ބިލެތްފަހީ އިންޖީނުގޭގައި ރޭ ރޯވަނީ
24 ސެޕްޓެމްބަރ 2017 - 13:06
ށ. ބިލެތްފައްސަށް މިއަދު އިރުއޮއްސުމުގެ ކުރިން ކަރަންޓު ދިނުމަށް ފެނަކަ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
ބިލެތްފަހީގެ އިންޖީނުގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ އިންޖީނުގެ ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ. އަދި އެ ރަަށުން ވަނީ ރެއިން ފެށިގެން ކަރަންޓު ކެނޑިފަ އެވެ.
ބިލެތްފެހި ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝަރީފު މިއަދު ވިދާޅުވީ އެ އަތޮޅު ފޯކައިދޫން ޖަނަރޭޓަރެއް ގެންދިއުމުގެ މަަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އިރުއޮއްސުމުގެ ކުރިން ކަރަންޓު ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ އިން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރޭ ވެސް ކަނު އަނދިރީގައި ރައްޔިތުން ތިބީ،" ޝަރީފު ވިދާޅުވި އެވެ.
އާބާދީގައި ގާތްގަނޑަކަށް 700 މީހުން ދިރިއުޅޭ ބިލެތްފަހީގައި ފެނަކަ އިން ހިންގަމުން އައި އިންޖީނުގޭގައި ރޯވާން ދިމާވީ، ތިން އިންޖީނުގެ ތެރެއިން އޭރު ހިންގާފައި ހުރި 112 ކިލޯވޮޓުގެ އިންޖީނުގެ ޓާބޯ ވަރަށް ބޮޑަށް ދޮންވެގެން މައްޗަށް ތެޔޮ އެރުމުން ކަމަށް އެ ކައުންސިލުން ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ފެނަކައިގެ ބަހެއް އަދިއެއް ނުލިބެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާނު
24 September 2017
ޝަރީފް ނުބުންޏަސް އެގޭ ރޭގަޑު ކަރަންޓް ދިޔައިމަ ތިބޭނީ ކަނު އަދިރީގަކަން. 700 އެއް ނޫން 7000 ތިއްބަސް ކަރަންާޓް ނެތީމަ ތިބޭނީ ކަނު އަދިރީގަ ދިއްލާނެ އެއްޗެއް ނެތިއްޔާ.
ހެނބަދޫ ރައްޔިތުން
24 September 2017
ކޮބާ ފެނަކައިން ބެހެއްޓި އަލިފާން ނިވާ ފުޅިތައް. ޑިއުޓީއަަށްތިބި ކުދިން ތިބީ ގޭގަތަ ނޫނީ އިންޖީނުގޭގަތަ؟ މިހެން މިބުނީ ހެނބަދޫގަ ނައިޓްޑިއުޓީ ކުދިން އާއްމުކޮށް ތިބެނީ ނިދާފަ ނޫނީ ގޭގަ ވީމ. ސޮރީ