ބަންގްލަދޭޝް އަށް އެތެރެވި ރެފިއުޖީންގެ ބަޔަކު ކިޔޫގައި. --ފޮޓޯ:އޭއެފްޕީ
24 ސެޕްޓެމްބަރ 2017 - 13:49
ކޮކްސް ބާޒާރު (ސެޕްޓެމްބަރު 24) - ރޮހިންޖާ ރެފިއުޖީންނަށް މޯބައިލް ފޯނު ވިއްކުން މުވާސަލާމަތީ ކުންފުނިތަކަށް ބަންގްލަދޭޝް ސަރުކާރުން މަނާކޮށްފި އެވެ.
ރޮހިންޖާ ރެފިއުޖީންނަށް ފޯނާއި ސިމް ކާޑު ވިއްކުން މަނާކޮށްފައި އޮތްހާ ހިނދަކު އެއްވެސް ރެފިއުޖީއަކަށް ފޯނު ނުވިއްކުމަށް މޯބައިލް ފޯނުގެ ޚިދުމަތް ދޭ ހަތަރު ކުންފުންޏަށް ވަނީ އަންގައިފަ އެވެ. އަދި ސިކް ކާޑު ވިއްކައިފި ނަމަ އެ ކުންފުންޏެއް ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ޓެލެކޮމިއުނިކޭޝަން މިނިސްޓްރީގެ ޖޫނިއާ މިނިސްޓަރު ތަރާނާ ހާލިމް އޭއެފްޕީ އަށް މިއަދު ވިދާޅުވީ ރޮހިންޖާ ރެފިއުޖީން ފޯނު ބޭނުން ކުރުން މަނާކުރީ ސަލާމަތީ ސަބަބަކަށް ޓަކައި ކަމަށެވެ.
ބަންގްލަދޭޝް އިން މިހާރު ވެސް ވަނީ ރަސްމީ އެއްވެސް ލިޔުމެއް ނެތް މީހުންނަށް ސިމް ކާޑު ވިއްކުން މަނާކޮށްފަ އެވެ.
"ރޮހިންޖާ ރެފިއުޖީން ބަންގްލަދޭޝް އިން ގަބޫލް ކުރީ އިންސާނިއްޔަތު ކަމުގެ ގޮތުން. އެކަމަކު ސަލާމަތީ ގޮތުން ބަލާއިރު ރެފިއުޖީން އިސް ކުރެވޭކަށް ނޯންނާނެ،" ހާލިމް ވިދާޅުވި އެވެ.
ރޮހިންޖާ މުސްލިމުންގެ ފަރާތުން ކުރިމަތިވާ ސަލާމަތީ ނުރައްކަލަކީ ކޮބައިތޯ އޭނާ ވިދާޅެއް ނުވެ އެވެ. ނަމަވެސް ހަރުކަށި ހަނގުރާމަ ވެރިންގެ ނުރައްކާ ވަނީ ބޮޑުވެފަ އެވެ.
ބަންގްލަދޭޝްގެ ޓެލެކޮމް އޮތޯރިޓީން ބުނީ ރެފިއުޖީންނަށް ސިމް ކާޑު ވިއްކަން ފެށޭނީ އެ މީހުންނަށް ބަޔޮމެޓްރިކް އައިޑެންޓިޓީ ކާޑު ދޫކުރުމުން ކަމަށެވެ. ސިފައިން ބުނީ އެކަން ކުރުމަށް ހަ މަހަށް ވުރެ ދިގު މުއްދަތެއް ނަގާނެ ކަމަށެވެ.
ރޮހިންޖާ ރެފިއުޖީން ބަންގްލަދޭޝްގައި ތިބޭ ކޭމްޕްތައް ނޫން އެހެން ސަރަހައްދުތަކަށް ދިއުން ވެސް ވަނީ މަނާކޮށްފަ އެވެ. ރެފިއުޖީން ފާސް ކުރަން ކޮކްސް ބާޒާރުގައި ވަނީ 11 ޗެކް ޕޯސްޓް ގާއިމްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢެލެކުސް
24 September 2017
ޙަސީނާ ދުނިޔޭގެ ލަދަށް ރެފިއުޖީން ބަލައިގަތީ އިސްލާމީ އަހްވަންތަކަމަކުން ނޫން. ކުރިޔަށް އޮތް ތަނުގައި ރެފިއުޖީން ނާއި މެދު ތިޔަށްވުރެ އިހާނާތްތެރި ވާނެ ކަމަށް ލަފާކުރެވޭ. ނިކަން ވިސްނަވާ މައްކާއިން މަދީނާއަށް ހިޖުރަކުރި މުހާޖިރުން ނާއި މެދު އަންސާރުން ކަންތަށްކުރި ގޮތް. އެއީ އަހުވަންތަ ކަމަކީ. މިއަދު މި ފެންނަނީ އުންމަތުން ނޭޝަނަލިޒަމްގެ ނުބައި އަސަރު.
ޢާއިޝާ
25 September 2017
ޜަސްމީ ލިޔުމެއްނެތި ނުވިއްކާށޭ ތޯއްޗެ އޮތީ ލިޔުން ހަދައިދޭން 6 މަސް ނަގާނެ ކަމަށް ބަންގާޅެއްނޫން މަހިތުން ދުނިޔޭގެ އެއްވެސް ތަނެއްގައި ރަސްމީ ލިޔުމެއްނެތި ސިމް ނުވިއްކާނެ
ކޮކްސް
24 September 2017
ރާްްޖޭގައި ތިބި ބަންގާޅީންނަށްވެސް ފޯން ވިއްކުން މަނާކުރަންވީ. ކޮންމެ ކަންތައްގަޑެއްގޮސް ބަލާއިރު އެމީހުން އޭގައި އުޅޭަކަމަށް މި ވަނީ
މަރީނު
24 September 2017
ރޮހިންޏާ މުސްލިމުނަށް އެއްވެސް ކަމެއްގައި ސަލާމަތެއް ނެތް.. ވ ދެރަކަމެއް މިއީ
ރޯލްކޯލް
24 September 2017
ހިތާމަހުރިކަމެއް.