ދުނިޔެ / މިއަންމާ

މިއަންމާގައި ދަނީ ބޮސްނިއާގައި ހިންގި ކަހަލަ ގަތުލްއާއްމެއް ހިންގަމުން

ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ބޮޑު ގަތުލްއާއްމެއް ހިންގަން ވަނީ ފަށާފައި.

08 ސެޕްޓެމްބަރ 2017 - 09:33

5 comments

ރަކީން (ސެޕްޓެމްބަރު 8) - މިއަންމާގެ ރަކީން ސްޓޭޓުގައި މުސްލިމުންނާ ދެކޮޅަށް މިހާރު ހިންގާ ޖަރީމާތަކަށް ބައިނަލްއަގުވާމީ މުޖްތަމައުން ފިޔަވަޅު ނާޅައިފި ނަމަ ބޮސްނިއާގައި މީގެ 22 އަހަރު ކުރިން ސާބު ސިފައިން ހިންގި ކަހަލަ އަނިޔާވެރި ގަތުލްއާއްމެއް މިއަންމާ ސިފައިން ވެސް ހިންގަފާނެ ކަމުގެ އިންޒާރު ރޮހިންޖާ މުސްލިމުން ދީފި އެވެ.

ބޮސްނިއާގެ ސާބު ސިފައިން 1995 ވަނަ އަހަރު ވަނީ އދ. އިން ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސްރެބްނިއްސާގައި މުސްލިމުންގެ 8،000 މީހުން ގަތުލްކޮށްފަ އެވެ. ރޮހިންޖާގެ ބައެއް ފަރާތްތަކުން ބުނީ ވޭތުވެދިޔަ ދެ ހަފުތާއެއްހާ ދުވަހު ތެރޭ މިއަންމާ ސިފައިން ވަނީ ރަކީން ސްޓޭޓުގެ ހާހަކަށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން މަރާފައި ކަމަށެވެ. އެކަމަކު މިއަންމާގެ ސަލާމަތީ ފަރާތްތަކުން ބުނެފައި ވަނީ މިދިޔަ މަހު 25 ވަނަ ދުވަހު ރަކީން ސްޓޭޓުގައި ހަމަނުޖެހުންތައް ފެށި ފަހުން މަރުވެފައި ވަނީ 370 ރޮހިންޖާ ހަނގުރާމަވެރިން ކަމަށެވެ.

މިއަންމާ ސިފައިންގެ އަނިޔާވެރިކަން ބޮޑުވުމުން ރަކީން ސްޓޭޓް ދޫކޮށް ބަންގްލަދޭޝް އަށް 164،000 ރޮހިންޖާ މުސްލިމުން ވަދެފައިވާ ކަމަށް އދ. އިން އެސްޓިމޭޓްކޮށްފައިވެ އެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވެސް ވަނީ މިއަންމާ ސިފައިން ނަސްލެއް ނެތިކޮށްލަފާނެ ކަމުގެ ބިރު އޮތްކަމުގެ އިންޒާރު ދެއްވައިފަ އެވެ. އަދި މިއަންމާ ސިފައިންގެ އަނިޔާވެރިކަން ހުއްޓާލުމަށް އެ ގައުމުގެ ލީޑަރު އަން ސަން ސޫކީ އަށް ވަނީ ގޮވާލައްވައިފަ އެވެ.

މިއަންމާގެ ރަކީންގައި ވޭތުވެދިޔަ ދެ ހަފުތާ ތެރޭ ހިންގި ހަމަނުޖެހުންތަކުގައި 164،000 މުސްލިމު ރެފިއުޖީން ވަނީ ބަންގްލަދޭޝް އަށް އެތެރެވެފައި. --ފޮޓޯ:ރޮއިޓާސް

ރަކީން ސްޓޭޓުގެ ޓައުނެއް ކަމަށްވާ މައުންގްޑޯގައި ހުރި އަންވަރު، 25، އަލް ޖަޒީރާ އަށް ބުނީ މިއަންމާ ސިފައިން ދަނީ މުސްލިމުންނަށް އަމާޒުކޮށް އަސްކަރީ އޮޕަރޭޝަނެއް ހިންގަމުން ކަމަށެވެ.

