ދުނިޔެ / ސައޫދީ އަރަބިއްޔާ

މުތައިބް އަބްދުﷲ: މަގާމުން ދުރުކުރުމުގެ ފަހަތުގައި ވަނީ ކޮންކަމެއް؟

ސައުދީ ނޭޝަނަލް ގާޑުގެ ވަޒީރުކަމުން ވަކިކުރި މުތައިބް ބިން އަބްދުﷲ. --ފޮޓޯ:އޭއެފްޕީ

ރިޔާޒް (ނޮވެމްބަރު 5) - ސައުދީ ވަލީ އަހުދުގެ މަގާމަށް މުހައްމަދު ބިން ސަލްމާން ޖުލައި މަހު ވަޑައިގެންނެވި ފަހުން ގައުމަށް ގެންނަ ބަދަލުތަކުގެ އިތުރުން ސިޔާސީ ގޮތުން ވެސް ގެންދަވަނީ ފިޔަވަޅުތައް އަޅުއްވަމުންނެވެ. އެންމެ ފަހުން ކުރެއްވި ކަންތައްތަކުގެ ތެރޭގައި ކޮރަޕްޝަނުގެ ތުހުމަތުގައި ކަމަށް ބުނެ އިސް ވަޒީރުންތަކަކާ އެކު 11 ޕްރިންސަކު ހައްޔަރު ކުރުން ހިމެނެ އެވެ. އޭގެ ތެރޭގައި މަޝްހޫރު ބިލިއަނަރު ވަލީދު ބިން ތަލާލް ވެސް ހިމެނެ އެވެ.

ވަލީ އަހުދުގެ މަގާމަށް މުހައްމަަދު ވަޑައިގެންނެވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ބިން ނާއިފް ދުރުކުރުމަށް ފަހު އެވެ. ކެބިނެޓުން ދުރުކުރި މީހުންގެ ތެރޭގައި ނޭޝަނަލް ގާޑުގެ މިނިސްޓަރު މުތައިބް އަބްދުﷲ ހިމެނެ އެވެ. ކުރީގެ ރަސްގެފާން އަބްދުﷲގެ ދަރިކަލުން ސައުދީގެ ސަލާމަތީ ހުރިހާ ކަމަކާ ހަވާލުވެވަޑައިގެންނެވި އިރު ބައްޕާފުޅު ވަނީ އެ މަސްއޫލިއްޔަތު ބައި ގަރުނެއްހާ ދުވަހު އަދާކުރައްވައިފަ އެވެ. އިނގިރޭސި ވިލާތުގެ އަސްކަރީ އެކަޑަމީއަކުން ތައުލީމް ހާސިލް ކުރައްވާފައިވާ މުތައިބް އަކީ ވަލީ އަހުދުގެ މަގާމަށް ވަޑައިގެންފާނެ ކަމަށް އެއް ދުވަސްވަރެއްގައި ބެލެވުނު ބޭފުޅެކެވެ. މުތައިބަކީ ސައުދީގެ މަތީ މަގާމެއްގައި ހުންނެވި އަބްދުﷲ ރަސްގެފާނުގެ އާއިލާގެ ސައްމާރު ދަރިކޮޅުގެ ފަހު މެންބަރު ވެސް މެ އެވެ. އޭގެ ކުރިން ވަނީ އަބްދުﷲ ރަސްގެފާނުގެ ދެ ދަރިކަލުންވާ މިޝާލް އާއި ތުރްކީ 2015 ވަނަ އަހަރު ގަވަރްނަރުކަމުން ދުރުކޮށްފަ އެވެ.

ސައުދީ ވަލީ އަހުދު މުހައްމަދު ބިން އަބްދުﷲ. --ފޮޓޯ:އޭއެފްޕީ

ނޭޝަނަލް ގާޑުން މުތައިބް ވަކިކުރުމުން ވެރިކަމުގެ ތެރޭގައި އޮތް ކޯޅުން ނިމުމަކަށް އައީ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.

ސައުދީ ތަޚުތުގެ ބާރުތައް 1996 ވަނަ އަހަރު އަބްދުﷲ އަށް ލިބިވަޑައިގަތުމާ އެކު ސަލާމަތީ ކޮމާންޑް ލީޑު ކުރެއްވީ މުތައިބެވެ. އަބްދުﷲ ރަސްގެފާނަށް ބާރުތައް ހަވާލު ކުރައްވާފައި ވަނީ ފަހުދު ރަސްގެފާނަށް ސްޓްރޯކެއް ޖެހުމާ ގުޅިގެންނެވެ.

އަބްދުﷲ ގެ ރަސްކަމުގައި މުތައިބުގެ ބާރު އިތުރަށް ވަނީ ގަދަކުރައްވައިފަ އެވެ. ނޭޝަނަލް ގާޑަށް މިނިސްޓްރީއެއްގެ ދަރަޖަ ދިނުމަށް ފަހު މުތައިބް އަކީ މިނިސްޓަރަކަށް ހެއްދެވި އެވެ. އަސްކަރީ އެކަޑަމީތަކާއި ހައުސިން ޕްރޮޖެޓްތަކާއި ހޮސްޕިޓަލްތައް ހިންގަނީ ނޭޝަނަލް ގާޑުގެ ދަށުންނެވެ.

