ޚަބަރު / ކަރެކްޝަނަލް ސާވިސް

މޭޑޭގެ މުޒާހަރާއާ ގުޅިގެން ޖަލަށްލި މީހަކު މަރުވެއްޖެ

އަބްދުﷲ ރަޝީދު

މީގެ ދެ އަހަރު ކުރިން، 2015 ގެ މެއި އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން މައްސަލާގައި ޖަލަށްލި މީހަކު މަރުވެއްޖެ އެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި މާރާމާރީ ހިންގި މައްސަލައެއް ސާބިތުވެގެން ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މަރުވީ ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދު، 51، އެވެ. އޭނާއަކީ އެ މައްސަލާގައި ފަސް އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރާ މީހެކެވެ.

"ބޭރަށް ހިންގާތީ ޑޮކްޓަރަށް ދައްކަން އިއްޔެ މާލެ ގެނައީ. އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް މަރުވީ،" އޮފިޝަލް ވިދާޅުވި އެވެ.

އަބްދުﷲ ރަޝީދުގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އައީ މިދިޔަ އަހަރެވެ.

އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކުގައި ފުލުހަކު މަގުމައްޗަށް ވައްޓާލައި، ބޮޑެތި އަނިޔާތަކެއް ދިން މައްސަލާގައި ނުވަ މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ.

34 ކޮމެންޓް, 223 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 91%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަރަށް ދެރަ

10 October 2017

އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖި ޢޫން. މަރްޙޫމް އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރަށްވާ ޢާއިލާ އަށް ކެއްތެރިކަން ދެއްވުން އެދި ދުޢާ ކުރަން. ޢިންސާފު ނުލިބި ހުރެ ދުނިޔެ ދޫކުރީ. ދިވެހިންނަށް އިންސާފު ލިބުމަކީ މިހާރު ވަރަށް ދުރު ކަމެއް. މިއީ ދިވެހިންގެ ތެރެއިން ބަޔަކު (މިހާރު ޖަލުގަތިބި ބަޔަކާ އަމިއްލަ އަށް އަރުވާލެވިގެން ތިބި ބަޔަކާ އިސްވެ ތިބެގެން) ހިތުން އެމީހުންގެ ފައިދާ އަށް ދިވެހި އާއްމު ރައްޔިތުންނަށް ހޯދައިދިން ދުވަހެއް. ކުރާނެ ކަމެއްނެއް.

The name is already taken The name is available. Register?

ބޯގަމާރު

10 October 2017

އިންނާ ލިއްލާހި ޥައިންނާއިލައިހި ރާޖިޢޫން : މީނަގެ ވީޑިއޯއެއް ފެނުންހަދާންވޭ މަވެސް. ކޮޅުފައިން ތަޅާލީ ފުލުހަކު ގައިގާދޯ ؟؟؟ ހަމަ ކޮންމެ މީހަކީވެސް މަރުވަނެ މީހެއް . އަދި ޢަދުލުވެރި ނިޔަގެ ކުރިމައްޗަށް ޙާޟިރުވާނެ މީހެއް .

The name is already taken The name is available. Register?

ބިއްލޫރިއެއާޕޯޓު

10 October 2017

މިިފެންނަނީ ނުހައްގު ދައުވާކޮއް މީހުންޖަލައް ލައިގެން ފަރުވާނުދީ މަރާތަން ޔާމިނު މިކަމައް ޖވާބުދާރީވާންޖެހޭ ދުވަސްއެބައާދޭ ﷲ ގެދަރުބާރުން މިކަމައް އަދަބުލިބޭނެ.

The name is already taken The name is available. Register?

އޮރެންޖް

10 October 2017

މި އަނިޔާވެރިކަން އަވަހަށް ނެތިކުރައްވާނދޭވެ

The name is already taken The name is available. Register?

ހަސަނު.

10 October 2017

އާމީން

The name is already taken The name is available. Register?

ތެއާސާ.

10 October 2017

ގައުމެއް ނެތް. ހިތުގައި ކިރިޔާވެސް ހުއްބުލް ވަތަންގެ ވިންދެއް ހުރި ބޭފުޅަކުނަމަ 'އެހެން ގޮތަކަށް ތެދުވުމަށް' އަހަރެން ގޮވާލަން.

The name is already taken The name is available. Register?

falaku ain

10 October 2017

މަރުވީބާ؟! ބޭރަށް ހިންގުން ޖެހުމުގައި ކެއުމަށް ނުވަތަ ބުއިމަށް ދިން އެއްޗެއްގެ ސަބަބުން ކަމަށް ވުން ގާތްކަމަށް ޑޮކްޓަރުން ބުނެއުޅޭ.

The name is already taken The name is available. Register?

ޓަމް

10 October 2017

އިންސާފު ނުލިބި ދުނިޔެއިން ވަކިވެގެން އެދިޔައީ.... ހާދަ ދެރައޭ

The name is already taken The name is available. Register?

ނޫޑުލްސް

10 October 2017

ތީ ހައްގުގެ ދިފާއުގަ މަރުވެގެން ދިޔަ ޝަހީދެއް. ޢާހިރަތުގަ ހަގީގީ އައުވާނުންނައް އޭގެ ޖަޒާ ލިބޭނެ. އެއީ ށައަކެއް ނެތް ކަމެއް. މިއަދު ހެވިފަ ތިބެވިދާނެ.

The name is already taken The name is available. Register?

ހހހހ

10 October 2017

30 ވަނަ މަރު! އާއިލާ މިކޭސް ދޫނުކުރާތި!

The name is already taken The name is available. Register?

ރ.މސބ

10 October 2017

އިސް ރަށް ވެއްސެެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454