ޚަބަރު / މެމްބަރު ގާސިމް އިބްރާހިމް (މާމިގިލި)

ގާސިމް 3 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި؛ މަޖިލީހުގެ ގޮނޑި ގެއްލިއްޖެ

ގާސިމް މިއަދު ކޯޓުން ނެރެ އެމްބިއުލާންސަށް އަރުވަނީ. -- ފޮޓޯ: މިހާރު

24 އޯގަސްޓް 2017 - 22:48

152 comments
25 އޯގަސްޓް 03:06

ގާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ތިން އަހަރުގެ ޖަލު ހުކުމުގެ ގަޒިއްޔާ އެ ކޯޓުން މިހާރު ވަނީ އާންމުކޮށްފައި. އޭގައިވާ ގޮތުން ގާސިމްގެ ހުކުމް ތަންފީޒު ކުރަމުން ދިޔަ ނަމަވެސް ރާއްޖެ އިން ބޭރުން ހެދުމަށް ޑޮކްޓަރުން ލަފާދިން ޓެސްޓުތަކާއި ފަރުވާ ދިނުން ހުރަހަކަށް ވެގެން ނުވާނެ. އެހެންވެ އެ ޓެސްޓްތަކާއި ފަރުވާ ގާސިމަށް ރާއްޖެ އިން ބޭރުން ހޯދޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް އެ ހުކުމުގައި ވަނީ އަމުރުކޮށްފައި.

25 އޯގަސްޓް 02:54

ގާސިމްގެ ވަކީލުން ފާހަގަކުރެއްވި ގޮތުގައި ދައުވާ ލިބޭ މީހަކު ބަލިވެގެން، ޝަރީއަތަށް ހާޒިރުވެވެން ނެތް ކަމަށް އަންގައިފި ނަމަ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ވެސް ދެ ދުވަހުގެ ފުރުސަތު ދޭންޖެހޭ. އެކަމަކު ގާސިމްގެ ޝަރީއަތް މިރޭ ކުރިއަށް ގެންދިޔައީ އެ ފުރުސަތު ވެސް ގެއްލޭ ގޮތަށް ވަކީލުން ވިދާޅުވި.

25 އޯގަސްޓް 02:48

ގާސިމްގެ ވަކީލުން މިރޭ މީޑިއާއާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

25 އޯގަސްޓް 02:43

ހިސާން ވިދާޅުވީ ގާސިމްގެ ބޭސްފަރުވާ އަށް ކޮންމެހެން ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަންޖެހޭތީ، އެ ފުރުސަތު ދެއްވުމަށް ކޯޓުގައި ތަކުރާރުކޮށް އެދިވަޑައިގެންފައިވާ ކަމަށް. އަދި މިއަދުގެ މެންދުރުގެ ޝަރީއަތުގައި އިންނަވަނިކޮށް ގާސިމް އަނބުރައިގަނެގެން ވެއްޓުނީ ވެސް، ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ފުރުސަތު ކޯޓު އަމުރަކުން ހިފަހައްޓާފައިވާތީ ދިމާވި ކަމަކުން ކަމަށް ހިސާން ވިދާޅުވި.

25 އޯގަސްޓް 02:22

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫގައި، ޝަރީއަތް ކުރިއަށް ގެންދަންޖެހޭނެ ގޮތުގެ ތާވަލެއް އޮންނަންޖެހޭއިރު، އެކަމަށް ވެސް ގާސިމްގެ ޝަރީއަތުގައި ރިއާޔަތް ކޮށްފައި ނުވާ ކަމަށް.

