ހިންމަފުށި: ހިންމަފުށީގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ ފަށާފައި. - ފޮޓޯ: ހައުސިން މިނިސްޓްރީ
05 ޖުލައި 2016 - 11:38
ކ. ހިންމަފުށީ ދެކުނު ފަރާތު ފަޅު ތެރެއިން 21.6 ހެކްޓަރުގެ ބިން ހިއްކަން އިއްޔެ ފަށައިފި އެވެ.
ނެދަލެންޑްސްގެ ވެންއޫޑް ޑްރެޖިން އެންޑް މެރިން ކޮންޓްރެކްޓާ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަށް 130 މިލިއަނެއްހާ ރުފިޔާ ހަރަދުވާ ކަމަށް ހިންމަފުށީ ކައުންސިލުން ބުނެ އެވެ. އެ ކުންފުނިން މި މަސައްކަތުގައި ބޭނުން ކުރަނީ ދުނިޔޭގައި ދެވަނަ އަށް އޮތް އެންމެ ބޮޑު ޑްރެޖަރެވެ.
ހިންމަފުށި ކައުންސިލްގެ މެމްބަރު އަހުމަދު ހަމީދު މިއަދު ވިދާޅުވި ގޮތުގައި އެ ރަށު ބިން ހިއްކައި ނިމޭނެ ކަމަށް ލަފާ ކުރަނީ 19 ދުވަސް ތެރޭގަ އެވެ. ހިއްކާ ނިމުމުން، ނެދަލެންޑްސް ކުންފުނިން ބޮޑު ހިލަ ޖެހުމުގެ މަސައްކަތް ފަށައި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމީދު ވިދާޅުވީ އެހާ ކުޑަ ސަރަހައްދެއް ހިއްކަން ލަސްވަނީ އއ. އަތޮޅުން ވެލި ނެގުމުގެ މަސައްކަތް ކުރާތީ ކަމަށެވެ.
"މަސައްކަތް ކުރާ ކުންފުނިން ދަނީ ވީހާ ވެސް އަވަހަށް ހިއްކާ ނިންމަން މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.
ހިންމަފުށި ބިން ހިއްކުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ހައުސިން މިނިސްޓްރީ
ހަމީދު ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުން ހުރީ ހިއްކާ ސަރަހައްދުގައި ފްލެޓު އަޅައި ގޯތި ދިނުމަށެވެ.
މީގެ އިތުރުން، އެ ރަށު ބޯޅަ ދަނޑު ހިއްކި ސަރަހައްދަށް ބަދަލު ކުރުމުގެ ވިސްނުން ވެސް ހިންމަފުށީ ކައުންސިލުން ގެންގުޅެ އެވެ. ބޯޅަ ދަނޑު ހިއްކި ސަރަހައްދަށް ބަދަލު ކުރަނީ، ހަމީދު ވިދާޅުވި ގޮތުގައި، މިހާރު އޮތް ދަނޑު ކުޑަވެފައި ޖާގަ ހުރި ތަނަކަށް ބަދަލުކުރާށެވެ. އަދި ބޯޅަ ދަނޑު މިހާރު އޮތް ތަނުން ގޯތި ދިނުމުގެ ވިސްނުން ހުރި ކަމަށް ހަމީދު ވިދާޅުވި އެވެ.
"ދަނޑު ހުރި ތަނުގެ ޖާގަ އަށް ބަލާއިރު 40 އަށް ވުރެ ގިނަ ގޯތި ދެވޭނެ،" އޭނާ ވިދާޅުވި އެވެ.
ހަމީދު ވިދާޅުވި ގޮތުގައި ދެކުނު ފަރާތު ފަޅު ތެރެއިން ހިއްކަނީ ހިންމަފުށީގައި މިހާރު މީހުން ދިރިއުޅޭ ސަރަހައްދަށް ވުރެ ބޮޑު ސަރަހައްދެކެވެ. ހިންމަފުށީގައި ހާހަކަށްވުރެ ގިނަ މީހުން ދިރިއުޅެ އެވެ.
ހިންމަފުށި ބިން ހިއްކުމުގެ މަސައްކަތް ނެދަލެންޑްސްގެ ކުންފުނިން ފެށީ ސ. ފޭދޫ އާއި ގދ. ތިނަދޫ ބިން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހިއްކާ ނިންމުމަށް ފަހު އެވެ.
