ދުނިޔެ / ތުރުކީ

ތުރުކީ އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 36 އަށް

ތުރުކީގެ އަތާތުރުކް އެއާޕޯޓުގައި ރަޔަޓް ފުލުހުން ހަތިޔާރާ އެކު ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

އިސްތަންބޫލް (ޖޫން 29) - ތުރުކީގެ އިސްތަންބޫލްގެ އަތާތުރުކް އިންޓަނޭޝަނަލް އެއާޕޯޓަށް ރޭ ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 36 އަށް އަރާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

މި ހަމަލާގައި ވަނީ 140 މީހުން ޒަޚަމްވެފަ އެވެ. ޓާމިނަލް އަށް ވަންނަ ގޭޓުގެ ކައިރިން ތިން މީހަކު އެންމެ ފުރަތަމަ ވަނީ ބަޑިން ހަމަލާ ދޭން ފަށައިފަ އެވެ. ރައްދުގައި ފުލުހުންގެ ހަމަލާތައް ދޭން ފެށުމާ އެކު ހަށިގަނޑުގައި ގޮވާ ތަކެތި ހަރުކޮށްފައިވާ އެ ތިން މީހުން ވަނީ އަމިއްލަ އަށް ގޮއްވާލައިފަ އެވެ.

އިސްތަންބޫލްގެ އަތާތުރުކް އެއާޕޯޓަށް ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާގައި ޕޮލިހުން ހަރަކާތްތެރިވަނީ. -- ފޮޓޯ: އޭއެފްޕީ

ބޮޑު ވަޒީރު ބިނާލީ ޔިލްދިރިމް ވިދާޅުވީ މި ހަމަލާގެ ފަހަތުގައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) ކަމަށް ގަބޫލް ކުރެވޭ ކަމަށެވެ. ތުރުކީގައި ދާދި ފަހުން ދިން ބޮމުގެ ހަމަލާތައް ވެސް އަޅުވާފައި ވަނީ އައިއެސް ނުވަތަ ވަކިވެގަތުމަށް މަސައްކަތް ކުރާ ކުރުދީ ހަނގުރާމަވެރިންގެ ބޮލުގަ އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި މި ހަމަލާގެ ސަބަބުން އާ މަރުހަލާއެއް ހުޅުވިގެން ދިޔައީ ކަމަށެވެ. އަދި ތުރުކީގައި ރޭ ގޮއްވާލި ބޮމަކީ ދުނިޔޭގެ ކޮންމެ ސިޓީއެއްގެ ކޮންމެ އެއާޕޯޓެއްގައި ވެސް ދީފާނެ ފަދަ ހަމަލާއެއް ކަމަށް ވިދާޅުވި އެވެ.

ތުރުކީގެ އަތާތުރުކް އެއާޕޯޓުގެ މައި އެންޓްރެންސްގައި ޕަސިންޖަރުން މަޑުކޮށްލައިގެން. --ފޮޓޯ:އޭއެފްޕީ

ބޮޑު ވަޒީރު ވިދާޅުވީ ޒަޚަމްވި ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށެވެ. އަދި މަރުވި މީހުންގެ ތެރޭގައި ބިދޭސިން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި ހަމަލާގައި ޒަޚަމްވެފައި ވަނީ 147 މީހުން ކަމަށް ޖަސްޓިސް މިނިސްޓަރު ބެކިރު ބޮޒްދާގު ވިދާޅުވި އެވެ.

އެއާޕޯޓަށް ހަމަލާ ދިން ހަނގުރާމަ ވެރިއަކަށް ފުލުހުންގެ އޮފިސަރަކު ބަޑިން ހަމަލާ ދޭ މަންޒަރު ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯތަކުން ފެނެ އެވެ. އަދި އޭގެ ފަހުން ޒަޚަމްވެގެން ވެއްޓިފައި އޮތް ހަނގުރާމަވެރިޔާ އަމިއްލަ އަށް ގޮއްވާލަ އެވެ.

ތުރުކީގެ އަތާތުރުކް އެއާޕޯޓަށް ދިން ހަމަލާގައި ބައެއް މީހުން ޒަޚަމްވެގެން ވެއްޓިފައި. --ފޮޓޯ:އޭއެފްޕީ

ހަމަލާ އަށް ފަހު އެއާޕޯޓް ވަނީ ބަންދުކޮށްފަ އެވެ. އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ވަނީ އެމެރިކާ އާއި އިސްތަންބޫލްއާ ދެމެދު ކުރާ ހުރިހާ ފްލައިޓް ދަތުރުތަކެއް ހުއްޓާލުމަށް އަންގައިފަ އެވެ.

ހަމަލާ އަށް ފަހު 49 އެމްބިއުލަންސް އެއާޕޯޓަށް ފޮނުވާފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ. ޒަޚަމްވި މީހުން ހޮސްޕިޓަލަށް ގެންދިއުމުގައި ވަނީ ޓެކްސީތައް ވެސް ބޭނުންކޮށްފަ އެވެ.

