އެމްޕީއެލުން އައްޑު އަށް ގެނައި ބަހެއް: ހިދުމަތް 13 ވަނަ ދުވަހު ފަށާނެ. ފޮޓޯ: ކިއުންތެރިއެއް
08 ޖުލައި 2016 - 14:30
އައްޑު އާއި ފުވައްމުލަކުގައި ބަހުގެ ހިދުމަތް އަންނަ ބުދަދުވަހުގެ ގެ ރޭ އިފުތިތާހު ކުރަން ނިންމައިފި އެވެ.
އެކަމަށްޓަކައި އައްޑޫގައި އެ ރޭ ހާއްސަ ރަސްމިއްޔާތެއް ވެސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބާއްވަން ވަނީ ނިންމައިފަ އެވެ. އެ ރަސްމިއްޔާތުގައި ކެބިނެޓްގެ އެކި ވަޒީރުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެ އެވެ.
އަދި އެ ރޭގެ ރަސްމިއްޔާތުގައި "މޯލްޑިވިއަން އައިޑޮލް" ގެ ގަދަ ތިން ބައިވެރިން ކަމަށްވާ ލައިޝާ ޖުނައިދާއި ޝަލަބީ އިބްރާހީމާއި މުހައްމދު އިޝާން ފޭދޫގައި ބާއްވާ ޖަލްސާގައި ފާފޯމް ކުރާނެ އެވެ.
ރާއްޖޭގެ އެންމެ ދެކުނުގައި ބަހުގެ ދުމަތް ދޭން އެމްޕީއެލް އިން ސްރީ ލަންކާ އިން ގެނައި ބަސްތައް މިހާރު ވަނީ ފުވައްމުލަކާއި އައްޑު އަށް ގެނެސްފަ އެވެ.
ފުވައްމުލަކާއި އައްޑޫގައި ހިދުމަތް ދޭން ގެނެސް ފައި ވަނީ ދެ ސައިޒެއްގެ އޭސީ ބަހެވެ. އެއީ 52 މީހުންގެ ޖާގައިގެ ބަހާއި 32 މީހުންގެ ޖާގައިގެ ބަހެވެ.
އެމްޕީއެލުން އައްޑު އަށް ގެނައި ބަހެއް: ހިދުމަތް 13 ވަނަ ދުވަހު ފަށާނެ. ފޮޓޯ: ކިއުންތެރިއެއް
ފުވައްމުލަކުގައި 32 ޖާގައިގެ ދެ ބަސް ބޭނުން ކުރާ އިރު، އައްޑޫގައި ވަކިން އޮންނަ ހުޅުމީދޫގައި ވެސް ބޭނުން ކުރާނީ އެ ސައިޒްގެ ދެ ބަހެވެ.
ދެން ހުރި ބަސްތައް ބޭނުން ކުރާނީ އައްޑޫގެ ގުޅިފައިވާ އަވަށްތަކުގަ އެވެ.
އެމްޕީއެލްއަކީ އައްޑު އާއި ފުވައްމުލަކަށް މިހާރު ފެރީގެ ހިދުމަތް ވެސް ދެމުން އަންނަ ކުންފުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮލަމާފުށި
09 July 2016
ތިކަންވަނީ 2009 ގައި ރައިސް ނަޝީދު ފައްޓަވައި ދެއްވާފަ...މާފަހަތުގަ މިވެރިން މިއުޅެނީ
ފުވައްމުލައް،
09 July 2016
ފުވައްމުލަކުގެ ކޮންމެ ގެއްގައި 2 ނުވަތަ 3 ނެއ ސައިކަލު ހުންނާނެ، ބުސް ސްޓޭންޑަށް ދާކަށް ނުޖެހޭނެ، ދަތުރު ކުރާނެ މާގިނަ މީހުނެއް ނުތިބޭނެ، ފުވަޢްމުލަކަށް ބޭނުން ވަނީ، ވަޒީފާގެ ފުރުސަތު ތަނަވަސް ކަން، ތިވަރަކުން ސަރުކާރުން މާބޮދު ކަމެއް ކޮށްދިން ކަމަކަށް ނުބަލާނެ،
ނުބުނާނަން
09 July 2016
ކޮންމެ ގެއެއްގަ 2 ނުވަތަ 3 ސައިކަލް ހުންނާނީ ކޮންމެސްގޮތަކުން މިހާރުވެސް ލާރިލިބޭތީ، އެންވީމަ ވަޒީފާއެއްބޭނުމެއްނުވާނެ.
އައްޑޫކޮއްޔާ
08 July 2016
ރާއްޖޭގައި އަމިއްލަމީހުން ދުއްވާ ވެހިކަލް މަދުކުރެވޭނީ ވަރަށް ރަގަޅަށް ބަހުގެ ދަތުރު ކުރެވޭނެ ހަރުދަނާ ނިޒާމެއް ހަމަޖެހިގެން. ހަމައެކަނި އިފްތިތާހުކޮއްގެން ހަމަނުޖެހޭނެ.
ޢަބްދުﷲނާފިޒު
08 July 2016
ރަސްމިއްޔާތުގަ ހަވާއެރުވުން އޮންނާނެކަމަށް އުއްމީދުކުރަން، އެއްދުވަސް ކޮޅެއްގަ ކޮންމެ ހަފްތާބަންދަކަށްވެސް ހަވާއެރުވުމުގެ ޕްރޮގާމެއް މިސަރުކާރުން ކުރިއަށް ގެންދިޔަ، އޭރު ވަރަށްމަޖާ، މިހާރު ހަވާ ނާރުވާތީ ވަރަށް ކަޑަ ވަރަށް ފޫހިވެއްޖެ، އެއްވެސް ޗަސްބެއްނުހުރެ.
އަބްލާހި
08 July 2016
އެއްކަލަ ފަންކާ ލީ ވައްތަރު ދޯ،
ޢަބްދުﷲނާފިޒު
08 July 2016
ދެންތިބޭނެ ވަރަށް ހެދިފަ، އަތްޖަހަން.
ވަދޫދު
08 July 2016
އެއީ އެބުނާ އޭ.ސީ އަކީ!!!