ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ރިޔާޒް ރަޝީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
20 އޮކްޓޯބަރ 2017 - 00:45
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ގައި ބަދަލު ނުކުރި ނަމަ ދިވެހި ދައުލަތް އޮންނާނީ އެތައް ބިލިއަން ރުފިޔާ އިން ދަރާފައި ކަމަށާއި އޭރުން މި ގައުމުގައި ވެރިކަން ކުރާނީ ވެސް ބޭރުގެ "ދޮން މީހުން" ކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
"ތައްޔާރު" ގެ ނަމުގައި އަލިމަސް ކާނިވާ ސަރަހައްދުގައި، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ބޭއްވި ޖަލްސާގައި، ރިޔާޒުގެ ވާހަކަ އަމާޒުކުރެއްވީ އެމްޑީޕީގެ ސަރުކާރަށް ތުހުމަތުކުރެވޭ ކޮރަޕްޝަން މައްސަލަތަކަށެވެ. ވަކިވަކިން އެ މައްސަލަތައް ނަންގަވައި ވިދާޅުވީ ކޮރަޕްޝަން ހިންގީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނޫން ކަމަށާއި އެމްޑީޕީގެ ތިން އަހަރުގެ ކުރު މުއްދަތުގައި ކަމަށެވެ.
"ދެހާސް ބާރަ ވަނަ އަހަރު ނަޝީދުގެ ވެރިކަން އަޅުގަނޑުމެން ވައްޓާނުލި ނަމަ، އެ ވެރިކަން އަޅުގަނޑުމެން ބަަދަލު ނުކުރި ނަމަ ދިވެހި ދައުލަތް އޮންނާނީ ދަރާފައި. ވެރިކަން ކުރަން މިތާ ތިބޭނީ ދޮން މީހުން. ބޭރު މީހުން މި ގައުމު ހިންގަން ތިބޭނީ. އެހެންވީމަ އެކަން ކުރަން ޖެހުނީ،" ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ވިދާޅުވި އެވެ.
އެމްޑީޕީގެ ސަރުކާރުގައި އެކި އޮފީސްތަކާއި ކުންފުނިތައް މެދުވެރިކޮށް ހިންގާފައިވާ އެތައް ބިލިއަން ރުފިޔާގެ ކޮރަޕްޝަންގެ އަދަދުތައް އޮޑިޓް ރިޕޯޓްތަކުން ފެންނަން އެބަހުރި ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީގެ ވެރިކަމުގައި ވީނުވީއެއް ނޭނގި 400 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ގެއްލިފައިވާ ކަމަށް ވިދާޅުވީ އޮޑިޓަ ޖެނެރަލް އެވެ. ދަތުރުފަތުރު ކުރިއަރުވަން ކަމަށް ބުނެ ސަރުކާރާ ގުޅުން އޮތް މީހުންނަށް ރަށްތައް ބެހީ ވެސް އެމްޑީޕީގެ ސަރުކާރުގައި ކަމަށް ވިދާޅުވި އެވެ.
މިރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވުމަށް ފަހު ރައީސް ޔާމީން އިށީނދެވަޑައިގަތުމަށް ވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"މިވެސް އެ މީހުންގެ ޕާޓީގެ މީހުންނަށް ކޮށްދީފައި ހުރި ކަންތައްތައް. މިއީ ފައިސާއަކަށް ނޫން، މިއީ ހިލޭކޮށްދީފައި ހުރި ކަންތައްތައް،" ރިޔާޒް ވިދާޅުވި އެވެ.
"ކޮރަޕްޝަން ހިންގި މީހުންނަކީ، ކޮރަޕްޝަން ފައިސާގައި ޖެހުނު މީހުންނަކީ އެއީ [އެމްޑީޕީ]."
އޭނާ ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ އިން 800 މިލިއަން ރުފިޔާ އުނިކުރީ ވެސް އެމްޑީޕީން ކަމަށެވެ. އެ ފައިސާ އަނބުރާ ހޯދީ ޕީޕީއެމުން ކޯޓަށް ގޮސްގެން ކަމަށް ވިދާޅުވި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ވެސް، ރިޔާޒް ވިދާޅުވި ގޮތުގައި، ނަޝީދުގެ ސަރުކާރުގައި ބޭކާރު ތަންތަނެވެ. އެ ކުންފުނިތައް އަމިއްލަ ފައި މައްޗަށް ތެދުކޮށްދިނީ ރައީސް ޔާމީން ކަމަށާއި އެމްޓީސީސީ އަށް އެކަނި ބަލާލިޔަސް އެތައް ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގަމުންދާ ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ސަރުކާރުން އިސްކަންދިނީ ދިރާގު ފަދަ ކުންފުނިތައް ވެސް "ބޭރުގެ ދޮން މީހުންނަށް" ވިއްކާލަން ކަަމަށް ވިދާޅުވި އެވެ. ދިވެހިންގެ އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް 78 މިލިއަން ޑޮލަރަށް ވިއްކާލީ ވެސް އެ ވިސްނުމުގެ ދަށުންނެވެ.
