ގާސިމް: ގާސިމް ރާއްޖެ ގެނެސް ދިނުމަށް ކަރެކްޝަންސް އިން އޮތީ ފުލުހުންގެ އެހީއަށް އެދިފައި --ފޮޓޯ/މިހާރު
08 އޮކްޓޯބަރ 2017 - 17:32
ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރުގައި މިހާރު ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އެންމެ އަވަހަށް ވެސް ދަތުރު ކުރުމުގެ ހުއްދަ ލިބޭނީ މި މަހު 28 ވަނަ ދުވަހުގެ ފަހުން ކަމަށް ގާސިމްގެ އާއިލާ އިން ކަރެކްޝަންސް އަށް އަންގައިފި އެވެ.
ގާސިމް ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ސޮއި ކުރައްވައި، ކަރެކްޝަނަލް ސާވިސަށް މިއަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ ގާސިމްގެ ހިތްޕުޅުގެ ހިނގުމުގެ މައްސަލަތަކެއް އުޅޭތީ ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތު އޮތް ކަމަށާއި ހިތުގެ ޓެސްޓް ހެދުމުގެ ކުރިން ދަތުރު ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އެ ޓެސްޓް ހެދުމަށް ފަހު އިތުރު މައްސަލަތަކެއް ދިމާނުވާ ނަމަ މި މަހު 28 ވަނަ ދުވަހުގެ ފަހުން ދަތުރު ކުރެވޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށާއި އެހެންވެ އެ މުއްދަތަށް ޓްރެވަލް ޑޮކިއުމެންޓްގެ މުއްދަތު އިތުރު ކޮށްދޭން އެދޭ ކަމަށް އެ ސިޓީގައިވެ އެވެ.
"އެންމެ އަވަހަށް ވެސް ދަތުރު ކުރެވިދާނެ ކަމަށް ޑޮކްޓަރުގެ މެޑިކަލް ރިޕޯޓުގައިވަނީ 28 އޮކްޓޫބަރު 2017 ކަމަށްވާތީ، މިހިނގާ އޮކްޓޫބަރު މަހުގެ ނިޔަލަށް މުއްދަތު ހަމަވާ ގޮތަށް ޓްރެވަލް ޑޮކިއުމެންޓެއް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދެއްވުން" އެދޭ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ޝިހާނަށް ފޮނުވާފައިވާ އެ ސިޓީގައިވެ އެވެ.
އެ ސިޓީގައިވާ ގޮތުން ހިތްޕުޅުގެ ޓެސްޓްގެ ނަތީޖާ އަށް ބަލައި، އިތުރު ފަރުވާ ގާސިމަށް ދޭންޖެހޭ ނަމަ އެއަށް ވުރެ ވެސް ދިގު މުއްދަތަކަށް ސިންގަޕޫރުގައި މަޑުކުރަން ޖެހޭނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. ގާސިމަށް ރާއްޖެ ވަޑައިގެންނެވެން އޮތީ އެކަމުގެ ހުއްދަ ޑޮކްޓަރުން ދިނުމުގެ އިތުރުން، މަތިންދާބޯޓުގައި ދަތުރު ކުރެވެން އޮތީ މުއްދަތު ހަމަނުވާ ޓްރެވަލް ޑޮކިއުމެންޓެއް އޮވެގެން ކަމަށް އެ ސިޓީގައިވެ އެވެ. އެ ސިޓީއާ އެކު ޑޮކްޓަރުގެ ލިޔުންތައް ވެސް ވަނީ ކަރެކްޝަންސަށް ފޮނުވައިފަ އެވެ.
ގާސިމް މިމަހުގެ ނިޔަލަށް ސިންގަޕޫރުގައި ހުންނެވުމުގެ މުއްދަތު ދޭން އާއިލާ އިން އެދުނުއިރު ގާސިމް ރާއްޖެ ގެނެސްދޭން ފުލުހުންގެ އެހީތެރިކަމަށް ކަރެކްޝަންސް އިން އޮތީ އެދިފަ އެވެ. ރިޝްވަތު ހުށަހެޅުމުގެ ކުށުގައި ގާސިމަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު ގާސިމްގެ ސިއްހީ ހާލަތު ހުރި ގޮތުން، ހުކުމް ކުރިޔަސް މިހާތަނަށް ގާސިމް ޖަލަކަށް ނުގެންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާމީން
08 October 2017
އަނިޔާވެރިން ދުވަހަކުވެސް ބައްޔެއްނުވާނެތަ? މިވެރިންގެ ހިތްތަކުގައި އިންސާނިޔަތުކަން ﷲ ލައްވާފައި ނުވަނީބާ? ހުކުމުގައިވާ ބޭސްކުރަންބުނާ ތަންކޮޅު ބާތިލްކުރުންފަދަ ކަންތައް ކުރަންއުޅުން އެއީ ކިހާރަހުމްކުޑަ ކަމެއް, ސުބުހާނަ ﷲ މިފަދަ ނުބައި ސިފަތަކުން ރައްކާތެރިކުރައްވާނދޭވެ! ފައިސާގޯނި ހިފައިގެން ބެހީމޭ ބުނި ފަރާތް އެބަހުރިދޯ ސަރުކާރު ފަޅީގައި މިނިވަން ކަމާއެކު އެއްވެސް ޝަރީއަތެއްނުކުރޭދޯ? ޔާ ﷲ ރައްޔުތުން ތަފާތުނުކުރާ އަދުލުއިންސާފު ގާއިމްކުރާ ވެރިންނަށް މިގައުމުގެ ވެރިކަން ދެއްވާނދޭވެ! އަނިޔާވެރިންގެ ނުބައިކަމުން ރައްކާތެރިކުރައްވާނދޭވެ!
އަހަންމާ
08 October 2017
އަޅުގަނޑުގަބޫލުކުރާހިތްއޮތީ ސަރުކާރުން އިޔާދުގެސިޓީގައި އެދިލެއްވިގޮތައް ހަމަޖައްސައިދެއްވާނެކަމައް އަޅުގަނޑުގެ ދުޢާއަކީ ގާސިމްގެއާލާސްކަންފުޅައް އަވަސް ޝިފާއެއްދެއްވައި ގާސިމްގެފަރާތުންނާޖާއިޒުފައިދާނަގަމުންގެންދާ ސިޔާސީފަރާތްތަކުގެވަކިތަކުންގާސިމްސަލާމަތްކުރައްވައި ގާސިމްގެޢާއިލާއަކީ ސިޔާސީފަރާތްތަކުގެ ނުފޫޒުންއެއްކިބާވެގެންވާ ޢާއިލާއެއްކަމުގައި ﷲތަޢާލާމިންވަރުކުރެއްވުން އާމީން
ޜާބިޔާ
08 October 2017
ތިޔަލިއުމުގައި ބުނާގޮތުން ގާސިމްގެ ހިތުގެ ޢޮޕަރޭޝަންއަށްފަހުވެސް ހާޓްއެޓެކް ޖެހުމުގެ ފުރުސަތުއެބައޮތް އަދިވަރަށްބޮޑު ، މާނައަކީ ކުރީންކުރި ޢޮޕަރޭޝަންކުރީ ކިހިނެތްވެގެންތޯ ، އަނެއްކާ ގާސިމްގެ ތޯ އެއޮޕަރޭޝަންކުރީ ނޫނީ ގާސިމްކިޔާ އެހެންމީހެްގެތޯ ؟؟
ރަދީފް
08 October 2017
އަންނާނެ ކަމެއް ނެތް.2018 ގެ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ގާސިމް މިނިވަންވާނެ.އިންޝާﷲ.