ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތަކަށް ގާސިމް އޭނާގެ ސެކިއުރިޓީއެއްގެ އެހީއާއެކު ވަޑައިގަންނަވަނީ.---މިހާރު ފައިލް ފޮޓޯ
31 އޯގަސްޓް 2017 - 06:38
ހިތުގެ އާލާސްކަންފުޅާ ގުޅިގެން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައިވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ގޭބަންދަށް ބަދަލުކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ރޭ ނިންމައިފި އެވެ.
ގާސިމް ގޭބަންދަށް ބަދަލުކުރަން ނިންމި ކަމުގެ ލިޔުން ރޭ 11:23 ގައި އޭނާގެ ގާނޫނީ ވަކީލުންނާ ހަވާލުކޮށްފައިވާއިރު، އޭގެ ސަބަބެއް ކަމަށް ބުނެފައި ވަނީ ގާސިމްގެ ބަލި ހާލަތު ހުރި ގޮތުން ކަމަށް ޖޭޕީން ބުންޏެވެ.
އެ ޕާޓީން ބުނީ ގާސިމް ގޭބަންދަށް ބަދަލުކުރަން ކަރެކްޝަނަލް ސާވިސް އިން ނިންމި ނަމަވެސް އޭނާގެ އާލާސްކަންފުޅު އަދިވެސް ރަނގަޅު ނުވާތީ، އޮންނަވާނީ ހޮސްޕިޓަލްގައި ކަމަށެވެ.
މި މަހުގެ 24 ގައި ބޭއްވި ގާސިމްގެ ޝަރީއަތުގެ ފަހު އަޑުއެހުމުގައި އިންނަވަނިކޮށް އަނބުރައިގަނެގެން ކޯޓު ރޫމުގެ ތެރެއަށް ވެއްޓުމާއެކު، އެ ދުވަހުން ފެށިގެން ގާސިމް ވަނީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފަ އެވެ.
އައިޖީއެމްއެޗުން ގާސިމް ބެއްލެވި، ހިތުގެ ޚާއްސަ ޑރ. އަލީ ޝަފީގް ލަފާ ދެއްވާފައިވަނީ ގާސިމްގެ ހިތުގެ ދެ ޓެސްޓެއް ހެދުމަށް ރާއްޖެއިން ބޭރަށް ގެންދަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ ފުރާނަ އަށް ނުރައްކާ ވެދާނެ ކަމަށެވެ. ކުރިން ތިން ފަހަރެއްގެ މަތިން މެޑިކާ އާއި އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދީފައިވާއިރު، ގާސިމް ބެއްލެވި ހުރިހާ ޑޮކްޓަރުން ވެސް ލަފާދީފައި ވަނީ އޭނާ ރާއްޖެ އިން ބޭރަށް ގެންގޮސްގެން ފަރުވާ ދިނުމަށެވެ. ސަބަބަކީ އެ ފަރުވާ އަދި ޓެސްޓްތައް ރާއްޖެ އިން ހެދެން ނެތުމެވެ.
ނަމަވެސް ގާސިމް ބޭސްފަރުވާ އަށް ފުރުމުގެ ހުއްދަ ސަރުކާރުން ނުދީ އުޅޭތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
އިދިކޮޅު ހަރަކާތުގެ ޖަލްސާއެއްގައި ގާސިމް ދެއްކެވި ވާހަކައަކާ ގުޅިގެން އޭނާގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމް މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު ކްރިމިނަލް ކޯޓުން ޖެހީ ވެސް ގާސިމް ބަލި ހާލަތުގައި އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި ވަނިކޮށެވެ. އެއީ ޖުމްހޫރީ ޕާޓީގެ ހަރުގެ ކުނޫޒްގައި ދެއްކެވި ވާހަކައިގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވުމުންނެވެ.
