ޑަބްލިއުއެޗްއޯ އިން މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުވުމުގައި ޑރ. ޓެޑްރޮސް ބައިވެރިވެވަޑައިގަންނަވަނީ.
08 ސެޕްޓެމްބަރ 2017 - 22:50
ރާއްޖެ އާއި ބޫޓާނުން ހިމަބިހި ނައްތާލަން ހޯދި ކާމިޔާބުން އެހެން ގައުމުތަކަށް ފިލާވަޅު ނެގިދާނެ ކަމަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ބޭއްވި ޑަބްލިޔުއެޗުއޯގެ ސަރަހައްދީ ބައްދަލުވުމަށް އިޝާރާތްކުރައްވައި ޓެޑްރޮސް ކުރެއްވި ޓުވީޓެއްގައި ވަނީ ހިމަބިހި ނައްތާލަން ރާއްޖެ އާއި ބޫޓާނުން ހޯދި ކުރިއެރުން ފާހަގަކޮށް ޝުކުރު އަދާކުރައްވައިފަ އެވެ.
ޓެޑްރޮސް ވިދާޅުވި ގޮތުގައި ޔޫރަޕާއި އެންމެ މަތިން އާމްދަނީ ލިބޭ އެހެން ގައުމުތަކުން ވެސް ރާއްޖެ އާއި ބޫޓާނުގެ ކާމިޔާބީން ކަންތައްތަކެއް ދަސްކުރެވިދާނެ އެވެ. އެ ގައުމުތަކުން ދަނީ ހިމަބިހިން ސަލާމަތްވުމަށް އުނދަގޫ މަސައްކަތްތަކެއް ކުރަމުންކަން އޭނާ ފާހަގަކުރެއްވި އެވެ.
ޔޫރަޕްގެ ބައެއް ގައުމުތަކުގައި މި ފަހުން ވެސް ވަނީ ހިމަބިހި ވަރަށް ބޮޑަށް ފެތުރިފަ އެވެ.
ރާއްޖެއިން އިން ހިމަބިހި ނައްތާލާފައިވާ ކަމުގެ އެވޯޑު، ޑަބްލިއުއެޗްއޯ އިން ދިނީ މިދިޔަ ހަފުތާގަ އެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ޑަބްލިއުއެޗްއޯގެ ސައުތު އީސްޓް އޭޝިއާ ރީޖަނަލް މީޓިންގެ ތެރޭގައި ބޭއްވި ހަރަކާތުގައި ރާއްޖެ އަށް އެ އެވޯޑު ހަވާލުކޮށްދެއްވީ ޓެޑްރޮސް އާއި ޑަބްލިއުއެޗްއޯ އިން މި ސަރަަހައްދަށް ކަނޑައަޅާފައިވާ ރީޖަނަލް ޑިރެކްޓަރު ޑރ. ޕޫނަމް ހެތްރަޕަލް ސިންހާ އެވެ.
ރާއްޖޭގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.
ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާކަން ޑަބްލިއުއެޗްއޯ އިން އިއުލާންކުރީ މިދިޔަ ޖޫން 13 ގަ އެވެ. ހިމަބިހި ނައްތާލަން ރާއްޖޭގައި ގައުމީ ކެމްޕެއިނެއް ވެސް ކުރިއަށް ގެންދިޔަ އެވެ.
