ބަންގްލަދޭޝްގެ ފުލުހުންތަކެއް: މިދިޔަ އަންގާރަ ދުވަހު އެ ގައުމުގައި ދިވެއްސަކު ވަނީ މަރުވެފައި
02 ނޮވެމްބަރ 2017 - 11:10
ބަންގްލަދޭޝްގައި ހުއްޓާ މިދިޔަ އަންގާރަ ދުވަހު މަރުވި ސ. މަރަދޫފޭދޫ އަބްދުﷲ ފަތުހީ އެ ގައުމުގެ އަންހެނަކާ ކައިވެނިކުރީ ދޮޅު ލައްކަ ރުފިޔާގެ ރަނަށް ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.
އުމުރުން 68 އަހަރުގެ ފަތުހީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ބަންގްލަދޭޝްއަށް ދިޔައީ އޭނާގެ ދަރިން ގާތު، "އަމިއްލަ ކަމެއް ކުރުމަށް" ކަމަށް ބުނެ އެވެ. އެކަމަކު އެ ގައުމަށް ދިޔަތާ ހަތަރު ދުވަސް ފަހުން ދަރިންނަށް ގުޅައި، ބަންގްލަދޭޝް މީހަކާ ކައިވެނިކުރިކަން ވަނީ އަންގާފަ އެވެ.
އޭނާގެ އާއިލާއިން ބުނާގޮތުގައި ފަތުހީ ބަންގްލަދޭޝްއަށް ދިޔައީ އޭނާ ދިރިއުޅޭ ގެ މޯގޭޖްކޮށް، އެއް ލައްކަ ރުފިޔާގެ ލޯނެއް ވެސް ނަގައިގެންނެވެ.
ފަތުހީގެ ދޮށީ ފިރިހެން ދަރި، މުހައްމަދު ޒަރީރު މިއަދު ބުނީ ބަންގްލަދޭޝްގައި ހުންނަ ދިވެހި ހައި ކޮމިޝަނުން، އާއިލާއާ ގުޅައި އެ ކައިވެނީގެ ބައެއް ތަފްސީލުތައް ދީފައިވާ ކަމަށެވެ. އެގޮތުން އަންހެން މީހާ ފަތުހީއާ އިނީ 800،000 ޓާކާ (149،000 ރުފިޔާ)ގެ ރަނަށް ކަމަށް ކައިވެނީގެ ސެޓްފިކެޓުތަކުން އެނގޭ ކަމަށް އޭނާ ބުންޏެވެ.
ކުރިން ފަސް މީހުންނާ ކައިވެނިކޮށް، އެކި ބަނޑަށް 11 ދަރިން ތިބި ފަތުހީގެ އެހެން ދަރިއަކު ބުނީ ބައްޕަ ބަންގްލަދޭޝް މީހަކާ ކައިވެނި ކުރަން އުޅޭތާ އަހަރެއްހާ ދުވަސް ވެއްޖެ ކަމަށެވެ. އަދި ފަތުހީއަށް އެ އަންހެން މީހާ ހޯދައިދިނީ، ފޭދޫގައި ތިބޭ ބަންގްލަދޭޝްގެ މަސައްކަތު މީހުންތަކެއް ކަމަށް ވެސް އޭނާ ބުންޏެވެ.
"އެ މީހުން އެ އަންހެނެއްގެ ފޮޓޯއާ އެއްޗެހި ދައްކައިގެން، ގުޅައި ވާހަކަ ދައްކައި ހަދައިގެން ބައްޕަ ފުރައިގެން ދިޔައީ. މިކަމަކާ ބައްޕަ އުޅޭތާ އަހަރެއްހާ ދުވަސް ވެއްޖެ،" ފަތުހީގެ ދަރިއަކު ބުންޏެވެ. ކުއްލި ގޮތަކަށް މަރުވުމުން، ފަތުހީގެ މަރާ މެދު ބައެއް ދަރިން ސުވާލު ވެސް އުފައްދަ އެވެ.
