ވިޔަފާރި / މޯލްޑިވްސް މެރިން އެކްސްޕޯ

މެރިން އެކްސްޕޯއަށް އައި ބަދަލާއެކު އަޖައިބުވެއްޖެ!

މެރިން އެކްސްޕޯ ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ބްލަކް

11 ސެޕްޓެމްބަރ 2017 - 12:54

3 comments

މީގެ ހަތަރު އަހަރު ކުރިން ފުރަތަމަ ބޭއްވި މެރިން އެކްސްޕޯ އަށް ވަންނަން ޖެހުނީ ކުދި ރިޔާތަކެއް ބޭނުން ކޮށްފައިވާ ތަފާތު ނަމަވެސް ވަރަށް އާދައިގެ ދޮރާއްޓަކުންނެވެ. އެ ދޮރާށިން އެތެރެއަށް ވަނުމަށް ފަހު ދެން އޮތީ އާންމުކޮށް ރާއްޖޭގައި ބާއްވާ އެގްޒިބިޝަންތައް ފަދަ މާހައުލެކެވެ. ނަމަވަ ވެސް މިއަދު މުޅިން ތަފާތެވެ. އަމީނީ މަގުން ގޮސް ދަރުބާރުގެ ތެރެއަށް ވަންނަން ދާއިރު، އެލްއީޑީ ޕެނަލް ބޭނުން ކޮށްގެން ރާޅުބާނީތަކެއް ސިފަވާގޮތަށް މުޅި ދޮރާށި އޮތީ ޒީނަތްތެރިކޮށްފަ އެވެ.

އެކްސްޕޯ އަށް ވަންނަ ދޮރު.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

އެ މަންޒަރުތަކަށް ބަލަމުން ގޮސް، އެގްޒިބިޝަނަށް ވަންނަން ދިޔައިރު ފުރަތަމަ ދިމާވީ އެކްސްޕޯ އަށް ވަންނަ މީހުން ރެޖިސްޓްރީ ކުރަން ރީތި ހިނިތުންވުންތަކާއި އެކު ތިބި ޒުވާން އަންހެން ކުދިންތަކަކާ އެވެ. އާންމުކޮށް ރާއްޖޭގައި ނަން ނޯޓް ކުރާ އުސޫލު މުޅިން ބަދަލުކޮށްލާފަ އެވެ. ސިސްޓަމްގައި އެ މީހެއްގެ މައުލޫމާތު ޖަހާލުމާއި އެކު ބާކޯޑަކާއި އެކު އެ މީހެއްގެ ނަން ޖެހިގެން އަންނަ "ވިސިޓާ" ފާހެއް ކޮންމެ މީހަކަށް ވެސް ދޫކުރެ އެވެ.

ރެޖިސްޓްރޭޝަނަށް ފަހު ވަދެގެން ދިޔައިރު އެންމެ ފުރަތަމަ މި އޮތީ ގަލްފް ކްރާފްޓުގެ މަޝްހޫރު "ޓުއަރިން 38" އެކެވެ. މޫދުގައި އޮންނަ ލޯންޗަކާ އެއްވެސް ތަފާތެއް ނެތެވެ. ސްޓޯލް ފަރުމާ ކޮށްފައި އޮތީ މޫދުގައި އޮންނަ ލޯންޗެއްގޮތަށް މީހުންނަށް އެއަށް އަރައިގެން ބަލާލެވޭ ގޮތަށެވެ.

ގަލްފް ކްރާސްޓުގެ ސްޓޯލް: ލޯންޗަށް އަރައިގެން ބަލާލުމުގެ ފުރުސަތު އޮވޭ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

"މިފަހަރު މީހުން ތަންކޮޅެއް މަދުކޮށް އުޅެނީ، ކުރިއަށް އޮތްތަނުގައި ރަނގަޅުވާނެ ކަމަށް ބެލެވެނީ. އެހެން ނޫނީ ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމަ އަށް މި ދަނީ. އަޅުގަނޑަށް ހިއެއްނުވޭ ރާއްޖޭގެ އެއްވެސް އިންޑަސްޓްރީއަކުން މިފެންވަރަށް އިވެންޓެއް ބޭއްވިހެން،" މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރުކަން ނަގާފައިވާ ގަލްފް ކްރާފްޓް ސްޓޯލްގައި ހުރި އޮފިޝަލަކު ވިދާޅުވި އެވެ.

