03 އޮކްޓޯބަރ 2017 - 06:12
ރާނީ މުކަރުޖީ އާއި ކާޖޮލް އަކީ ބޮލީވުޑްގެ ވަރަށް ހުނަރުވެރި ދެ ބަތަލާ އިންނެވެ. އެއީ ދެބެއިންގެ ދެ ދަރި ދެބެއިންނެވެ. ނަމަވެސް އަޑިނޭނގޭ ކޮންމެވެސް ކަހަލަ ދެކޮޅުވެރިކަމެއް މި ދެ ތަރިންގެ އޮންނަތާ ވަރަށް ގިނަ ދުވަސްވެއްޖެ އެވެ. އަދި އެކަކު އަނެކަކާ ވާހަކަ ނުދައްކާތާ ވެސް ގިނަ އަހަރުތަކެއް ވެއްޖެ އެވެ.
އެވޯޑް ހަފުލާ އަކަށް ދިޔަސް އެކަކު އަނެކަކާ ދިމާނުވޭތޯ މި ދެ ބަތަލާއިން ވަރަށް މަސައްކަތް ކުރާތަން ގިނަ ބަޔަކަށް ފެނި އެކަން ފާހަގަ ކޮށްފައިވެ އެވެ. ނަމަވެސް މި ދެ ތަރިން އަލުން އެކުވެރިކުރުމުގައި ފިލްމީ ތަރި ޝާހްރުކް ޚާން ވަނީ ކާމިޔާބު ހޯދާފަ އެވެ. އެޗްޓީ އެވޯޑު ހަފުލާގައި ރާނީއާ ބައްދަލުނުކުރަން ވެގެން ކާޖޮލް އުޅުނު ގޮތް ވީޑިއޯތަކުން ވެސް ފެނިފައިވެ އެވެ.
Sum nites the stars with u shine brighter than the ones in the sky.Thank u ladies for ur graciousness beauty & love. pic.twitter.com/FNrb5jZZpu
— Shah Rukh Khan (@iamsrk) October 2, 2017
ޝާހްރުކްގެ ޓުވީޓް
ނަމަވެސް މި ދެ ތަރިންގެ ރުޅި މިހާރު ވަނީ މާޒީ ވެފަ އެވެ. މި ދެ ބަތަލާއިން އަލުން އެކުވެރި ކުރުވުމުގައި މުހިއްމު ދައުރެއް އަދާކޮށްފައި ވަނީ ރާނީގެ ވެސް އަދި ކާޖޮލްގެ ވެސް ގާތް އެކުވެރިއެއް ކަމަށްވާ ޝާހްރުކް ޚާނެވެ.
ޝާހްރުކް ވަނީ ރާނީ އާއި ކާޖޮލްއާ އެކު ނަގާފައިވާ ފޮޓޯއެއް ހޯމަ ދުވަހު ޓުވީޓްކޮށްފަ އެވެ. އޭނާގެ ޓުވީޓްގައި ބުނެފައިވަނީ ބައެއް ރޭރޭ އުޑުމަތީގައި ވިދާ ތަރިތަކަށް ވުރެ އެ މީހަކާ އެކު ތިބޭ ތަރިންގެ ވިދުން މާ ގަދަވާ ކަމަށެވެ.
މި ޚާއްސަ ބައްދަލުވުން އޮތީ ކޮން އިރަކުން ކޮން ތާކު ކަމެއް ނޭނގޭ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ. އަދި މިއީ "ކުޗް ކުޗް ހޯތާ ހޭ" ފަދަ ފިލްމުތައް ކުޅުނު ދުވަސްވަރު ހަނދާން ވާވަރުން ޝާހްރުކް ކުރި ކަމަކަށް ވެދާނެ ކަމަށް ވެސް ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.
ކާޖޮލް އާއި ރާނީގެ އިތުރުން ޝްރީދޭވީ އާއި އާލިއާ ބަޓް އަދި ކަރިޝްމާ ކަޕޫރާ އެކު ޝާހްރުކް ނަގާފައިވާ ފޮޓޯއެއް ވެސް އޭނާ ޓުވީޓް ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާއިޝާ
03 October 2017
ދެބެންގެ ދެދަރި ދެބެންނެއް ނޫން ދެބެންގެ ދެ ދަރި ރާނީގެ ބައްޕަ އާ ކާޖޮލްގެ ބައްޕަ އަކީ ދެބެން
ހުސެން2
03 October 2017
މަށަށް ތިޔަތަނުން އެކަކަށްވުރެވެސް ސްރީދޭވީ ތިކިޔާ ކުއްޖާ މާރީތި.. ލާފަހުރި ހެދުމުންވެސް ފުރިހަމަކަން ފެނޭ..