ޑރ. އައިޝަތު އަލީ ނާޒު: ނަފްސާނީ ދާއިރާއިން އޭނާ ވަނީ ގިނަ ހިދުމަތްތަކެއް ކުރައްވާފައި
02 އޮކްޓޯބަރ 2017 - 11:55
މީގެ އަހަރެއްހާ ދުވަސް ކުރިން ސްރީ ލަންކާއަށް ދިރިއުޅުން ބަދަލުކުރެއްވި މަޝްހޫރު ނަފްސާނީ އިލްމުވެރިޔާ ޑރ. އައިޝަތު އަލީ ނާޒު އެނބުރި ރާއްޖެ ވަޑައިގެން، އޭނާގެ މަސައްކަތް އަލުން ފައްޓަވައިފި އެވެ.
ނާޒު ވިދާޅުވީ އަމިއްލަ ގައުމުގައި އަނެއްކާވެސް އޭނާގެ ޚިދުމަތް ފެއްޓެވީ "ކުރަން ދިޔަ ކަންކަން ނިމި، ދިވެހިންނަށް އަދިވެސް ހިދުމަތް ކޮށްދޭން ޖެހޭ ކަމަށް ހިތް ބުނުމުން" ކަމަށެވެ.
ލަންކާގައި އުޅުއްވި އިރު ވެސް އޭނާ ވަނީ ނަފްސާނީ ފަރުވާ ދިނުމުގެ ދާއިރާގައި މަސައްކަތްކުރައްވައިފަ އެވެ. އަދި އެ ދާއިރާއިން މާސްޓާސް ހަދާ ދަރިވަރުންނަށް ކިޔަވައި ވެސް ދެއްވި އެވެ.
ނާޒު ވިދާޅުވީ ލަންކާގައި އޭނާ މަސައްކަތް ކުރެއްވި އިރު ވެސް ކޮންމެ ދުވަހަކު ދިވެހިން އޭނާ ކައިރިއަށް ދާ ކަމަށާއި އެކަމާ ވަރަށް ހިިތްދަތިވި ކަމަށެވެ.
"އެޕޮއިންޓްމެންޓް ހޯދައިގެން، ދަތުރު ހަދައިގެން އަޅުގަނޑު ކައިރިއަށް ރާއްޖޭން ކޮންމެ ދުވަހަކު ވެސް މީހުން އާދޭ. މިއީ ގިނަ މީހުންނަށް އެފޯޑް ކުރެވޭނެ ކަމެއް ވެސް ނޫން،" ނާޒު ވިދާޅުވި އެވެ.
"އެހެންވެ އަޅުގަނޑުގެ ހިތް ބުނީ މި މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ރާއްޖެ ދާން ވެއްޖެ ކަމަށް."
ނަފްސާނީ ކަންކަމާއި އެއާ ގުޅުން ހުރި ދާއިރާތަކުގައި ނާޒު އަމަލީ ގޮތުން މަސައްކަތްކުރައްވާތާ 17 ވަރަކަށް އަހަރު ވެއްޖެ އެވެ.
ރާއްޖޭގައި އަލުން ގިނަ ކަންތައްތަކެއް ކުރައްވަން ނާޒު ވަނީ ރާއްވަވާފަ އެވެ. އެގޮތުން ނަފްސާނީ ބަލިތަކަށް ފަރުވާ ދެއްވަން ރަށްރަށަށް ވަޑައިގަތުމާއި ރާއްޖޭގައި ނަފްސާނީ ބަލި ހުރި މިންވަރު ދެނެގަތުމަށް ދިރާސާތައް ހެއްދެވުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި ނަފްސާނީ ބަލިތައް ގިނަ ނަމަވެސް، އޭގެ މިންވަރާއި ސަބަބުތައް ހޯދަން މިހާތަނަށް ދިރާސާއެއް ހަދާފައި ނެތްކަން ފާހަގަކުރައްވައި ނާޒު ވިދާޅުވީ އެ ދާއިރާގެ ގިނަ މައުލޫމާތު އެއްކުރެވިފައި ހުރުމުން އެކަންކަން އިތުރަށް ބައްލަވަން ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.
