އަޒްލީން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: މާރާމާރީތައް ހުއްޓުވުމަށް ފިޔަަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ވިދާޅުވި-- މިހާރު ފޮޓޯ
30 ސެޕްޓެމްބަރ 2017 - 12:30
ރާއްޖޭގައި ހިންގާ މާރާމާރީތައް ހުއްޓުވައި، އަމާންކަން ގާއިމްކުރުމުގެ އޮޕަރޭޝަންތައް މިހާރު ވަރުގަދަކޮށްފައި ވާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ އާއި މާލޭގައި ރޭ މާރާމާރީތަކެއް ހިންގައި، މީހަކު މަރާލައި އަދި އިތުރު މީހަކު ޒަހަމްކޮށްލާފައި ވަނިކޮށް، ދައުލަތުގެ މީޑިއާ ޕީއެސްއެމްއާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅައި، ސަރުކާރުގެ ހުރިހާ ވަސީލަތެއް އެކަމަށް ބޭނުން ކުރައްވާނެ ކަމަށެވެ.
އަޒްލީން ވިދާޅުވި ގޮތުގައި އަމާންކަން ގާއިމު ކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރިއަށެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގައި ފުލުހުން މިހާރު ހިންގަމުން އަންނަ އޮޕަރޭޝަންތައް އިތުރަށް ވަރުގަދަ ކޮށްފައިވާކަން އޭނާ ފާހަަގަކުރެއްވި އެވެ.
އަޒްލީން ވިދާޅުވީ މާލެ އާއި ހުޅުމާލޭގައި މާރާމާރީތައް ހިންގީ ގޭންގުތަކުން ކަމަށެވެ. ގޭންގު ކުށްތައް ހުއްޓުވުމުގެ ގޮތުން ނުރައްކާތެރި ކުށްވެރިންގެ ފައިގައި ޓެގް އަޅުވަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. ހަފުތާއެއްގެ ތެރޭގައި ކުށްވެރިންގެ ފައިގައި ޓެގް އަޅުއްވާނެ ކަމަށް، މިދިޔަ ހޯމަ ދުވަހު އަޒްލީން ވިދާޅުވި އެވެ. އެހެންކަމުން މިހާރު ކުރަމުން އަންނަނީ ޓެގް އަޅުވަން ކޯޓު އަމުރު ހޯދައި އެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.
ރޭގެ މާރާމާރީތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިހާތަނަށް 12 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި، މާލޭގައި މާރާމާރީ ހިންގަން އަމަލީ ގޮތުން ބައިވެރިވި ހަތަރު މީހަކު ގެންގުޅުނު ވަޅިތަކާ އެކު ވަނީ ހައްޔަރުކޮށްފަ އެވެ.
ރޭ ހުޅުމާލޭ "ހާފްވޭ ހައުސް" ކައިރިން ހިންގި މާރާމާރީގައި މަރުވެފައިވަނީ ގއ. ދާންދޫ ގޯލްޑް ލީފް، ހާރިސް އަބްދުލް ޣަފޫރު 24، އެވެ.
މިއީ މިދިޔަ ހަފްތާގައި މާފަންނު އައިޓަމްސް ފިހާރަ ކައިރީ ވަޅި ހަރައި ޒުވާނަކު މަރާލުމުން އޭގެ ބަދަލު ހިފަން ހިންގި މާރާމާރީތަކެއް ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްޕިރިން ކޯޑު
01 October 2017
ހައްޔަރުކޮށްފައި ބަހައްޓަން ބޭނުން ކޮންމެމީހަކު މިސަރުކާރުގައި ހުންނަނީ ޖަލުގޮޅީގައި. މީހުންމަރާ ގޭންގުތަކުގައި ފުލުހުންނަށް ނޭގޭ ނުދަންނަ އެކަކުވެސް ނޫޅޭނެ. އެވެރިން މިނިވަންކަމާއެކު ބޭނުން ގޮތަކަށް އުޅެވެނީ އެފުރުސަތު މިސަރުކާރުން ދީފަ އޮތީމަ ކަން އެންމެންވެސް ގަބޫލުކުރޭ. މިގޭންގްތައް ބުނާހާގޮތަކަށް ރައީސްއާ މެޑަމާ މިނިސްޓަރުންހަދަން މަޖުބޫރު ވެގެން މިއުޅެނީ ކީއްވެބާ؟
18ޔަގީނެއްނޫން
01 October 2017
ސައިކަލް މަޑިދަށް ބެލުން ނޫންކަމެއް ތި އޮޕަރޭޝަންގަ އޮވޭތަ؟ މިސަރުކާރުން މިހެންބުނާ އެއްވެސްވާހަކަޔަކަށް އިތުބާރުކުރާ އެކަކުވެސް މިހާރުނެތް.
