ޚިޔާލު / ޓޫރިޒަމް

އުފައްދަން، ނުއުފައްދަން އުޅުނު އެމްޓީޑީސީ

އެމްޓީޑީސީ އުފެއްދިތާ ކުރީކޮޅު އުލިގަމުގައި ހަދަން އުޅުނު ސިޓީ ހޮޓަލުގެ ނަމޫނާ ކޮޓަރިއެއް: މި މަޝްރޫއު ވެސް ވީ ބޮޑު ނާކާމިޔާބީއަކަށް

އަހުމަދު އަަބްދުﷲ

21 ނޮވެމްބަރ 2017 - 11:07

11 comments

މޯލްޑިވްސް ޓޫރިޒަމް ޑިވަލަޕްމެންޓު ކޯރޕަރޭޝަން (އެމްޓީޑީސީ) ވުޖޫދަށް ގެނެވުނީ ވަރަށް މާތް މަޤްޞަދެއްގައެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފަތުރުވެރިކަމުގެ ވިޔަފާރީގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާށެވެ. ފަތުރުވެރިކަމުގެ ކޭކުން ކުޑަ އެތިކޮޅެއް ވެސް ކާން ބޭނުންވާ މީހުންނަށް ކެއުމުގެ ފުރުޞަތު ދިނުމަށެވެ. ފަތުރުވެރިކަމުގެ ވިޔަފާރިއަކީ "އަހަރުމެންގެ ވިޔަފާރި" އެކޭ ގިނަ ބަޔަކު ބުނާ ގޮތަށް ހެދުމަށެވެ.

ފަތުރުވެރިކަމުގެ ވިޔަފާރީއަށް ވަދެވެނީ ބޮޑެތި ސައުދާގަރުންނަށެވެ. ގިނަ ފަހަރަށް ބޭރުގެ ބޮޑެތި މަހުޖަނުންނާ ގުޅިގެންނެވެ. ފަތުރުވެރިކަމަށް ކުރަން ޖެހޭ ހޭދަ ބޮޑުކަމުންނެވެ. ރާއްޖޭގައި ހުންނަ ބޭންކުތަކުން ބޭނުންވާ ޢަދަދަށް ފައިސާ ހޯދުމުގެ ދަތިކަން ހުރުމާއިި ދަރަންޏަށް ނަގާ ފައިސާއަށް ދައްކަން ޖެހޭ އިންޓަރަސްޓުގެ މިންވަރު ބޮޑުވުމާއި، ދަރަނި އަދާކުރަން ޖެހޭ މުއްދަތު ކުރުވުމުންނެވެ. ހުޅަނގުގެ ގައުމުތަކުގެ ބޭންކުތަކުން، ރާއްޖޭގެ ބޭންކުތަކުން ދަރަންޏަށް ފައިސާ ނެގޭ ވަރަށް ވުރެ ލުއިކޮށް ރަނގަޅަށް ދިގު މުއްދަތަކަށް ލިބޭތީވެއެވެ.

ފަތުރުވެރިކަމަށް ރަށެއް ތަރައްޤީ ކުރުމަކީ އާދައިގެ ދިވެއްސަކަށް ކުރެވޭވަރުގެ ކަަމަކަށް ނުވެއެވެ. ފަތުރުވެރިކަމުން އާމްދަނީއެއް ހޯދަން ބޭނުންވި، ފައިސާ މަދުން ގެންގުޅޭ މީހުން ދިޔައީ ގެސްޓުހައުސްގެ ވިޔަފާރިއަށެވެ. މިހާރު ގެސްޓުހައުސް ވިޔަފާރިއަކީ ވެސް ކުރީ ޒަމާނުގެ ގެސްޓްހައުސް ވިޔަފާރިއެއް ނޫނެވެ. މެދު ފަންތީގެ ސިޓީ ހޮޓެލް ވިޔަފާރި ކަހަލަ ވިޔަފާރިއެކެވެ.

