އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންތަކެއް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ބައި އިލެކްޝަންތައް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް އިލެކްޝަނުން ބުނި ނަމަވެސް އެއްވެސް ތަފްސީލެއް ހާމައެއްނުކުރޭ. --ފޮޓޯ/މިހާރު
24 ސެޕްޓެމްބަރ 2017 - 12:09
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅިމަށް ފަހު، ގާނޫނުގައި ބުނާ މުއްދަތު (ދެ މަސް) ފާއިތުވި އިރު ވެސް ބައި އިލެކްޝަނެއް އިއުލާނެއް ނުކުރި އެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ އެތެރޭގައި އުފެދުނު ދެބަސްވުންތަކުގައި، ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރަކު މަގާމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އެއީ، ވިލިނގިލީ ދާއިރާގެ ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާންގެ އިތުރުން ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދު މަޖިލީހުގައި ފުރުއްވި ގޮނޑި އެވެ.
މި ދާއިރާތަކުގެ ބައި އިލެކްޝަންތައް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް އީސީން ވަނީ ބުނެފަ އެވެ. އެކަމަކު މި އިންތިހާބުތައް ބާއްވާނެ ތާރީޚެއް، އަދި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓެއް ވެސް މިހާތަނަށް އިއުލާނެއް ނުކުރެ އެވެ.
ބައި އިލެކްޝަންތައް ބާއްވާނެ ތާރީޚާ ގުޅޭ ގޮތުން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ކޮމިޝަނުން ޖަވާބެއް ނުދިނެވެ.
ހުސްވެފައިވާ ކަމަށް އީސީން ކަނޑައަޅާފައިވާ ދާއިރާތަކުގެ ބައި އިލެކްޝަންތައް ބާއްވަން ގާނޫނުތައް ބުނާ ތާރީހުތައް ވެސް މިހާރު ވަނީ ފަހަނައަޅައިފަ އެވެ.
މެމްބަރުކަމުން ވަކިކޮށްފައިވާ ކަމަށް އީސީން ކަނޑައަޅާފައިވާ މެމްބަރުން.
ގާނޫނުއަސާސީގެ 78 ވަނަ ބުނެފައިވާ ގޮތުގައި މަޖިލީހުގެ ގޮނޑިއެއް ހުސްވާ ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެ ގޮނޑި އަށް މެމްބަރަކު އިންތިހާބު ކުރަންވާނެ އެވެ. އަދި ޕާޓީ ބަދަލު ކުރުމުގެ ސަބަބުން މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ގޮތްތައް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ވެސް ބުނެފައިވަނީ، އެފަދަ ހާލަތެއް މެދުވެރިގެން މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ ދެ މަސްދުވަހުގެ ތެރޭގައި އެ ދާއިރާއެއްގެ ބައި އިލެކްޝަނެއް ބާއްވަން ވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގައި މަޖިލީހުގެ ބައި އިލެކްޝަނެއް ބާއްވަން ޖެހިއްޖެ ނަމަ، އެ ގޮނޑިއެއް ހުސްވާ ތާރީޚުން ފެށިގެން ގިނަވެގެން ފަސް ދުވަސް ތެރޭގައި، އެ އިންތިޚާބެއްގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައި އާންމުކޮށް އިއުލާންކުރަން ޖެހޭނެ އެވެ.
ޕާޓީ ބަދަލުކުރުމުގެ ސަބަބުން، މަޖިލީހުގެ ގޮނޑިތަކެއް ހުސްވި ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ، ސުޕްރީމް ކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފަށް ކަމަށް ވިޔަސް، ގޮނޑިތައް ފުރުއްވަމުން ގެންދެވި މެންބަރުން އެ ތާރީޚުން ފެށިގެން މަޖިލީހަށް ވަނަކަ ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުކުރާނަމޭ
24 September 2017
ރައްޔިތުންގެ މަޖްލީހުން ހުސްވެފައިވާ ހަ ގޮނޑިއަށް މެމްބަރުން ހޮވުމަށް ޓަކައި ބައި އިލެކްޝަންސް 60 ދުވަހުގެ ތެރޭގައި ބާއްވަން ގާނޫނު އަސާސީ ގައި ކަނޑައެޅި ނަމަވެސް ގާނޫނު އަސާސީގައި ބަޔާން ނުކުރެއޭ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަންސް ނުބޭއްވި ނަމަވެސް އެއީ މައްސަލަ އެއް ކަމަށް. ގާނޫނު އަސާސީ ގައި ބަޔާން ކުރާ 60 ދުވަހަކީ އެއީ ޓެންޓޭޓިވް ޝެޑިއުލް އެކޭ އެޝެޑިއުލް އާއި އެއްގޮތަށް މަސައްކަތް ކުރަން ކޮންމެހެން ނުޖެހެއޭ 100 ދުވަސް ފަހުން ވެސް އިންތިޚާބު ބޭއްވިދާނެއޭ ނުވަތަ 200 ދުވަސް ފަހުން ވެސް އިންތިޚާބު ބޭއްވިދާނެއޭ އެއީ އެއްވެސް މައްސަލަ އެއް ނޫނޭ. ތަމެން އެނޫން ގޮތަކަށް ތަރުޖަމާ ކުރާނަމަ ތަމެން ތަރުޖަމާ ކުރާ ގޮތަށް ސްޕްރިމް ކޯޓުގެ ހުކުމެެއް ގެނައުމުން ނޭ މަމެން އެގޮތް ގަބޫލުކުރާނީ އެނޫން ހުރިހާ ސްޓޭޓެއް ގައި މަމެން ތަމެން ރަންރީނދުލޭ މެން ބުނާ ގޮތަށް ނަހަދާނަމޭ އަދި ބުނާ ބަސް ވެސް ގަބޫލު ނުކުރާނަމޭ.