25 އޯގަސްޓް 02:19

ގާސިމްގެ ވަކީލުން ވިދާޅުވީ ރޭގަނޑު 11 ޖަހާއިރު އޮތް ޝަރީއަތަކަށް 10:30 ގައި ޗިޓް ފޮނުވުމުން ހެޔޮހާލުގައި ހުރި މީހަކަށް ވެސް ކޯޓަށް ވަޑައިގަންނަވަން ދަތިވާނެ ކަމެއް ކަމަށް. އަދި ވިދާޅުވީ ޑޮކްޓަރުގެ ލިޔުން މިރޭ ކޯޓަށް ހުށަހަޅާފައި އޮއްވައި ވެސް މިރޭ ޝަރީއަތް ބޭއްވީމާ އެކަމާ ހިތާމަ ކުރައްވާ ކަމަށް. ވަކީލުން ފާހަގަކުރެއްވި ގޮތުގައި ގާސިމްގެ ސިއްހީ ހާލުގެ ކަންކަން މިވަގުތު އެންމެ ރަނގަޅަށް އެނގޭނެ އެއްބަޔަކީ ކްރިމިނަލް ކޯޓުގެ މުވައްޒަފުން ކަމަށް. އަދި މިއަދުގެ މެންދުރުގެ އަޑުއެހުމުގައި އިންވަނިކޮށް އަނބުރައިގަނެގެން ގާސިމް ވެއްޓުނީ ކޯޓުގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއްގެ ކުރިމަތީގައި ކަމަށް ވަކީލުން ވިދާޅުވި.

25 އޯގަސްޓް 02:15

ގާނޫނީ ވަކީލު ހިސާން ހުސެއިން ނޫސްވެރިންނަށް ވިދާޅުވީ ގާސިމަށް ހުކުމް ކޮށްފައިވާ ކަމަށް ނުރަސްމީކޮށް އެނގިވަޑައިގެންފައިވާ ކަމަށް. އޭނާ ވިދާޅުވީ ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި މިރޭ ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގުމަކީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކަންބޮޑުވާ ކަމެއް ކަމަށް. ހިސާން ވިދާޅުވީ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި ފަހުން މިވީ ނުވަ އަހަރުގެ ތެރޭގައި މީހެއްގެ ޣައިރު ހާޒިރުގައި ޖިނާއީ މައްސަލައެއްގެ ޝަރީއަތެއް ހިންގާފައި ނެތް ކަމަށް. އަދި ގާސިމްގެ ޝަރީއަތް ކުރިއަށް ގެންދިޔަ ގޮތަށް ބަލާއިރު، ޖިނާއީ އަދުލުގެ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ހިސާން ވިދާޅުވި. އޭނާ ވިދާޅުވީ މި މައްސަލައިގެ ލިޔުންތައް ލިބުނުހާ އަވަހަކަށް އެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް.

25 އޯގަސްޓް 01:40

ގާސިމަށް ތިން އަހަރުގެ ޖަލު ހުކުމެއް އައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓްގައި މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުން އިތުރު ދައުރަކަށް ހޮވައިދިނުމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށް މިދިޔަ މާޗް 26 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި ބޭއްވި ޖަލްސާގައި ވިދާޅުވުމާ ގުޅިގެން. އެ ޖަލްސާގައި ގާސިމް ވިދާޅުވީ މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުންނަށް ޓިކެޓް ދީ އެ މެންބަރުން ހޮވުމަށް ގުޅިފައިވާ ސިޔާސީ ހަތަރު ޕާޓީން ކޮށްދެވެން ހުރި މަސައްކަތެއް ކޮށްދެއްވާނެ ކަމަށް. އޭނާ ވިދާޅުވި ގޮތުގައި އެ ޕާޓީތަކަކީ ޖުމްހޫރީ ޕާޓީގެ އިތުރުން، ޕީޕީއެމް، އެމްޑީޕީ އާއި އަދާލަތު ޕާޓީ. ގާސިމް އެހެން ވިދާޅުވި މައްސަލައިގެ ތަހުގީގު ފުލުހުން މާޗް 30 ވަނަ ދުވަހުގެ ރޭ ފެށި.

25 އޯގަސްޓް 01:24

ގާސިމް ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ ޣައިރު ހާޒިރުގައި. ގާސިމް އޮންނެވި ހިތުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި.