ނަމަވެސް އެ ހުކުމާ އެކު، ގާސިމަށް ރާއްޖެ އިން ބޭރުން ބޭސްފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސަން ދައުލަތުގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ. އެކަމަކު ގާސިމް ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ގެންދިއުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނުމަށް ފަހު، ގާސިމްގެ ހުކުމުގައި ހިމެނޭ، ބޭސްފަރުވާ އަށް އޭނާ ފޮނުވުމުގެ ބައި ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. މިކަން މީޑިއާ އަށް އިއްޔެ އެނގިފައިވާއިރު، ގާސިމް އައިޖީއެމްއެޗުގައި އެޑްމިޓް ކުރި ފަހުން މިދިޔަ ހަތަރު ދުވަހު ވެސް ސަރުކާރުން ބުނަމުން އައީ ގާސިމް ބޭސްފަރުވާ އަށް ފޮނުވުމާ ގުޅޭ ކަންކަން ކުރިއަށް ގެންދާ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުން ގާސިމްގެ އަރިހަށް މިދިޔަ ހޯމަ ދުވަހުގެ ރޭ އައިޖީއެމްއެޗަށް ވަޑައިގަތުމަށް ފަހު، ހޯމް މިނިސްޓަރު އަޒްލީން އަހުމަދު "މިހާރު" އަށް ވިދާޅުވެފައި ވަނީ "ގާސިމް ބޭރަށް ފޮނުވުމާ ގުޅޭ ވަރަށް ގިނަ ކަންކަން މިހާރު ފުރިހަމަ ވެއްޖެ" ކަމަށެވެ.
"ދެން ހުރީ ވަރަށް މަދު ކަންތައްތަކެއް. ގާސިމް ރާއްޖެ އިން ބޭރަށް ފޮނުވުމަށްޓަކައި ފެސިލިޓޭޓް ކޮށްދޭންޖެހޭ ކަންކަން ވެސް ކޮށްދެމުން މި އަންނަނީ. އެކަމަށް އެއްވެސް ހުރަހެއް ނޯންނާނެ،" އަޒްލީން މިދިޔަ އަންގާރަ ދުވަހު މިހާރު އަށް ވިދާޅުވެފައިވެ އެވެ.
ގާސިމް ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވުން ލަސްވަނީ ކީއްވެތޯ "މިހާރު" ން އެ ދުވަހު ދެންނެވުމުން އަޒްލީން ވިދާޅުވީ އޭގެ ކުރިން ވަރަށް ގިނަ ކަންކަން ނިންމަންޖެހޭތީ ލަސްވީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިމޮކްރަސީ
31 August 2017
މަރުގެ އިންތިޒާރު މަޑުކޮށްލައިގެން ތިބީ
ކްރިޓިކަލް
31 August 2017
ގަސިމް ގޭބަންދެއް ބޭނުމެތް ނުވޭ... އެމަނިކުފާނު އެހުންނެވީ ފުރަން ފޮށި ބަންދު ކޮއްގެން
ވެދުން
31 August 2017
ތީގާސިމް އަވަހަށް ޖަލައްބަދަލުކުރެވޭނެ ގޮތެއް އޮތްތޯ ކުރާ ކަމެއް. ގާސިމް ގެ އަށް ބަދަލުވާ އިރަށް ރަގަޅުވީއޭ ކިޔާފަ ވަގުތުން ޖަލައް ބަދަލުކުރާނެ. އެއީ ޔަގީން ކަމެއް ޔާމީން ގެ ދަންތުރައެއް ތީވެސް އަޒުލީނާ މުންދު ފޮނުވުން ވެސް. އެހެން ވީމާ ގާސިމް ރަގަޅު ވުމުގެ ކުރިން ހޮސްޕިޓަލުން ނިކުތުން ރައްކާ ތެރިއެއް ނޫން. ޑޮކްޓަރުން ގެ ބެލުމުގެ ދަށުގަ އޮތުން ބުއްދިވެރި. ޔާމީންގެ އަނިޔާވެރިކަން ހައްދު ފަހަނަ އަޅާ ގޮސްފަ މިވަނީ. ފުރާނަ އަކަށް އިންސާނަކަށް ބަލާ ކަށް ބޭނުން މެއްނޫން.އޭގެ އެންމެ ބޮޑުހެކި ހުރިހާ ޑޮކްޓަރުން ލަފާ ދެއްވީމަ ވެސް ގާސިމް ބޭރަށް ނުފޮނުވާން ހުކުމުގެ އެއްބައި އިސްތއުނާފް ކުރުން މީ. އިންޝާ ﷲ އަނިޔާވެރިން ހަލާކު ކުރައްވާ ސަލާމަތް ތެރިކަން މިންވަރު ކުރައްވާނެ.