އެމްޑީޕީ ސަރުކާރުގެ އިސް ވެރިން އެޕާޓްމެންޓަތައް ބައްލަވައިގެން ސްރީ ލަންކާގައި ދިރިއުޅުއްވަނީ ވެސް، ރިޔާޒް ތުހުމަތު ކުރެއްވި ގޮތުގައި، ތިން އަހަރުގެ ތެރޭގައި ހޯދި ކޮރަޕްޝަންގެ ފައިސާ އިންނެވެ.
ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ރިޔާޒް ވިދާޅުވީ އިގްތިސާދަށް ގެނައި ކުޑަކުޑަ ބަދަލަކުން މިހާރު ވަނީ ޑޮލަރު ތިޔާގިވެފައި ކަމަށެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތްއިރު ދައުލަތުގެ ދަރަނި 26 ބިލިއަނަށް އަރަ ކަމަށާއި އެކަމަކު އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު ދަރަނި ތިން ބިލިއަނަށް ކުޑަކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެއްމެ ފަހުން
21 October 2017
ބާޢީއެއްކަމަށް އެއްމެ ފަހުން އެއްބަސްވީ. ޑިމޮޚްރޮސީގައިވެސް އަދި އަޅުގަޑުމެން ދީންގައިވެސް ގައުމެއްގެ ވެރިކަން ވައްޓާލުމަކީ ނާތަހުޒީބީ ހަޑިހުތުރު އަމަލެކެވެ. ވީމާ، އަޅުގަޑުމެންގެ ގައުމު ކުރިއެރުމަށްޓަކައި ކުރާ މަސައްކަތުގައި ވެރިކަން ވައްޓާ ގުރޫޕަކަށް ނުވަތަ އެކަހަލަ ގުރޫޕެއްގެ ތެރޭގައި އުޅޭ މީހަކަށް އެއްވެސް އިންތިޚާބެއްގައި ވޯޓެއް ނަލާނަމެވެ. އަދި އެފެދަ ހަޑިހުތުރު އަމަލު ކުރާ މީހަކަށް ވޯޓް ނުލުމަށް އެއްމެނަށްވެސް ނަސޭހަތްތެރިވަމެވެ.
އަލްޖިބްރާ
20 October 2017
މިރާއްޖެއަށް މިނޫން ވެރިކަމެއް އަންނަ ދުވަހަކުން ރިޔާޒް ރަޝީދުމެން ކަހަލަ މީހުންގެ އަގަޔަށް އަޅަން ޖެހޭނީ ކޯންޗެއްބާ ؟
ގާދިރު
22 October 2017
އަލްޓިކޯ
އަންމަޑޭ
20 October 2017
މިހާރު ރާއްޖޭގެ ދަރަނި އޮތް ވަރު އެނގޭ މީހަކު ނެތެވެ. އެކަން ބެލޭނެ ގޮތެއްވެސް ނެތެވެ. މިއީ ހަގީގަތެވެ.
އަހުމަދުބެ
20 October 2017
ތަފާތަކީ މިހާރު ބޮންޑު ވިއްކާ އަދަދު ގިނަ ވުމެވެ.
މިހާރު
20 October 2017
މިހާރު އޮތީ މާބޮޑަށްދަރާ ވިކިފައި! އަދި ކޮރަޕްޝަންގެ ހާއްޔެއް ހެދިފައި..ދެން ކީކޭ ކިޔާނީ!!!
ކަނޑު ކޮސް
20 October 2017
ކޮސް ނުގޮވާ.