25 އޯގަސްޓް 01:19

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ޖިނާއީ ހުކުމެއް އަތުވެއްޖެ ނަމަ ގޮނޑި ގެއްލޭނެ. އެހެންވެ މި ހުކުމާ އެކު ގާސިމްގެ ގޮނޑި ގެއްލޭނެ

25 އޯގަސްޓް 01:15

3 އަހަރާއި ދެ މަހާއި 12 ދުވަހަށް ގާސިމް ޖަލަށް ލާން ހުކުމް ކޮށްފި

25 އޯގަސްޓް 00:39

ކްރިމިނަލް ކޯޓާ ދިމާލުން ބޮޑުތަކުރުފާނު މަގުގައި މިހާރުވެސް މީހުން ޖަމާވެފައި އެބަތިބި. ކޯޓުގައި ގާސިމްގެ މައްސަލަ ކުރިއަށްދާ ގޮތުގެ މައުލޫމާތެއް ނުލިބޭ.

25 އޯގަސްޓް 00:36

މުޒާހަރާގެ ތެރެއިން މަހްލޫފު ހައްޔަރުކޮށްގެން ގެންދަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު

25 އޯގަސްޓް 00:30

އެއްވެފައި ތިބި މީހުން އެމްޕީއެލްއާ ހިސާބަށް ވަނީ ފަހަތަށް ޖައްސާފައި

25 އޯގަސްޓް 00:27

މެންބަރު މަހްލޫފާއި ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި. މަހްލޫފު ވަނީ ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން ގެންގޮސްފައި

25 އޯގަސްޓް 00:15

ގާސިމްގެ މައްސަލާގައި ކޯޓުން އަދި ގޮތެއް ނިންމި ކަމެއް ނޭނގެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފާ އެކު ގިނަ އަދަދެއްގެ މީހުން ކޯޓު ސަރަހައްދުގައި ތިބެ ސަރުކާރާ ދެކޮޅަށް ދަނީ އަޑު އުފުލަމުން

24 އޯގަސްޓް 23:43

ކޯޓަށް ހާޒިރުވުމަށް އަންގާފައިވާ ގަޑި ޖެހިގެން ދިޔައިރު، ގާސިމް ވެސް އަދި ގާސިމްގެ ވަކީލުން ވެސް ހާޒިރުވެ ވަޑައެއް ނުގަންނަވާ.

--------------------------------------------------------------------------------

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ 11:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައި، ހާޒިރު ނުވެއްޖެ ނަމަ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދާނެ ކަމަށް އިންޒާރު ދީފި އެވެ.

http://criminalcourt.gov.mv/wp-content/uploads/2017/08/Hukum-01.pdf

ގާސިމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާ އުފުލާފައިވާ ގާސިމް ކޯޓަށް ހާޒިރުވާން އަންގާފައި މި ވަނީ މިއަދު ގާސިމް ކޯޓަށް ހާޒިރުކޮށްފައި އިންނަވަނިކޮށް ކޯޓުތެރެއަށް ވެއްޓި ހޮސްޕިޓަލުގައި އެޑިމިޓްކުރަން ޖެހުމާ ގުޅިގެން ޝަރީއަތް ފަސްކޮށްފައި ވަނިކޮށެވެ. ހިތުގެ އާލާސްކަންފުޅެއްގައި އުޅުއްވާ ގާސިމް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތް އިރު، އޭނާ ރާއްޖެއިން ބޭރަށް ގެންދަންޖެހޭ ކަމަށާއި ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ޑޮކްޓަރުން ވަނީ ލިޔުން ދެއްވައިފަ އެވެ. ނަމަވެސް ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައި ވާތީ ރާއްޖޭން ބޭރަށް ވަޑައިގެންނެވޭ ގޮތް ވަނީ ނުވެފަ އެވެ.