އާއިލާގެ ބައެއް މީހުން ބުނާ ގޮތުން ގޭސްޓްރިކާއި ހަކުރު ބަލި ފިޔަވައި އެހެން ބައްޔެއް ނެތް ފަތުހީ ކުއްލިއަކަށް މަރުވުމުން އެކަމާ ޝައްކު ކުރާނެ ފުރުސަތު އެބަ އޮތެވެ. އެއީ އެހާ ގިނަ ފައިސާ ހިފައިގެން ބޭރު ގައުމަކަށް ގޮސް ހުއްޓައި އަދި ކައިވެނި ކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުއްލި ގޮތަކަށް މަރުވުމުންނެވެ.
"ކުއްލިއަކަށް ބައްޕަ މަރުވި ހަބަރު ލިބުނީމަ އަޅުގަނޑުމެންނަށް މި މަރުގައި ޝައްކުކުރެވޭ ކަހަލަ ކަންތައްތަކެއް އެބަ ހުރިކަން ފާހަގަކުރެވޭ. އެކަމަކު އަޅުގަނޑުމެންނަކަށް ސީދާ ބުނާކަށް ނޭނގޭ ބައްޕަ މަރުވީ ކަމެއް ނުވަތަ މަރާލީ ކަމެއް،" ފަތުހީގެ ދަރިއަކު ބުންޏެވެ.
އޭނާ ތުހުމަތުކުރާ ގޮތުގައި ފޭދޫގައި ތިބި ބަންގްލަދޭޝްގެ މީހުންނާ ވެސް މިކަމާ ގުޅުމެއް އޮވެދާނެ އެވެ.
އެކަމަކު އެހެން ބައެއް ދަރިން ގަބޫލުކުރާ ގޮތުގައި ފަތުހީ މަރުވީ ގޭހުގެ މައްސަލަ ބޮޑުވެގެން ކަމަށް ވުން ވެސް އެކަށީގެންވެ އެވެ. އެއީ މަރުވުމުގެ ގަޑިއިރުތަކެއް ކުރިން ދަރިއަކަށް ގުޅައި، ގޭހުގެ މައްސަލަ ބޮޑުވެ، ހޮސްޕިޓަލަށް ދާން އުޅޭ ވާހަކަ ބުނެފައި ވާތީ އެވެ.
ފަތުހީގެ މަރާ ގުޅިގެން، އޭނާގެ ބަންގްލަދޭޝް އަނބިމީހާ ފުލުސް އޮފީހަށް ގެންގޮސް ވަނީ ސުވާލުކޮށްފަ އެވެ. އެކަމަކު އޭނާ ހައްޔަރެއް ނުކުރެ އެވެ. އަދި އެ ތަހުގީގުގެ އެއްވެސް ތަފްސީލެއް ވެސް ނުލިބެ އެވެ.
މިހާރު ހަމަޖެހިފައިވާ ގޮތުން މާދަމާގެ ވަގުތެއްގައި ފަތުހީގެ ހަށިގަނޑު މާލެ ގެންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުކުމް
02 November 2017
މާލޭ ހުކުރު މިސްކިތް އެޅީ ބަންގާޅުންތަ! ބަންޑާރަ ކޮށިއެޅީ ބަންގާޅުންންތަ
ހުސޭނުބެ
02 November 2017
ތިއޮތީ ރަގަނޅަށް މަޅީގަ ޖައްސާފަ!!! ގިނަ ޢަދަދެއްގެ ފައިސާ އަތުލައިގަތީ!! ދެން ކޮންމެވެސް އެއްޗެއްދީގެން މަރާލީކަމަށް ވަރަށްބޮޑަށް ބެލެވޭ!! ތީ އައްޑޫގައި އުޅޭ ތިކަމާ ގުޅުންހުރި ބަންގާޅީންގެވެސް ރޭވުމެއްގެ ތެރެއިން ހިންގާފައިވާ ޖަރީމާއެއްކަށްވެސް ތުހުމަތުކުރެވޭ!!!