ޝާހީ އާއިލާގެ އެހެން ބޭފުޅުންނެކޭ އެއްގޮތަށް ޕްރިންސް މުތައިބް އަކީ ވެސް ވިޔަފާރި ކުރެއްވި ބޭފުޅެކެވެ. ޕެރިހުގެ މެދު ތެރޭގައި ހުރި ހޮޓެލް ޑި ކްރިލޮން ހިންގަވަނީ މުތައިބް އެވެ. އެ ހޮޓާ އޭނާ 2010 ވަނަ އަހަރު ބައްލަވައިގެންނެވީ 354 މިލިއަން ޑޮލަރަށް ކަމަށް ފްރާންސްގެ ބައެއް ނޫސްތަކުން ބުންޏެވެ. ވިޔަފާރީގެ ކަންކަމުގައި މާބޮޑަށް މުތައިބް ނޫޅުއްވުމަށް އަބްދުﷲ ރަސްގެފާން ލަފާ ދެއްވާފައިވާ ކަމަށްވެ އެވެ.

އަބްދުﷲ ރަސްގެފާން 2015 ވަނަ އަހަރު އަވަހާރާވުމާ އެކު ސަލްމާން ވެރިކަމަށް ވަޑައިގެން ދަރިކަލުން މުހައްމަދަށް ވަނީ ޑިފެންސް މިނިސްޓަރުކަން ދެއްވައިފަ އެވެ. ސައުދީ އަށް ގެންނަ އިގްތިސާދީ އިސްލާހީ ޕްރޮގްރާމުގެ އިސްވެރިއަކީ ވެސް މުހައްމަދެވެ. އެންމެ ފަހުގެ ބަދަލުތަކާ އެކު ސައުދީގެ ސަލާމަތީ ހުރިހާ ކަމެއްގެ ފުރިހަމަ ކޮންޓްރޯލް މުހައްމަދަށް ލިބުނީ އެވެ. ޝާހީ އާއިލާއާ ދެކޮޅަށް އަސްކަރިއްޔާ އިން ތެދުވުމުގެ ބިރު ނިމުމަކަށް ގެނައީ އެވެ. ވަދި އަލީ އަހުދު މުހައްމަދުގެ ބާރު އިތުރަށް ގަދަވެގެން ދިޔައީ އެވެ.

3 ކޮމެންޓް, 47 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 4%
icon angry icon angry 81%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނައީ

05 November 2017

ތަފާތު ހިޔާލުގެ ބޭފުޅެއް މުހިންމު. ބިލިޔަން ޑޮލަރު ލިބި ރިޒާވްގައި ބިލިޔަނުން ލާރި ހުރި އިރުވެސް ސައުދީ އައް ލިބުނު ތަރައްޤީއެއް ނެތް. ޤަތަރު ޔޫއޭއީ ތަންތަން ކުރިއަރައި ދިޔައިރު ސައުދީ އޮތީ ލައްކަ ފަހަތުގައި. 1979 ގެނައި އިސްލާމީ ރިވޮލިއުށަންގައި ޖެހި ތިބި ގޮތައް ތިބީ. ތެލުގެ އަގުވެއްޓި އޮތްޑިމާންޑް އެއްނެތިގޮސްފިނަމަ ސައުދީ އެއް ނޯންނާނެ. ޢެކަމުގެ ބިރަށް ތެލުގެ ވިޔަފާރިޔަށް ކުރާ ބަރޯސާ ކުޑަކޮށް ދުނިޔެއަށް ޤައުމު ހުޅުވާލައި މެގަ ސިޓީ ހަދައި ޓޫރިޒަމް ފުޅާ ކުރުން ނޫންގޮތެއް ސައުދީ އަކަށް ނެތް.

The name is already taken The name is available. Register?

އިނާ

05 November 2017

ހަމަ މުހައްމަދު ބަގުޑި ބައްދަނީ .ކޮރަޕުޟަނޭ ،މެދު މިނޭ ކިޔާފަ.އެންމެ ފަހުން ދީން ވެސް އެމެރިކާ އަށާއި ޔަހޫދީން އެދޭ ގޮތަށް މޮޑިފައި ކުރާނެ.ތިކަހަލަ ވެރިން ފަހު ޒަމާނުގައި އަަންނާނެވާހަކަ މާތް ނަބިއްޔާ ވަނީ މީގެ 1400 އަހަރު ކުރިން ހަބަރު ކުރައްވާފަ.

The name is already taken The name is available. Register?

އަމިމް

05 November 2017

ވެރިކަމުގެ ބާރު ނުހައްގުން ހޯދަން މަސައްކަތްކުރާ ފަރާތްތަކާއި ދަޅަދައްކައިގެން ވެރިކަމަށް އާދެވޭ އަނިޔާވެރިންނަށް މިވަނީ ހަމަ އެއްގޮތްތާއެވެ. ތިމާއަށް ﷲ ދެއްވާ މަޤާމެއްގައި ހުރުމަށްވުރެން ވަކި ޒިންމާ ބޮޑުކަމެއް ނޯންނާނެކަންވެސް ހަމަ ނޭގެނީއެވެ. އެމެރިކާގައި ތައުލީމު ހާސިލް ކުރި އިރު ބައްޕަގެ އާއިލީ ވެރިކަމުން ނުހަނު މިނިވަންކަމާއެކު ބޭނުންގޮތަކަށް ދުނިޔޭގެ އުފަލާއި އަރާމް ލިބިފައިވާ މީކަށް ވާނެ ގޮތްވެ ނިމެނީއެވެ. ތިޔަ އުއްމީދުކުރާގޮތަށް ﷲ އިރާދަފުޅާއެކު ސައުދީއަށް މުޙައްމަދަށް ވެރިނުވެވޭނެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454