18 އޮކްޓޯބަރ 2017 - 17:50
ކުނި އުކައި ދޭނެ މީހުން ހޯދަން ވެމްކޯ އިން މިއަދު އިއުލާންކޮށްފި އެވެ.
މާލެ އާއި ބައެއް އެހެން ރަށްރަށުގައި ކުނި އުކައި ދިނުމުގެ ޚިދުމަތް ދޭ ސަރުކާރުގެ ކުންފުނިން ބުނީ ކުނި އުކާ މީހަކަށް ކޮންމެ މަހަކު 9،000ރ. ގެ މުސާރައެއް ލިބޭނެ ކަމަށެވެ.
"ޝަރުތަކީ މަސައްކަތް ކުރެވޭ ބާރު ހަށިގަނޑުގައި ހުރުން. ވަކި އަދަދަކަށް ނޫން މި ނަގަނީއެއް. ލިބޭ ވަރަކަށް މުވައްޒަފުން ނަގަމުން މި އަންނަނީ." ވެމްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ގޭގެ އިން ކުނިއުކުމުގެ މަސައްކަތަށް ޝައުގުވެރިވާ މީހުން އައިޑީ ކާޑާއި ފޮޓޯ ކޮޕީ އާއި ޕޮލިސް ރިޕޯޓާއެކު، ވަޒީފާ އަށް އެދި ހުށަހަޅާތާ ތިން ދުވަސް ތެރޭގައި އިންޓަވިއު އަށް ކިޔާނެ ކަމަށް ވެމްކޯ އިން ބުނެ އެވެ.
މިދިޔަ އޮގަސްޓް މަހުން ފެށިގެން ވެމްކޯ އިން އަންނަނީ މާލޭގައި ކުނި އުކާލުމުގެ ހިދުމަތް ދެމުންނެވެ. އެ މަސައްކަތުގައި ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުން ހަރަކާތްތެރިވެ އެވެ. އެ ވަޒީފާތަކާއެކު ކުރިން ނިކަމެތި ހާލުގައި އުޅުނު އެތައް ބަޔަކަށް ވަނީ ރަނގަޅު މުސާރައެއް ލިބެން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްސް111
19 October 2017
މިއީ 500 ބަންގްލަދޭޝް މީހުން ގެންނަން ކޯޓާ ހޯދުމަށް ކުރަންޖެހޭ ކަންކަމުގެ ތެރެއިން ކުރިކަމެއް. ބޭނުމަކީ ދިވެހިން ނުލިބޭކަން ދެއްކުން.
ގޮއްޔެ
19 October 2017
ދެމެހެއްޓެނިވި ގޮތަކަށް ތިޔަކަން ކުރުން ވަރަށް މުހިންމު. އަހަރެއްހާ ދުވަސްފަހުން ކުންފުނި ބަނގުރޫޓް ވެގެން ތިޔަ މަސައްކަތް ހުއްޓާލާ ވާހަކަ އަޑުއަހާކަށް ބޭނުމެއްނޫން.
ރަދީފް
19 October 2017
9000 @ 700 ސްޓާފުން = 6.3 މިލިއަން މަހަކު @ 12 = 75.6 މިލިއަން ރުފިޔާ އަހަރަކު.އަދި ކޮބާ ވެހިކަލް މެއިންޓެއިން ކުރުން / އޮވަހެޑް އެކްސްޕެންސެސް އަދި ރިކަރެންޓް ހަރަދުތައް.ސުވާލަކީ ގޭގެއިން އަދި ވިޔަފާރިތަކުން ނަގާ 200 އަދި 300 ރުފިޔާއިން ދެކޮޅު ޖެހޭނެބާ؟؟ ކިހާ މުއްދަތަކަށް ތިކަން ކޮލޭޕްސް ނުވެ ކުރެވިދާނެބާ؟؟؟ ގުޑްލަކް ވެމްކޯ.
