ކުޅުދުއްފުށީ ހެދުމުގެ މަަސައްކަތް ކުރިއަށް ދަނީ: އެ މަސައްކަތް މިހާރު ވަނީ މެދުކަނޑާލާފައި
10 ނޮވެމްބަރ 2017 - 19:53
ހދ. ކުޅުދުއްފުށީގެ މަގުތައް ހެދުމުގެ މަސައްކަތް އަންނަ އާދީއްތަ ދުވަހު އަލުން ފަށާނެ ކަމަށް އެމްއާރުުޑީސީން މިއަދު ބުނެފި އެވެ.
ކުޅުދުއްފުށީގެ މަގުތަކުުގައި ތާރު އަޅައި އެ މަގުތައް އަލުން މަރާމާތު ކުރުމުުގެ މަސައްކަތް ހުއްޓާލާފައި އޮންނަތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ވެއްޖެ އެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހު ފެށި އެ މަސައްކަތް ހުއްޓާލިއިރު، ހަތަރު މަގެއްގައި ވަނީ ތާރު އަޅައިފަ އެވެ.
އެމްއާރުޑީސީން ކުރިން ބުނިގޮތުގައި އެ މަސައްކަތް ހުއްޓާލީ ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ. އަދި މަސައްކަތް އަލުން ފަށާތާ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެކަން ނިންމާލާނެ ކަމަށް ބުނެފައި ވެ އެވެ.
ސަރުކާރުން 60 މިލިޔަން ރުފިޔާ ހަރަދު ކުރާ މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގެ 18 މަގެއްގައި ތާާރު އެޅުމަށް ވަނީ ނިންމާފަ އެވެ.
ކުޅުދުއްފުށީގެ މަގު ހެދުމުގެ މަޝްރޫއު އެމްއާރުޑީސީއާ ހަވާލުކޮށްފައިވާއިރު، ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި އެ މަސައްކަތް ކުރީ ސްރީ ލަންކާގެ ސިއެރާ ކުންފުނިންނެވެ. ނަމަވެސް އެމްއާރުޑީސީ އާއި ސިއެރާ ކުންފުންޏާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމުގެ އަޑު ވަނީ ފެތުރިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަދޫދު
10 November 2017
ކުޅި ހިއްކައިގެން އެއަރޕޯރޓް އެޅުމާ ދެކޮޅަށް ބަޔަކު ނުކުމެ މަސައްކަތް ހުއްޓުވަފާނެތީ މަގު ހެދުން ހުއްތާލީ. އެކަމާ ރައްޔިތުން މާ ދެކޮޅު ނުވީމަ އަނެއްކާ މަގުވެސް ހަދާދޭން ނިންމީ.
މަޑިވަރު
10 November 2017
މަތީގަމަގެއް ތިރީގަމަގެއް މެދުތެރޭގަމަގެއް ހަދާ ، ކޮންމެ 100 ފޫޓަކުން އެއަރ ޕޯޓެއް އެޅިޔަސް ތާއީދުކުރާނެ ހަމައެއްގޮތެއްވެސް ނެތް. ތިފަދަ ކަމަކުން ލިބޭ އުފަލަކަށްވުރެ ތިޔަޕިންކީންގެ އުނދަގޫ މާބޮޑުވެއްޖެ.
ތަމް
10 November 2017
ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއަކީ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި 2010 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. ނޫސްވެރިކަން ކުރާއިރު މިފަދަ މުހިންމު މައުލޫމާތު ހިމަނަންޖެހޭނެ. އެހެންނޫނީ ބަޔަކަށް އޮޅިދާނެ.
ބީޓްއިޓް
10 November 2017
ބޮޑު ތިލަދުން މަތިން ކުޅުދުއްފުށި އަދި ދިއްދޫ އަދި އަދި ހޯރަފުށި އަދި ކެލާ އަދި އިހަވަންދޫ އަދި ބާރަށް މިރަށް ތަކަކީ އެއީ ދެން މަމެން ޕިންކީންގެ މިލްކިއްޔާތެވެ. އެރަށުން އެމްޑީޕީ އަށް ދެން ލިބޭނެ ވޯޓެއް ނޯންނާނެއެވެ. އެކަން ޖެހޭނީ ހަނދާން ނައްތާލާ ރަށުތެރޭން މުޑި ކާށި ހޮވުން ފަދަ ކަމަކާއިގެން އުޅުނިއްޔާ އެވެ. ކުޅުދުއްފުށީ މަގުތައް ވެސް ހަދާނަން ދުނިޔޭގެ ފެންވަރުގައި އަދި މަމެން ޕިންކީން ހަދާ ފެންވަރުގައި އެއްވެސް ތަނެއް ހަދާކަށް ކެނެރީގެ ނަޝީދަށް ނޭގޭނެއޭ އޭނާ ޖެހޭނީ މަމެން ޕިންކީން ގާތު އިންފްރާސްޓްރަކްޗަރ ބިލްޑް ކޮށް ތަރައްގީ ކުރުމުގައި ހަމަ މަހަށް ދާން،. އޭނާ ގެންގުޅޭ ޔޫކޭ އެޑްވައިޒަރުން ވެސް ޖެހޭނީ ހަމަ މަހަށް ދާން އިނގޭ. މަމެން ޕިންކީން ނަށް ކޮމްޕީޓް ކުރެވޭނެ ބަޔަކު ނުތިބޭނެ މިރޮގުން ދުނިޔެ އަކު. ނޯވަން ކޭން ބީޓް އަސް. ވީ ކޭން ބީޓް އެނީވަން. ބީޓް އިޓް ބީޓް އިޓް ބީޓް އިޓް. ޖަސްޓް ބީޓް އިޓް.
ކެލާ
10 November 2017
ކެލާ ޕިންކީންގެ މިލްކެއް ވީމަ ދޯ ކައުންސިލް މެޖޯރިޓީ އެމް.ޑީ.ޕީ އަށް ދީފައެއޮތީ؟
އޮޅާލާ
10 November 2017
ކުޅުދުއްފުށީ މަގުތައް ވެސް ހެދޭނެ އަދި ކުޅުދުއްފުށީ ދެކުޅި ހިއްކައިގެން އެތަނުން އެއްކުޅީގައި އެއާރޕޯރޓް ވެސް ހެދޭނެ އަދި ކުޅުދުއްފުށީ ރައްޔިތުންގެ ހިތް ތަކުން މަމެން ޕިންކީން މޮޅުވާންވެސް މޮޅުވާނަން. މިކަން ހުއްޓުވޭނެ މީހަކު މިދުނިޔެ އަކު ނުހުންނާނެއެވެ. ކެނެރީގެ ނަޝީދު މެން ޖެހޭނީ މިކަމާއި ދެކޮޅަށް ޓްވީޓް ކޮށްލަ ކޮށްލާ ތިބެން. އެމެން ތެޅުނު ވަރަކަށް ދާނީ ހުޅުނބު. މީ މަމެން ގެ ވެރިކަން އަދި މީ މަމެންގެ ގައުމު. މަމެން ބޭނުން ގޮތެއް ހަދާލާނީ. ކޮން އީއައިއޭ އެއްތޭ. އީއައިއޭ އޮޅާލާ..
ތަރައްގީ ޔަޤީން
10 November 2017
އެއަރޕޯރޓާއިއެކު އުތުރުގެ ފުރަތަމަ ސިޓީއަށް 2018 ގައި ކުޅުދުއްފުށި ވަނީ..! ހަބޭސް
މަގުހެދޭންޖުރެސް
10 November 2017
ކުޅުދުއްފުށީގެ މަގު ހެދުމުގެ މަސައްކަތް އަލުން ފަށަނީ ނަމަ މީ މިހާރު ކުޅުދުއްފުށީ ކުދިންނަށް ލިބިގެން ދާނެ ވަރަށް އުފާވެރި ޚަބަރެކޭ ކުދިންނޭ ތަމެންނަށް އިނގޭތޭ. މަގުތައް ރަނގަޅު ފެންވަރަކަށް ތާރު އަޅައިގެން ހެދުމުގައި މަމެން ޕިންކީން ނަކީ މީ ވަރަށް ބޮޑެތި މީހުންނޭ މަމެން ޕިންކީން ނަށް ވަނީ މިރޮގުން ދުނިޔޭގެ އެވޯރޑް ވެސް ލިބިފައޭ ތަމެން ނަށް އިނގޭތޭ އެކަން ކުދިންނޭ. ލައްބަ އިނގެއޭ. އެހެންތޭ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް ލެޓްސް ޑާންސް ޑާްންސް މަގުހެދޭންޖުރެސް މަގުހެދޭންޖުުރެސް މަގުހެދޭންޖުރެސް.