އެމްޓީޑީސީ ވުޖޫދަށް އައުމުގައި ވެސް މައްސަލަތަކެއް ދިމާވެފައިވެއެވެ. އާދައިގެ ދިވެހި ރައްޔިތުން ފަތުރުވެރިކަމުގައި ބައިވެރިކުރުމަށް ހިއްސާ ވިއްކާ ކުންފުންޏެއް އުފެއްދުމަށް ކަމާ ބެހޭ އޮފީހުން ފުރަތަމަ ހުށައެޅީ ވެލައްސަރާއި، ބަނޑޮހާއި، ކުރީގައި ރިޒޯޓެއްގެ ގޮތުގައި އޮތް ވިލިނގިލީ ހިންގުމުގެ ބާރު ސަރުކާރުގައި އޮތް ދުވަސްވަރެއްގައެވެ. ކުންފުންޏެއް އުފެއްދުމާ ބެހޭ ގޮތުން ހުށައެޅި ކަރުދާސް އެ އޮތް ތަނެއްގައި އެތަކެއް އަހަރު ވާންދެން ފިޔަވަޅެއް ނޭޅި އޮތުމަށް ފަހު ކުންފުނި އުފެއްދުނީ 2006 ގަ އެވެ. ކުންފުނި އުފެދުނު އިރު ފަތުރުވެރިކަމުގެ މަސްރަޙް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ރާއްޖޭގެ ފަތުރުވެރިކަން ވަނީ އާ އުސްމިނަކަށް ދަތުރުކޮށްފައެވެ. ފަތުރުވެރިކަމުގެ ޞިނާޢަތުގެ ސައުދާގަރުން ވަނީ ރާޖާއިންނަށް ބަދަލުވެފައެވެ. ރާޖާއިން ވަނީ މަހާރާޖާ އިންނަށް ބަދަލުވެފައެވެ. ފަތުރުވެރިކަމުގެ ޞިނާޢަތުގެ "ދަރުބާރުތަކުން" ބޭނުން ގޮތަކަށް އެ ޞިނާޢަތު ބައްޓަންކުރެއެވެ. ސިޔާސަތާ ބެހިގެނެއް ނޫނެވެ. ވެރިންނަށް ފާޑުކިޔައިގެންނެއް ނޫނެވެ. ފާޅުގައި ކެމްޕޭނުތަކަށް ބޮޑު ހޭދައެއް ކޮށްގެނެއް ނޫނެވެ. ފުށްގަނޑު މޮޑެލާ ހިސާބަށް އައުމުން އެންމެ ރަނގަޅަށް މޮޑެލެވޭނީ ކިހާވަރަކުން ކަން "އެދަރުބާރުތަކަށް" އެނގެއެވެ. ފިތާލަންވީމާ ފިތާލަންވީ ކިހާ ވަރަކަށްތޯ "އެދަރުބާރުތަކަށް" އެނގެއެވެ. އައްދޮކިޔާ ވަރަށްތޯ ނުވަތަ ތަދުވާތީވެ ސިއްސައިގެން ދާވަރަށްތޯއެވެ.

އެމްޓީޑީސީ އުފެދުނުއިރު އިސްކޮށް އުޅުއްވި ވަރަށް އިސް ސިޔާސީ ވެރިޔަކު ވިިދާޅުވި ގޮތުގައި، ކުންފުނި ވުޖޫދަށް އައުމަށް އެހާ ގިނަ ދުވަސް ނެގީ ކުންފުނި ވުޖޫދަށް އަޔަ ނުދިނުމަށް ތަފާތު ގޮތްގޮތުން ނުފޫޒު ގަދަ ބަޔަކު ވާންކޮށް ހިފެހެއްޓުމުގެ ސަބަބުންނެވެ. އެވާހަކައިގެ ޙަޤީޤަތެއް ދަންނަވާކަށް ނޭނގެއެވެ. ސަބަބަކީ އެވާހަކަ ދެއްކެވިއިރު އެބޭފުޅާ ހުންނެވީ "ވައިކަޓާފައި" ކަމަށް ވާތީވެއެވެ.

