މިނާ: އޮގަސްޓް 30، 2017: ދިވެހި ހައްޖުވެރިން މިނާއަށް ދަނީ.--ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު /މިހާރު
13 ސެޕްޓެމްބަރ 2017 - 13:12
ސަރުކާރުން މި އަހަރު ހުއްދަ ދިން އެއްވެސް ޖަމާއަތަކާ ގުޅުމެއް ނެތި ހަަތަރު ދިވެއްސަކު ހައްޖަށް ފޮނުވި މައްސަލަ ބަލައިދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ހުށަހަޅާފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ހައްޖުގެ އަޅުކަމަށް މައްކާ އަށް ދިޔަ ދެމަފިރިއަކާއި އުމުރުން ދުވަސްވީ ދެ މީހަކު ހާލުގައި ޖެހުމުން، އެ މީހުންގެ ކަންކަމާ ހަވާލުވީ ހައްޖު ކޯޕަރޭޝަނުންނެވެ. ދިވެހި ހައްޖު މިޝަނުން ކުރިން ބުނެފައިވާ ގޮތުގައި އެ މީހުން ހައްޖަށް ގެންދިއުމަށް ފައިސާ ނެގީ އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނަސްރުﷲ މުސްތަފާ އެވެ.
ނަމަވެސް ފުލުހުން ބުނީ ނަސްރުﷲ އާ ގުޅޭ މައްސަލައެއް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ އެ މައްސަލައިގެ ތަހުގީގު އަދިވެސް ނިމިފައި ނުވާ ކަމަށެވެ.
އެ މިނިސްޓްރީން މިދިޔަ މަހުގެ 26 ގައި ބުނެފައިވާ ގޮތުގައި އެކަން ހިނގައިދިޔަ ގޮތުގެ ތަފުސީލީ ރިޕޯޓް ލިބުމުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު ފުލުހުންނަށާއި ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅާނެ އެވެ.
ހަތަރު ދިވެހިންނަށް ސައުދީ އަށް ދެވުނީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ނަމުގައި ވިސާ ޖަހާފައި އޮތުމުންނެވެ. ހައްޖު މިޝަނުން ބުނީ ހަތަރު މީހުން އަތުން ފައިސާ ނެގި މީހާ، އެ މީހުން ސައުދީ އަށް ފޮނުވީ ވެސް ހުންނާނެ ތަނެއް ހަމަ ނުޖައްސަ އެވެ. ފަހުން އެ މީހުން ވަނީ ހައްޖުގެ އަޅުކަން އަދާކޮށްފަ އެވެ.
މީގެ ކުރިން 2012 ވަނަ އަހަރު ހައްޖަށް މީހުން ގެންދާނެ ކަމަށް ބުނެ މަލީޝާ ހައްޖު ޖަމާއަތުން ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލައެއް ފެންމަތިވެ، ދުއިސައްތައެއްހާ މީހުންގެ އަތުން 11.9 މިލިއަން ރުފިޔާ ނެގުމަށް ފަހު އެ ކުންފުނީގެ ވެރިޔާ އިސްމާއިލް އަބްދުލްލަތީފު (މާލް) ފިލައިގެން ލަންކާގައި އުޅެނިކޮށް ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލަ އަދި ވެސް އޮތީ ކޯޓު މަރުހަލާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑްމުންޑޯ
14 September 2017
ލަފާކުރެވޭގޮތުގައި މިނިސްޓްރީގެ އިސްފަރާތަކާއި ގުޅިގެން ނަސްރުﷲ ކޮށްފައިވާ ކަމެއްތިތައީ ، އެހެންވީމާ ތިމައްސަލަ މިނިސްޓްރީ އަކުން ފުލުހުންނަށް ހުށަހަލާނެކަމަކަށް ނުބެލެވޭ
ޔޯމޭން
14 September 2017
ކޮބާ ނަސްްރުއްﷲ ގެ ހައްގު ހޯދަން ހިނގާލުމެއް ބާއްވަންވީ އަވަހަށް، މިގައުމުގައި އަނިޔާ ލިބޭ މީހާ އަށްވުރެ އަނިޔާދޭ ހިޔާނާތްތެރިންގެ ހައްގު ބޮޑުވާނެ
އަލީ ނަސީރު
13 September 2017
އާ ނާޅާނެޔޭ! އަދި މާއަވަސް. އެ މީހުން 3 ހަފްތާ ވަންދެން އަރަބިންނާ ބެހޭ ގޮތުން ބަދު ބަހެން ނުބުނާނެ. ބިރުގަންނާނެ. އޭގެފަހުން ހުރިހާ އެންމެންވެސް އަރަބިންގެ ހުރި ކަންނެތް ކަމާ ގޮތްކުޑަަ ކަމުގެވާހަކަ ވަރައް ނުކެރި ހުރެ ދައްކަން ފަށާނެ!
ރަދީފް
13 September 2017
''އެ މިނިސްޓްރީން މިދިޔަ މަހުގެ 26 ގައި ބުނެފައިވާ ގޮތުގައި އެކަން ހިނގައިދިޔަ ގޮތުގެ ތަފުސީލީ ރިޕޯޓް ލިބުމުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު ފުލުހުންނަށާއި ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅާނެ އެވެ.'' އަންނަ އަހަރުގެ ހައްޖުމަސް އަންނައިރުވެސް ކަންހިނގައިދިޔަގޮތް ބަލާނީ.އެޅޭނެ އެއްވެސް ފިޔަވަޅެއް ނޯންނާނެ.ނަމަކަށް ތިތަނަށް އިސްލަމިކް މިނިސްޓްރީ ކިޔަނީ. ލަދުކޮބާ؟؟ ވ.ވެދުން
އަހުމަދުބެ
13 September 2017
ހައްޖައް ގެންދިއުމުގައި ބައެއް ޖަމާ އަތް ތަކުން އޮޅުވާލާތާ އެތައް އަހަރެއް ވެއްޖެއެވެ. މައްސަލަ ތައް ނުނި ދިގުލައިގެން ދަނީއެވެ.
އެމްބީބީއެސް
13 September 2017
"މީގެ ކުރިން 2012 ވަނަ އަހަރު ހައްޖަށް މީހުން ގެންދާނެ ކަމަށް ބުނެ މަލީޝާ ހައްޖު ޖަމާއަތުން ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލައެއް ފެންމަތިވެ، ދުއިސައްތައެއްހާ މީހުންގެ އަތުން 11.9 މިލިއަން ރުފިޔާ ނެގުމަށް ފަހު އެ ކުންފުނީގެ ވެރިޔާ އިސްމާއިލް އަބްދުލްލަތީފު (މާލް) ފިލައިގެން ލަންކާގައި އުޅެނިކޮށް ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލަ އަދި ވެސް އޮތީ ކޯޓު މަރުހަލާގަ އެވެ." ކިހާ ގިނަ ބައެއްގެ ކިހާ މުހިންމު ހައްގަކާ ގުޅިފައިވާ މައްސަލައެއްތޯ މިއީ؟ 5 އަހަރު ވެގެން ދިޔައިރު އަދިވެސް ޝަރީއަތުން ގޮތެއްނުނިންމިފަ..؟؟ ސިޔާސީ މީހެއްގެ މައްސަލައެއްނަމަ ހަވާފަޓާސްބަރިއެއްހެން ދަންވަރު ކޯޓު ހުޅުވައިގެންވެސް މައްސަލަ ނިންމައި ހުކުމްޖަހާލެވޭ.. ލަދު ނުގަނޭތަ؟؟
ގުލާނު
13 September 2017
ނަސްރުﷲ ގެ މައްސަލަ ނުބެލިއްޔާ މިއަންނަ އަހަރުމަވެސް ލާރިގަނޑެއް ނަގަންވީބާ؟ ނުވާނެ އެހެންނެއް
ކުންޑިބާ
13 September 2017
ޙާލުގައި ޖެހުނުމީހުންގެ މައްސަލައަކީ ތިޔަ މިނިސްޓްރީގެވެސް ބޮޑު އިޙްމާލެއް އޮވެގެން ދިމާވެގެން އުޅޭކަމެއް. އަނެއްކާ ސައޫދީ އެމްބަސީން ވިސާތައްގަނޑުޖެހުނުގޮތް އެއީ އެއަށްވުރެ ބޮޑުމައްސަލައެއް. އެހެންވީމާ ތިޔަމައްސަލަ ބަލާކަށް އެއްގޮތަކަށްވެސް ބޭނުމެއް ނުވާނެ. ތިމާގެ އަމިއްލަ ސޯޓް ބޭލޭކަށް ބޭނުމެއްނުވާނެއްއެއްނުދޯ
ޕުރިންސިޕަލު
13 September 2017
ކަލޯ ތިޔަ ޕުރިންސިޕަލެއްގެ ލައްކަ ވާހަކަ އޮންނާނެ އަދި ތިލަ ނުވެ. ނިވާ ފަތްގަނޑެއް ފަހަތުގައި އަދި އުޅެނީ އަރިސްވެ ގަނެގެން
ތިމަންނަ
13 September 2017
ކުރަން ކެރުނު މީހަކަށް ، ލާރިހޯދަން ކޮންމެ ކަމެއްވެސް ކުރަންވީއެވެ. ވަގުތުން ލާރިކޮޅު ލިބޭނެއެވެ. މައްސަލަ އަންނާނީ 10 އަހަރުފަހުންނެވެ.