ޚަބަރު / ޓެރަރިޒަމް

އައިއީޑީއެއް ހަދަން އުޅުނު ގޭންގް ލީޑަރަކު ހައްޔަރުކޮށްފި

ފުލުހުން އޮޕަރޭޝަނެއް ކުރިއަށް ގެންދަނީ. -- މިހާރު ފައިލް ފޮޓޯ

16 ނޮވެމްބަރ 2017 - 10:31

66 comments

މާލޭގައި އައިއީޑީއެއް ހަދަން މަސައްކަތްކުރަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށް ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އަންނަކަން އެނގިއްޖެ އެވެ. މީގެ ތެރެއިން އެކަކީ މާލޭގެ ގޭންގެއްގެ އިސް މީހެއްކަން ވެސް ވަނީ އެނގިފަ އެވެ.

ފުލުހުންގެ ކައުންޓަ ޓެރަރިޒަމް ޑިޕާޓްމަންޓާއި ސީރިއަސް އެންޑް އޮގަނަޒައިޑް ކްރައިމް ޑިޕާޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ދެ މީހުން ހައްޔަރުކޮށް އޭގެ ތެރެއިން އެކެއްގެ ގެ ފާސްކޮށް ބެލި އިރު، އައިއީޑީ ހަދަން ބޭނުންކުރާ ސާމާނު ވެސް ފެނުނު ކަމަށްވެ އެވެ. ހައްޔަރުކުރި ގޭންގު ލީޑަރަކީ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ވެސް އޮތް މީހެކެވެ.

ހައްޔަރުކުރި މީހުންނަކީ ކޮން ބައެއް ކަމާއި އައިއީޑީ ހަދާ ސާމާނު ފެނުނީ ކޮން ގެޔަކުންކަން "މިހާރު" އަށް ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް އެ މީހުންގެ މައުލޫމާތު ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވާތީ އާއި އަބުރު ރައްކާތެރިކުރުމުގެ ގާނޫނުން ހުރި ހުރަސްތަކުގެ ސަބަބުން ނަން ހާމަކުރަން ހުރަސް އެޅެ އެވެ.

ބޭރުގެ ހަނގުރާމަވެރި ޖަމާއަތާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވޭ މި މީހުން ހައްޔަރުކުރި އިރު އަމިއްލައަށް މަރުވެގެން ހަމަލާ ދޭން ރޭވި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް އެ މީހުންގެ މައްޗަށް މިހާރު ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ. ނަމަވެސް އައިއީޑީ ހަދަން އުޅުނު މީހުންނާއި މި މީހުންނާ އޮތީ ކޮން ގުޅުމެއް ކަމެއް ނޭނގެ އެވެ.

ބޭރު ގައުމުތަކުގައި ކުރާ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވެ އޭގެ ތެރެއިން އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. ޑިފެންސް މިނިސްޓްރީން ބުނާ ގޮތުގައި މިގޮތަށް ހަނގުރާމައަށް ދިޔަ ދިވެހިންގެ އަދަދަކީ 49 އެވެ. ނަމަވެސް ބެލެވޭ ގޮތުގައި މިއަށް ވުރެ މާ ގިނަ ދިވެހިން ހަނގުރާމަތަކުގައި ބައިވެރިވާން ރާއްޖެ ދޫކޮށް ގޮސްފައިވެ އެވެ.

66 ކޮމެންޓް, 148 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 16%
icon angry icon angry 64%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސައުދިއަތޮޅު ނިލަންދޫ އަބްދޯ

17 November 2017

މި ވާންއުޅޭ ގޮތް ހަބަރު ކިޔާލީމަ ވަރަށް ސާފު. ދިގުމުއްދަތުގެ ޖަލު ހުކުމެއްގަ އޮތް މީހަކު މާލޭގަ ހައްޔަރު ކުރަނީ އައިއައިޑީ އެއް ހެދުމުގެ މަސައްކަތުގަ އުޅެނިކޮށް ޕޮލިސް އިންޓެލް އަށް ލިބޭ މައުލޫމާތުން. އޭނާ ދޫވެފަހުރިކަން ޕޮލިސް އިންޓެލް އަށް ކުރިން ނޭގި މިކަމުގަ އެގުނީ ކީއްވެބާ. ޖަވާބު ލިބޭނެ މިދިޔަ ހަފްތާގަ ކުޅުދުއްފުށީގަ ރައީސްމީހާ ދެއްކި ވާހަކަ ރަގަޅަށް އަޑުއެހި ބަޔަކަށް. ޙަމަޔަގީނުންވެސް އަޅުގަޑުގެ ހެޔޮދުޢާ އާއި ސަލާމް އަދި ހަމްދަރުދީ ޕީޕީއެމްގެ ދަންތުރައަށް ތައްޔާރިވެފަ ހުރި މެމްބަރަށް ފޮނުވަން.

The name is already taken The name is available. Register?

ހުމަދަ

17 November 2017

ފުލުހުންގެ ކައުންޓަ ޓެރަރިޒަމް ދޯ އަނެއްކާވެސް. އެމް.އެން.ޑީ.އެފް ގައި ތިކަމަށް ހެދި ތަނަށް އެއްކަމެވެސް ވޭބޯ. އަބަދު ޑފެންސް މިނިސްޓަރ އަރާ އަދަދެއް މިކަޔަނީ. އެއަދަދު ދިމައެއް ނުވޭ.

The name is already taken The name is available. Register?