ރާއްޖެއާ އެކު މި ސަރަހައްދުން ހިމަބިހި ނައްތާލި ކަމަށް ކަނޑައަޅާފައިވާ ގައުމުގެ ތެރޭގައި ދެން ހިމެނެނީ ބޫޓާން އެވެ. މިއީ 2020ގެ ކުރިން ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން ހިމަބިހި ނައްތާލަން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވި ފުރަތަމަ ދެ ގައުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮކިއަލީ
09 September 2017
ރައީސް އިބްރާހިމް ނާސިރު އަދި ރައީސް މައުމޫން ކުރެއްވި ބުރަމަސައްކަތުގެ ކާމިޔާބު ގެ ފޮނި ކަން މިއަދު މި ފެންނަނީ. ޜައީސް މައުމޫން 30 އަހަރު ކުރި ކަމެއް ނެތިގެން އުޅޭމިހުން ހާއްސަ ކޮއް ކެބިނެޓް މިނިސްޓަރުން ނަތް ފެނޭތ
ކުރާތި
09 September 2017
ރާއްޖޭން ހިމަ ބިހި ނައްތާލި ގޮތަށް އެބަޖެހޭ ރާއްޖޭން ޑްރަގްސް ނައްތާލުމަށް ޓަކައި މާލެ ސަރަަހައްދުގައި ކުއްޔަށް ދިރިއުޅޭ އެންމެންނަށް މާލެ ސަރަހައްދުން 2 ކޮޓަރީގެ ލަގްޒަރީ އެޕާރޓްމެންޓް ކުޑަ ކުލީ ގައި ލިބޭނެ އުސޫލުން އެކަން ކުރަން ސަރުކާރުން ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ބީއެމްއެލް އިން ލޯން ނަގައިގެން ނަމަވެސް. މިހާރު މާލޭން ވިއްކާ 19 ބިން ބީއެމްއެލް އަށް ވިއްކާލާ ބީއެމްއެލް އާއި އެމްޓީސީސީ ގުޅިގެން ކޮންމެ އަހަރަކު މާލެ ސަރަހައްދުގައި 24 ހާސް ހައުސިންގް ޔުނިޓްސް ހިމެނޭ ފްލެޓްސް ތައް 25 ބުރިއަށް އިމާރާތް ކޮށް ބާޒާރަށް ނެރެ ކޮންމެ ހައުސިންގް ޔުނިޓް އެއްގެ މަހު ކުއްޔަކީ އެއީ 3000 ރުފިޔާ ކަމުގައި ހަދާ އެގޮތަށް އެ ސްކީމް ހިންގަންވީ 10 އަހަރު ދުވަސް ވަން ދެން. އެއިރުން ރާއްޖޭން ޑްރަގްސް ނެތިގެން ހިނގައިދާނެ އަދި ލަންކާ ގައި މިހާރު މާލޭގެ ތަންތަން ކުއްޔަށް ދީގެން ދިރިއުޅުން ބަދަލު ކުރި އެންމެން މާލެ އެނބުރި އަންނާނެ އެވެ. މިކަން ކުރަންވީ ރައީސް އޮފީހުން އިސް ނަގައިގެން.
އަލީ ނަސީރު
09 September 2017
ހާދަ ދެރައޭ މިވެރިންނައް ރާއްޖޭގެ އެންމެ ކުޅަދާނަ ހުނަރު ތައް ނޭގޭތީ. އަހަރުމެންގެ ހުނަރު ތައް އެކްސްޕޯޓް ކޮއް ފިލާވަޅު ނަގަންޏާ، އެންމެ ކުރީގަ އުޅޭނީ ދެފުއްކެހެރިކަން. ވަރިގިނަ ކުރުން. ދުވާލުދާ މެންދުރު ހިޔާނާތް ތެރިކަން!
ދާއޫދު
08 September 2017
ރާއްޖެއިން ހިމަބިހި ނައްތާލުމުގައި ހުރިހާވެސް ޝުކުރެއް ހައްގުވަނީ ކޮމިޔުނިޓީ ހެލްތުވޯކަރުން (ޖަމާޢަތުގެ ޞިއްހީ އެހީތެރިން) ނަށް. އެމީހުންނަކީ ރިޔާނެގި ދޯނިފަހަރުގައި ރަށްރަށަށް ދަތުރުކޮށް ގާމަތި ޜަށްރަށަށް ފަތާފައިއަރާ އެރަށެއްގާ ވެކްސިންދޭން ޖެހޭ އެންމެނަށް 4މަހުން 4މަހުން މޯބައިލްޓީމުތައް ހަދާގެން ވެކްސިން ދިން ބައެއް. އެކަމަކު މިއެވޯޑް ލިބުނީމާ ފޮނިކޮޅު ދިޔައީ ރައީސް ޔާމީނަށް. މިހާރުގެ ހެލްތު މިނިސްޓަރވެސްތީ މިވެކްސިން ޕްރޮގްރާމްގެ ދަށުން ރަށުން ވެކްސިން ލިބުނުމީހެއް .
ކައުންސެލަރު
08 September 2017
ކޮންމެމީހަކު ކޮންމެއެއްޗެކޭކިޔަސް މިކާމިޔާބަކީ އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފަށައިގެން ހޯއްދެވި ކާމިޔާބީ. އެކަމަކު ސިޔާސީ ގޮތުން ބައެއްމީހުން ހައްދުން ފަހަނައެޅިމާ ކިޔާނެ ފޯލިކް އެސިޑް ދިނީމާ ދަރިން އައިބު ވަނިއްޔޭ އަނެކެއްޗެކޭ. އެކަމަކު ހަގީގަތަކީ އޭގެ ދިމާ އިދިކޮޅު. މިހުންނަނީ ބައެއްމީހުންގެ ޣައްދާރުކަން ބޮޑުކަން..... މަރުހަބާ އަދި ފަށްފަށުން ޝުކުރިއްޔާ ރައީސް މައުމޫން.