ރަތަފަންދޫ
01 October 2017
ބަލަ އަމާންކަމަކީ ވަކި ކަމަކާ ގުޅިގެން ލިބެން ޖެހޭ އެއްޗެއްނޫން ތާއަބަދު ކަންކަން މަތީ މީހުންނާ ފޮށެން ވަކި ގުރޫޕުތައް ހަދާ އެ ތިބެނީ ނުފެނޭތަ އަމާން ކަން ނާާންކަމަށް ބަދަލްވެ ނިމުނީމަ ދުވަސްކޮޅަކަށް ހާލުފޯރި
ކޯނާޔޫތު
01 October 2017
"އަޒްލީން ވިދާޅުވީ މާލެ އާއި ހުޅުމާލޭގައި މާރާމާރީތައް ހިންގީ ގޭންގުތަކުން ކަމަށެވެ". ގޭންގުތަކުންނޭއޭތޯ؟ އެކަމަކު އިއްޒަތްތެރި މެޖޯރިޓީ ލީޑަރު ވިދާޅުވީ ރާއްޖޭގައި ގޭންގުތަކެއް ނޫޅެއޭ، އުޅެނީ ކަންމަތީ ޒުވާނުންނޭ. ދެން އަނެއްކާ މަސްމަހާމެހީގެ ވަޒީރު ކަންމަތީ ޒުވާނުން އެއްކޮއްގެން ގަޓުދެއްކަވާފަވާތީ އެކަންމަތީ ޒުވާނުންވެސް ތިފަދަ ކަމެއް ނުކުރާނެ ނުންތޯ؟
ސައްތާރު / މހއ
01 October 2017
ތިޔަ ހިންގާ އޮޕްރޭޝަނަކީ ތިޔަ ގޭންގް ކުދިން ސަލާމަތްކޮށްދޭން ހިންގާ އޮޕްރޭޝަނެއް. ކިތައްފަހަރު ތިޔަ އޮޕްރޭޝަން ހިންގައިފިންތޯ ވީކަމެއް ހަތް ހަރާމުން ހަރާން. ތިކަމުން އެކުދިންނަށް ލިބިފާހުރީ ސަލަމަތާއި ރައްކާތެރިކަން އެކަނި.
އިސްޕިރިން ކޯޑު
01 October 2017
ސައިކަލް މަޑިދަށް ބެލުން ވަރުގަފަކުރާނީ؟
ބެރުދުންރި
01 October 2017
މޮޅުވާހަކަ ދެއްކިދާނެ. ކުރެވޭނެ ކަމެއް ހަތްހަރާމުން ހަރާމް
ވަޒަންބެ
01 October 2017
އަމިއްލަ ނާގާބިލްކަން ދެނެގަނެ ދެރަވެ، ފާރުގަ ބޯތަޅާ ހިސާބަށް ނުދަނީސް މީހާގެ ސައިޒަށްވުރެ ގަދަ ބަސްބުނުން ހުއޓާލާނީ ކޮން އިރަކުންބާ؟
ޓޮޕް
01 October 2017
ހަމައެއް ލަމައެއް ޢަދުލްލެއް އިންސާފެއް ނެތީމާ ވާނެގޮތް މިއޮތީ ވެނިމިފާ ކިތަމްމެވަރަކައް އޮޅުވާލަން އުޅުނަސް ވާނީހަމަ ފަޅީހަތްވެބޭޒާރު.
ޔޯ މޭން
01 October 2017
ނުވިހާ އޮޕަރޭޝަންތަ؟
ތަމަ
01 October 2017
ޜީތި ބޮަޑެތި ތުންބުޅި ބަޙައްޓާވަރެއް އަދި ނުވެއެންނު، ތިއުޅެނީ ގޭންގުތައް ނުހުއްޓުވިގެން.