ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް ބްރޯޑް ކާސްޓިން ކޮމިޝަނުން މިދިޔަ އަހަރުގެ ޖޫން މަހު ދެނީ.
26 އޮކްޓޯބަރ 2017 - 11:14
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މޮބައިލް ފޯނުތަކަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް ޓެސްޓް ކުރަން ފަށައިފި އެވެ.
މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް މިއަދު ވިދާޅުވީ އެ ކުންފުނިން ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް ނިންމާފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ދޭން ނިންމާފައި ވަނީ އޯޓީޓީ ހިދުމަތް ހުރިހާ މޮބައިލް ޑިވައިސްތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު މަސައްކަތް މިކުރަނީ ގޭގައި ތިބެގެން ކޭބަލް ޓީވީ ބެލޭ ގޮތަށް ފުރަތަމަ ހުރިހާ މޮބައިލް ޑިވައިސްތަކަށް ދޫކުރަން. މި ހިދުމަތް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ރަސްމީކޮށް ދޭން ފަށާނަން،" ހަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޯޓީޓީ މެދުވެރިކޮށް މޮބައިލް ފޯނުން ޗެނަލްތައް ބެލުމަށް މިހާރު 400 އެއްހާ ޑިވައިސް އެކްޓިވޭޓްކޮށްފައިވާ ކަމަށެވެ. އަދި މޮބައިލް ޑިވައިސްތަކަށް ފުރަތަމަ ދޭން ނިންމީ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންނަށްވާތީ ގިނަ ބަޔަކު މޮބައިލް ފޯނުން ޓީވީ ބަލަން ބޭނުންވާނެތީ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.
"ރަސްމީކޮށް ހިދުމަތް ފެށުމުގެ ކުރިން ސިސްޓަމްގައި ހުރި މައްސަލަތައް ދެނެގަތުމަށް މިހާރު މިދޫކުރަނީ. ޓެސްޓިން އަށް ދޫކުރާއިރު ވެސް ދިވެހިންގެ ގިނަ ބަޔަކު ބަލާ ވަރަށް ގިނަ ޗެނަލްތައް ހިމެނޭނެ،" މެނޭޖިން ޑިރެކްޓަރު ހަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މޮބައިލް ފޯނު މެދުވެރިކޮށް ކޭބަލް ޓީވީ ބަލަން ބޭނުންވާ ފަރާތަކަށް ޑޭޓާގެ އިތުރު ޗާޖަކާ ނުލައި ބެލޭނެ ޕެކޭޖްތަކެއް ތައާރަފްކުރާނެ ކަމަށެވެ.
"އޭރުން ޗާޖްކުރަނީ ކަސްޓަމަރު ނަގާ ޕެކޭޖަކަށް. ޓީވީ ބެލުމުން އިތުރު ޑޭޓާއެއް ޗާޖެއް ނުކުރާނެ. އަޅުގަނޑުމެންގެ މި ހިދުމަތް ދިރާގާއި އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ހޯދޭނެ،" ހަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ގޭގައި ޑިކޯޑަރު ބަހައްޓައިގެން ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް އަންނަ އަހަރުގެ ކުރީކޮޅު ޑިކޯޑަރު ދޫކުރަން ފަށާނެ ކަމަށެވެ.
"އަޅުގަނޑުމެން ނިންމާފައި ވަނީ ސެޓެލައިޓް މެދުވެރިކޮށް ރާއްޖޭގެ އުތުރާއި ދެކުނުގެ ހުރިހާ ރަށަކަށް ވެސް ކޭބަލް ޓީވީ ދޭން. އެގޮތުން ދިރާގާއި އުރީދޫ އަދި އާރުއޯއެލްގެ ކޭބަލެއް އަޅާފައިވާ ކޮންމެ ގެއަކަށް ވެސް އަޅުގަނޑުމެންނަށް ކޭބަލް ޓީވީގެ ހިދުމަތް ދެވޭނެ. އަޅުގަނޑުމެންގެ ޓީވީގެ ހިދުމަތް ދޭން ވަކި ކޭބަލެއް އެއްވެސް ގެއަކަށް ނާޅާނެ،" ހަލީލް ވިދާޅުވި އެވެ.
