ގާސިމް އާއި އޭނާގެ ވަކީލުންގެ ޓީމުގައި ހިމެނޭ ބައެއް ބޭފުޅުން - ފޮޓޯ: މިހާރު
27 ނޮވެމްބަރ 2017 - 11:25
ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރުގައި މިހާރު ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ޓްރެވަލް ޑޮކިއުމަންޓް ދޭން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދެކޮޅުހަދާފައިވާ ކަމަށް ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.
ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވިދާޅުވީ ޓްރެވަލް ޑޮކިއުމެންޓްގެ މުއްދަތު ހަމަވާތީ އެ މުއްދަތު އިތުރުކޮށް ދިނުމަށް ކަރެކްޝަނަށް ސިޓީ ފޮނުވުމުން، އެކަން ނުކޮށްދެވޭނެ ކަން މިދިޔަ މަހުގެ 30 ގައި އަންގާފައިވާ ކަމަށެވެ. އަދި ގާސިމް ރާއްޖެ ވަޑައިގަތުމުގެ ކަންކަން ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދަން ކަރެކްޝަންސް އިން އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެކަމާ ގުޅިގެން ކަރެކްޝަންސްގެ ރަސްމީ ބަހެއް މިއަދު ލިބޭ ގޮތެއް ނުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވިކަން ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއްގައި ހުންނަވަނިކޮށް، ހިތްޕުޅުގެ އާލާސްކަންފުޅަށް ބޭސްކުރަން ގާސިމް ސިންގަޕޫރަށް ވަޑައިގަތުމަށް ކަރެކްޝަނުން ދިން މުއްދަތު އޮކްޓޯބަރުގެ ތިނެއްގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. އަދި އެންމެ ފަހުން ދިން މުއްދަތު ކަރެކްޝަނުން އިތުރުކޮށްދީފައެއް ނުވެ އެވެ.
ގާސިމް ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ސޮއިކުރައްވައި، ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ޝިހާނަށް މިދިޔަ މަހުގެ ކުރީކޮޅު ފޮނުވި ސިޓީއެއްގައި ވަނީ ގާސިމްގެ ހިތްޕުޅުގެ މައްސަލަތަކެއް އުޅޭތީ ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތު އޮތް ކަމަށާއި ހިތުގެ ޓެސްޓް ހެދުމުގެ ކުރިން ދަތުރު ކުރެއްވުމަކީ ނުރައްކާތެރި ކަމެއް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
ޓެސްޓް ހެދުމަށް ފަހު އިތުރު މައްސަލަތަކެއް ދިމާނުވާ ނަމަ، މިދިޔަ މަހުގެ 28 ގެ ފަހުން ދަތުރު ކުރެއްވޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށާއި އެހެންވެ ޓްރެވަލް ޑޮކިއުމެންޓްގެ މުއްދަތު އިތުރުކޮށްދޭން އެދޭ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.
ގާސިމަށް ރާއްޖެ ވަޑައިގެންނެވެން އޮތީ މުއްދަތު ހަމަނުވާ ޓްރެވަލް ޑޮކިއުމެންޓެއް އޮވެގެން ކަމަށް އެ ސިޓީގައިވެ އެވެ.
ގާސިމް ރާއްޖެ ގެނެސްދޭން ފުލުހުންގެ އެހީތެރިކަމަށް ކަރެކްޝަންސް އިން އޮތީ އެދިފަ އެވެ.
ތިން ފަހަރަށް ރާއްޖެ ވަޑައިގަތުމަށް ދިން މުއްދަތު ހަމަވި އިރު ވެސް ރާއްޖެ ވަޑައިނުގެންނެވުމުން، ކަރެކްޝަނުން ނިންމާފައި އޮތީ ގާސިމް "ފިއްލެވީ" ކަމަށެވެ. އެކަމަކު އެ ތުހުމަތުތައް ގާސިމްގެ އާއިލާއިންނާއި ވަކީލުންގެ ޓީމުން ވަނީ ދޮގުކޮށްފަ އެވެ.
