އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
11 ނޮވެމްބަރ 2017 - 00:55
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް ފަސޭހައިން ބޯހިޔާވަހިކަން ހަމަޖައްސައި ދިނުމަށް، ފްލެޓް އެޅުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިރޭ ވިދާޅުވެއްޖެ އެވެ.
އެ ކުންފުނީގައި ފާހަގަކޮށްލެވޭ މުވައްޒަފުންނަށް "އެމްޑީ އެވޯޑު" ދިނުމަށް ބޭއްވި ހަފުލާގައި، އާދިލް ވިދާޅުވީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށްޓަކައި ފްލެޓް އެޅުމުގެ އިދާރީ ކަންކަން މިހާރު ފަށާފައިވާ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން ގިނަ މުވައްޒަފުންތަކަކަށް ފްލެޓް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އިދާރީ ގިނަ ކަންކަން މިހާރު ނިމުމަކާ ހަމައަށް އައިސްފައި ހުރީ. މިއާ އެކު އެތައް 100 މުވައްޒަފުންނަށް ފަސޭހަކަމާ އެކު ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެ،" އާދިލް ވިދާޅުވި އެވެ.
"މީގެ ތެރެއިން އެއްބަޔަކަށް އަންނަ އަހަރު ނިމުމުގެ ކުރިން ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެ."
"މިހާރު" އިން ކުރި ސުވާލަކާ ގުޅިގެން އާދިލް ވިދާޅުވީ، މި އަހަރު ނިމުމުގެ ކުރިން މިކަމާ ގުޅޭ އިތުރު މައުލޫމާތުތައް ހާމަކުރައްވާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްއޭސީއެލްގެ މުވައްޒަފުންނަށް ޚާއްސަކުރާ ފްލެޓް އަޅާނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގަ އެވެ.
"އިދާރީ ކަންކަން މިހާރު ގާތްގަނޑަކަށް ނިމުމަކާ ގާތްވެފައި ހުރީ. އެކަމު އަދި އެއްވެސް ފަރާތަކާ އެކު އެއްޗެއްގައި ސޮއި ކުރެވުނު ވާހަކައެއް ނޫން މި ދެންނެވީ. މި އަހަރު ނިމުމުގެ ކުރިން މިކަމުގެ އިތުރު މައުލޫމާތު ހާމަކުރާނަން.،" އާދިލް ވިދާޅުވި އެވެ.
އެމްއޭސީއެލްގައި 2،700 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން ގެންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
12 November 2017
ސަރުކާރު މިއޮތީ ވަރަށް އެހެންކަހަލަ ގޮތަކަށް އަތުރާލާފައި، ޓެކުސް ފައިސާދައްކާ ރައްޔިތުން ބިކަހާލުގައި، އެކަމަކު ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރުގައި މަސައްކަތްކުރާ ހުރިހައި މީހުންނަށް ހުރިހައި ހެވެއް، ގާނޫނު އަސާސީގައިވަނީ ސަރުކާރުން ހިދުމަތްދީގެން ފައިސާ ހޯދައިގެން ހުރިހައި ރައްޔިތުންނަށް އެއް ހަމައެއްގައި ކަންކަން ކޮށްދިނުމަށް، އެއާޕޯޓް ކޮމްޕެނީ 270 މިލިއަން ޑޮލަރުން ދެރީމަ ޓެކުސްގެ ފައިސާއިން އެފައިސާދައްކަނީ، އެފައިސާ ދައްކާ ނުނިމެނީސް މިހާރު ތިޔަ އިއުލާންކުރީ ހަމަ ތިޔަކުންފުނީގެ މީހުންނަށް ފުލެޓް އަޅަން، އަޖައިބެއްކަހަލަ ކަމެއް، މިވަރުން ދަންޏާ އަދި ސަރުކާރުގެ މީހުންނަށް ވަކިވައްތަރެއްގެ ހަޑުލެއްވެސް އެތެރެކުރާނެ، މިފަދަ ކަންކަން އިސްކޮށް ސަރުކާރުދަނީ އެކި މީހުންނަށް އެކިގޮތްގޮތަށް އަމަލުކުރަމުން
ޙްމް
11 November 2017
ސަރުކާރު ކުންފުންޏެއް. ލިބޭ ފައިދާ އަކީ ވަކިބަޔަކަށް ހާއްސަ އެއްޗެއް ނޫން.
އަފިނގެރޮށި
11 November 2017
ހަޖަމެއްނުވާނެ އިދިކޮޅުމީހުންނަކައް
ައަލީ އިބުރާހިމް
11 November 2017
ކަސްޓަމަށް ދުވާލަކަށް އެތަށް މިލިޔަނެއް ވަންނަ އިރު ކަސްޓަމު މީހަކަށް ސަރުކާރުން ކޮއްދޭ ކަމެއް ނެތް. މިހާރު 16 ސަތާރަ އަހަރު ވެއްޖެ ބައެއ މީހުނަށް ޕުރޮމޯސްން ނުދޭތާ. ވެރިން ވިދާޅު ވަނީ ސަރުކާރުން ނުދެނީ އޭ. އަނެއްކޮޅުން ޒިންމާނަގާނެ މީހަކު ވެސްް ނުވޭ. ފުލެޓު ވެސް ދޭނަމޭ ބޯނަސް ވެސް ދޭނަމޭ ޕޮރޮމޯސަން ވެސް ދޭނަމޭ. މިހެން ކިޔާތާ ވެސް ކިތަންމެ އަހަރެއް
ފޫގެޅި
11 November 2017
ސާޅީހަކަށް އަހަރު ވަންދެން އެއާޕޯޓެއް ހިންގުނުއިރު ފެންނަން އޮތީ ބިލިއަން ޑޮލަރުގެ ދަރަނިތަކަކާއި ކޮންސްޓްރަކްޝަން ސައިޓެއް.