ނަފްސާނީ ފަރުވާދިނުމަށް ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ކްލިނިކް "މިޕްސްޓާ"ގެ ހިދުމަތް ރަނގަޅު ކުރަން ވެސް ގިނަ މަސައްކަތްތަކެއް ކުރައްވަން އޭނާ ވަނީ ނިންމަވައިފަ އެވެ.
ނާކޮޓިކްސް ކޮންޓްރޯލް ބޯޑާއި ޕެރޯލު ބޯޑުގެ މެމްބަރުކަން ކުރެއްވި ނާޒަކީ މީޑިއާއާ ގުޅުން ބޮޑު، އަދި އާންމު ހޭލުންތެރިކަމަށް ލިޔުއްވައި ވީޑިއޯ ޕްރޮގްރާމްތައް ވެސް ހެއްދެވި ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބލަބލަ
04 October 2017
މީ ތެދު ވާހަކައެއް. މިޕްސްޓަރ ގައި ރަނގަޅަށް ޚިދުމަތް ނުދެވޭ. އަޅުގަނޑުގެ ކޮއްކޮ ގޮވައިން ދިޔާމާ، އަބަދު ޓެސްޓެއް ހަދަން ޖައްސަނީ، ކޮންމެ ޓެސެްޓެއް އެހާ އަގުބަޮޑު. އޭގެން އެކަތި ހަދައިގެން ވެސް އެމީހުނަކަށް ބުނެދޭން ނޭނގުނު ވާ ގޮތެއް. އޭޑީ އެޗް ޑީ ކަމެއް އޯޓިޒަމް ކަމެއް. މިކަހަލަ ކުދިންނަށް ފަރުވާ ލިބޭ ސަރުކާރު ތަނެއް ހުޅުވުން މުހިންމު، އެއީ ތަންދޮރު ނޭނގޭ ލާރިކާ މީހުން ގިނަވާތީ. ގައިމު ކޮންމެވެސް މިނިމަމް އަގެއް ކަނޑައެޅޭނެ. އެކަމް މިޕްސްޓްރަ އަކީ ހަމަ ކަޑަތަނެއް. އެތަނަށް ދިޔަ ފަހަރު ކޮއްކޮ ގޮވައިން 2 ގަޑިއިރުވީ ފަހުން ޑރ. ނާންނާތީ ކެންސަލްވީ. ކޮންމެވެސް ޝަރީފެއް.
ހަސަން ރ
04 October 2017
އަތުގަހުރި ފައިސާކޮޅު ހުސްވީމަ އިތުރު ގޮތެއް ނެތިގެން !
ވަލީ
03 October 2017
ކޮމެންޓްތައް ކިޔާލީމަ މި އެގެނީ ދިވެހިންގެ ފެންވަރު. މީހަކު ކިތަންމެ ރަގަޅުކަމެއް ކުރިޔަސް އެކަން ހަޖަމް ނުވަންނިީ ވިއްޔާ ގަައުމު ކިހިނެެއް ކުރި އަރާނީ.
ާާޢާޢިޝާ
03 October 2017
ހަގީގަތާ ހިލާފް ވާހަކަ ނުދައްކަވާ. މިޕްސްޓާ އަކީ ރާއްޖޭގަ އެންމެ އަގުކުކުޑަތަން. ޑރ ނާޒް އާއެކު ސެޝަނެެެއް ނެގޭ 300ރފ އަށް. އަޅުގަޑު ހަމަ އެހެން ތަނަކަށް ދިޔައިން 600ރފ އަށް. ކޮންތަނެއްތޯ ހެވީ.