މި ސަރަހައްދުގެ ހުރިހާ ގައުމެއްގައި ވެސް ޢާއްމު ފަރުދުންނަށް ޙިއްޞާ ވިއްކައިގެން ހިންގާ ފަތުރުވެރިކަމުގެ ކުންފުނިތައް އެބަ ހުއްޓެވެ. ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ ގޮތަށް ވެސް މެއެވެ. އެ ކުންފުނިތަކުގެ ވިޔަފާރި ވަރަށް ކާމިޔާބެވެ. އެ ކުންފުނިތަކުގެ ސަބަބުން، އަމިއްލަ މީހުން ހިންގާ ކުންފުނިތަކަކަށް ގެއްލުމެއް ނުވެއެވެ. ފަތުރުވެރިކަމުގެ ވިޔަފާރިއަކީ ބޮޑު ވިޔަފާރިއެކެވެ. މާކެޓްކުރަން އެނގޭ، މުރާލި، އާ ޚިޔާލުތަކުގެ މީހުންނަށް ފަސޭހައިން ކުރިޔަށް ދެވޭނެ ޞިނާޢަތެކެވެ. ރާއްޖޭގެ މި ޖީލުގައި އެވައްތަރުގެ މީހުން ބައިވަރެވެ. ބޭނުންވަނީ މަޤާމެވެ. ކުރިއަށްދާނެ މަގެކެވެ. ބާރެވެ. ގޯހެއް ހަދައިފި ނަމަ ބެލޭނެ ރަނގަޅު ނިޒާމަކާއި އެއްވެސް އިސްތިސްނާއެއް ނެތި ފިޔަވަޅު އެޅޭނެ ހަރުދަނާ ޤަވައިދެކެވެ. ސިޔާސީ ކޮއްޓުމާއި، ކޮއްޕުމުގެ ރައްކާތެރިކަމެވެ.

ފާއިތުވި އަހަރުތަކުގައި ސަރުކާރުން އެމްޓީޑީސީއާ މެދު ކަންތައް ކޮށްފައިވަނީ ރައްޔިތުންނާއި ސަރުކާރު ބައިވެރިވާ ކުންފުންޏަކާ މެދު ކަންތައްކުރާ ގޮތަކަށެއް ނޫނެވެ. ކުންފުނި ކޮޅަށް ޖެހުމަށް ޤާނޫނީ ލުޔެއް، ނުވަތަ ޤަވައިދުގެ ލުޔެއް ދީފައެއްނުވެއެވެ. މިކަމުގެ ސަބަބުން ޤާނޫނަށް ގެންނަ ބަދަލަކުން، އެތަކެއް އަހަރު ވާންދެން ވުޖޫދަށް "ގެންނާނެތޯ ނުވަތަ ނުގެންނާނެތޯ" ކިޔަކިޔާ އޮތުމަށް ފަހު ވުޖޫދަށް ގެނައި އެމްޓީޑީސީ ރަނގަޅަށް ހިނގައިނުގަނެވި އުޅެނިކޮށް އިނދަޖެހުނު ކަމަށް ވެއެވެ.

ވެރިކަމަށް އައުމަށް ޕީޕީއެމުން ރައްޔިތުންނަށް ހުށައެޅި ވަޢުދުނާމާގައި، ފަތުރުވެރިކަމުގެ މަސައްކަތްކުރާ ރަށްރަށުގައި ވަޒީފާ އަދާކުރާ މީހުންނަށް އެ ރަށްރަށުގައި ހިނގާ ވިޔަފާރީގައި ބައިވެރިވެވޭނެ ނިޒާމެއް ގާއިމްކުރެވޭނެ ވާހަކަ ބުނެފައިވެއެވެ. މިހާރު ޕީޕީއެމްގެ ވެރިކަމަށް ހަތަރު އަހަރު ފުރިއްޖެއެވެ. ނުކުރެވޭނެ ކަންކަމުގެ ވާހަކަ ނުދައްކާ ކުރެވޭނެ ކަންކަމުގެ ވާހަކަ ދައްކަމާތޯއެވެ؟