ވިސްނާލީމާ
19 October 2017
ރަދީފް ތިބުނީ ވަރަށް ރަނގަޅު ވާހަކައެއް! ހަގީގަތުގާވެސް އެކަންތަކުން ދެކޮޅު ނުޖެއްސޭނެ! ވަކި ދުވަހެއްވަންދެން އެމަސައްކަތް ކުރުވާފާނެ! ނަތީޖާއަކީ ބަނގުރޫޓުވުން ! ކުރިން މަމެންގެއިން 100 ރުފިޔާއަށް ކުނިއުކަނީ! އެކަމު ވެމްކޯއައިމަ އެމީހުނަށް 150 ދެނީ! އެވަރުންވެސް ނުޗަލާނެ! ޔަގީން ޔަގީން.! އަދި ކަންކަން ތިދަނީ ދާންވާ ބީދައަކުންނޫން! -އިބްރާހީމް-
ވިސްނާލީމާ
19 October 2017
ކިތައްމީހުންނަށް ތިތަނުގެ ވަޒީފާ ދެވިއްޖެ! އުޅުންތަ؟ ނޫޅެ! ޅަޒުވާން ފިރިހެން ކުދިންގެ ތެރެއިން ބައިވަރު ފިރިހެންކުދިން ތިކަމުގެ ތެރެއަށްވަން! އެކަމު 15 ދުވަސް، 25 ދުވަސްވެލާފާ، ތިތަނުން ވަކިވެގެން ދަނީނޫންތޯ؟! ކޮބާތޯ ޖެހޭ މައްސަލައަކީ؟ އެނގޭހާވެސް އެއްޗަކީ މިހާރުގެ ޒުވާނުން މުސާރަ ބޭނުމަސް، އަދި ބޮޑުމުސާރައެއް ލިބުނަސް، ހަޑިވަޒީފާ ބޭނުން ނުވާކަން! މިހާރު އެތައްބައިވަރު އުޅަނދެއްނެރެ، އެތައްބައިވަރު މީހުން ކުނިއުކުމުގާ ހޭދަކުރިޔަސް، މާލޭގެ މަގުތަކުގާ އޮންނަ ކުނި މަދުވާތަނެއް ނުފެނޭ! އަދި ދުވަހެއް ދުވަހެއް ދަނީ ނުސާފުވެ ހަޑިވަމުން! ކުރިން ބަންގާޅީން ކުނިއުކިއިރު ނުވާވަރަށް މިހާރު މާލެ ނުސާފުވެއްޖެ. -އިބްރާހީމް-
ޖަހަންގީރު
19 October 2017
ވަރަށް ސާފުވެއްޖެ .. ރަނގަޅު އުޖޫރައެއް ދެންޔާ ދިވެހިން ކޮންމެ ކަމެއްވެސް ކުރަން ތައްޔާރުކަން.. މިބުރަ މަސައްކަތަށްވެސް އެކިއުމުރުފުރަ ބުނެފަވަނީ އާއެކޭ. ވަރަށްވެސް މޮރާލް ހައި ފޯސްއެއް އަދި ފެންނަމުންދަނީ
އިޙްސަ
19 October 2017
ޕާޓް ޓައިމް ކޮށް ރޭގަނޑު ތިކަން ކޮށްދެވިދާނެ.
ލޮރިސް އަޒާރޯ
19 October 2017
ވެމްކޯއަށް މަރުހަބާ! މިހާރު ވެމްކޯ އޭ ކިޔާ ކުންފުނި އުފެދުނު ފަހުން މުޅި މާލޭގެ ޖައްވު ވަނީ އަޒާރޯގެ މީރު ވަހުން ހިތްތަކަށް ފިނިކަން ގެނެސްދީފަ
ދޮންމަނިކެ
19 October 2017
ވެމްކޯގެ މަސައްކަތަށް ޝުކުރިއްޔާ.... ވަރަށްގިނަ ދިވެހިންނަށް އާމްދަނީ ހޯދުމަށް މުޅިން އާދޮރޯއްޓެއް...
އާމިނަ
19 October 2017
ވެމްކޯ. ބިދޭސީންނަށްވުރެއް ދޭސީންނަށް އިސްކަންދީ. އެއީ ޤައުމަށް ފައިދާ ހުރި ގޮތަކީ.
މެންޓަލިސްޓް
19 October 2017
ވެމްކޯ އަށް ވަރަށްސަލާމް ،، ވެމްކޯއިން ތިޔަފެށި ކުނީގެ ޕްރޮޖެކްޓްއަކީ އަނެއްހެން ގޯސްކަމެށްނޫން ،، އެކަމު މިހާރު ކޮންމެހެންވެސް ރަގަޅުކޮއްލާންޖެހޭ ކަމެށް އަދި ވަރަށް މުހިންމުކަމެށް އެބައޮތް ،،، މާލޭ ސިޓީގައި ގޯޅިގޯޅިން އަދި މަގުމަގުން ދާޢިރު މިހާރަކަށް އައިސް ކުނިވަސް ވަރަށް ގަދައަށް ދުވަމުންދޭ ،،، މިހެންވާތީވެ އަޅުގަނޑު ކުޑާކޮށް ބަލާލާހެދީން ،،، ވާގޮތަކީ ގިނަގޭގެއިން ކުނިތަށް ހުންނަނީ ޕޭވްމަންޓްގައި ބަހައްޓާފައި ،،، ދެން އަނެއްބައި ގޯޅިގޯޅިކަންމަތީގައި ކުނިތަށް އެއްކޮއްފައިހުންނަނީ ވެމްކޯއިން ބަލާއަންނަންދެން ،، މިހެންހުރުމުން މުޅިހިސާބުގައިނޑުގައި ހުންނަނީ ސެންޓްޖަހާފައިހުންނަހެން އެއްވަސްގަނޑެއްދުވާފައި ،، މިއީ ސިއްހީގޮތުންނާއި އެހެނިހެން ގޮތްގޮތުން ވަރަށް ނުރައްކާތެރިކަމެށް ކަމަށްފެނޭ ،،، ދެންމީގެ ފައިދާވާ ބައެއްވެސް އެބައުޅޭ ،، އެއީ މަގުމަތީގައި އުޅޭ ބުޅާތަށް ،، އެސޮރުމެނަށް ވަރަށް ކާންލިބޭމިހާރު ،، ވީމާ މިކަން ރަގަޅުކުރުމަށް ގޮވާލަން ،، ވަރަށްވެދުން