ުމުދިބެ
08 October 2017
ޑރ. ނާޒް އަށް އެޕޮއިންޓްމަންޓްއެއް ހޯދަން ގުޅާލިން އެއްދުވަހަކު. އަގު އަހާލީމަ ބުނީ ބަލަނީ 600 އަށޭ. ޓެސްޓް ހެދޭނީ 2000 ރުފިޔާއަށޭ. ގުޅާނަމޭ ކިޔާފައި އަދިވެސް އެޕޮއިންޓްމަންޓް ހަމަޖައްސާފައި ނުގުޅާ. މިޙާރު 2 މަސްވެއްޖެ
ކޫލް
03 October 2017
މީނަ ހިތައް އެރި އަގެް ކިޔާފަ ހިދުމަތް ދެނީ ހަމަ އެކަނި ބަލާލުމައްވެސް 1000 ނަގާ މީ ދެން ބޮޑުވަރުދޯ އެއްޗެއް އެނގިފަ ހުއްޓަސް
ވަތުބަތާނަ
03 October 2017
ސުބާޙާނަ ﷲ! ޑޮކުޓަރަށް ދައްކަން 800ރ ދެން މީ ފުކެއް ބޮޑުވަރު! ޙަލާލުވާނެވިއްޔާ ދޯޯ؟
އަގު
03 October 2017
ރަގަލު އެއްޗެއް ނުލިބުނީމާ އެންމެ ފަހުން ރާއްޖެ އައީ ދޯ.. ނަމެއްގަ ތަޖުރިބާ، ދުވަހަކުވެސް ރަގަލު ކުރެވުނު މީހެއް ނެތް
ހަސަ
03 October 2017
އަސްލުވެސް
ދިލާވަރު
03 October 2017
އަގޭ ބޮޑީ..އެއީ މައްސަލަ އަކީ..މަގޭވެސް ހުރޭ ބައިވަރު ނަފްސާނީ މައްސަަލަތައް..ހިތުގެ އަޑިން އެކަން ގަބޫލު ކުރަން..ފަރުވާވެސް ބޭނުންވޭ އެކަމަށް..އެކަމު ޑރ.ނާޒްގެ އަގުތައް ބޮޑުކަމުން އެކަން ކުރެވޭނެ ގޮތެއް ނެތް..އިންސާނީ ހިދުމަތަކަށް ވުރެން ބޮޑަށް ވިޔަފާރި އުސޫލުން ކުރާ ކަމެއްހެން ހީވަނީ
އަންނިކޮ
03 October 2017
އަގުތައް ހުންނަނީ ވަރަށް ބޮޑަށް. ސަބަބަކީ މިކަހަލަ ކަންކަމަށް ސަރުކާރުގެ ފަރާތުން ފަރުވާއެއް ލިބޭނެ ގޮތްގޮތް ނެތީމަ އަމިއްލަ ފަރާާތްތަކުން އިންތިހާޔަށް އަގުތައް ނަގަނީ. އަދި ނަފްސާނީ ކަންކަމަކީ އެ ކަމުގެ ގޮތުން ހައްލެއް އެހާފަސޭހައިން ލިބޭނެ ކަންކަމަށް ނުވެފަ ދާއިމީ ގޮތަކަށް ފަރުވާ ހޯދަންޖެހޭތީވެ މި ކަހަލަ ސަރވިސްތަކުގެ އަގުބޮޑުވާނަމަ ރައްޔިތުންނަށް ހިދްމަތް ހޯދަން ދަތިވާނެ. އަޅުގަޑު ވެސް ގަބޫލުކުރަން މާލޭގެ ކުލި ބޮޑުކަމާއި މި ދާއިރާއިން ކިޔަވައިގެން ތިއްބަވާ ބޭފުޅުންނަށް އެކަށީގެންވާ ވަރުގެ މުސާރަވެސް ދޭން ޖެހޭނެކަން. އެހެން ނަމަވެސް، އެންމެ އާދައިގެ އެސެސްމަންޓް އަކަށް 2500 ނަފާފަ ކޮންމެ އެޕޮއިންޓް މަންޓަކަށް 700 އެއްހާ ރުފިޔާ ނެގީމަ، ހަފްތާޔަކު އެއްފަހަރު ދާންޖެހޭއިރު، މިހާރު މި ރާއްޖޭގަ އާއްމު މީހަކަށް ލިބޭ މުސާރަޔަށް ބަލާފަ ކިހިނެއްތޯ ދަރައިގެން ނޫނިއްޔާ ހިދުމަތެއް ހޯދާނީ؟
އަލިފުޅުގެ ދޮންތުއްތު
03 October 2017
ނާޒު! އަގުތައް އަތްފޯރާ ފަށަށް ތިރިކޮށް ދެއްވާ..
ހުމެެދދ
04 October 2017
ތިޔަ ބޭފުޅާ ތިޔަވިދާޅުވާ އަތްފޯރާފަށަކީ ކޮބައިތޯ؟