ޝީޝާ
02 November 2017
ހަލިފާއަށް ތާއީދު އަހުންްްގެ ބޭބެޔަކުވެސް މޭދަށަށް ވައިގަނޑެއް އަރައިގެން ތަދުވަނީއޭ ބުނެގެން ހޮސްޕިޓަލްއަށް ގެންދިޔައީމަބުނީ ހާރޓްއެޓޭކެއް ކަަމަށް ނަސީބަކުން އެއިރު ތިބެވުނީ ޓްރިވެންޑްރަމްގަ
ނާމްދި ކާނޫ
02 November 2017
ވަރަށް ހިތާމަވެރި ހަބަރެއް!
ށަނޫ
02 November 2017
ޅޯން ދިން ބޭނކް މުވައްޒަފާވެސް ތހިކަމުގައި ސުވާލު ކުރަންޖެހޭޅޯން ދިންއިރު ގެރެންޓީ ދިނީ ކާކު?
1234
02 November 2017
11 ދަރިން އެބަތިބި އެއްނު ގެރެންޓީދޭން
ޝާދު
02 November 2017
ކަމެއްވާއިރަށް ބޮންދުންނާ ބެހިގެންނާނެ. ނިކަން އެއެންމެން ބޭރުކޮއްފަ ގައުމު ހިންގަބަލަ. ކޮންއިމާރާތެއް ބޮންދުން ނުލާ ނިންމީ.
ބައިންކާ
02 November 2017
ރާއްޖޭގައި މަސައްކަތް އެންމެރީތި އެންމެ ފުރިހަމަ އިމާރާތަކީ އަދިވެސް އިސްލާމީ މަރުކަޒު. ބަންގާޅީޔަކު ބޭއްވި އެންމެ ގާކޮޅެއްވެސް އެތާކު ނޯންނާނެ. ބަންގާޅީންނާ ލައިގެނެއްނޫން މިއޮއްހާ ދުވަހު (90އިގެ އަހަރުތަކާ ހަމަޔަށްވެސް) އަހަރެމެން އުޅުނީކީ.
ދޮން މޮހޮނާ މިޔަރު
02 November 2017
ބައިއަންކާ، ތިޔަ ދައްކަނީ މާކުރީގެ ޖީލެއްގެ ވާހަަކަ. 80ގެ އަހަރުތަކުގެ އުޅުނު ދިވެހިންނެއް ނޫން މިހާރު ދިވެހިންނަކީ. 80ގެ އަހަރުތަކުގަ ދިވެހިން ހިނގާފަވެސް އުޅުނު، ބައިސްކަލުގަ ވެސް އުޅުނު. ކުޅުުދުއްފުށީގަ ކުޅި ހަލާކުކޮށްލައިގެން އެއަރޕޯޓެއް އަޅާކަށްވެސް ނޫޅޭ. ރާއްޖޭގައި ޑްރަގުގެ މާކަ ބޮޑުކަމެއްވެސް ނެތް. ދިވެހިންނަކީ ހީވާގި އަދި އަވަށްޓެރިންނާ ތިމާގެ ރަށަށް ޒިޔާރަތްކުރާމީހުންނަށް ނިކަން ހިއްހެޔޮ އަދި އޭރު އިސްލާމީ މަރުކަޒަށް އެޅުމަށް އެހީވި ގައްޒާފީވެސް ހުރި. ސަލްޓާން ޕާކުވސް އެތާކާރި ހުރި. އެޒަމާން ހިނގައްޖެ.
އަލީ!
02 November 2017
ބަންގާޅިން ކޮންމެ ވައްތަރަކަށް މަސައްކަތްކުރިޔަސް ކުޑަމުސާރައަށް އަންނާތީ ވެރިމީހާ ބަލަނީ އޭގެ މީހުންލައްވާ މަސައްކަތްކުރެވޭތޯ!!