ރައްޔިތުންނަށް ފަތުރުވެރިކަމުގެ ޞިނާޢަތުގައި ބައިވެރިކުރުމަށް އެމްޓީޑީސީ ނަގާ ކޮޅަށް ޖަހަންވީއެވެ. އެހެންނަމަވެސް އެކުންފުންޏަށް ޤާނޫނީ ލުއިތައް ލިބެން ބޭނުންވާނެއެވެ. ބިން ހޯދުމާއި ބިން ދޫކުރުމުގައެވެ. ބިމުގެ ކުލީގައެވެ. މިކަމާ އިދިކޮޅު ހައްދަވާ ފަރާތްތަކުން ނެންގެވޭނެ ބައިވަރު ކަންތައްތައް ހުރިކަން އަޅުގަނޑަށް ވެސް އެނގެއެވެ. އެހެންނަމަވެސް ކުންފުނި ކޮޅަށް ޖަހަން، ހިނގައިގަންނަންދެން، ބިން ހޯދުމާއި، ބިން ދިނުމާއި، ބިމުގެ ކުލީގެ ހަމަހަމަ ކަމުގެ އުޞޫލަށް ލުޔެއް ލިބެން ބޭނުންވާނެއެވެ.

ކުންފުނީގެ ބައިވެރިންނަކީ ސަރުކާރާއި ރައްޔިތުންނެވެ. ސަރުކާރު ބައިވެރިވާ އެހެން ކުންފުނިތައް ކުރިއަށް ދިއުމަށް ސަރުކާރުން ބައިވަރު ލުއި ދެއެވެ. ކުންފުންޏަށް ފައިދާވާނެ ގޮތަށް ސީދާކޮންނާއި ނުސީދާކޮށް ސަރުކާރުން ޤާނޫނާއި ގަވައިދުތައް ހަދައެވެ. މިސާލަކީ ބޭންކް އޮފް މޯލްޑިވްސް އާއި، އެސްޓީއޯ އާއި ސްޓެލްކޯ އާއި، އެމްޓީސީސީ. ފަދަ ކުންފުނިތަކެވެ. ކުންފުނި ރަނގަޅަށް ހިނގައިގަތުމަށް ސަރުކާރުން މިހާރު ގެންގުޅޭ ގެދޮރުއެޅުމުގެ ސިޔާސަތު ވެސް ބާރުލައެވެ. އިމާރާތްކުރެވޭ އެޕާޓްމެންޓުތައް ރައްޔިތުން ގަންނަނީ ދިގު މުއްދަތެއްގެ ތެރޭގައި ކޮންމެ މަހަކު ވަކި އަދަދެއްގެ ފައިސާ ދައްކާ ގޮތަށެވެ. އެމްޓީޑީސީ ކަހަލަ ކުންފުންޏެއްގައި އިންވެސްޓުކޮށްގެން ލިބޭ ފައިދާ އިން ގެދޮރު އަމިއްލަކުރުމަށް ދައްކަން ޖެހޭ ފައިސާގެ އަދަދަށް ވެސް ލުޔެއް ލިބިދާނެއެވެ. މިހާރުވެސް އެމްޓީޑީސީ އަށް ފައިދާ ވާކަމަށް ބުނެއެވެ. އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ލިބެއެވެ. ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި އެމީހުންގެ ހުރި ހިއްސާގެ އަދަދު އިތުރު ކުރި ކަމަށް ވެއެވެ. ފަޅުރަށެއްގައި އެކަނިމާ އެކަނި ހުރި މީހަކަށް އެ ރަށުން ބާޒާރުކޮށްލަން ފައިސާކޮޅެއް ދިނުން ކަހަލަ ކަމެކެވެ.