"ކޭބަލް ޓީވީގެ ހިދުމަތް ދޭއިރު ދިވެހި އެއްވެސް ޗެނަލެއް ބަލަން ފައިސާ ނުނަގާނެ. އަޅުގަނޑުމެން ވަރަށް ތަފާތު މޮޑެލެއް މިގެންގުޅެނީ. މި ހިދުމަތް ދޭން ފެށީމަ އަޅުގަނޑުމެންނަށް އެނގޭނެ އެންމެ ގިނަ ބަޔަކު ބަލަނީ ކޮން ޗެނަލެއްކަން. އެގޮތުން ބަލާ މީހުންގެ ނިސްބަތުން އެ ޗެނަލްތަކަށް އަޅުގަނޑުމެން ލާރި ދޭނީ،" އޭނާ ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ ކޭބަލް ޓީވީގެ ހިދުމަތް ފަށައިގަންނައިރު ވެސް ދިވެހިން އެންމެ ގިނައިން ބަލާ ސޮނީގެ ޗެނަލްތަކާއި ކުޅިވަރު ޗެނަލްތަކާއި ހަބަރު ޗެނަލްތަކުގެ އިތުރުން ދިވެހި ހުރިހާ ޗެނަލެއް ހިމެނޭނެ ކަމަށެވެ.
"މި ހިދުމަތް އަޅުގަނޑުމެން ދޭނީ އެކަށީގެންވާ ހެޔޮ އަގެއްގައި. މި ހިދުމަތް ދޭއިރު ވީޑިއޯ އޮން ޑިމާންޑްގެ ހިދުމަތް ވެސް ލިބޭނެ. އޭރުން އަޅުގަނޑުމެންގެ އާކައިވްގައި ހުރި ދިވެހިން ޝައުގުވެރިވާ އެއްޗެތި ވެސް ބެލޭނެ އަދި ވަކި ޕްރޮގްރާމެއް ފަހުން ބަލަން ބޭނުންވާ ނަމަ ރިކޯޑް ވެސް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ދައުލަތުގެ ބަޖެޓުން ހިންގާ ޕީއެސްއެމަށް މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގެ ދިހަ އަހަރު ދުވަހުގެ ލައިސަންސް ބްރޯޑްކާސްޓިން ކޮމިޝަނުން ދިނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުއްބުލްވަތަން
26 October 2017
މިނިވަންކަމާ އިހްލާސްތެރިކަމާ އެކު މަސައްކަތެއް ކުރެވޭތާ އާންމުގެ ކުރިމަށްޗަށް ނުނުކުންނަ ނަމަވެސް ހިތަށް ފަސޭހަވީސް. ބޮޑުމަގާމުގެ ސަބަބުން ދިވެހިންނަށް ލިބުނުހާވެސް މޮޅަކީ ދަރަނިވެރިވުން ބޮޑުމުސާރަޔާ ކާރާ ދޭންހަދައިގެން. ވެދުން
އުމަރު
26 October 2017
ދިވެހި ސަރުކާރުން ތިޔަ ތަން އުފައްދައި ޓެކުސްގެ ފައިސާއިން ހަރަދުކުރަނީ ވިޔަފާރިކުރާކަށެއްނޫން، ރާއްޖެއަށް ތައާރަފްވަމުންދާ ޑިމޮކްރަސީގެ ހޭލުންތެރިކަން އުފެއްދުމާއި، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން ޕްރޮމޯޓްކޮށް އެއާއި ބެހޭ ޕްރޮގްރާމް ގެންދިނުމާއި، ދިވެހިރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ ކަމުގައިވާ ޓޫރިޒަމް އިންޑަސްޓްރީ ދުނިޔޭގެ މާކެޓަށް ނެރެ ޕްރޮމޯޓްކުރުން، ހަމަ ގައިމުވެސް ޓޫރިޒަމް އިންޑަސްޓްރީގެ ހޮޓަލިޔަރުން ސްޕޮންސާދޭން އެފަދަ ޕްރޮގްރާމްތަކެއް އުފައްދާނަމަ، އެހެންކަމުން އިނގިރޭސި ޗެނަލެއް ހަދައި އެކަން މިހާރުވެސް ފަށަން އެބަޖެހޭ މިހާރު ވެގެން އުޅޭ އެއްޗަކީ ޓީވީ އެމްގެ އަދި ޕީއެސްއެމްގެ ތިބި މީހުން މުސްކުޅިވުން، އަދި ތައުލީމް ލިބިފައިނުވުން، ހުދުމުހުތާރު ވެރިކަމެއް ދެތިން މީހުން މުޅި މީޑިއާ ހިސޯރުކޮށްގެން ހިންގަނީ، ތިޔަތަން އެބަޖެހޭ ރިފޯމްކުރަން
ބޮޭޑޭ
26 October 2017
ބުޅާ ވެސް ތިނުބަލާނެ.