ތުރުކީގެ އަތާތުރުކް އެއާޕޯޓުގައި ފޮރެންސިކް ފުލުހުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

މަންޒަރުދުށް މީހެއް ކަމަށްވާ ޕައުލް ރޫސް ބުނީ ހަމަލާ ދިން އިރު އޭނާ ހުރީ އަމިއްލަ ގައުމު ދެކުނު އެފްރިކާ އަށް ފުރަން ތައްޔާރަށް ކަމަށެވެ. އެސްކަލޭޓާ އިން ޑިޕާޗާ އަށް ދަނިކޮށް ބަޑީގެ އަޑު އިވެން ފެށި ކަމަށް އޭނާ ބުންޏެވެ. އަދި ބަޑި ހިފައިގެން ހުރި މީހާ ހުރީ ކަޅު ކުލައިގެން ހެދުމެއް ލައިގެން ކަމަށް ވެސް ބުންޏެވެ.

އަތާތުރުކް އެއާޕޯޓަކީ ތުރުކީގެ އެންމެ ބޮޑު އެއާޕޯޓެވެ. އަދި އެއީ ދުނިޔޭގައި ވެސް އެންމެ ބިޒީ އެއް އެއާޕޯޓެވެ. މި އެއާޕޯޓް މިދިޔަ އަހަރު ވަނީ 61 މިލިއަން މީހުން ބޭނުންކޮށްފަ އެވެ.

ތުރުކީގެ އަތާތުރުކް އެއާޕޯޓުގައި ފުލުސް އޮފިސަރަކު ހަތިޔާރާ އެކު ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

އެއާޕޯޓުގައި އެމްބިއުލެންސާއި ފަޔާ ޓްރަކްތައް ހަރަކާތްތެރިވާ މަންޒަރުތައް ތުރުކީގެ ޓީވީ ޗެނަލްތަކުން ދައްކައިފައިވެ އެވެ. ހަމަލާއާ ގުޅިގެން އެއާޕޯޓް މިހާރު ވަނީ ބަންދުކޮށްފަ އެވެ. ވޭތުވެދިޔަ އަހަރު ތުރުކީ އަށް ވަނީ ބޮމުގެ ވަރަށް ގިނަ ހަމަލާތަކާ ކުރިމަތިލާން ޖެހިފަ އެވެ. މި ހަމަލާތަކުގެ ފަހަތުގައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ކުރުދީ ހަނގުރާމަވެރިން ކަމަށް ތުރުކީ ސަރުކާރުން ތުހުމަތު ކުރެ އެވެ.

އިސްތަންބޫލްގެ އަތާތުރުކް އެއާޕޯޓަށް ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާއަށްފަހު ކުޑަ ދެކުދިން ގައިގައި ދެ އަންހެނަކު ބައްދާލަނީ. -- ފޮޓޯ: އޭއެފްޕީ

އަންކަރާގެ ބަސް ސްޓޮޕެއްގައި ކާރު ބޮމެއް ގޮއްވާލައިގެން މިދިޔަ މާޗް މަހު ވަނީ 37 މީހުން މަރާލައިފަ އެވެ. އޭގެ ހަފުތާއެއް ފަހުން އިސްތަންބޫލްގެ މަގެއްގައި އައިއެސް އިން ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި ހަތަރު މީހުން ވަނީ މަރުވެފަ އެވެ. އަދި އޭގެ މަހެއް ފަހުން އަންކަރާގެ އަސްކަރީ ވެހިކަލެއް ގޮއްވާލައިގެން 28 މީހުން ވަނީ މަރާލައިފަ އެވެ. އިސްތަންބޫލްގައި ޖެނުއަރީ މަހު ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި ވަނީ ޖަރުމަނުގެ 10 ޓޫރިސްޓުން މަރާލައިފަ އެވެ. މި ހަމަލާގެ ޒިންމާ ތުރުކީން އަޅުވާފައި ވަނީ އައިއެސްގެ ބޮލުގަ އެވެ.

3 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 93%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަތާތުރުކު

30 June 2016

އިސްލާމީ ތުރުކީ ދޯ!

The name is already taken The name is available. Register?

ސޯދުބެ

29 June 2016

އައިސްއޭ ކިޔައިގެން އެމެރިކާއިން ލާރިދީގެން އިސްލާމުންގެ ނަން ބޭޒާރުކުރަ ވަކިބަޔަކުަުޅޭ، ދެން ކޮންމެމީހަކުވެސ ބުނަނީ އައިއެސްއޭ،

The name is already taken The name is available. Register?

ބޮންބުރޯ

29 June 2016

ކޮބާތަ އައިއެސް ވެގެން އުޅޭ ދިވެހިން...ކީއްވެތަ އެމީހުން އިސްރޭލަށް ހަމަލާ ނެދެނީ؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454