ސާގު ފަނި
01 ޖުލައި 2016 - 08:18
1 ޖޯޑު ސާގު
1 ޖޯޑު ހަކުރު
18 ޖޯޑު ފެން
ފިނިފެން (ރޯސް ވޯޓާ)، ކުލަ (ބޭނުން ނަމަ)
ހަ ޖޯޑު ފެން އުދާފައި ފެން ހޫނުވާން ފެށުމުން ސާގު އެޅުން. ބޮކިޖަހައި ކެކެން ފެށުމުން އުނދުން ނިއްވައިލައިފައި، އޭގެ ތެރެއަށް ހަ ޖޯޑު ފެން އެޅުން. 1 ގަޑިއިރުވަންދެން ބެހެއްޓުމަށް ފަހު، ސާގުކޮޅު ފުރާނާލައިފައި ފެންފޮދު އުކާލުން. ފަނި ކައްކަން ބޭނުންވާ ތެއްޔަށް ހަ ޖޯޑު ފެން، ހަކުރު އަޅާފައި ކައްކަން އުދުން. ކެކިގަތީމައި ސާގުކޮޅު އަޅާފައި އެއްކުރަމުން ކެއްކުން. ބޮކިޖަހައި ކެކެން ފެށުމުން އުނދުން ނިއްވައިފައި ރާނބާފަތް ލުން. ފިނިފެން އަޅައިފައި (ބޭނުން ނަމަ) ކުލަ އަޅައިފައި މަތިޖަހައިފައި ބެހެއްޓުން.
ސާގުފަންޏަށް ގެރިކިރު އަޅައިގެން ވެސް ކެއްކިދާނެ. މި ގޮތަށް ކައްކާ ނަމަ، ރާނބާފަތް ލުމުގެ ކުރިން (ބޭނުންވާ ވަރަށް) ގެރިކިރު އަޅައިފައި ރަނގަޅަށް އެއްކޮށްލުން. ކެކެން ފެށީމައި ރާނބާފަތް ލުން. ފިނިފެން އަޅައިފައި (ބޭނުން ނަމަ) ކުލަ އަޅައިފައި މަތިޖަހައިފައި ބެހެއްޓުން. ގެރިކިރު އަޅާ ނަމަ، އެއް ޖޯޑު ހަކުރުގެ ބަދަލުގައި ބައި ޖޯޑު ހަކުރު އަޅައިފައި ފޮނި ހެޔޮވަރު ކުރާނީ ގެރިކިރު އަޅައިގެން.
މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy