ކުޅިވަރު / ޔޫރޮޕާ ލީގް

އާސެނަލާއި މިލާން މޮޅުވިއިރު އެވަޓަން ބަލިވެއްޖެ

ކޮލޯންގެ ލޭމަން (ވ) ކައިރިން އާސެނަލްގެ ސަންޗޭޒް ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

15 ސެޕްޓެމްބަރ 2017 - 11:46

ލަންޑަން (ސެޕްޓެމްބަރު 15) - ޔުއެފާ ޔުރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި އޭސީ މިލާން މޮޅުވިއިރު އެވަޓަން ބަލިވެއްޖެ އެވެ.

އާސެނަލް ވަނީ އަމިއްލަ ދަނޑުގައި ޖަރުމަނުގެ ކޮލޯންގެ މައްޗަށް ފަހަތުން އަރައި 3-1 އިން ކުރި ހޯދައިފަ އެވެ. މިލާން މޮޅުވީ ރަށުން ބޭރުގައި އޮސްޓްރިއާ ވިއެން އަތުން 1-5 އިންނެވެ. އެވަޓަން ބަލިވީ އިޓަލީގެ އެޓަލަންޓާ އަތުން 3-0 އިންނެވެ.

ގިނަ ބަދަލުތަކާ އެކު ރޭގެ މެޗަށް ނުކުތް އާސެނަލް ކޮޅަށް ރޭ ފުރަތަމަ ލަނޑު ޖެހީ ކޮލޯން އިންނެވެ. މެޗުގެ ނުވަ ވަނަ މިނިޓްގައި މި ލަނޑު ކާމިޔާބުކުރީ ޖޮން ކޮޑޯބާ އެވެ. އާސެނަލުން ތިން ލަނޑު ޖެހީ ވެސް ދެ ވަނަ ހާފްގަ އެވެ. ފުރަތަމަ ލަނޑު ސީޑް ކޮލަސިނަޗް ޖެހިއިރު، އަނެއް ދެ ލަނޑު ކާމިޔާބުކުރީ ނިމިިދިޔަ ޓްރާންސްފާ މާކެޓްގައި އާސެނަލް ދޫކޮށްލާނެ ކަމަށް ބެލެވުނު ދެ ކުޅުންތެރިން ކަމަށްވާ އަލެކްސިސް ސަންޗޭޒާއި ހެކްޓަ ބެލެރިން އެވެ.

މިއީ އާސެނަލްގެ ކޯޗުކަމާއި އާސެން ވެންގާ ހަވާލުވި ފަހުން ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން އެ ޓީމަށް ފުރުސަތު ގެއްލި ޔޫރަޕްގެ ދެ ވަނަ ފަންތީ މުބާރާތުގައި އެ ޓީމުން ކުޅެން ޖެހުނު ފުރަތަމަ ސީޒަނެވެ.

މިލާނުން ވަނީ ރޭގެ މެޗުގެ ފުރަތަމަ 20 މިނިޓް ތެރޭ ވިއެން ކޮޅަށް ތިން ގޯލު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު ތުރުކީގެ މިޑްފީލްޑަރު ހަކަން ޗަނަނޮގްލޫ ޖެހިއިރު، އަނެއް ދެ ލަނޑު ޖެހީ ޕޯޗުގަލްގެ އަންދްރޭ ސިލްވާ އެވެ. ދެ ވަނަ ހާފްގެ ކުރީކޮޅު ވިއެންގެ ހަމައެކަނި ލަނޑު ޖެހީ އަލެކްސަންޑަ ބޯކޮވިޗެވެ.

ލަނޑު ޖެހުމަށް ފަހު މިލާންގެ އަންދްރޭ ސިލްވާ (ކ) އާއި ކަލިނިޗް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

އޭގެ ފަހުން މިލާންގެ ހަތަރު ވަނަ ލަނޑު ޖަހައި އަންދްރޭ ސިލްވާ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. މިލާންގެ ފަހު ގޯލު ޖެހީ ފަހަކަށް އައިސް އެ ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު ސޫސޯ އެވެ.

މި ސީޒަނަށް ބޮޑު ހަރަދުކޮށް ގިނަ ކުޅުންތެރިންތަކެއް ގެނައި އެވަޓަން އަށް ރޭ ރަށުން ބޭރުގައި އެޓަލަންޓާއާ ދެކޮޅަށް ކުޅުނު މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތް ވަނީ ނުވެފަ އެވެ. އެޓަލަންޓާގެ ލަނޑުތައް ޖެހީ އަންޑްރެއާ މަސެއިލޯ އާއި އަލެހަންދްރޯ ގޯމޭޒް އަދި ބްރިޔާން ކްރިސްޓަންޓޭ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ސްޕެއިނުގެ ވިޔަރެއާލް ވަނީ 3-1 އިން އަސްތާނާ ބަލިކޮށްފަ އެވެ. ޖަރުމަނުގެ ހޮފެންހައިމް އަތުން 2-1 އިން ޕޯޗުގަލްގެ ބްރާގާ މޮޅުވިއިރު، ފްރާންސްގެ މާސޭ ވަނީ 1-0 އިން ތުރުކީގެ ކަންޔަސްޕޯ ބަލިކޮށްފަ އެވެ. ޖަރުމަނުގެ ހާތާ ބާލިން އާއި ސްޕެއިނުގެ އެތުލެޓިކް ބިލްބާއޯ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، އިޓަލީގެ ލާޒިއޯ ވަނީ 3-2 އިން ނެދަލެންޑްސްގެ ވިޓޭސޭ ބަލިކޮށްފަ އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454