ރޮހިންޖާ މުސްލިމުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ނިއު ދިއްލީގައި މުޒާހަރާ ކުރަނީ. --ފޮޓޯ:ރޮއިޓާސް
19 ސެޕްޓެމްބަރ 2017 - 15:40
ނިއު ދިއްލީ (ސެޕްޓެމްބަރު 19) - އިންޑިއާގައި ދިރިއުޅޭ ރޮހިންޖާ މުސްލިމު ރެފިއުޖީންނާއި ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ ކަމުގެ ހެކި އެބަހުރި ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.
އިންޑިއާގެ ހޯމް މިނިސްޓްރީން ބުނީ ޕާކިސްތާނުގެ ހަތިޔާރު އެޅި ޖަމާއަތްތަކާއި ރޮހިންޖާ ރެފިއުޖީންނާ ގުޅުން އޮންނަ ކަމަށް ޖާސޫސީ ގޮތުން ލިބިފައިވާ މައުލޫމާތު ސުޕްރީމް ކޯޓަށް ހިއްސާކުރާނެ ކަމަށެވެ. އިންޑިއާ އިން ދަނީ އެ ގައުމުގައި ދިރިއުޅޭ ރޮހިންޖާ 40،000 ރެފިއުޖީން ފޮނުވާލާނެ ގޮތެއް ހޯދަމުންނެވެ.
ރޮހިންޖާ ރެފިއުޖީން އިންޑިއާ އިން ފޮނުވާލާނެ ކަމަށް އެ ގައުމުގެ ޖޫނިއާ ހޯމް މިނިސްޓަރު ވިދާޅުވުމާ ގުޅިގެން އެ ކަން ހުއްޓުވުމަށް ރެފިއުޖީންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ވައްދައިފަ އެވެ. އެ މައްސަލައިގެ އަޑު އެހުމެއް އިއްޔެ ވަނީ ބާއްވައިފަ އެވެ. ސުޕްރީމް ކޯޓަށް ހުށަހެޅި ލިޔުމުގައި ހޯމް މިނިސްޓްރީން ބުނެފައި ވަނީ އިންޑިއާގައި ގަވާއިދާ ޚިލާފަށް އުޅޭ ރެފިއުޖީންނަކީ އެ ގައުމުގެ ސަލާމަތަށް ހުރި ބިރެއް ކަމަށެވެ.
މިއަންމާގެ ރޮހިންޖާ ރެފިއުޖީ އަކު ނިއު ދިއްލީގެ ކޭމްޕެއްގައި. --ފޮޓޯ:އޭއެފްޕީ
ސޮލިސިޓާ ޖެނެރަލް ތުޝާރު މެހްތާ ކޯޓުގައި ވިދާޅުވެފައި ވަނީ ރޮހިންޖާ މުސްލިމުންނާ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ ކަމުގެ ހެކި ދެން އޮންނަ އަޑުއެހުމަކަށް ހުށަހަޅާނެ ކަމަށެވެ. އަދި ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތްތަކުގެ އިތުރުން އެހެން ގައުމުތަކުގައި އުޅޭ ޓެރަރިސްޓުންނާ ރޮހިންޖާ މީހުންނާ ގުޅުން އޮންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އަލް ގައިދާ ފަދަ ޖަމާއަތްތަކާ ގުޅިގެން އިންޑިއާގައި ހަމަނުޖެހުން ހިންގުމަށް ރޮހިންޖާ މުސްލިމުން މަސައްކަތް ކުރާ ކަމަށް ވެސް ހޯމް މިނިސްޓްރީން ހުށަހެޅި ލިޔުމުގައި ބުނެފައިވެ އެވެ.
ރޮހިންޖާ މުސްލިމުންގެ ފަރާތުން ވަކާލާތު ކުރާ ޕްރަޝަންތު ބުޝާން ވިދާޅުވީ މިއީ ދީނީ ގޮތުން ތަފާތު ކުރާށާއި މުސްލިމުންނާ މެދު ދެކޮޅުވެރި ހަރަކާތްތަކަށް މަގު ފަހިކުރަން ކުރާ ކަމެއް ކަމަށެވެ.
މި މައްސަލައިގެ އަޑު އެހުމެއް ދެން އޮންނާނީ އޮކްޓޯބަރު 3 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރޭޕިންޑިޔާ
20 September 2017
މީ އެއަކަލަ ރޭޕްކުރާ މީހުންދޯ
އަހައްމަދު
19 September 2017
ބީޖޭޕީއާއި ހިންދޫ ޓެރަރިސްޓުންނާއި ގުޅުންއޮވޭ!
އަދީބު
19 September 2017
ރޮހިންޏާ މުސްލިމުންނާ ޓެރަރިސްޓުންނާ ގުޅުން އޮވެގެން ކަންބޮޑުވާއިރު، އިންޑިޔާގައި ދީފައިވާ ޓެރަރިސްޓް ހަމަލާތަކުގެ ޢަދަދު ހިތަށް އަރާތޯ؟ އިންޑިޔާގެ ކިތައް މީހުން އެ ހަމަލާތައް ދިނުމުގައި އިސްކޮށް އުޅުނުތޯ؟ އަދި ބޮން ގްވުން ފަދަ ހަމަލާތަކަށްފަހު ކިތައް މީހުން ހުކުމް ތަންފީޒު އެބަކުރޭބާ؟ ކިތައް މީހުން ހުކުމް ތަންފީޒުކޮށް ނިމިއްޖެބާ؟ އެ ހުރިހާ މީހުންތައް ކޮބައިތޯ؟ މީހަކާއި މީހަކާ ގުޅުމެއް އޮތީމަތޯ ކަންބޮޑުވަނީ؟ ޓެރަރިސްޓުން ޤައުމުގަ ދިރިއުޅޭއިރު ކަންބޮޑެއް ނުވޭތޯ؟
އަހުމަދުބެ
19 September 2017
މުސްލިމުން މަރަމުން އެދަނީ ޓެރަރިޒަމް މިބަސް ބޭނުން ކޮށްގެންނެވެ. މުސްލިމް ގައުމުތައް ހަލާކު ކުރީވެސް ޓެރަރިޒަމް މިބަސް ބޭނުން ކޮށްގެންނެވެ. އެމެރިކާ އާއި ރަޝިޔާއިން މުސްލިމް ގައުމު ތަކަށް ބޮން އަޅަނީވެސް ހަމަ މިބަސް ބޭނުން ކޮށްގެންނެވެ.
ސީމާ
19 September 2017
އެހެން ވީއިރު ރާއްޖެ އާވެސް ޓެރަރިސް އާ ގުޅުން އުވޭ
އަފާ
19 September 2017
މާބޮޑަށް ވެސް ،،،،އެޙާލަށް ވެސް ރަޙުމް ކުރުމެއްނެތި ކުށެއް ދެއްކޭތޯ މިބަލަނީ?