ޚަބަރު / ހދ. ކުޅުދުއްފުށި

ކުޅިި ހިއްކުން ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ކޯޓުން ނިންމައިފި

ކުޅުދުއްފުށީ ކުޅި: އެރަށު އެއާޕޯޓް އަޅަނީ ކުޅީގެ ބޮޑު ބައެއް ހިއްކައިގެން --ފޮޓޯ/މިހާރު

ހދ. ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް އެ ރަށު ކުޅި ހިއްކަން ނިންމާފައިވާތީ އެކަން ހުއްޓުވަން ކުޅުދުއްފުށީ ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.

ކުޅުދުއްފުށީ މީހެއް ކަމަށްވާ މުހައްމަދު އާދަމް ހުށަހެޅި އެ މައްސަލަ ބަލައިނުގަތުމަށް ނިންމައި، ކުޅުދުއްފުށީ ކޯޓުން އޭނާ އަށް ފޮނުވި ލިޔުމުގައި ވަނީ ކޯޓުތަކަށް މައްސަލަ ބަލައިގަނެވޭނީ ދައުވާ ކުރުމުގެ މަސްލަހަތު އޮތުމާ އެކު، ދައުވާ ކުރުމުގެ ހައިސިއްޔަތެއް އޮވެގެން ކަމަށެވެ. އެ ދައުވާ އަކީ އަމިއްލަ ހައިސިއްޔަތުން ހުށަހެޅި ދައުވާއެއް ކަމަށާއި ދައުވާ އާއި އޭނާގެ ހައްގު ނުވަތަ މަސްލަހަތަކީ ކޮބައިކަން ދައުވާ ފޯމުން އެނގެން ނެތް ކަމަށް ލިޔުމުގައިވެ އެވެ.

މީގެ އިތުރުން ދައުވާއާ އެކު ހުށަހަޅާފައިވާ އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ރިޕޯޓަކީ ކިތާބީ ހެއްކެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް ވެސް ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ނިޔާޒް ސޮއި ކުރައްވާފައިވާ ލިޔުމުގައިވެ އެވެ.

ޔޫއެންޑީޕީންނާއި އީޕީއޭއިން ސެންސިޓިވް އޭރިއާގެ ގޮތުގައި ކަނޑައަޅާފައިވާ ކުޅުދުއްފުށީ ކުޅީގެ ނުވަ ހެކްޓަރު، އެއާޕޯޓް އެޅުމަށްޓަކައި ހިއްކަން ވަނީ ނިންމައިފަ އެވެ. ކުޅި ހިއްކުމަށްޓަކައި އެމްޓީސީސީގެ ޑްރެޖަރު މިހާރު އޮތީ ކުޅުދުއްފުށީގަ އެވެ.

7 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 65%
icon sad icon sad 12%
icon angry icon angry 24%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުމާރުވަރު

30 October 2017

ކީއްވެބާ ހިތައްވެސް އެރީ އެމައްސަލަ ކޯޓުން ބަލައިގެންފާނެޔޭ؟ ދެން ހަދަންވީގޮތަކީ ޔޫއެންޑީޕީންނާއި އީޕީއޭއިން ސެންސިޓިވް އޭރިއާގެ ގޮތުގައި އޮތް އޮތުން ބާތިލުކުރުން. މިކަން އަވަހަށް އީޕީއޭ އިން އަވަހަށް ކުރަން ފެނޭ އެހެންނޫނީ ސޯޓު ބޭލިދާނެ، ސެންސިޓިވް އޭ ކިޔައިގެން އުޅެފަ އެތަންހިއްކާލީމާ އޭތި ކަޑަ. ޑީސެންސިޓަައިޒް ކުރަން ފެނޭ

The name is already taken The name is available. Register?

5ގތ5

30 October 2017

މަށަށް ވަރަށް ޝައްކު. އެރަށުމީހުން އެއުޅެނީ ގޯތި ބޭނުންވެގެން. އެއަރޕޯޓް އެއީ ދަޅައެއް. ޔާމީން ލައްވާ އެކަން ކުރުވާފައި. ރަގަޅު ސަރުކާރެއްނަމަ އާބާދީ ފުރޭއިރަށް އަނެއް ރަށް ރެޑީކުރާނެ ހުޅުމާލެ ރެޑީކުރިގޮތަށް

The name is already taken The name is available. Register?

5555

30 October 2017

އެނގޭ ދޯ މި ވާއެއްޗެއް. ރާއްޖެތެރޭގައި ރީތި ބީޗެއް އޮތިއްޔާ ބަދަރު ހަދާލާފައި ކުޅިއެއް އޮތިއްޔާ ހިއްކާލާފައި، އާރޓިފިޝަލް ހުޅުމާލޭގެ އާޓިފިޝަލް ބީޗް ވަށާ މަހުޖަނުން ބިން ގަނެގެން ހުސް ގެސްޓްހައުސްް!

The name is already taken The name is available. Register?

ގގގގ

30 October 2017

އެންމެފަހު ގަސް ކަނޑާ، އެންމެ ފަހު މަސް ކައި، އެންމަފު ފެންގަޑު ވިހަވުމުށްފަހު އިންސާނައަށް، ފައިސާ އަކީ ކެވޭ އެއްޗެއް ނޫންކަން އިހްސާސް ވާނެއެވެ.

The name is already taken The name is available. Register?

6666666

30 October 2017

ކުޅިން ތަންކޮޅެއް ބާއްވައޭ ކިޔާ، ކަނޑާގުޅިފައިވާ ތަނެއްގައި ކުރިމަތީ އެއަރޕޯޓެއް އަޅީމަ އެތަން މާގިނަދުވަހު އޮންނާނެތަ؟ ޔާމީނޫ އެއްކޮށްހިއްކާ. އެމީހުންނަށް މާލެއާ ސިމެންތި އަޅިކުލަ ވަރަށް ރީއްޗޯ! ސީޕްލޭން އައްޗިއޯ!

The name is already taken The name is available. Register?

އިކުރަމް

30 October 2017

ކޯޓުތަކުން މީގެ ކުރިންވެސް އަމިއްލަ ފަރާތްތަކުން ހުށައަޅާ ކަންކަން ބަލަފައިވޭ. ކުޅުދުއްފުށި ރައްޔިތަކަށްވެ ހުރެ ހައިސިއްޔަތު ނެތުމަކީ ހައިރާންވާ ވަރުކަމެއް. ކުޅުދުއްފުށި ރައްޔިތުން އެކުޅި ބޭނުންކުރަނީ.ްއެތަން ހަދަނީ ކުޅުދުއްފުށިގެ ރައްޔިތުން ހަނިމާދޫއަށް ދާން ބޮޑު ކަމަކަށް ވާތީ ޔޯލަ.

The name is already taken The name is available. Register?

ކައްޓިމަސް

30 October 2017

މިއަދު ތިހެން ހެދިދާނެ.. ތިމާވެށްޓަކީ ތިމާގެ އަމިއްލަ މިލްކެއް ނޫން، ބޭހުންހާ ގޮތެއް ހަދާކަށް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454