"މިއަންމާ ސިފައިންގެ އިތުރުން ބުޑިސްޓުންގެ ހައްދުފަހަނަޅާފައިވާ ފަރާތްތަކުން ވެސް ދަނީ މުސްލިމުންނަށް އަނިޔާ ކުރަމުން. އަންހެނުންނާއި ކުޑަކުދިންނާއި ދުވަސްވީ މީހުންނަށް ބެލުމެއް ނެތް. ހާލަތު ދަނީ ގޯސްވަމުން. ބައިނަލްއަގުވާމީ މުޖްތަމައުން ވަގުތުން ފިޔަވަޅު ނާޅައިފި ނަމަ ބޮސްނިޔާގައި ހިންގި ކަހަލަ އިތުރު ގަތުލް އާއްމެއް ފެނިގެންދާނެ،" އަލް ޖަޒީރާއާ ވާހަކަ ދައްކަމުން އަންވަރު ބުންޏެވެ. " އަން ސަން ސޫކީގެ ސަރުކާރުން ވަނީ ބަސް ބުނަން ނުކުޅެދިފައި."

ރަކީން ސްޓޭޓުގެ ހާލަތާ ގުޅޭ ގޮތުން މިއަންމާގެ ސްޓޭޓް ކައުންސެލާ އަދި ނޯބެލް ސުލްހައިގެ އިނާމު ހޯއްދަވާފައިވާ އަން ސަން ސޫކީ އަދި މިހާތަނަށް އާއްމުކޮށް ވާހަކަ ދައްކަވައިފައެއް ނުވެ އެވެ. ނަމަވެސް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ ބުދަ ދުވަހު ފޯނުން ވާހަކަ ދައްކަވަމުން ސޫކީ ވަނީ ރަކީން ސްޓޭޓުގައި މުސްލިމުންނަށް ހިމާޔަތް ދޭ ކަމަށް ވިދާޅުވެފަ އެވެ. އެކަމަނާގެ މި ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. ބައެއް މީހުން ވަނީ ސޫކީ އަށް ދިން ނޯބެލް އިނާމުގެ ޝަރަފު ނެގުމަށް ވެސް ގޮވާލައިފަ އެވެ.

މިއަންމާ އިން ފިލަންދާ މުސްލިމު ރެފިއުޖީން ބުނި ގޮތުގައި ރަކީންގައި މިއަންމާ ސިފައިން ދަނީ މުސްލިމުންގެ ގެދޮރުގައި އަލިފާން ޖަހާ އަންދަމުންނެވެ. އަންހެނުން ރޭޕްކޮށް، އެތައް ބަޔަކު ގަސްދުގައި ދަނީ މަރަމުން ކަމަށް ބުންޏެވެ.

ރަކީންގެ ބުތިޑައުންގް ޓައުނުގައި އުޅޭ މައިންް ލުވިން ބުނީ ބޮސްނިއާ ގަތުލް އާއްމާ ރޮހިންޖާ މުސްލިމުންނަށް މިހާރު ކުރިމަތިވެފައިވާ ހާލަތު ތަފާތު ނޫން ކަމަށެވެ. އަދި ރޮހިންޖާ މުސްލިމުން ފޮހެލުމަށް މިއަންމާ ސިފައިންނާއި ބުޑިސްޓުން އަދި ކްރިސްޓިއަނުން ރާވައިގެން ކެމްޕޭނެއް ހިންގާ ކަމަށް އޭނާ ބުންޏެވެ.

ރަކީން ސްޓޭޓުގައި މުސްލިމުން ދިރިއުޅޭތާ އެތައް ގަރުނެއް ވެއްޖެ އެވެ. ސްޓޭޓުގައި މިލިއަނަކަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ. އެކަމަކު އެއީ މިއަންމާގެ ރައްޔިތުންގެ ގޮތުގައި އެ ގައުމުގެ ސަރުކާރުން ބަލައިގެންފައެއް ނުވެ އެވެ.

5 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 91%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަމަހިލާ

09 September 2017

ބަލަ ޔޫރަޕުން ނޯަލް ސުލްހައިގެ އެވޯޑް ދެނީ މުސްލިމުން ނައްތާން އެއްބަސްވާ މީހުންނަށް. އަދިވެސް މުސްލިމުންނަށް އޮޅޭތީ ދެރައީ....

The name is already taken The name is available. Register?

