"ހައްދު" ލީޑް ކާސްޓާއި ލަވަ ކިޔުންތެރިން ރޭގެ ޕްރިމިއާގައި ފޮޓޯއަކަށް އެތުރިގެން. ފޮޓޯ: މޫމިން
08 ސެޕްޓެމްބަރ 2017 - 15:18
ބުދަ ދުވަހުގެ ރޭ އޮލިމްޕަހާއި ސްވެކްގައި ރަސްމީކޮށް ނެރުނު ޑައިރެކްޓަރު އަބްދުލް ފައްތާހްގެ ފިލްމު "ހައްދު" ރޭ އައްޑޫގައި ވެސް ދައްކަން ފަށައިފި އެވެ.
އައްޑޫގައި "ހައްދު" ޕްރިމިއާކުރީ ޑައިރެކްޓަރު ފައްތާހާއި ފިލްމުގެ ލީޑް ތިން ތަރިން ކަމަށްވާ އަހުމަދު ޝިބާން އާއި މަރިޔަމް އައްޒަ އަދި އައިމިނަތު ރިޝްފާގެ އިތުރުން ފިލްމުގެ ދެ ލަވަ ކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ) އާއި އޭނާގެ އަންހެނުން މަރިޔަމް އަޝްފާ އެވެ.
މި ފިލްމު ހިތަދޫގެ އިތުރުން މަރަދޫގައި ވެސް ރޭ ދެއްކީ ހައުސްފުލް ޝޯތަކެވެ.
މަރަދޫ ބޮޑޮގޭގައި ބޭއްވި ޕްރިމިއާ ފެށީ "ހައްދު"ގެ ލަވައެެއް ކަމަށްވާ "ބީހިލާށޭ" އިންނެވެ. އެ ލަވަ ތޭރަވާ އާއި އަޝްފާ ވަނީ ސްޓޭޖް މަތީގައި ހުށަހަޅައި ދީފަ އެވެ. އަދި ފައްތާހާއި ތަރިން ވެސް ސްޓޭޖް މަތިން އޯޑިއަންސާ ބައްދަލުކުރި އެވެ.
ފައްތާހް ބުނީ "ހައްދު" އައްޑޫގައި އެޅުވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ފިލްމަށް އައްޑޫން ލިބޭ ތަރުހީބާ މެދު އުފާވާ ކަމަށް ވެސް ބުންޏެވެ.
ރޭ އައްޑޫގައި ބޭއްވި ޕްރިމިއާގެ ތެރެއިން ފިލްމު ބަލަން ދިޔަ ބައެއް މީހުން ވަނީ "ހައްދު"ގެ ތަރިންނާ އެކު ސެލްފީ ވެސް ނަގައިފަ އެވެ.
"ހައްދު" ލީޑް ތިން ތަރިން މަރަދޫ ޕްރިމިއާގެ ތެރެއިން ބައެއް މީހުންނާ ސަލާން ކުރަނީ. ފޮޓޯ: މޫމިން
މިއީ މި ފަހުގެ ތާރީހެއްގައި ފިލްމެއްގެ ލީޑް ކާސްޓާއި ޑައިރެކްޓަރު އަދި ލަވަކިޔުންތެރިން އައްޑު އަށް ގޮސް ޕްރިމިއާކުރި ފުރަތަމަ ފިލްމެވެ.
"ހައްދު"ގެ ޝޯތަކަށް ތަރުހީބު ލިބޭ ވަރަކުން އައްޑޫގައި ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
މި މަހު 14 ވަނަ ދުވަހު ރޭ ހދ. ކުޅުދުއްފުށީގައި ވެސް "ހައްދު" ގެ ޓީމާ އެކު ކުލަ ގަދަ ޕްރިމިއާއެއް ބާއްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
"ސިޓީ"
09 September 2017
ސިނަމާއެކޭ ކިޔާފަ ކޮންކަހަލަ ގޮނޑިތަކެއްތަ އެހެރީ؟
ޒިރުފާން
09 September 2017
ވައަތް ފަރާތުން ތިންވަނަ އަށް ހުރި ކަމަނާ ގެ ބޮލުގަ އޮތް ފޮތި ކޮޅު ނެތް ނަމަ އެހެދުން ވ ޗާލު ވީސް. ތި ހެދުމަކާ ފޮތި ކޮޅަކާ ނުގުޅޭ. މިހާރު ހީވަނީ ހަޑިއެއް ހާވާފަ ހުރިހެން. އަރަބި ކަރައިގެ ކަނބަލުން ހާދަހާވާ ރީއްޗޭ ހެދުން އަޅާފަ ތިބޭ ގޮތް. ބަލާލަން ރީތި. ޤަދަރުވެރި އަންހެން ވަންތަކަން ދައްކުވައިދޭ. ދިވެހި ކަނބަލުން ވެސް އަރަބި ކަނބަލުންގެ ޑްރެސިންގ ސްޓައިލް ފޮލޯ ކުރަން ފެނޭ.
ދިވެހިއްޔަތު 123
09 September 2017
ޝަރުޢީ ޙައްދު ގެ މާނަ ހިތަށް އަންނަ ގޮތް ބައެއް ފަހަރު ވޭ. ކޮންމެ ގޮތެއް ވިޔަސް ޝަރީޢަތަކީ ވެސް ޙުރްމަތް ވެގެން ވާ އެއްޗެއް.
މަރީނާ
08 September 2017
ފިލްމްގެ ކާސްޓުންނަށްވުރެ ލަވަ ކިޔުންތެރިން ދައްކަން ހާދަ މަސައްކަތް ތިކުރަނީ..
ހެހެެކި
09 September 2017
އަގު އަގުހުރިއެއްޗެއްދޯ ވިކޭނީ!