ޚަބަރު

ފަސް ގައުމަކުން ކުކުޅު ބިސް އެތެރެ ނުކުރަން އިލްތިމާސްކޮށްފި

ބާޒާރުގައި ކުކުޅު ބިސް ކޭހެއް ވިއްކަން ބަހައްޓާފައި.- .--- މިހާރު ފޮޓޯ: ނިޝާން އަލީ

ފަސް ގައުމަކުން ކުކުޅު ބިހާއި ބިހުގެ ބާވަތްތައް އެތެރެ ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެމްއެފްޑީއޭ އިން ބުނީ ބެލްޖިއަމް، ނެދަލޭންޑްސް، ޖަރުމަނު، ފްރާންސް އަދި ޕޮލެންޑެން ކުކުޅު ބިސް އެތެރެ ނުކުރުމަށް އިލްތިމާސްކުރާ ކަމަށާއި އެއީ ޕިޕްރޯނިލް އިން ތަޣައްޔަރުވެފައިވާ ބިސް ރާއްޖެއަށް އެތެރެވެފައި ވާތީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. މިއިން ގައުމަކުން ބިހާއި އޭގެ އުފެއްދުންތައް އެތެރެކޮށްފި ނަމަ ހެލްތް ކްލިއަރެންސް ދޫކުރާނީ އެއީ ތަޣައްޔަރުވެފައިވާ އެއްޗެއް ނޫން ކަމުގެ ލިޔުން އެ ގައުމެއްގެ ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ކޮންފިޓެންޓް އޮތޯރިޓީއަކުން ހުށަހެޅުމުން ކަމަށް އެފްޑީއޭ އިން ބުންޏެވެ.

ޕިޕްރޯނިލް ޕެސްޓިސައިޑުން ތަޣައްޔަރުވެފައިވާ ކުކުޅު ބިހާއި ބިހުގެ ބާވަތްތައް ރާއްޖެއަށް އެތެރެވައިވާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

ފިޕްރޯނިލް އަކީ ބައެއް ޖަނަވާރުތަކުގައި އަޅާ ސޫފި ނައްތާލުމަށް ބޭނުންކުރާ ކެމިކަލެކެވެ. އެ ކެމިކަލަކީ ސިއްހީ ގޮތުން އިންސާނުންނަށް ނޭދެވޭ އަސަރުކުރާ އެއްޗެކެވެ.

އެމްއެފްޑީއޭ އިން ބުނީ ފަސް ގައުމުން އެތެރެ ކުރި ބިހާއި ބިހުގެ ބާވަތްތަކުގައި ފިޕްރޯނިލް ޕެސްޓިސައިޑުން ތަޣައްޔަރުވެފައިވާތީ ވަކި ބެޗަކަށް ނުބަލައި ބިސްތައް ނައްތާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މިފަދަ ބިސްތައް އެތެރެވި ކަން އެނގުނީ އިއްތިހާދުގެ ކާބޯތަކެއްޗާ ގުޅޭ މައުލޫމާތުތައް އަވަހަށް ފޯރުކޮށްދިނުމަށް އެކުލަފާއިވާ ނިޒާމް "ރަސަފް" މެދުވެރިކޮށް ކަމަށް އެ ތަނުން ބުންޏެވެ.

ތަޣައްޔަރުވެފައިވާ ކުކުޅު ބިހާއި ބިހުގެ ބާވަތްތައް ބެލުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ކަމާގުޅޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

20 ކޮމެންޓް, 59 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 19%
icon angry icon angry 51%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާލުސޮރު

12 September 2017

ތިޔަ ކިޔާ ގައުމުތަކުގަ ކާނާގެ ބާވަތްތަކުގަ ވިހައެއް އެކުލެވޭތޯ އަބަދު ބަލާ. އަދި އެފަދައެއްޗެއް ހުރިނަމަ ސިއްރުނުކޮށް އެކަން ހާމަކޮށް ފިޔަވަޅުއަޅާ. ރާއްޖެއަށް މިހާރު އެންމެ ގިނައިން ކާބޯތަކެތި އެތެރެކުރާ ގައުމުތަކަކީ އިންތިހާ އަށް ކޮރަޕްޓް ގައުމުތައް މީގެން ގައުމަކުން ގެންނަ އެއްޗެއް ކައިގެން މީހަކު މަރުވިޔަސް ކަމާބެހޭ ފަރާތްތަކުން ބުނާނީ އެކާތަކެތި އެޅި ތަށީގަ ނޫނީ ކެއި މީހާގެ އަތުގަ ހުރި ވިހަޔަކުންނޭ އެމީހާ މަރުވީ. އެބާވަތުގެ އެތައް ކަމެއް މިރާއްޖޭގަވެސް ހިނގާފަވެސް އެބަހުރި،

The name is already taken The name is available. Register?

އަހަންމާބެ

11 September 2017

މި ލިޔުން ކިޔާ ނިމުންއިރު ނޭނގުނު އެ ބުނާ 5 ގައުމެއް!!!!!

The name is already taken The name is available. Register?

ހުސޭން

11 September 2017

ހާދަ ލަހަކުން؟ ކަންތައްގަނޑު ނިމުނު ފަހުންތަ؟ ތިބުނި ގައުމުތަކުން ވެއްޖިއްޔާ މިކަހަލަ ކަންކަން ދިރާސާކޮށް ފަޅާވެސް އަރުވާނެ މުއައްސަސާތައް ހުންނާނެ އަދި އެކަށީގެންވާ ފިޔަވަޅުވެސް އަޅާނެ. އެކަމަކު އިންޑިޔާ ތަންތަނުން ގެންނަ ތަރުކާރީއާއި ބިސް މިހެންތަ؟ އެއްވެސް އިތުބާރެއް ނެތް މަށަކަށް. ހަމަ މިހެން މިހާރު ރާއްޖޭގަ ތަރުކާރީ އާއި މޭވާ ހައްދާ މީހުންވެސް ހެސްކިޔާފަ ފާޑުފާޑުގެ ޕެސްޓިސައިޑްތައް ބޭނުންކުރޭ. މިއިން އެއްޗަކުން ލިބޭނެ ގެއްލުންތައް ދިރާސާކުރާނެ ބަޔަކުވެސް ނެތް.

The name is already taken The name is available. Register?

ޖހގދ

11 September 2017

ކަލޭމެނަށް ބެލޭ ކަމެއް އޮވޭތަ؟ ދިވެހިންނަށް ނުކާންދޭ އެއްޗެއްނެތް. މިތަނުގެ ގޮދޮރާ ކާނާ ވިޔަފާރި ވެރިން ހިތުރު ހުރި ގޮތެއް ހަދަންވީ. ދެން ތިބެގެން ކިއަނީ ހާދަ ކެންސަރު ގިނައޭ ދުފާއެއްޗެއްސޭ! ކުރެވެނީ އެންމެ ކަމެއް. ވެރިކަމުގައި ދެމި ހުރުން. ދެން ވައްﷲ އަޢުލަމް.

The name is already taken The name is available. Register?

ޢަބްދު

11 September 2017

ތިޔަ ބިސް އެތެރެކުރީ ކޮން ބައެއްކަން ރައްޔިތުންނަށް އަންގާދިނީމާ ވަނީ ކިހިނެއްތޯ. ނޫނީ އެތެރެކުރި ތަނެއް ސިއްރުކުރުމުގެ ބޭނުމަކީ ރައްިޔުތުންނަށް އެތަކެތި ކާނދިނުންތޯ.

The name is already taken The name is available. Register?