ގާސިމްގެ ވަކީލުން ކުރިން ބުނެފައިވާ ގޮތުގައި ކަރެކްޝަންސްގެ އެންގުމާ އެއްގޮތަށް ރާއްޖެ ވަޑައިގަތުމަށް ދެ ފަހަރެއްގެ މަތިން ގާސިމް ސިންގަޕޫރު އެއާޕޯޓަށް ވަޑައިގެންނެވި އެވެ. އެކަމަކު ދަތުރުކުރައްވަން ސިއްހީ ހާލުކޮޅު ތަން ނުދޭތީވެ ސިންގަޕޯ އެއާލައިނުގެ ބޯޓަށް ގާސިމް ނޭރުވިކަން ކަރެކްޝަނަށް އެންގި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާވިދު
27 November 2017
ފިއްލެވި ނާޒިމްގެ ވާހަކަ ކަރެކްޝަން އިން ކިޔާ އަޑެއް ނުވޭ. ނޫސްވެރިޔަކު ސުވާލުކޮށްފިއްޔާ މަސައްކަތް އެބަ ކުރަމޭ ބުނެ އެވަގުތަށް ފައިލް ކްލޯޒްޑް.
އަލީ ނާޒިމް
28 November 2017
ކޮއްކޯ ނާޒިމް އެއް ނޫޅެޔޭ ވެރިކަން ބޭނުން ވެގެނެއް. އޭނަ އުޅެނީ އޮޅުވާލައިގެން ތައްޕާހުން ކެވޭތޯ އޭ. އެއީ ކުޑަ ކުށެއް. ގާސިމް ވެރިކަމައް ނަން ހުށަހެޅި ދުވަހުން ފެށިގެން އެއީ ބޮޑުވެގެންވާ މުޖްްރިމެކޭ! ތަފާތެއްނު!
ހަފުސް
27 November 2017
ޓްރެވަލް ޑޮކިއުމެންޓްގެ ދުވަސް ހަމަވުމުން ދެން ސިންގަޕޫރުން ކިހިނެއްބާ ހަދާނީ؟ ރާއްޖެއަށް ޑީޕޯޓްކޮށްލާނީތަ؟ އޭރުން ބޯޓަށް އަރުވާނެބާ؟
އަންމަޑޭ
27 November 2017
ގާސިމާ ދެކޮޅު އެމްޑީޕީ ކުދީންގެ ކޮމެންޓް ތައް އަންނާނެއެވެ.
މުހައްމަދު އަހްމަދު
27 November 2017
ގާސިމްއަކީ އާދަޔާހިލާފަށް މީހުންނަށް އޯގާތެރި ހެޔޮ މީހެއް. ދިވެހިރާއްޖޭގައި 20 ވަނަ ގަރުނުގައި އުފެދުނު އެންމެ މުހިންމު އެއް ސަހްސިއްޔަތު. ގާސިމްއަށް ލިބިފައިވާ އަނިޔާއިން ސަލާމްތްކަން ލިބޭތޯ ދުއާކުރަން. ޢަދި ސިޔާސީ ދާއިރާއިން އެއްކައިރިވެ 2000 ގެ ކުރީގައި އުޅިނުގޮތަޢް އުޅުމަށް އެދެން. ޢެއީ ގާސިމް އަކީ ކިތަންމެ ކޭޕަބަލް ހީވާގި މީހަކަސް ދިވެހިން ބޭނުންވަނީ އިނގިރޭސިން ވާހަކަ ދެއްކޭ މީހެއްކަމަށް ވަނީ ރާއްޖޭގެ ވެރިކަމަށް.
ދޮންދުބުރިމާ
27 November 2017
ކީއްވެ ނާރުވާނީ މަރުވެފަ އޮންނަ މައްޔިތާވެސް ތިޔަ ބުނާ އެއާރ ލައިނުން އުފުލާ ތަން ދުށިން ޙަމަ ބުއްދި ހުރިމީހަކު ދައްކާ ކަހަލަ ވާހަކަ ދައްކާ ބަލަ
ދެންދޯ
27 November 2017
ދޮންދުބުރި ގެ މަޢުލޫމާތު ނެތުމަކީ ވަރަށް ދެރަކަމެއް. ޤާސިމް ނާރުވަން ނިންމީ ޤާސިމްގެ ފުރާނައަށް ގެއްލުމެއްވެދާނެތީ.