ކްރިމިނަލް ކޯޓުން މިރޭ 10:35 ގައި ހަވާލުކޮށްފައިވާ ޗިޓްގައި ބުނެފައި ވަނީ ކޯޓަށް ހާޒިރުކުރަނީ ރިޝްވަތު ދޭން ހުށަހެޅުމުގެ ކުށުގެ ދައުވާގައި ހުލާސާ ގޮތެއްގައި ވާހަކަ ދެއްކުމަށާއި "ނިންމުމަށް" ކަމަށެވެ. އަދި ގާސިމް ހާޒިރުވެ ވަޑައިނުގެންފި ނަމަ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދާނެ ކަމަށް އިންޒާރު ދީފައިވެ އެވެ. ނަމަވެސް ޖިނާއީ މައްސަލަތަކުގައި، ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ޝަރީއަތް ކުރުމަކީ ކުރާ ކަމެއް ނޫނެވެ.

ގާސިމްގެ ވަކީލުން މިއަދު ހަވީރު ވިދާޅުވި ގޮތުގައި، މިއަދުވެސް ގާސިމްގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދަން ކޯޓުން މަސައްކަތްކުރި އެވެ. ނަމަވެސް އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވެ ވަކީލުން އިންކާރު ކުރެއްވުމުން ޝަރީއަތް ފަސްކުރެއްވީ ކަމަށް ވަކީލުން ވިދާޅުވެފައިވެ އެވެ.

152 ކޮމެންޓް, 477 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 7%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޓެރަރިސްޓް އަންނި

26 August 2017

މަރުވުމުގެ ކުރިން މީރާއަށް ދައްކަން އޮތް ރުފިޔާތައް ދައްކާ ހަލާސްކޮށްބަލަ އެއީ ހާދަ ގިނަ ރައްޔިތުންގެ ހައްގެކޭ

The name is already taken The name is available. Register?

އަހުމަދު

26 August 2017

ބުނެލަން ބޭނުންވަނީ ޤާސިމްގެ ލޯޔަރުންގެ އެފެންވަރު ނެތިއްޔޭ މޮޅުވާހަކަ ދައްކަނީ މީޑިޔާގަ ކޯޓްރޫމްގަ ބުނާނެ އެއްޗެއް ނޭގެ ސާބިތު ނުކުރެވުނު ވާހަކަ ކޯޓުން ބުނަނީ ރާއްޖެ ޓީވި އަށް ސަޕޯޓަރުން ކައްކުވަން ނޫސް ކޮންފަރެންސް ދޭން އެގެނީ ޤާނޫނުގަ ބުނާ އެއްޗެއް ކޯޓްރޫމްގަ ނުބުނެވޭ ލަދުގަނެބަލަދޯ

The name is already taken The name is available. Register?

ރާޖަޕަކުސާ

25 August 2017

އިސްލާމީ ޝަރީއަތް އިސްލާމީ ގައުމެއްގައި އޮންނަން ޖެހޭ ކަމަށް އަހަރެން ގަބޫލުކުރަން. އެކަމަކު ޝަރުއީ ނިޒާމާ ދޭތެރޭ ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭ.

The name is already taken The name is available. Register?

ެައަބްދޫ

25 August 2017

ޙައްޖަށް ފުރުމުގެ ކުރިން ހެޔޮކަމެއް ކޮށްލީތަ

The name is already taken The name is available. Register?

އަބްދޫ

25 August 2017

ގޮނޑި ގެެއްލޭނީ ސްޕްރީމްކޯޓް އިން ހުކުމް ދަމަހައްޓައިފިނަމަ .

The name is already taken The name is available. Register?

ސައްޕޭ

25 August 2017

ސީދާ މާފިޔާ ގުރޫޕުތަކުގައި ކަންތައްކުރާގޮތަށް މިހާރު ރާއްޖޭގައި ކުރާ ކަންތައް އެއްމެވައްތަރީ

The name is already taken The name is available. Register?