ރަބަރު

11 September 2017

އެމްއެފްޑީއޭއަށް ވެދުންސަލާން ބިހުގެ ރައްކާތެރިކަން ބެލުން އެކަނިތަ ތި ފަރާތުގެ ޒިންމާއަކީ؟ ލޮލުން ފެނިފައި ހުރިކަންތައް ކިޔައިދެން ހެއްޔެވެ. ގަނޑުކޮށްފައި ހުންނަ ފަރުމަސް ހެނދުނު ގަނޑުފިލުވާފައި ތާޒާ މަސްކަމަށްބުނެ ފުޅިމަދު ފޮށީގައި ނެރެފައި އެބަ ބަހައްޓައެވެ. އޭގެފަހުން އަނެއްކާ ހަމަ އެމަސްތަކުގެ ތެރެއިން ނުވިކި ހުންނަ މަސްގަނޑުކުރެއެވެ. ޖެހިގެން އަންނަދުވަހު އަނެއްކާ ކުރިއެކޭ އެއްގޮތަށް ކަންތައް އެބަކުރެއެވެ. ބައެއް ސައި ހޮޓާތަކުން ކުނިވާން ކައިރިވެފައި ނުވަތަ ރަހަ ތަޣައްޔަރުވެފައި ހުންނަ ރިހައާއި ހެދިކާ ފަދަ ތަކެތި އެބަވިއްކައެވެ. އާންމުކަމެކެވެ. ތަންތަނުގެ ގޮނޑުކަން އެހާބޮޑެވެ. ހަމަހޭ ގެ ކޮމެންޓްގައި ބުނިހެން ތަޣައްޔަރޭ ގެ ކިބައިން ގައުމު ސަލާމަތްކުރާށެވެ.

The name is already taken The name is available. Register?

ރާއްޖެ

11 September 2017

އެފް ޑީ އޭގެ ތިބި 20 މީހުންގެ ޒިންމާ ކިޔައިދެން ހެއްޔެވެ. ރާއްޖެ އެތެރެކުރާ ކޮންމެ ބިހެއް ފަހަތުގަ އެތަނުން މީހެއް ހުރުން، ހުރިހާ ސައިހޮޓަލެއްގަ ވިއްކާ ކޮންމެ ބަޖިޔާއެއް ފަހަތުގަ މީހެއް ހުރުން. މަސްމާރުކޭޓްގެ ކޮންމެ ރާގޮނޑިއެއް ފަހަތުގަ މީހެއް ބެހެއްޓުން، ރާއްޖެ އެތެރެ ކުރާ ކޮންމެ ޕެނަޑޯލް ގުޅައެއް ފަހަތުގަ މީހެއް ބެހެއްޓުން. ރައްޔިތުންނަށް އެއްޗެހި ވިއްކުމުގެ ކުރިން ވިޔަފާރިވެރިންގެ އެއްވެސް ފަރުދީ ޒިންމާއެއް ނެތީތޯ؟ ބިސް އެތެރެ ކުރަން މަނާ ކުރި ގައުމު ތަކަކީ ރާއްޖެއަށް ވުރެ ހުރިހާ ގޮތަކުން ވެސް ކުރިއަރާފައިވާ ގައުމުތައް.

The name is already taken The name is available. Register?

މާސް

11 September 2017

ބަލަ ރޯދަމިހުންފެށިގެންތިބިސް މާލެއަށްގެނެސްގެން ވިއްކިއިރި އެވާހަކަ އާއްމުންގެފަރާތުން އެނގުމުންވެސް ދޮގުކޮށް މިފަހަރު ކިހިނެއްތިކީ

The name is already taken The name is available. Register?

ކަހުރަބު

11 September 2017

ކޮންފިޑެންޓް އޮތޯރިޓީ އޯ ކޮންޕިޓެންޓް އޮތޯރިޓީ؟

The name is already taken The name is available. Register?

ޭހހެ

10 September 2017

ތަޢައްޔަރު ވިޔަސް އަދިވެސް ތި ބިސް ކާން މާ ރައްކާތެރިކަން ރަނގަޅު އިންޑިއާ އިން އެތެރެކުރާ ބިހަށްވުރެ

The name is already taken The name is available. Register?

ކަމަނަ

10 September 2017

ދެންވީ ދިވެހި ކުކުޅު ބިސް ހޯދާގެން ކާން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454