އެޑިއުކޭޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރެއްވި ޝާކިރު.
10 އޮކްޓޯބަރ 2017 - 10:47
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.
އެ މަގާމަށް ރައީސް އަބްދުﷲ ޔާމީން އައްޔަންކުރެއްވީ، މިހާރު ވެސް އެ މިނިސްޓްރީގެ އެޑްމިނިސްޓްރޭޓިވް ޑިޕާޓްމަންޓުގެ ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު ޝާކިރު، ހއ. ދިއްދޫ ކިނބިގަސްދޮށުގެ، އެވެ.
ޝާކިރަކީ ސްކޫލުތައް ހިންގުމާއި ތައުލީމީ ދާއިރާގައި ވަރަށް ގިނަ ދުވަސް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ހެޑްމާސްޓަރުކަމާއި ޕްރިންސިޕަލްކަން ވެސް ކުރެއްވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިހާރު ވެސް ތިން ސްޓޭޓް މިނިސްޓަރުން މަސައްކަތް ކުރައްވަ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢައްޒ
11 October 2017
މަރުހަބާ ޝާކިރު
ކޫލް
11 October 2017
އަސްލު މަޤާމުއަށް ލުމުގެ ކުރިން ދައްކާލަނީ، ދިއްދޫ ރައްޔިތުންނަށް ސާކިރު ފެނޭތޯ.....
ޤައުމު
11 October 2017
ކޮބާ މިހާރު ފިނޭންސް މިނިސްޓަރަށް އޯކޭތޯ؟ އާދައިގެ ބައެއްގެ މުސާރަ ބޮޑުކުރާ ވާހަކަ ދެއްކީމަދޯ ތަރަތަރަޖަހާފަ ދުއްވައިގަންނަން އިނގެނީ!
ލަދް
10 October 2017
ހިޔެއްނުވޭ ތީ ގާބިލް މީހެއްހެނެއް އަމިއްލަ އަށް ނަގާފައިން ސެލްފީވެސް ފޯކަސް ވެފައިނީ ގަސްތަކަށް...ލަދް
Ahamma
10 October 2017
ސަހަރޯ
ނާރު
10 October 2017
މަރުޙަބާ ޝާކިރު...... ޝާކިރަކީ ތިފަދަ މަޤާމަކަސް ވަރަށް ޤާބިލު ބޭފުޅެއް. ތަޢުލީމީ ދާއިރާއަށް އެމަނިކުފާނު ވަރަށް ގިނަގުނަ ޚިދުމަތްތަކެއް ވަނީ ކުރައްވާފަ. އެމަނިކުފާނަކީ ސާދާ ސީދާ ބަސްވިދާޅުވެ، ޤައުމަށާއި ދައުލަތަށް ފައިދާ ހުރި މަގުގައި މަސައްކަތް ކުރެއްވި ބޭފުޅެއްކަން އަޅުގަނޑު ޤަބޫލުކުރަން. އެކަން އެނގުނީ އެމަނިކުފާނާ އެކު މަސައްކަތް ކޮށްލުމުގެ ފުރުޞަތު ލިބުނީމަ. އެއްވެސް ބޭފުޅަކު އަނެކާގެ އަބުރާއި އިއްޒަތް ގެއްލޭ ގޮތަށް އަދި މީސްތަކުންނަށް އޮޅުން އަރާފަދަ ވާހަކަތައް ނުދެއްކެވުމަށް އިލްތިމާސް ކުރަން.
އައިންތު
10 October 2017
މީ ހުސް ފޮނި އަނގަތަޅާ މީހެއް.
މަރީ
10 October 2017
ފުވައްމުލަކު މީހުން ގަބޫލެއް ނުކުރޭ ޝާކިރުއަށް ސްކޫލް ހިންގުނުކަމަކަށް،
ދަރަވަންދޫ ސޮރެއް
10 October 2017
ބަލަ ދަރަވަންދޫ ރައްޔިތުމީހާއެވެ އެހުރިހާ ތަނަކުން ފަހާލީމާ މިނިސްޓްރީއަށް އެހެލިވާހަކަ ކޮމެންޓްގަ ލިޔެލިނަމަ އަދި ވަރަށް ފުރިހަމަ ވީހެވެ
ބޮންޑު
10 October 2017
ވަރަށް ޤާބިލް ބޭފުޅެއް.