އަބްދުއްލާ
20 October 2017
ގައުމު އޮތީ ބަގުރޫޓް ވުމާ ހިސާބުގާ ، ވެރިކަން އަވަހަށް ދޫކޮށްލީ އެހެންވެ ސަލާމަތް ވާންވެގެން ، އެއާޕޯޓް ނުއަގުގާ ވިއްކާލީ އެމަހު މުސާރަ ދެވެން ނެތިގެން 78 މިލިއން ދޯލަރަށޯ ވިއްކާލީ އެކަމްކު އެމްމއެމް އޭ އަށް ޖަމާވީ 48 މިލިއން އނެއް 30 މިލިއަން ވީތަނެއް ނޭގެ. ޖެހިގެން އައި 2012 ގަ ވިއްލަން ހަމަޖެއްސީ ބީއެމް އެލް ސްޓެލްކޯ . އެމްޕީ އެލް . ސަރުކާރެއް ހިންގަން ހަވާލުކުރާ އިރު އެމީހާ ކުިރިން ހަވާލުވެ ހިންގި ތަންތަނުގެ މައުލޫމާތުވެސް ހޯދަން ޖެހޭނެ ނޫންބާ .ކުރިން ކުންފުންޏަކާ ވަޑާންގެ ހިންގަން ހަވާލުވެ ބަގުރޫޓް ވި މީހަކު ގައުމު ހިންގަން ހަވާލުކުރުމުން ބަގުރޫޓް ވާން ކައިރި ވީމާ ގޮވާލީ ހޯހޯީ އޭ މަށަކަށް ނުވާނެޔޭ ،
ހައޤުގެއަޑު
20 October 2017
އެމެންގެ ވެރިކަމުގަ އެޅި ފުޕެޓްތައް އަދިވެސް ތި ބަހަނީ ހިތުހުރި ގޮތަކަށް.. ކެތްނުލަވައިގެން ސިފައިންނާ ފުލުހުން ނެރި ވެރިކަން ވައްޓާ ނުލިނަމަ އެ ވެރިކަމުގަ ފުލެޓްތަކަށް ވަންނާނެ.. މިސަރުކާރުން ބިންގާ އަޅާ ނިންމި އެންމެ ފުލެޓެއްވެސް މި ދިވެހި ބިމަކު އަދި ނުހުންނާނެ 4 އަހަރު މިވީ ކީއްވެ އެންމެ ފުލެޓު ގަނޑެއް ނޫނީ އެއަރޕޯޓު ގަނޑެއް ނުނިންމެންވީ؟ ތިޔަ ބުނާ އެމްޑީޕީން 3 އަހަރުން 5 އެއަރޕޯޓުގެ މަސައްކަތް ފަށާ 3 ތަން ނިންމި.. މިވެރިން ކުރާހާވެސް ކަމަކީ ބޮޑެތި ލޯނު ނަގާ ޤައުމު ދަރުޗައިގެން މާލޭގަ ބޭކާރު ބުރިޖަކާ 25 ބުރިޔަކާ އެޅުން.. ދެން ރައްޔިތުން ފެލައި ފީތަކާ ޓެކްސްތައް އިތުރުކޮށް ކާޑާ ފެން ތެލުގެ އަގު ބޮޑުކޮށްފަ އެ ލިބޭލާރިން ގުއި ހޮޅިއެއް ފެން ހޮޅިއެއް ނާލަދެއެކޭ ނޫން..އެއީ ތަރައްޤީކަމަކަށް ރައްޔިތުން ބަލައެއް ނުގަނޭ ނިމި ދިޔަ އިންތިހާބުން އެކަން ވަރަށް ސާފުވާނެ..ޗެޕްޓަރ ކްލޯޒް މޮޅެތި ވާހަކަ ދައްކަން ނޫޅޭ
ޔާމިން
20 October 2017
މޮޅު އިކޮނޮމިސްޓް ވެރިކަމައް އައިފަހުން ގައުމު މިއޮތީ އަމިއްލަ ފައިމައްޗައް ތެދުވެ ގައުމުތަކައް ލޯނު ދޫކުރެވެ ހިސާބުގަ . ވ ސަލާމް
އައްޑޫ ރަދުން
20 October 2017
ރިޔާޒު އެހެންބަޔަކު ވެރިކަމަށް އަޔަނުދިނުމައްޓަކާ ކުރެވެންހުރި ހުރިހާ ކަމެއްވެސް ކުރާނެ ސަބަބަކީ ރިޔާޒުމެން ސަރުކަރާއެކު ކޮއްފަހުރި މުއާމަލާތްތަކުގެ އަސްލު ދެންއަންނަށް ބަޔަކު ބަލއިފިއްޔާމުން ވާނެގޮތް އިނގޭތީ..ރިޔާޒު ދިވެހި ރައްޔިތުންގެ ހައްގުގައި ކުރި ކަމެއް ނެތީމަ އެހެންވާހަކަތައް ދައްކަން މަޖްބޫރުވަނީ..
ޝިފާގު
20 October 2017
ރިޔާޒުރަޝީދަށް މާތްރަސްކަލާނގެ ހެޔޮވިސްނުން ދެއްވާ ހެޔޮރަހްމަތް ލައްވާށި.
ރަސް
20 October 2017
އެސްޓީއޯގެ 20 މިލިޔަން ކޮބާހޭ؟ އެވާހަކަ ނުދައްކާތީތަ ކޮރަޕްޝަނެއް ނެތޭ ތިކިޔަނީ. ބޮޑަށް ހީވަނީ ތިޔަގޮވެނީ ގުދޯގުދޯ ހެން.