11 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 5%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

22 November 2017

އެމްޓީޑީސީ އުފެއްދި ސަބަބާއި އަދި ހެރެތެރެ ޕްރޮޖެޓް ހިންގާންހަވާލުވި މަހުޖަނުން “ކުއްލިއަކަށް މާލެއިން ގޯތި ބައްލަވައިގަތް ގޮތް” މިހާރު ބަލަން ވެއްޖެ ނަމަ ވަގުތު ގެއްލޭނެ. މިފަދަ ނޭއްގާނި އަމަލު ހުއްޓުވުމަށް “ދައުލަތުގެ ހުރިހާ ކުންފުންޏެއް ޕަބްލިކްކުންފުންޏަށް ބަދަލުކޮށް މެޖޯރިޓީ ހިއްސާ ރައްޔިތުންނަށް އަދި ސަރުކާރު ހިއްސާ ރާއްޖޭގެ އިދާރީ ދާއިރާތަކުގެ ކައުންސިލް ތަކަށް ރައްޔިތުންގެ ނިސްބަތުން ބަހާލަންޖެހޭ” އެއީ ރާއްޖޭގައި މިކަން ކާމިޔާބު ކުރެވޭނެ ގޮތް. ރައްޔިތުންގެ ވެރިކަމެއް 2018 ގަ އިންތިހާބު ކުރުމާއި އެކު އާންމު ފަރާތްތަކަށް ރިސޯޓް ދޫކުރެވޭ އެންމެ ދިގު މުައްދަތަކީ 35 އަހަރު ކަމަށް ހެދުމަށްފަހު މުއްދަތު ހަމަވެގެން ދައުލަތަށް ލިބޭ ރަށްތައް މިކުންފުންޏާއި ހަވާލުކޮށް މުޅިރާއްޖޭގެ ރައްޔިތުން ޝާމިލްވާގޮތަށް ޓްއަރިޒަމް ގައި ރައްޔިތުން ހިއްސާކޮށް މަދު އަދަދެއްގެ މަހުޖަނުން ޓްއަރިޒަމްގެ ފައިދާ ހިސޯރު ކޮށްގެން ތިބި ތިބުމަށް ނިމުމެއް ގެންނާންޖެހޭ.

The name is already taken The name is available. Register?

އައްު

21 November 2017

އެމްޓީޑީސީ އުފެދުނީ ސިޔާސީ ބޭނުމަކަށް، ރަގަޅު ނޮިޔަތެއްގައެއް ނޫން، ތަން އުފެއްދުމާއެކު ތަން ހިންގަން ހަވާލުކުރީ ކޮންފްލިކްޓް އޮފް އިންޓްރެސްޓް އޮތް ފަރާތްތަކާ. މިއާއެކު ދެ މަހުޖަނެއް ވެގެން ހެރެތެރެ ހެދުމުގެ ނަމުގައި އިންތިހާ އަށް ފައިދާ ނެގި، ދެން އެމީހުން ތިބެގެން އެމީހުން ގެ ޕްރޮކްސީ ޑިރެކްޓަރުން މެދުވެރިކޮށް 100 ރ އަށް 90 ރުފިޔާ ، ރަށް ހިންގަން ނުފަށަނީސް ބަހާ ނިންމާލައިފި. ބެހީ ކެޕިޓަލް އިންވެސްޓަންޓަކަށް ލިބުނު ފައިސާ. ޖެހިގެން އައި އަހަރު އަނެއްކާ 20 ރ ބަހާ އިންވެސްޓްކުރި އަދަދަށްވުރެ 10 ރ އިތުރަށް ހޯދި. ދެން އައީ އެމްޑީޕީގެ ވެރިކަން. އެމީހުން ޓޫރިޒަމް ޤާނޫނަށް ބަދަލު ގެނެސް އެމްޓީޑީސީ އުފެއްދި އިރު ލިބިފައި ހުރި ހުރިހާ އިންސެންޓިވްސް ތަށް ދުއްވާލި. ދެން އެތައް މިލިއަނެއްގެ ލޮސް ތަކަކާ ކުރުމަތިވެ ބޭންކަށް ދައްކަންޖެހޭ ލޯނު ނުދެއްކި ރަށްތައް ވިއްކަން މަޖުރު ވާނެ ފެށި، މިހާ ހިސާބަށްވެސް ކުރަންޖެހިފައި އޮތީ މިދެންނެވި ލޮސްތަކުން އަރައިގަންނަން ކުރަންޖެހޭ މަސައްކަތް.