ކުންނާނު
26 October 2017
މިވަރުގެ ބޮޑު މަސައްކަތެއްކުރަން ޓެކްނިކަން މީހުންބޭނުންވާނެ. ތިޔަ ޕީއެސް އެމްއަކު ނެއް ރަނގަޅު ކޮލިޓީ މޮޅު ޓެކްނިކަލް މީހުނެއް ދެން ކިހިނެއް ތިކަންކުރާނީ. ޝާހުމެން، ޝުހާދުމެން، އަންމަކަޅޭމެން، ޕައްލަންބެމެން ލައިގެން މިކަމެއްނުވާނެ.
އުނބުށެން
26 October 2017
މައްސަލައަކީ މާދަމާއާއި އަންނަ އަހަރު ދުވަހަކުވެސް ބައްދަލު ނުކުރާތީއެވެ.
ހަސަނާހ
26 October 2017
ބަލަ މޮނޮޕޮލީ އޮތުމުން އަގުހެޔޮވާނެ. އެކަމަކު ދިރާގު ކޭބަލް ވަތަނިއްޔާ ކޭބަލް ބޭނުން ކުރުމުުން ހަމަ ގައިމުންވެސް ތިހިދުމަތް މިހާރުވެސްދޭ ދިރާގުން އެއްބަހެއްނުވާނެ އެމީހުންނަށްވުރެ ހެޔޮއަގެއްގައި ކަލޭމެން ތިކަންކުރަން އެމީހުންގެ ކޭބަލް ދޫކުރަން އެއްބަސްވާނެހެނެއް. އެހެންވީމަ ތި ޕީއެސްއެމް އަގު ހެޔޮނުވަންޏާ ތިނުބަލާ ދިރާގު އެތި ބެލުމަށް މަޖުބޫރުވެ އަގެއް ހެވެއް ނުވާނެ. ތިނުން ގޮތެއް ބަލާ ހަލީލު.
ރިޟުވާން
26 October 2017
ކޮންމެވެސް މީހެއްގެ އަބުރަށް އަރައިގަނެވޭތޯ ބަލަނީ. ޤައުމަށް އިޚްލާޞްތެރި ޚިދުމަތްތައް ކޮށް ދެއްވާފައިތިއްބެވި ބައެއް ބޭބޭފުޅުންގެ އަބުރުކަތިލަނީ. ޕީއެސްއެމްއަކީ މިހާރު އެހާ ބަލާހިތްވާ ތަނެއްނޫން.
ހުދޭ
26 October 2017
މަބަލާހިތްވޭ ކަލޭ ބަލާހިތްނުވިޔަސް
ނަމެއް
26 October 2017
"މި ހިދުމަތް ދޭން ފެށީމަ އަޅުގަނޑުމެންނަށް އެނގޭނެ އެންމެ ގިނަ ބަޔަކު ބަލަނީ ކޮން ޗެނަލެއްކަން." ދެން މިބުނާ ޗެނަލަކީ ރާއްޖެޓީވީ ކަމަށް ވަންޏާ މިސާލަކަށް؟. އެމީހެއްގެ ވަޒީފާވެސް ގެއްލިދާނެތޯ؟
މޮޑަފްް
26 October 2017
ތީ ރަނގަޅު ވާހަކައެއް. އަނެއްކާ މިމީހުންނަށް ހަޖަމްވާނެބާ ރާއްޖެޓީވީއާ މިކަހަލަ އިދިކޮޅު ޗެނަލަތައް ދައްކަން. އަމިއްލަ ސޯޓު ބޭލޭތަން ބަލަން ކެތްވާނެބާ.
ލަޠީފް
26 October 2017
ތިކަހަލަ މޮޅެތިވާހަކަތައް ދައްކާތާ ކިތައް އަހަރު؟ ކޮބާތޯ ތި ތަނުން ހިންގަން ފޮނިކެނޑި '' ސްމައިލް ކެމްޕޭން" ކޮބައިތޯ ދިވެހިންގެ ޢިއްޒަތުންނަފުސު ރައްކާތެރިކޮށްދޭން ހިންގާ ޕްރޮގްރާމްތައް؟ ކޮބާތޯ ތި ހެދި މޮޅު ޗެނަލްތައް؟
އާޒާދީ
26 October 2017
ތިޔަކަމެއްވެސް ނުވިއެއްނު ތިޔަހެން ކިޔަ ކިޔާ ތިބޭތާވެސް 3 އަހަރުވަނީ... މީޑިޔާ ނެޓުން އަހަރެމެން ފެލަނީ... އަގު ހެޔޮކުރުމުގެ ނަމުގަ ޕެކޭޖު ހަދައިގެން ކުރިޔަށްވުރެއް ބޮޑަށް ރައްޔިތުން ފެލަނީ... ކުރީ 600އަށް ހުރިހާ ޗެނަލެއް ލިބޭ މިހާރު 800އަށް.. މޮނޮޕޮލީ ފުނޑާލަން އެބަ ޖެހޭ