Raees Yameen atholhu thereyge tharaggee ah dhevvaa iskamuge therein:Himmafushi bin hikkun kuriyah dhanee. #rangalhu pic.twitter.com/Jb3XEHW01u
— Dr.Mohamed Muizzu (@MMuizzu) July 4, 2016
ހިންމަފުށި ބިން ހިއްކާ ސަރަހައްދު ވީޑިއޯ އިން.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
05 July 2016
މިލިޔަން މިލިޔަނުން ކަނޑަށް މިއަޅަނީ މިރާއްޖޭގަ ހިކިފަސްބިމެއް ހަމަ ނެތީބާ؟
އަލީ
05 July 2016
21 ހެކްޓަރު ހިއްކަން 130 މިލިޔަން އެއީ ބޮޑުއެއްޗެއް. ހުޅުމާލެ ދެވަނަ ފިޔަވަހި އެއްކޮށް ހިއްކީ 30މިލިޔަން ޑޮލަރަށް. ޕްރޮޖެކްޓްތަައް ބިޑްނުކޮށް އެކަށީގެންނުވާ ބޮޑު އަދަދުން ޚަރަދުކުރުމަކީ މޮޅުކަމެއްނޫން. މޮޅުކަމަކީ ހެޔޮއަގުގައި އެކަމެއް ކުރުން.
ޒައީމް
05 July 2016
ހަމަހަމަ ސިޔާސަރު ގެންގުޅެން ނެނގޭ ސަރުކާރެއްކަން ފާހަގަކުރެވޭ މި ސަރުކާރަކީ.. އަންނި ނަމަ އުތުރަށް ކަމެއް ދެން ދެކުނަށްކަމެއް. ދެކުނު ހިއްކާފަ ދެން ހިއްކާނި އުތުރުގެ އަތޮޅުތަކުގެ ރަށެއް..
ހުޅޭ
10 July 2016
ތި ހިއްކި ތަނެއް ފެންނާކަށް ނެތް. މޮޅު އެއްޗެއް ބުނެލީއޭ ދޯ؟
އަމީޒު
05 July 2016
މިއީ ދެކުނު މީހުންގެ ސަރުކާރެއް، މި ސަރުކާރަކުން އުތުރުގެ އެއްވެސް ރަށެއް ނުހިއްކާ މުޅިންވެސް ދެކުނާ މާލެ ސަރަހައްދުގެ ރައްތައް ހިއްކަނީ.
ދޮގެއްތަ؟
05 July 2016
ބިން ހިއްކާ ބިން ހިއްކާ. ތަރައްޤީ ގެނޭ. އެކަމަކު ވޯޓެއް ނުލިބޭނެ. މާ ޚުދުމުޚުތާރީ.
ކިޔުންތެރިޔާ 767
05 July 2016
ތިގޮތައް ކުޅުދުއްފުށީ ގައިވެސް އެބައޮތް ހިއްކި ބިމެއް. ވީކަމެއް ހަރާން.
އިބޫ
05 July 2016
%70 ހުޅުމާލެއަށް ---ޕްލޭން 1 ރަށްތަކެއް ފަޅު ހިއްކުން --- ޕްލޭން 2 ވާނުވާ އެނގޭބާ؟
ޕާރޓީޝަން
05 July 2016
އެތަނުގަ މާޑުމަތި ހިއްކާލަނީ
އުމަރު
05 July 2016
މާލެކާރީގެ ރަށްތަކުގެ ބިން އިތުރަށް ހިއްކާފައި ގެސްޓްހައުސް އަޅަން ބިންދޫކުރުން މުހިންމު، އެއިރުން ތަރައްޤީއަންނާނީ، އެނޫނީ ގޯތިތަކެއް ނަގައިގެން ދެން ޓޫރިސްޓުންނަށް މީހުން ދިރިއުޅެމުން އަނެއްކޮޓަރި ދޫކުރަންފަށާނެ، އެހެންކަމުން ހިތްމަފުށީގެ ބިން ހިއްކައި ވިޔަފާރިއަށް އަމާޒްކުރުން މުހިންމު
ހަސަން
05 July 2016
އަރިއަތޮޅަކީ ދިވެހިރާއްޖޭގައި ޓޫރިޒަމްގެ ނަފާ އެންމެ ބޮޑަށް ހޯދަދޭ އަތޮޅު. މާލެ އަތޮޅުގެ ރަށެއް ހިއްކުމަށް އަރިއަތޮޅުގެ ޓޫރިޒަމް ފުނޑާނުލާ.
ދާވޫދު
05 July 2016
މާލެ އަތޮޅުގެ ޓޫރިޒަމް ފައިދާއިން ރާއްޖެ ތަރައްޤީ ކުރަނީ