ކައުންސެލަރު

08 September 2017

ކޮބާ އެމެރިކާ؟ ކޮބާ އެމްނެސްޓީ؟ ކޮބާ އަލިފުދާލު؟ ކޮބާ ޝަހީދު؟ ދޫނެތްތާ އަނގަވެސް ނެތީ؟

The name is already taken The name is available. Register?

ދިިވެހިއްޔަތު

08 September 2017

އެއީ މުނާފިޤުން، ކަށަވަރު ވެއްޖެ.

The name is already taken The name is available. Register?

ގެދާނޯމޮސް

08 September 2017

ޑީއެންއޭ ޓެސްޓެއް ހެދިޔަސް މިނަސްލުގެ އަސްލުފެށުން އެނގޭނެއެެވެ. އަދި ދުނިޔެ އަބަދުވެސް ދެކި ފޫހިވެފަވާ ކަމަކަށް މުސްލިމުން މެރުން ވެފަވާއިރު މީކީ އަޖައިބެއްނޫނެވެ. މުސްލުންނަކީ އާބާދީ އަވަސްކޮށް އިތުރު ކުރާބަޔަކަށް ވާތީ ލޭއޮހޮރުމަކަށް ފަހު އަލުން އެބަޔަކަށް ރުހުން ދީ ގިނަވުމުން މަރަން ފަށާކަށް މީ އެއްހަގީގަތެވެ. މިހާރު ތުރުކީއިން އެބުނާ ގޮތަށް އދ އިން މިކަން ނުހުއްޓުވާނަމަ އެބަޔަކަށް އެމުސްލިމުންގެ ފައުޖު ތަކާގުޅޭނެ ފުރުސަތު އޮވެދާނެއެވެ. މިލިޓަރީ ގޮތުން ބެއްޔަސް ތުރުކީ އަކީ އެސަރަހައްދުގައި އޮތް އެއްބާރެވެ.

The name is already taken The name is available. Register?

ކުރާތި

08 September 2017

މިއަންމާގައި ދަނީ ބޮސްނިއާގައި ހިންގި ފަދަ ގަތުލްއާއްމެއް ހިންގަމުން ކަމަށް މަމެން އަބަދުވެސް މިދަނީ ބުނަމުންނޭ މީ ހުޅަނގުން ބީރު ކަންފަތެއް ދީގެން ތިބޭ ކަމެކޭ. މީ އިސްލާމީ އުއްމަތް އިސް ނަގައިގެން ނޫނީ އަލިފުދާލުން ކަހާތާ ހިރުވާވެސް ނުލާނެޔޭ. މިކަމުގައި މިފަހަރު އިސްނަގަންވީ އެއީ ރާއްޖޭން އަލިފުދާލަށް ކަނޑައަޅާފައި ހުންނަ އެމްބަސޭ އޭ. އެމްބަސޭ މެން ހެދި ޕީއެޗްޑީ އަކީ އެއީ ފަހާ ފޮށީގެ ތިނޯހަށް ރޮދިލެއްވުން ނޫން ނަމަ ޖެހޭނެއޭ މިފަހަރު މިކަން އަލިފުދާލާއި މުޅި ދުނިޔޭގެ ސަމާލު ކަމަށް ގެންނަން. އެއީ ކުރެވޭނެ ކަމެކޭ އދ. ގެ އެސެމްބްލީގައި. އދ. ގެ ރާއްޖޭގެ މޭޒުގައި މިޔަންމާރ ގެ އެމްބަސޭ އަށް ބަވާ ބަވާ ނަގަންވީ ކޮންމެ ދުވަހަކު. އަދި ރާއްޖޭގައި ހުންނަ އދ. ގެ އެމްބަސޭ ނުޖެހެއޭ މާ ރީއްޗަށް ވާހަކަ ދައްކަން ވެސް އެމެރިކާ އާއި އިނގިރޭސިން މިކަމާއި ދެކޮޅު ހަދައިފިނަމަ އެމެން ކުރިމަތީ އެމެންނަށް ބޯން ދީގެން ނަމަވެސް އެމެން ވެސް ސައިޒުން ކަނޑާތިރި ކޮށް މިކަން ޖެހޭނެއޭ ހައްލުވާން ސޫކީ ޖެހޭނީ ދާން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454