ބަންގަލަދޭޝް: އެ ގައުމުގެ މީހަކާ ކައިވެނިކުރަން ދިޔަ ފަތުހީގެ މަރާ މެދު ޝައްކުތަކެއް ހުރެގެން މައްސަލަ އަންނަނީ ތަހުގީގުކުރަމުން.
04 ނޮވެމްބަރ 2017 - 09:54
ބަންގްލަދޭޝް މީހަކާ ކައިވެނިކުރަން އެ ގައުމަށް ގޮސް އުޅެނިކޮށް މިދިޔަ އަންގާރަ ދުވަހު މަރުވި ސ. މަރަދޫފޭދޫ އަބްދުﷲ ފަތުހީގެ ހަށިގަނޑު ރޭ މާލެ ގެނެސްފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނިގޮތުގައި ފަތުހީގެ ހަށިގަނޑު ގެނައީ އާއިލާ އިން އެދިގެންނެވެ.
ފަތުހީގެ މަރާ މަދު ޝައްކުތަކެއް ހުއްޓަސް އޭނާ މަރާލީ ކަމަށް ރަސްމީ އެއްވެސް އިދާރާއަކުން އަދި ނުބުނެ އެވެ. އެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.
އާއިލާގެ ބައެއް މީހުން ބުނާ ގޮތުން ގޭސްޓްރިކާއި ހަކުރު ބަލި ފިޔަވައި އެހެން ބައްޔެއް ނެތް ފަތުހީ ކުއްލިއަކަށް މަރުވުމުން އެކަމާ ޝައްކު ކުރާނެ ފުރުސަތު އެބަ އޮތެވެ. އެއީ އެހާ ގިނަ ފައިސާ ހިފައިގެން ބޭރު ގައުމަކަށް ގޮސް ހުއްޓައި އަދި ކައިވެނި ކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުއްލި ގޮތަކަށް މަރުވުމުންނެވެ.
އުމުރުން 68 އަހަރުގެ ފަތުހީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ބަންގްލަދޭޝްއަށް ދިޔައީ އޭނާގެ ދަރިން ގާތު، "އަމިއްލަ ކަމެއް ކުރުމަށް" ކަމަށް ބުނެ އެވެ. އެކަމަކު އެ ގައުމަށް ދިޔަތާ ހަތަރު ދުވަސް ފަހުން ދަރިންނަށް ގުޅައި، ބަންގްލަދޭޝް މީހަކާ ކައިވެނިކުރިކަން ވަނީ އަންގާފަ އެވެ.
އެ ކައިވެނީގެ ރަނަކަށް އަންހެންމީހާ ކީ 800،000 ޓާކާ (149،000 ރުފިޔާ) ކަމަށް ކައިވެނީގެ ސެޓްފިކެޓުތަކުން އެނގޭ ފަތުހީގެ އާއިލާ އިން ބުނެ އެވެ. އާއިލާއިން ބުނާގޮތުގައި ފަތުހީ ބަންގްލަދޭޝްއަށް ދިޔައީ އޭނާ ދިރިއުޅޭ ގެ މޯގޭޖްކޮށް، އެއް ލައްކަ ރުފިޔާގެ ލޯނެއް ވެސް ނަގައިގެންނެވެ.
ކުރިން ފަސް މީހުންނާ ކައިވެނިކޮށް، އެކި ބަނޑަށް 11 ދަރިން ތިބެ އެވެ. ބަންގްލަދޭޝް މީހަކާ ކައިވެނި ކުރަން އުޅޭތާ އަހަރެއްހާ ދުވަސް ވެފައިވާއިރު ފަތުހީއަށް އެ އަންހެން މީހާ ހޯދައިދިނީ، ފޭދޫގައި ތިބޭ ބަންގްލަދޭޝްގެ މަސައްކަތު މީހުންތަކެއް ކަމަށް ވެސް އާއިލާ އިން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކީއްކުރަން
05 November 2017
ކީއްކުރަން މާލެ ގެނައީ، އެކޮޅުގައި ވަޅޫލިނަމަ
މީނާ
05 November 2017
ތީނައަކަށް ނުން ދޯ އިނގޭނީ ކަންތަ ކުރަންވީ ގޮތް
ސަޅިބައިސާ
04 November 2017
ހަކުރު ބައްޔާއި ގޭސް ސްޓިރިކް ހުންނަ މީހަކު އެހާވަރުން ޅަ އަންހެންކުއްޖަކު ހޯދަން އުޅުމަކީ ވިސްނާލަންޖެހޭ ކަމެއް. ތިއަ ދެ ބައްޔަކީވެސް ފުރާނަޔަށް ނުރައްކާތެރި ދެ ބަލި.
ބަދީއު
04 November 2017
އަހަރެން ބުނިތަން މިއައީ. އޭރުވެސް ބުނިން ރާއްޖެއި މިކަމުގައި ބައިވެރިވާ ބަޔަކު ތިބޭނޭ
ނަރު
05 November 2017
ހާދަ މޮޅޭ!