މަނިކުބެ

25 August 2017

ދެން މިހުކުމަކީ އިސްލާމް ދީނުގައި އޮންނަ އަދުލުވެރި ކަމާއެއް ގޮތަށް ކޮށްފައިވާ ހުކުމެއްތޯ ސާފުކުރަން އިސްލާމިކް މިނިސްޓްރީއަށް ލިޔަންވީނޫނތޯ

The name is already taken The name is available. Register?

ބާގިރު

25 August 2017

ތި ހުކުމަކީ އިންސާފުން ބޭރުންކުރި ޙުކުމެއްކަން އެންމެ އާދައިގެ މީހާއަށްވެސް އެނގޭނެއެވެ. ތިމަންމެންގެ ޕާޓީއަށް އައިމާ ދެންވެސް ހޮވައިދޭން މަސައްކަތްކޮށްދޭނަމޭ ބުނުމުން ރިޝްވަތު ދޭން އުޅުނުކަމަށްވެ ބޮޑު ކުށަކަށްވެފައި، ބޮޑެތި ފޮށިފޮށިގަނޑުގައި ރައްޔިތުންގެ ލާރި މިލިޔަނުން ގެއަށްވައްދައިގެން ޙަލާލުނޫން އެއްޗެއް ބޭނުންކުރުން އެއީ މޮޅު ކަމަކަށްވަނީ ކޮންހަމަޔަކުންތޯއެވެ. ރައީސަކަސް ވަޒީރަކަސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަސް ރައްޔިތުންގެ ފައިސާއާއި ޙަވާލުކުރެވޭ މަސްއޫލިއްޔަތުތަކަށް ޚިޔާނާތްތެރިވެއްޖެނަމަ އެމަޤާމުގައި ބަހައްޓައިގެން ނުވާނެއެވެ. ވަކިން ޚާއްސަކޮށް ރައްޔިތުން ވޯޓުދީގެން ހޮވާފައިތިބޭ މީހުންނަކީ ރައްޔިތުންނަށް ޚިދުމަތްކުރުމަށްޓަކައި ތިބޭ ބައެކެވެ. އެބައިމީހުންނަށް ދޭންޖެހޭ ޢިނާޔަތްތަކުގެ ބޭރުން މަޤާމުގެ ނުފޫޒުގެ ބޭނުންހިފައިގެން ކަންކަންކޮށް ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެއްޖެ ނަމަ ވަގުތުން އެމީހަކު ބޭރުކޮށް އެމީހަކަށް އަދަބުދެވެންޖެހޭނެއެވެ.

The name is already taken The name is available. Register?

ޒުވާނުން2018

25 August 2017

އަންދާ ޤާނޫނުހޭ. ޔާމިނަކީ އަނިޔާވެރިޔެއް. ބަޤާވާތަކަށްފަހު އަންނާނީ ބޭއިންސާފާއި އަނިޔާ. އެހެންވެ ބަޤާވާތް ހަރާންވެގެން ވަނީ.

The name is already taken The name is available. Register?

އިންސާފް

25 August 2017

މިގައުމުގައި އިންސާފާއި އިންސާނިއްޔަތުކަން ގެއްލި ނިމިއްޖެ. އެއްމެންގެ ލޯތަކުގެ ކުރިމަތީގައި ބޭނުންހާ ގޮތަކަށް ކަންކަން ކޮށް ނިންމާލަނީ. ގާނޫނަކީ ހަމައެކަނި ލިޔެފައިވާ އެއްޗެއް. އެއަށް އަމަލުކުރަމުން ދާތަން ފެންނަނީ ވަކި ބައެއްގެ މައްޗަށް. މިގައުމު ހަގީގަތުގައިވެސް ފާލުން ނެއްޓިއްޖެ. މިކަމުގެ ޒިންމާ ކޮންމެވެސް ބަޔަކު ނަގާ އަދި ޒިންމާކުރުވަންޖެހޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454