ހޭކެނޑޭ

16 November 2017

އިންތިޙާބު ކައިރި ވާވަރަކަށް މިކަހަލަ ސްޓަންޓް ޖައްސާނެ. މިއީ މިވެރިން އަލަށް ކުޅޭ ޑްރާމާ ތަކެއްނޫން. މީގެ ކުރިންވެސް މިކަހަލަ ޑްރާމާ ތަކެއް ވަނީ ކުލެފާ. ވ ސަލާން.

The name is already taken The name is available. Register?

އެންމެއިނގެޔޯ

17 November 2017

މިފަދަ ކަމެއް ވާއިރަށް ގިނަ ދިވެހިން މާ ވިސްނޭ ބަޔަކަށް ވެގެން ސްޓަންޓޭ ޑްރާމާ އޭ ކިޔާނެ. މިފަދަ ހަބަރުތަށް ލިބުމަކީ އަބަދުވެސް ސީރިއަސްކޮށް ނަގާ ވިސްނާލުން ރަނގަޅު ކަންކަން. މިފަދަ ކަމެއް ފަޅާނާރާ އެންމެ ފަހަރަކު ދިޔަނަަމަވެސް އެއީ ނުރައްކާ ތެރި ހަމަލާއެއް. އެތަށް ބަޔެއްގެ ފުރާނައެއް. ޒަމާނަށް އައި ބަދަލާ އެކު މައުލޫމާތު މުއްސަނދި ވުމާއި ދެނަގަތުން ފަސޭހަ ވުމާއި އެކު، އަތުޖެހުނު އެއްޗެއް ބޭނުން ކޮއްގެން ކޮންމެވެސް ފަދަ އައި އީ ޑީ އެއް ހެދުމުގެ ޤާބިލުކަން ކޮންމެވެސް މީހަކަށް ލިބިދާނެ. މިފަދަ ކަންކަމާ މެދު ހުށިޔާރުވުން މުހިންމު.

The name is already taken The name is available. Register?

ބުއްދިރެކި

17 November 2017

ސިކުނޑި ހަމަނުޖެހޭ ވާތަނުންވެސް އުޅޭނެ. ހޭކެނޑޭ މީހުންނައެއީ.

The name is already taken The name is available. Register?

ޢިބުރާހިމް

16 November 2017

ޢަޅެކަލޭ މެންހާދަ ބޯގަޅިއޭ މިގައުމުގަ ސިފައިންހާދަހާމޮޅޭ

The name is already taken The name is available. Register?

މަމެން

16 November 2017

ހާސްނުވޭ މާދަން ދޫކޮށްލާނެ

The name is already taken The name is available. Register?

ތިދެން އިނގޭނުން

16 November 2017

މިސަރުކާރުން އެތިބީ ތިކަމަށޭ ގޭންގްތައް ދޫކޮށްފަ، ދެން ހަމަ ހައްޔަރުކުރީ އެ ދޫކުރީ ހައަޔަރުކުރީ އެ ދޫކުރީ، ރައްޔަތުން ތިބޭ އަތްޖަހަން. އެމްއެންޑީއެފް ހަބޭސް

The name is already taken The name is available. Register?

އިންޓެލް

16 November 2017

ފުލުހުން ހާދަ އިންޓެލް ވަރުގަދައޭ އަޅޭ!!!! އެމެރިކާގެ އެފްބީއައިވެސް ތިވަރު ނުވާނެ... ސީދާ ޑިޗައިސް ހަދަމުން ދަނިކޮށް އެތަނަށް ތި ވައްޓާލީ... ދެރައީ ތިހާ އިންޓެލް ވަރުގަދަ ބަޔަކަށްް ޤައުމުގެ ރައީސް ގޮއްވާލަން ދިން ހަމަލާ ކުރިޔާލާ ނޭނގުނުކަން..

The name is already taken The name is available. Register?

އިންތީ

17 November 2017

އިންޓެލި މެންނަކަށް ނުވިސްނޭނެ އެވީ ގޮތެއް. ހީވެދާނެ ވިސްނުނީމަ ލިޔެލާ ކޮމެންޓްއެކޭ ތީ... ތިކަހަލަ ހުސް އަނގަ ކޮމެންޓް ލިޔެލާނެ ކުދިން ވެސް ބޭނުންވާނެ މިޤައުމަށް. ހެހެހެ.

The name is already taken The name is available. Register?

ކުޑަދޫ

16 November 2017

ހައްޔަރުކުރި ގޭންގު ލީޑަރަކީ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ވެސް އޮތް މީހެކެވެ. މީނާ ގޭގަ ހުންނަން ޖެހުނީ ކީއްވެތޯ؟ ކިހާވަރެއްވީމާތޯ ފެއިލްވި ކަމަށްވާނީ

The name is already taken The name is available. Register?

ެއުދުހޭ

16 November 2017

ގޭގަ ބެހެއްޓީމަތާ އެފަދަ ތަކެތި ހެދޭނީ؟!

The name is already taken The name is available. Register?

މާލޭޖަލު

16 November 2017

މި ޚަބަރުން ވަރަށް ސާބިތުކޮށް އެނގުނު އެއްކަމަކީ މާލއަކީ ޖަލެއްކަން. އެހެންވީމާތަ، ޖަލަށް ދިގުމުއްދަތުގެ ހުކުމް ކޮށްފަތިބޭ މީހުން މިތާނގަ މި އުޅެނީ. އައި.ޢީ.ޑީ ހެދުންފަދަ ވޮކޭޝަނަލް މަސައްކަތުގަ

The name is already taken The name is available. Register?

އަބުރޭ

16 November 2017

ގޭންގް ލީޑަރުގެ ލަގަބު އެމީހަކަށް ދީފަ ނޫހެއްގަ ޖަހާފަ މިއޮތީ ކޮން ގޮތަކުން ވެރިފައި ކުރެވިގެންތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454