ތާރު އަޅައިގެން ހަދަން ފަށާފައިވާ ހދ. ކުޅުދުއްފުށީގެ މަގުތައް މި އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.
މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނިކޮށް ނަގާފައިވާ ފޮޓޯތަކަކާ އެކު މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޅުދުއްފުށީ މަގުތަކުގައި ތާރު އެޅުމަކީ ރައްޔިތުން އެންމެ ބޭނުންވާ ކަންތައް ކަމަށެވެ. މި މަސައްކަތް މި އަހަރު ނިމޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ކުޅުދުއްފުށީގެ 19 މަގެއް ތާރު އަޅައިގެން ހެދުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ފެށީ މިދިޔަ މަހުގެ 31 ގަ އެވެ. އެ ކޯޕަރޭޝަނުން ބުނެފައިވާ ގޮތުގައި ކުޅުދުއްފުށީގެ މަގުތަކުގައި 5.6 ކިލޯ މީޓަރުގައި ތާރު އަޅާނެ އެވެ.
ކުޅުދުއްފުށީ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއަށް 54 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރެ އެވެ.