައްދަވާށި... އާމީން
ޝަހީބާ
24 August 2017
ޤާސިމް އަށް އަނިޔާ ނުދެއްވާ. އެއީ ނިކަމެތިންގެ އެހީތެރިއެއް.
ރަދީފް
24 August 2017
ގާނޫނުގަ އޮތް ގޮތަށް މިސަރުކާރުން އަދި ދައުލަތުން އެއްވެސް ކަމެއްކޮށްފިތަ.؟؟