ޙޭބަލި
28 November 2017
ކަލޯ މޮޔަތަ؟ މަރުވީމަ ދޯ އަރުވަނީ. ޢެކަމު މަރަށް ތެޅެންޏާ އަރުވާނެތަ. ހަމަޔަޤީން ރާއްޖޭގެ މަސްދޯންޏަކަށްވެސް ނާރުވާނެ
އުނބުށެން
27 November 2017
މީހަކު ތާކަށް ދިއުމަށް ސަބަބެއް އޮވެގެން ހުރަސް އެޅުނަސް ދިވެހި ރަށްވެއްސަކަށް އެނބުރި ގައުމަށް އައުމަށް ހުރަސްއެޅިދާނެ ބާވައެވެ. އައުމަށް ހުރަހެއް ނެތްކަމަށްވަންޏާ އޭއްޗެއް ހައްދަން އުޅެނީ ކީއްކުރަން ބާވައެވެ.
އަހުމަދުބެ
27 November 2017
ގާސިމްގެ އެހީ ލިބުނު މީހުން މިއަދު ގާސިމް އަށް އެހީވާން މަސައްކަތް ކުރަން ވީއެވެ.
ދިލި ކަޓޫރަ
27 November 2017
ނިވާނުލާ އަށް ބުނެލަންއޮތީ ދެންކީންހޭވީ
ހޮނޑާފުށީ ބޮޑުހުސޭނު
27 November 2017
ގައުމުގެ ވެރިމީހާ ހަދާން ނައްތާލައިފި ވެރިކަމަށް އަންނަށް ވެގެން ގާސިމުގެ ސަޕޯޓަރުން ލީވޯޓު ، މައުމޫނު ސަޕޯޓަރުން ދިންވޯޓު ، އަދާލަތުން ދިން ވޯޓުތައް ވެރިމީހާ ހީފުޅުކުރައްވާ ގޮތުގަ ތިއޮށް ބުރިޖާއި އައިޖީއެމްއެޗުގެ އިމާރާތް ފެނިފަ އެމްޑީޕީމީހުންގެ ތެރޭއިން ބަޔަކާއި ، ގާސިމުގެ 100% ސަޕޯޓަރުންނާއި އަދާލަތުގެ 100% ސަޕޯޓަރުންނާއި ވަނީ ޔާމިނުގެ ފަހަތުގައި ، ތިޔައީ ކުންހީއެއް ، ވުމަށް ވުރެ ނުވުން ގާތް ކަމެއް ، ގަދަބާރުން ގާސިމް އޮބިއަޅައިގެން ، ޝެއިހް އިމްރާނާއި ފާރިސް އަދި އަންނި ޖަލައްލައިގެން ވާނެ ފައިދާއެއް ނޯންނާނެ ، ގައުމުގަ ތިބީ ދިވެހިން ، އެއްޗެއްމީހަކު ދީފަިއްޔާ ނިކަންބާރަށް ހިފާން ، ނަމަވެސް ވޯޓުލާންގޮސް ވޯޓުލާނީ އެމީހަކު ސަޕޯޓުކުރާމީހަކަށް
ވާލުސޮރު
27 November 2017
ގާސިމް ފަދަ ބޭފުޅުކަށް ތިޔަ ޑޮކިޔުމެންޓެއް ހޯދުމަށްވުރެ މާ ފަސޭހަވާނެ ސިންގަޕޯރ ފެ ރަށްވެހިކަން ހޯދަންވެސް މަށަކީ ގާސިމް ނަމަ ދެން ރާއްޖެ އޮތް ކޮޅަށް ބޯވެސް ނުލީމުސް. ގާސިމްގެ އަމިއްލަ ޖީބުން ޚަރަދުކޮށްގެން މީހުންނަށް ހެދި ގިނަ ބަޔަކުވެސް ގާސިމް އަށްވީ ހަރާންކޯރު. ކީއްކުރަން އެވަރުބައެއްގެތެރެއަށް އަންނަންވީ!!!!