The name is already taken The name is available. Register?

ބޯހަލާކު

21 November 2017

އެމްޓީޑީސީ ކުރޒަކަމަކީ ކަޓުނަގާގެން ހެދިފަހުރިރަތްތަށް ނުއަގުގަ ވިއްކުން. ދެންތިބޭ ބަލަން. އިހަކަށްދުވަހަކު ހުޅުވި ހުރަވަޅިއަށްވާގޮތް. އެތަން ގަންނާނީ އަނަންތަރާ.....

The name is already taken The name is available. Register?

ބޭޝަރަމް

21 November 2017

ސަރުކާރަކުން އެކަމެއް ނުކުރާނެއެވެ. ކުރިޔަކަނުވެސްދޭނެއެވެ. ސަބަބީ މިގައުމުގައި ގައުމަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ސިޔާސީ މީހުން ނެތީމައެވެ. ސައުދާގަރުންނާއި މަހާރާޖާއިން ހިތްހަމަ ޖައްސާލީމާ، ހެޔޮއެދޭފަރާތްތަކުން ސިޔާސީ ވެރިންނަށް މިލިއަނުން ފައިސާދޭގައުމެއްގައި އެމީހުން ބޭނުންވާގޮތަށް ކަންތައްތައް ވާނެއެވެ. އެއީ ޝައްކެއް ވަސްވާހެއް އޮތް ކަމެއް ނޫނެވެ. ކިތަންމެ ވަރަކަށް ބުންޏަސް ހަގީގަތެއް ބަދަލެއް ނުކުރެވޭނެ! ސައުދާގަރުންނާ ދޭތެރޭގައި ޢަމަލުކުރާގޮތް ހަމަ ތަފާތެވެ.

The name is already taken The name is available. Register?

ކޮލެޖް ބޯއީ

21 November 2017

އެމްޓީޑީސީ ގެ ރަށްތައް ވިއްކާލީމަ ޑޮލަރު ލިބޭނެ. އެންމެ ބޮޑު ހިއްސާދާރު ސަރުކާރު މިއަދު ބޭނުންވަނީ ޑޮލަރު. އެހެންވީމަ، ހަދަން ވީގޮތަކީ އެމްޓީޑީސީ މެނޭޖިންގ ޑިރެކްޓަރު ބުނިހެން ހިއްސާދާރުންނަށް ފައިދާ ކޮށްދޭން ރަށްތައް ވިއްކާލުން. ދެން ރަށްތައް ވިއްކައި ހުސްވީމަ، ތަން ބޭންކްރަޕްޓް ކޮށްލާފައި، އެއަމޯލްޑިވްސް، ޝިޕިންގް ލިމިޓެޑް ފަދަ ތަންތަނަށް ހެދިހެން ފައިލް ކޮށްލީމަ ނިމުނީ ދޯ. މުވައްޒަފުންކޮޅު ތިލަފުށްޓަށް ކަހާލީމަ ނިމުނީ.

The name is already taken The name is available. Register?

އަލިހޮއްކޮ

21 November 2017

މި ރާއްޖޭގެ އާދައިގެ ރައްޔިތު މިހާ ހަމަ އިސްކޮޅަސް ހިންދެމިލަން ތެދުވެލާ ކޮންމެ ފަހަރަކު އަޅާ ގަންނުވާލަން އޮންނާނެ ފާޑެއްގެ ޖަމާއަތެއް އުފައްދާފަ މަޓީ ކިޔާ.