ރުޅި
11 November 2017
ތިޔަގޮތަކަށް ނުހެދޭނެ. ކުންފުންޏަށް ލޯނު ނަގަނީ ދިވެހިންގެ ނަމުގައި. އެ ލޯނުދައްކަނީވެސް ހަމަ ރައްޔިތުންގެ ފައިސާއިން. ދެން ކޮންމެ ކުްފުންޏަކުން އެބަޔަކު އެންމެ ބޭނުންކަމެެއް ކުރެވޭނެ ގޮތަށް ހަދާލީމާ އެ ވާނީ އަމިއްލަ މަސްލަހަތަށް ނާޖާއުޒް ފައިދާހޯދީކަމަށް. ތިޔަހެން އަސާސީ ޚިދުމަތް ތަފާތު ނުކުރެވޭނެ އަދި ކުރާނަމަ ރައްޔިތުން ޓެކްސް ދެއްކުން ހުއްޓާލަންވީ
ދޮޅިދާން
11 November 2017
ފްލެޓަކީ ބިސްގަނޑު ހާ ފަސޭހައިން އެޅޭ އެއްޗަކީތަ؟ އުތަ؟
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
11 November 2017
މިތަނުގެ ހާލަތު ގޯސް ކަމުން ސަރުކާރުން ފައިސާ ހޯދުމަށް ގުޅާވަރުން މަނިކުފާނަށް ދުނިޔޭގެ ހަބަރު ބަލާ ކިޔާލަން ވަގުތު ނުވާތީ އަދި ރައްޓެއްސަކާއި ވާހަކަ ދައްކާލަން ވަގުތު ނެތީމަ ނުވަތަ “މަނިކުފާނަކީވެސް މިސަރުކާރަށް އެހީތެރިވެ ވާގިވެރިވާ ބައިވެރިއެއް ކަމުގައިވާތީ” އެމީހުން ވާހަކަ ދައްކާން ބޭނުން ނުވާތީ ކަންކަމުގެ ހާލަތު ނޭގެނީ ކަމަށް ވެދާނެ. މިސަރުކާރުން ރާއްޖޭގެ ރައްޔިތުން ބޭނުންވި ޑިމޮކްރެޓިކް ވެރިކަމުގެ އުސޫލަށް ފުރަގަސްދީ 3 ބާރު މަސްހުނިކޮށް ވެރިކަމުގައި ހުދުމުހުތާރު ކަމުގެ ސިފަ ޖައްސާފައިވާތީ ، މިވެރިކަން ވައްޓާލުމަށް ދިވެހިން ކުރަމުންދާ މަސައްކަތަށް އެމަރިކާ، އިޤިރޭސިން ޔޯރަޕް އިއްތިހާދާއި އިންޑިޔާ އަދި ލަންކާއިން އެހީތެރިވެ “ޤާނޫނީ އިމުގެ ތެރެއަށް ސަރުކާރު ރުޖޫޢަ ވުމަށް” ދަނީ ގޮވާލަމުން. އަދި ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވާ “ރައްޔިތުންގެ ވެރިކަމެއް ޤާއިމް ކޮށްދޭނެ ކަމަށް” އެފަރާތް ތަކުން ވައުދުވޭ. ތިޔަ ފުލެޓް ތަކަށް ވުރެން ރައްޔިތުން އެދެނީ މިކަންތަކަށް.
ޥަސް
11 November 2017
ޢެއް.އޭ.ސީއެލް އަށް ލިބޭފައިސާ އަކީ އެތާގެ މުވައްޒަފުންނަށް ޚަރަދުކުރަން ހުންނަ އެއްޗެއްތޯއެވެ؟ ތިފައިސާ ބޯހިޔާވެހިކަމުގެ ޤައުމީ މަޝްރޫތަކަށް ލައްވާށެވެ. ޢަދި އެހެން ރައްޔިތުންނެކޭވެސް އެއްފަދައިން ހަމަޖެހިފައިވާ އުސުލުން އެ މަޝްރޫޢުގެ ދަށުން ފުލެޓް ހޯދުމުގެ ފުރުސަތު އެމް.އޭ.ސީ އެލްގެ މުވައްޒަފުންނަށްވެސް އޮންނާނެއެވެ.
ފުރަތަމަ
11 November 2017
ތި އާ ރަންވޭއާ އާ ޓަރމިނަލް އަޅާ ރައްޔިތުންނަށް ދައްކަބަލަ، ތީ ދޯ މިހާރު ނުކުރެވިފަ އޮތް ކަމަކީ ވާރޭ ވެހެންޏާ އެއަރޕޯޓް ފުރާޅުން ފައިބައި ފެނުން ރާއްޖޭގެ ރަށްރަށުގެ ތާންގީ ތަށް ފުރާ ލެވޭނެ، އެކަންތައް ހައްލުކޮއްފަ ތި ވާހަކަ ދައްކަބަލަ 2018ގެ އިންތިހާބަށް ވިޔަސް