ގަލްފް ކްރާފްޓް ސްޓޯލާ ޖެހިގެން ދެން ހުރީ އެމްޓީސީސީގެ ސުޒުކީ އިންޖީނުތަކެވެ. އެންމެންނަށް ފެންނާނެ ގޮތަށް އައުޓްބޯޑް ބިޔަ އިންޖީނުތައް ވަނީ އަތުރާލާފަ އެވެ. އެއާ ޖެހިގެން ދެން ވެސް ހުރީ އިންޖީނުތަކެވެ. އެއީ އެލިޔާގެ ޔަމަހާ އިންޖީނުތަކެކެވެ. ޔަމަހާ ސްޓޯލުގައި އިންޖީނުގެ އިތުރުން ފަހުގެ ޖެޓްސްކީތައް ވެސް ކޮޅަށްޖަހާލާފައި ހުއްޓެވެ.

އެލިޔާގެ ސްޓޯލްގައި ޑިސްޕްލޭ ކުރާ ޖެޓްސްކީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

އެމްޓީސީސީގެ އޮފިޝަލުންނާ އެލިޔާގެ އޮފިޝަލުން ވެސް ތިބީ އެކްސްޕޯއާ މެދު ވަރަށް ހިތްހަމަ ޖެހިފަ އެވެ. މައްސަލައެއް ނެތް ކަމަށް ވިދާޅުވި އެވެ.

މި ހުރިހާ އިރު މި އުޅުނީ ދަރުބާރުގޭ ކުރިމަތީ ގޯތި ތެރޭގަ އެވެ.

ދަރުބާރުގޭ އެތެރެއަށް ވަންނައިރު ދެން ފެނުނީ މާ ތަފާތު ކަމެކެވެ. ކޯ ސްޕޮންސަރުކަން ނަގާފައިވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޕެޓްރޯލް ޝެޑެކެވެ.

"އަޅުގަނޑު އެއްގޮތަކަށް ވެސް އުއްމީދެއް ނުކުރަން މިހާ ވަރަށް އެކްސްޕޯއަކަށް ބަޔަކު ތައްޔާރުވާނެ ކަމަކަށް. މިހާތަނަށް ފެނުން ހުރިހާ ތަނެއް ވެސް ވަރަށް ސަޅި. އެފްއެސްއެމްގެ ޝެޑު ވަރަށް ތަފާތު،" އެކްސްޕޯ އަށް ޒިޔާރަތްކުރި މީހަކު ބުންޏެވެ.

އެފްއެސްއެމްގެ ސްޓޯލް: ގިނަ ބަޔަކު ބަޔަކަށް އެ ސްޓޯލް ކަމުދިޔަ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

ހޯލުތެރެއަށް ވަދެގެން ދަނިކޮށް ދެން އަޅައިގަތީ ކަނޑުމަތީގެ ސަލާމަތީ ސާމާނު ވިއްކާ ގްރީސް ކޮންޕެނީއެއް ކަމަށްވާ ލަލީޒާސްގެ ސްޓޯލެވެ.

"އަޅުގަނޑުމެން އަދި މި ފެށީ ރާއްޖޭގައި. މިއީ ރާއްޖޭގައި ބައިވެރިވާ މިފަދަ ފުރަތަމަ އެކްސްޕޯ. ވަރަށް ރަނގަޅު. އެހެން ގައުމުތަކުގަ އޮންނަ މިކަހަލަ ފެއާތަކަށް ވަކި ދުލެއް ނުކުރޭ. އަޅުގަނޑު ކުރިން ހިޔެއްނުކުރަން މީ މިހާ ބޮޑަށް ބާއްވާ އެކްސްޕޯއެއް ކަމަކަށް،" ލަލީޒާސްއިން އެކްސްޕޯގައި ބައިވެރިވާން ރާއްޖެ އައިސް ހުރި އޮފިޝަލް ވިދާޅުވި އެވެ.

އެކްސްޕޯ އަށް ޒިޔާރަތް ކުރި ބޭފުޅެއް.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިންޖީނާއި، ކަނޑުމަތީގެ ސަލާމަތީ ސާމާނު ވިއްކަމުން އަންނަ ވީއޭއެމްކޯ އިން ވެސް ބުނީ އެކްސްޕޯ ވަރަށް ކާމިޔާބު ކަމަށެވެ.

"މިކަހަލަ ތަނަކަށް މާ ގިނަ ބަޔަކު އައުމަށްވުރެ މުހިންމީ ގުޅުން ހުންނަ މީހުން އައުން. އަޅުގަނޑުމެންނަށް ސުވާލުތައް ގިނަވެގެންގޮސް ޖަވާބު ދޭން ދަތި ވެސް އެބަވޭ، އެހާ ބޮޑަށް ޑިމާންޑް އެބައޮތް،" ވީއޭއެމްކޯގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ވީއޭއެމްކޯގެ ސްޓޯލް: އެކްސްޕޯ ވަރަށް ރަނގަޅު ކަމަށް ބުނި.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

ކުންފުނިތަކުން ދެއްކި ވާހަކަތައް މެދުކަނޑާލަމާ ހިނގާށެވެ.

އެކްސްޕޯ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް އެތައް ބަޔަކު ވަނީ ހައިރާން ކޮށްލާފަ އެވެ. ހޯލުގެ ފުޅާމިނަށް ސްޓޭޖް ހަދައި، ސްޓޭޖް ފަހަތް ފޮރުވާލާފައި ވަނީ ޕްރޮޖެކްޝަން މެޕިންގެ ބޮޑު ސްކްރީނަކުންނެވެ.

އެންމެ ފަހުގެ ތަފާތު ގޮތްތަކަށް އިވެންޓްތައް ބާއްވަމުން އަންނަ ބްލަކް އިން ބުނީ މިއީ ރާއްޖޭގައި އެކްސްޕޯއެއްގެ ސްޓޭޖުގައި ހެދި އެންމެ ބޮޑު ޕްރޮޖެކްޝަން މެޕިން ކަމަށެވެ. އެކްސްޕޯ އަށް ވަންނަން އަންނައިރު އެކްސްޕޯގެ ނަން ބޯޑެއް ގޮތަށް ބޭނުން ކުރަނީ އެލްއީޑީ ސްކްރީނެއްކަން ވެސް ފާހަގަ ކުރެވެ އެވެ.

އެކްސްޕޯ އަށް ގިނައިން ޒިޔާރަތް ކުރަނީ ކަމާގުޅުންހުރި ފަރާތްތައް ކަމަށް ސްޓޯލްތަކުން ބުނޭ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

ސްޓޭޖުގެ އިތުރުން ދެން މިއޮތީ ވަރަށް ތަފާތު ކަމެކެވެ. މޫދަށް ނޭރި، ކަނޑު އަޑި ތަަޖުރިބާ ކޮށްލުމުގެ ފުރުސަތެވެ. ކަނޑު އަޑީގެ އިހުސާސް ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ވާޗުއަލް ރިއަލިޓީ ޒޯނެއް ވެސް އެކްސްޕޯގައި ހުންނާނެ އެވެ. ބްލަކް އިން ބުނީ މިއީ ރާއްޖޭގައި މިގޮތަށް މިކަން ކުރާ ފުރަތަމަ ފަހަރު ކަމަށެވެ.

އޭގެ އިތުރުން "މެރިން ވޯކް"ގެ ނަމުގައި ވަރަށް ހާއްސަ "ފެޝަން ޝޯއެއް" ވެސް މިރޭ ކުރިއަށް ދާނެ އެވެ. މިއީ މެރިން އިންޑަސްޓްރީގައި ތަފާތު މަސައްކަތް ކުރާއިރު އަޅާ ހެދުންތައް ދައްކާލަން ބާއްވާ މުޅިން ތަފާތު ފެޝަން ޝޯއެކެވެ.

އެކްސްޕޯގައި އިއުލާނު ކުރި "ޑައިވް 48"ގެ ބައެއް މެމްބަރުން.-- ފޮޓޯ: ބްލަކް

މި އެކްސްޕޯގެ ތަފާތު ކަންކަން ފާހަގަ ކުރަން ވެއްޖެނަމަ ލިސްޓް ކޮޅުންނުލާހާ ވެސް ދިގެވެ. އެންމެ ބުއްދިވެރި ގޮތަކީ މިއަދު އެކްސްޕޯ ނިމުމުގެ ކުރިން ހުރިހާ ބޭފުޅުން ވެސް ޒިޔާރަތް ކޮށްލައި، ތަފާތުތައް އަމިއްލަ އަށް ތަޖުރިބާ ކޮށްލެއްވުމެވެ. އެކްސްޕޯ ހުޅުވިފައި ހުންނާނީ މެންދުރު ފަހު 14:00 އިން ރޭގަނޑު 22:00 އަށެވެ.

3 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 7%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖުނުއެއިދު

12 September 2017

ޢެފްއެސް އެމް ހާދަ ކޮލިޓީ އޭމިފަހަރު.

The name is already taken The name is available. Register?

ބޮކަރު

11 September 2017

މިިމައުރަޒު ބާއްވައިގެން މިއުޅެނީ ކޮންރަށެއްގަބާ، މިއަތޮޅު ރަށަކާ ވައްތަރެއްނޫން.

The name is already taken The name is available. Register?

އިގްބާލް

11 September 2017

ލިޔުންތެރިޔާގެ މައުލޫމާތު މަދުކަން ފާހަގަ ކުރެވެއެވެ. އެންމެފަހުން ތިޔަތަނުގައި ބޭއްވި ހައުސިން އެކްސްޕޯ އަށް ވަޑައިގެންނެވިންތޯއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454