The name is already taken The name is available. Register?

އަފުން

21 November 2017

މިއީ ކޮން ވެރިކަމެއްގައި ހިންގި ޖަރީމާއެއްތަ؟ އެމްޓީޑީސީ އަޑިއަށް ދުއްވާލީ ރައީސް ނަޝީދެވެ. އުލިގަމު ޕްރޮޖެކްޓް ހުއްޓުވާލީވެސް އޭނާއެވެ. ރައީސް ނަޝީދަކީ ދިރާގު އަދި ދިވެހި ފެންކުންފުނި ބިދޭސީންނަށް ވިއްކާލި މީހާއެވެ. ނުވިތާކަށް އެއަރޕޯޓްވެސް ވިއްކާލީ އެވެ. މިވަރުގެ މީހަކު މިހާރު ތިބި މީހުންނަށް ވަގަށް ގޮވާތީ ހަމަ ހިނިއައްނަނީ އެވެ.

The name is already taken The name is available. Register?

ޟަރިޔަބު

21 November 2017

ފާއިތުވެ ދިޔަ 7އަހަތުވެސް ތިބުނާ ރައީސް ނަޝީދު ތޯ ވެރިކަމުގަ ހުރީ ނޫނީ މިޙާރުވެސް ވެރިކަމުގަ ތިބިމީހުން ބާ ތިބީ؟

The name is already taken The name is available. Register?

ޔުނައިޓެޑް އައްޑޫ

21 November 2017

ދިވެހި ރައްޔިތުންނަށް ފައިދާވާގޮތަށް ތިބާވަތުގެ ކުންފުންޏެއް ހިނގިޔަކަނުދޭނެ. ގެސްޓްހައުސް ވިޔަފާރިވެސް ކުރިއަށް ދާންވީ މިންވަރަށް ނުގޮސްގެން އުޅެނީ "އިންޑަސްޓްރީ" ބޭފުޅުންގެ ޖީބަށް މަދުވެދާނެތީ.

The name is already taken The name is available. Register?

އެގިގެން މިބުނަނީ

21 November 2017

އެމްޓީޑީސީން ކުރަނީ ކިހާވަރެއްގެ ކަންތައްތައް ކަމެއް ބަލާލިންތަ؟ އެއްޗަކަށް އެއްޗެއް ހަދާފަ ޚަބަރު ހެދިޔަސް ރަގަޅެއް ނުވާނެ. އެތަނުގެ ބޯޑްމެންބަރުން ކުރާ ޚަރަދުތައް ބަލާބަލަ. ޓްރެއިނިންއަށޭ ކިޔާފަ ފުރަފުރައިގެން ދާ ހިސާބުތައް އިގޭތަ. ޢެލަވަންސްގެ ގޮތުގައި ދެނީ ކިތައް ހާހުން ޑޮލަރުކަން އިގޭތަ؟ އެއަށް ހަދާނަހަދާއެއް ބެލުމެއްނެތް ދެވުނީމަ ނިމުނީ. ސަރުކާރަށް ސަނާކިޔާމީހުން ހިސޯރުކޮށްފަ އޮތް ބޯޑެއް.

The name is already taken The name is available. Register?

އެމާމް

21 November 2017

އެމްޓީޑީސީއަށް ފައިދާވެއޭ ބުނަނީ އެތާންގެ ވެރިން . ބޮޑުމުސާރަ ނަގާފަ ބޭރުގައުމުތަކަށް އެތާންގެ ހަރަދުގައި އެތައް ދަތުރުތަކެއް ކުރޭ ދެން އެއްޗެއް ކިޔަންޖެހޭތީ ކިޔަނީ.. އެބުނާ ފައިދާ ވާކަމެއް ހިއްސާދާރަކަށް ނޭންގޭ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454