ސުވާދީބު ރާނީ
31 August 2017
މި ހެޑްލައިންތައް ކިޔާލީމަ ހިތަށް މިއަރަނީ 18 ވަނަގަރުނު ބާއޭމީ. އަހަރެމެން ކުޑައިރުވެސް އުޅުނީ ރާއްޖޭގެ ތާރީޚް ޤަބޫލުކޮށްގެން. ރަންނަމާރި އަރާ އަންހެން ކުދީން މަރާލާފަ ނުކަނީ ކީއްވެބާއޭ ހިތަށްއެރި އޭރުވެސް. ފަހުން މިއެނގުނީ އެވާހަކަ އެގޮތަށް ލިޔެފަ އޮތީ ތާރީޚް އޮޅުވާލަންކަން. މިރާއްޖެމީ ވެރިކަން ކުރާ މީހާގެ ތަރިކަ މުދަލެއްނޫން. އަދި ޤާނޫނުތަކަކީ އެމީހަކު ކުޅެން ހުރި އެއްޗެއްވެސް ނޫން. ހިތަށް އަރާހާ މީހަކު ޖަލަށް ހިތަށްއެރީމަ ނިޒާމުން ބޭރުކޮށްލުން. ހިތަށްއެރީމަ ބޮޑު މަޤާމު. ހިތަށްއެރީމަ ރޭގަނޑު ދަންވަރު ސިއްހީ ޚިދުމަތް ކަނޑާލުން. މިވަރުގެ ތަސައްރަފު ނުފުދޭ މީހުން ވެރިކަން ނުކުރީމަ ރަގަޅުވާނީ. މުޅި ސިސްޓަމް މިވަނީ ޑިފޯލްޓުން ރައީސް "ހިތަށް އެރީމަ" އަށް ލެވިފަ. މި ރިބޫޓްކޮށް ވައިރަސްތައް ނައްތާލަންޖެހޭ ވަރަށް އަވަހަށް. ނޫންނަމަ ނަތީޖާ ވަރަށް ހިތިވާނެ.
އަލީ ނަސީރު
31 August 2017
ދެންދޯ ތިއީ ފުކެއްބޮޑުވަރު! ކުރީގަ ހަދާފަވެސް ހުރީ، މިހާރު ހަދަނީވެސް، އަދި ކުރިއައްއޮތްތާގަ ހަދާނީވެސް، އެވަގުތަކު ވެރިންނައް ތިބި ބައެއް ބޭނުންވާގޮތެއް. މިގައުމުގަ އެކަންޏެއް ނޫން، އެމެރިކާގަވެސް، ރަޝިޔާގަވެސް! އިޔުރޮޕް ގަވެސް. މިލިއަނުން މީހުން ކޮށާއަޅާލާފަވެސް އެތިބީ ހަމަ ހެވިފަނު!
ސުވާދީބު ރާނީ
31 August 2017
އަލީ ނަސީރު. ކޮންމެ ޤައުމެއް ވިޔަސް އެޤައުމެއްގެ ކަންތައް ހިންގަންޖެހޭ ގޮތް ޤާނޫނުތަކާއޮ އުސޫލުތަކުން އެގެން އޮންނާނެ. ވެރިއަކަށް މީހަކު އައްޔަނު ކުރަނީ ގަވަރން ކުރަން. ޑިކްޓޭޓް ކުރާކަށްނޫން. އަދި އެ އައްޔަނު ކުރެވޭ މީހަކީ މިބުނެވިދިޔަ އުސޫލުތަކާ ފުށުނާރާ ގޮތަށް އޭރަކު ދިމާވާ ކަންތައް ހައްލުކުރަން ރައްޔިތުންގެ ފައިސާއިން މުސާރައާއި، ނަމާއި އިއްޒަތް ދީފައި ހުންނަ މީހެއް. އޭނަ މަސައްކަތްކުރަންޖެހޭނީ ހުރިހާ ރައްޔިތުންގެ މަސްލަހަތަށް ވިސްނައިގެން. އެހެން އެކަން ނުވާނަމަ އިސްތިއުފާ ދޭންޖެހޭ.ނަސީރު ކަހަލަ މީހުންނާ ހެދި މިޤައުމު އިސްލާހުކުރަން ކުރާ މަސައްކަތް ކުރިއަށްނުދަނީ. ދެން އަތްޖަހާ.
