މިފްކޯގެ މަސްކިރާ ބޯޓަކަށް މަސްކިރަން ދޯނިތަކެއް ކިޔޫގައި މަޑުކޮށްލައިގެން -- ފޮޓޯ: މިފްކޯ
18 ނޮވެމްބަރ 2017 - 16:11
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ ހަތަރު މަސް ބޯޓެއް އުޅޭތީ، އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ގއ. ކޮލަމާފުށީ ހުޅަނގު އުތުރުން އެ ބޯޓުތައް ފެނިގެން ސިފައިންގެ ސަމާލުކަމަށް ގެނައީ ދިވެހި މަސްވެރިންތަކެއް ކަމަށެވެ. އަދި މަސް ބޯޓުތައް ދިވެހި މަސްވެރިން ހިފަހައްޓާފައިވާ ކަމަށް ވެސް ވެ އެވެ.
އެމްއެންޑީއެފުން ބުނީ މަސްބޯޓުތައް ފެނުނު ދިމާއަށް ކޯސްޓްގާޑުން ދަތުރުކުރަމުން އަންނަ ކަމަށެވެ.
މިއީ ކޮން ގައުމެއްގެ ބޯޓުތަކެއްކަން އަދި ނޭނގެ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ، މަސްވެރިކަން ކުރާ ބޭރުގެ ބޯޓުތައް ދޭތެރެ ދޭތެރެއިން ފެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުލް
20 November 2017
ބޭރު މީހުންނާއި ދިވެހިން ގުޅިގެން ނަމަވެސް މިގައުމުގެ ކަނޑުން ދާ އަޅައިގެން މަސް ނަގާ ކަމަށް ވޭ. ދެން ކީއްވެބާއޭ ދިވެހިންނަށްވެސް ދާ އެޅުމުގެ ހުއްދަ ނުދޭންވީ. އިއްޔެވެސް މުޅި އެތެރެވަރީގަ އޮތީ ޗައިނާ މީހުން އަޅާފަ ހުރި ބޮއިތަކެއްގެ ސިގްނަލް ބައްތި ތަކެއް.
ވާލުސޮރު
19 November 2017
ރާއްޖޭގެ މަސްވެރިންނަށް ބޮޑު މުސާރަޔާ އިނާޔަތާ ޔުނީފޯމާ އޮޑިޔަށް އަޅާނެ ތެލާ ދަތުރުކޮއްތާ ފްލެޓް ދީފަ ބަހައްޓަނިކޮށް މާ ރަނގަޅަށް ރާއްޖޭގެ ސަރަހައްދު ބަލަހައްޓާނެ. މިހާރު ހުރިހާ ނުރައްކަލަކާ ކުރިމަތިލައިގެން ބޯޓުތައް އަތުލަނީ މަސްވެރިން މެޑަލް މިޖަހަނީ އެހެންބައެއް.
އުމަރު
18 November 2017
އަހަރުމެން ކުޑައިރު އަޑުއަހަން އަހަރެމެންގެ އޮންނަނީ 2 އިންޑަސްޓްރީއޭ އެއީ ޓޫރިޒަމާއި މަސްވެރިކަމުގެ ވާހަކަ، ދެން އަޑުއެހިން އެއްދުވަސްވަރެއްގައި އަހަރުމެންގެ ރައީސަކު ވޯރާ ވިޔަފާރިވެރިން ރާއްޖެއިން ފޮނުވާލިވާހަކަ އެއީވެސް ރާއްޖޭގެ ވިޔަފާރިތަކަށް ފުރުސަތުދިނުމަށޭ، ދެން އަޑުއެހިން ގަމުން އިނގިރޭސިންވެސް ބޭލިވާހަކަ އެއީ އައްޑޫގެ ރައްޔިތުންނާއި އިނގިރޭސިން ގުޅިގެން އައްޑޫ ހިފާފާނެތީއޯ، އެކަމަކު މިއަދު މިފެންނަނީ ފަޅުތަކާއި ރަށްތަށް 99 އަހަރަށްދޭ މަންޒަރު ގާނޫނު ބަދަލުކޮށްދޭ މަންޒަރު، ބޭރުގެ މަސްވެރިން އައިސް ރާއްޖޭގައި މަސްވެރިކަން ކުރާ މަންޒަރު، ޓޫރިޒަމްގެ ތެރެއަށް ބިދޭސީންވަދެ އަތްގަދަކުރި މަންޒަރު، ކޮންސްޓްރެކްޝަނަށްވަދެ އަތްގަދަކުރި މަންޒަރު، މިހާރު ލޮޖިސްޓިކަށްވެސް ވަދެއްޖެ، ދެން ސަރުކާރުންވަނީ ހުރިހައި ވިޔަފާރިއަކަށްވަދެފައި، ނުވަންނަނީ ހަމައެކަނި ޓެކުސްޓައިލްސް ވިޔަފާރިއަށް، އެއީ އެވާހަކަ
ސަރުކާރު
18 November 2017
ހިތައް އަރާ ކޯސްޓް ގާޑަކީ މީ ކީކުރާ ބައެއްތޯ..މިމީހުންނައް ދޫކުރާ ބަޖެޓުވެސް އެހާ ބޮޑު....
0000
18 November 2017
ޗައިނާ ބޯޓު ތަކެއް ކަމަށް ވާނީ، ދެން ކިހިނެތް ހުއްޓުވާނީ؟
މެންޓަލިސްޓް
18 November 2017
ތިޔައީ ރެއާޢި ދުވާލު އަބަދުމެ ހިނގަމުން ދާކަމެށް ،،، ހާލަކުން ފަހަރަކު ތިޔައަތުވަނީ ،،،، ވަގަކަށް ހާސްދުވަހޭ ވެރިއަކަށް އެއްދުވަހޭ ބުނާ ބީދައިން ތިޔަކަން ހިނގަމުންދަނީ ،،،، ރާއްޖޭގެ އީީއީޒެޑް ސަރަހައްދުން ބޭނުންވަރަކަށް ބޭރުގެ ބޯޓްފަހަރު މަސްބާނަމުން ގެންދޭ ،،،، އެއީ ޕަބްލިކް ސީކުރެޓްއެއް ،،، ރާއްޖޭގެ ސިފައިންގެ ކޯސްޓްގާޑްއަކީ އެކަންކަން ބެލެހެއްޓުމުގެ ގާބިލްކަން ލިބިގެންވާބައެއްނޫން ،،،، ރާއްޖޭގެ ސަރަހައްދު ބަލަހައްޓަން އިންޑިޔާމީހުން ހުންނާނެ ރާޑަރސްޓޭޝަންތަކެށް ރާއްޖޭގައިވެސް ބަހައްޓާފައި ،،، އެމީޙުންގެ އަތްދަށުވެގައި ޒާތަކަށް ރާއްޖެއޮންނާނީ ސަރަހައްދީ ސަލާމަތާ ބެހޭ ހުރިހާކަމެއްގައި ،،، ނޮވެމްބަރ3 ގެ ފަހުންއޮންނާނެ ބޮޑުއެގްރީމެންޓްއެއްގައިވެސް ސޮއިކުރައްވާފައި ،،، އޭގައި އޮތްއެެއްޗެއް ގައުމީސަލާމަތަށްޓަކައި އެއްވެސް ބަޔަކު ފާޅެއްނުކުރާނެ ،،، ބައެއްކުޅަދާނެ ހެކަރުން އެތަކެތި ކަހާލާފައިއެބަހުރި ،،،،، ވަރަށްވެދުން
Mohamed
18 November 2017
ގައިމު 3 ނޮވެމްބަރުގަ ކޯސްޓްގާޑް ބޮޑުމީހާ ޓީވީގަ ބުނި މުޅިރާއްޖެ ރާޑަރުން މޮނިޓަރކޮށް ބަރާބަރަށް ޕެޓްރޯލްކުރާ ވާހަކަ
އަލީ.
18 November 2017
ކޮބާ މަސްވެރިންގެ ހިތްވަރު ފެންނަނީ ސިފައިން ނަކައްހިލަމެއްނުވި
ޢަލީމް
18 November 2017
ތިޖެހޭނީ ދޫކޮށްލަން. ހުއްދަދީފަ އޮންނާނީ.
ހަސަނއ
18 November 2017
ހެހެހެ