ޞަބޫ
02 November 2017
ދިވެހިންނަށް ބަންގާޅީންގެ ފުށުން ލިބޭ ފަސޭހަތަކަށްވުރެން ބަންގާޅީންނަށް ދިވެހިންގެ ފުށުން ލިބޭމުއްސަނދިކަމާއި ތަނވަސްކަން މާބޮޑެވެ. ނަތީޖަޔަކީ ދިވެހިންނަށް މަކަރުހަދައި އޮޅުވާލައި ދިވެހިންއަތުން ވައްކަންކޮށް މިމާލޭން ބިންްގަނެިގެދޮރުހަދައިިބޮޑުމުއްސަނދިކަމުގައ އުޅޭ ބަންގާޅީންވެސް މިއަދު ތިބިކަމެވެ. އިންޑިޔާ ލަންކާމީހުންވެސް ރާއްޖޭގައި ގިނައަދަދަކަށް އުޅުނެވެ. އެމީހުންގެފުށުން ކުރިއެރުން ލިބުނެވެ. އެކަމަކު ބަންގާޅީން ބޭނުންކޮށް ނާޖާއިޒު ފައިދާ ނަގާ މީހުންނަށް ނޫން އެހެން އެންމެނަށް މިބަންގާޅީން ވެފައިވަނީ މުސީބާތަކަށެވެ.
ކުލުނު
02 November 2017
މި ގައުމުގަ ނުގަވާއިދުން އުޅޭ ބޭރުމީހުންގެ މުސީބާތުން ދިވެހިން މިންޖުކޮއްދެވޭވަރުގެ،ވެރިއެއް އިސްކުރައްވާފާންދޭވެ..ޢާމީން..
މަރޭ
02 November 2017
އަބްދުﷲ އެނިޔާވީ، ކުރާނެ ކަމެއްނެތް ﷲ އާވަކީލް .... މިއީ ޤައުމެއްގަ އަހަރުމެން މިލެއްވީ ފޭދޫގައި އުޅޭ ޤަވައިދާ ޙިލާފް (އެމީހުންގެ ބަހުން އޯޕަންކޯޓާ) މީހުން ޕިކަޕަކަށް އަރުވައިގެން އައިސް ޕޮލިހާއި ހަވާލް ކުރިޔަސް އަދި އިމިގްރޭޝަނާއި ހަވާލްކުރިޔަސް އަދި ޕޮލިހުންނާއި ސަރުކާރުން ކުރަންޖެހޭ ހުރިހައި ޙަރަދެއް އަމިއްލަފަރާތަކުން ޒިންމާ ނަގާގޮތައްވެސް މީގެ މީހަކް އެއްވެސް ރަށަކުންބޭރުކުރެވޭކައްނެތް އަޅެ އަޖައިބެއްނުންމީީ.....
ހަލީފާ
02 November 2017
މަރާލީ ކަމަށް ޝައްކު ކުރެވޭނެ ކަންތައް ތަކެއް އެބަހުރި. ދެން ފަތުހީ ގުޅާފައި ގޭސް ކަންތައް ބޮޑުވެގެން އުޅޭ ކަމަށް ބުނި ވާހަކަ އަށް ބުނަން އޮތީ، ހާޓް އެޓޭކް އެއް ޖެހެން މެއަށް ތަދެއް އެރިޔަސް ބައެއް ފަހަރަސް ގޭސް ހުންނަ މީހުންނަށް އެއީ ގޭހުގެ ސަބަބުން ވާ ކަމެއް ކަމަށް ހީވެފައިވެސް އެބަހުރި. އެހެންކަމުން ފަތުހީއަށް އެއްޗެއް ދިނުމުގެ ސަބަބުން ހިތް ހުއްޓުމަށް ކަމެއް ދިމާވީކަމަށް ވެސް ބެލެވިދާނެ. ރަނގަޅުވާނީ ތިޔަ މައްސަލަ ރަނގަޅަށް ބަލާ އިންވެސްޓިގޭޓް ކުރުން.
ނޫރަނީ
02 November 2017
ކައިވެނި ކުރެވޭނީ ފާހިޝް ހިތަކުން ނޫނީ ނޫރާނީ ހިތަކުން. އިލްމްވެރިއެއް ކުރެން ތަފާތު އަހާލަބަލަ. މަށަކަށް ވެސް ތަފްސީލެއް ނޭނގެ.