ކަރިޝް
24 September 2017
ސުލައިމާނަކަށް ނޭގޭނެ ދުވަހަކުވެސް އަމިއްލަޔަށް އިސްވެ ކަމެއްކުރާކަށް އަބަދުވެސް މީހަކުބުނީމަ ކޮންމެކަމެވެސް ކޮށް އުލޭނީ އެގޮތުން މިފަހަރުވެސް އެ ބުނި މީހަކުބުނީ ގޮނޑިގެއްލުނުކަމަށް އިއުލާން ކުރާން އޭ ވީ ގޮތަކީ
ދިވެއްސެއް
24 September 2017
ބަލަ އެ އުޅެނީ އިއުލާނު ނުކުރެވޭނެތީއެއް ނޫން…! މައްސަލައަކީ އެކޮޅުން ރެޑީ ނުވެވޭތީ. ބާތުޑޭ ފާހަގަކޮށް ނިންމާފަ ކެންޕޭނު ފެށެން އޮތީ… އިއުލާނުކުރެވޭނީ ކެންޕޭނު ޓީމުން އެންގީމަ. ފަހަރެއްގަ އަންގަފާނެ ނުބާއްވަންވެސް. ނުހޮވޭނެތީ
ކިހާ ބޮޑު ކަމެއް
24 September 2017
ސުވާލަކީ ޤަނޫނު އަސާސީ ގައި ބުނާ ގޮތަށް ހޭ މަޖްލީސް މެމްބަރުން ވަކި ކުރީ...އީސީ އަކީ މަޖްލީހުގެ ނެމްބަރު ވަކިކޮށް އަދި އެކަމާމެދު ފަހުބަސް ބުނަން ޤާނޫނު އަސާސި ބާރު ދިފައިވާ ފަރާތެއް ތީއެވެ؟
ސަރުކާނު
24 September 2017
މިހާރަށް ކުރެވުނު ވަރެއް ކުރާތި
މަރީނު
24 September 2017
އީސީގެ މެމްބަރުން ވިސްނައިގެން ނުވާނެ ތިމަންމެން ހިތުހުރި ގޮތަކަށް ޤާނޫނު މާނަ ކޮށްގެން ބާތިލް ނިންމުންތައް ނިންންމައިގެން މުޅި އުމުރު ދުވަހު ތިހެން އުޅެވިދާނެ ކަމަށް.. ޤާނޫނު ތިބޭކަލުންނާ އަރާ ހަމަކުރާނެ، ޤާނޫނުގެ މަތީގައި އެއްވެސް މީހަކު ނުހުންނާނެ.. މިކަންތައްތައް ބަލާ ފިޔަވަޅު އެޅޭނެ ދުވަހެއް ވަރަށް އަވަހަށް އެބައޮތް.. އެދުވަހަކުން ފިލައިގެން ނުދެވޭނެ!
ރުމާލު3
24 September 2017
އިލެކްޝަން ކޮމިޝަން އަކީ އަހަރެމެންގެ ޖާގަ ހަ އެއް. ޕިންކު ކުދިންގެ ސަރުކާރުން ވެރިކަން ކުރާނީ އަހަރެމެން ބޭނުން ގޮތަށް.
ޥަސް
24 September 2017
ދައުލަތުގެ މަތީ މަޤާމުތަކުގެ ތިބި މީހުންގެ ނުވިސްނޭކަމާއެވެ. މިމީހުންނަށް ވުރެ ޤައުމު ބޮޑުކަމާއި ޤައުމުގެ މަސްލަޙަތު އަމިއްލަ މަސްލަޙަތައް ވުރެ އިސްކުރަންޖެހޭނެކަން ނުވިސްނޭ ކަމާއެވެ.
ޙުސެން
24 September 2017
ޢަބަދު ހިހޫތަނުން ކައިގެން އުޅެވޭނޭ ހީނުކުރާތި
ޕަޕެޓު
24 September 2017
ޕަޕެޓު މުއައްސަސާ.