ހާކިމް
31 August 2017
މިނިވަން ކަމާއިއެކު އުޅެމުން ދިޔަ މީހަކު ނުހައްގުން ގޭގަ ބަންދުކުރުމަކީވެސް ދެވޭ އަނިޔާއެއް މި އަނިޔާވެރިކަން އަވަހަށް ނެތިދިޔުން އެއީ އެންމެންގެވެސް ދުޢާ ވަﷲ އަޢުލަމް
އަރިދެކުނު
31 August 2017
ތިވެސް ސަރުކާރުން ކުޅޭ ސިޔާސީގޭމެއް...މި ސަރުކާރުން ގާސިމްއިބުރާހިމް އާ މެދު ރަނގަޅަށް އެއްވެސްކަމެއްނުކުރާނެ..ސިޔާސީއެއްވެސް ބޭފުޅކާ ދޭތެރޭވެސް ހެޔޮނިޔަތެއްގަ ހެވެއް އެދިގެން ނުކުރާނެ އެއްވެސް ކަމެއް....ހިޓްލަރ..
އޭނާ
31 August 2017
ސިޔާސީ ރަނޑުން ސިޔާސީވީމާ ވާނެގޮތް މިފެންނަނީ.
ސަމާއި
31 August 2017
ޔާނު ބޭނުންވަނީ ލުނބޮއެއް ފެލާލާހެން ފެލާލަން
ލަތީފް ދިއްދޫ
31 August 2017
ރައީސް މީހާ ބުނި އަޑު އެހިން މިސަރުކާރުން ކޯޓް ކުރާ ހުކުމަކާ ނުބެހޭނަމޭ. އެކަމް މިއޮތްހެދި އެއްޗެއް ކޮންމެވެސް ނުބައެއް އެބައުޅޭ ހީވަނީ ގޮހަރަށް ރަނގަޅަށް ކާންދީފަ ދަމައިގަންނަށް އުޅޭހެން. މިސަރުކާރަކީ އެހާ އިހުލާސްތެރި ހަމްދަރުދީވާން ދަންނައް ސަރުކާރެއްނޫން. އިދިކޮޅު ބޭފުޅުން ވިސްނާތި
މެންޓަލިސްޓް
31 August 2017
ހާދަހެޔޮފުޅޭ ،، ކޯޓްއަމުރަުގައި ބޭސްކުރަން ބޭރަށްފުރުވުމަށް އަމުރުކޮއްފައިއޮއްވާ އެއަމުރާޢި ޙިލާފެ މިހާރުވެސް ސަރުކާރު ތިޔައޮތީ ކުއްވެރިވެފައި ،،، ދެންހަދަންވީގޮތަކީ ގޭބަންދަށް ބަދަލުކުރުމަށްފަހު ،، މ.މާފަންންވިލާ ސަރުކާރަށް ނަގާނީ ،،، އެނަގާނީ މީރާއަށް ދައްކަންއޮތް ފައިސާނުދައްކައިގެންކަމަށް ބުނެ ،،، އޭރުން ގޭބަންދުގައި ހުއްޓާ ސަރުކާރަށްގެ ނަގައި ގޭންބޭރުކުރާނީ ،،، އޭރުން ވަރަށްސަޅިވާނެ ،،، ދެންކިޔާނީ ގުޅީއީސަކަލޭފާނަށްވެސް ވީއެހެނޭ ،،، ހިސްޓްރީ ރިޕީޓްވާނެ ،، އެގޮތް އޯކޭތަ ،،، ؟؟ ވަރަށްވެދުން