ފުވައްމުލަކުގައި މިރޭ އެކްސިޑެންޓު ހިނގި ސަރަހައްދަށް އާންމުން އެއްވެފައި.
20 ނޮވެމްބަރ 2017 - 19:39
ފުވައްމުލަކުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި ފުވައްމުލަކު އެއާޕޯޓު ކައިރީގައި މިރޭ 7:15 ހާއިރު ދެ ސައިކަލް ޖެހިގެން ހިނގި އެކްސިޑެންޓުގައި މަރުވެފައި ވަނީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.
އެނގިފައިވާ ގޮތުގައި އެ ހާދިސާގައި އެ ކުއްޖާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް، ހަށިގަނޑުގެ ބައެއް ތަންތަން ބިންދައިގެން ގޮސްފައިވެ އެވެ.
ފުވައްމުލަކުގައި މިރޭ އެކްސިޑެންޓު ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ. މި އެކްސިޑެންޓުގައި 17 އަހަރުގެ ފިރިހެން ކުއްޖަކު ވަނީ މަރުވެފައި.
އެ އެކްސިޑެންޓުގައި އިތުރު ދެ މީހަކަށް ވެސް އަނިޔާ ލިބިފައިވެ އެވެ. ފުލުހުން ބުނީ އެ ދެ މީހުންނަށް ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު، ދެ މީހުންގެ ހާލު ވެސް ސީރިއަސް ކަމަށެވެ.
އާސަންދަ އިން ބުނީ އެކްސިޑެންޓުގައި އަނިޔާވެގެން ފުވައްމުލަކުގައި ފަރުވާދެމުން އަންނަ ދެ މީހުން އިތުރު ފަރުވާ އަށް ޗާޓަރު ފްލައިޓެއްގައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނީ އުމުރުން 16 އަހަރުގެ ފިރިހެނަކަށާއި 19 އަހަރުގެ ފިރިހެނަކަށެވެ. އެކްސިޑެންޓު ހިނގި ގޮތުގެ ތަހުގީގު ފުލުހުން ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާނު
21 November 2017
17 އަހަރަކީ ލައިސަންސް ލިބޭނެ އުމުރަކަށް ނުވަންޏާ އަދި ލައިސަންސް ނެއް ކުއްޖަކަށް ސައިކަލް ދުއްވަން ދީފިއްޔާ އެކަމުގެ ޒިންމާ އުފުލުމަކީ ސައިކަލްގެ ވެރިފަރާތް ނުވަތަ ސައިކަލް ދުއްވަން ދިން ފަރާތުން ކުރަންޖެހޭނެ ކަމެއް. އެފަދަ ފަރާތްތަކަށް ހަރުކަށި އަދަބު ދޭން އެބަޖެހޭ. ޤަވާއިދުގަ ނެތިއްޔާ ޤަވާއިދުގަ ހިމަނަން ވެސް އެބަޖެހޭ. އެއީ މިފަދަ ކަނތައްތަކުގަ ދުނިޔެ ދޫކުރާ ކުދިން އެކަމުން ސަލާމަތް ކުރުމަށް. އަޅުގަޑަށް ފެންނަނީ ފުރަތަމަ ކަމަކަށް ސައިކަލް ގެ ވެރިފަރާތް މަދުވެގެން 50000ރ އިން ޖުރިމަނާ ކުރުން. 1 އަހަރަށް ޖަލަށް ލުން ފަދަ ކަމެް ކުރުމެވެ،
ކައްގަލް
21 November 2017
އިއްޔެ ވެސް ދުށިން ހުޅުމާލެ ބީޗް މަގުން ވަރަށް ބާރަށް ދުއްވާފަ ދިޔަ ދެ ކާރު. ސްޕޯޓު ކާރު ވައްތަރުގެ. އެކެތި ފަހަތުން އަނެކެތި. މޭގަނޑު އަނގަޔަށް އައީ.
ރަދީފް
21 November 2017
މައްޔިތާއަށް ހެޔޮ ރަހްމަތް ލައްވާށި.އަދި އާއިލާތަކަށް ކެތްތެރިކަން މިންވަރުކުރައްވާށި.އާމީން.އެގައުމެއްގަ ދިރިއުޅޭ މީހުން އެއީ ކިހާ ޑިސިޕްލިންބައެއްކަން އަންގައިދޭ ވަރަށް ބޮޑު އިންޑިކޭޓާރ އެއް ޓްރެފިކް ގަވާއިދަށް އަމަލުކުރާ މިންވަރުއެއީ.ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގަ ވަަރަށް މަދު މީހަކު މެނުވީ ހެދިފަ ހުރި ގަވާއިދުތަކަށް ބަލައިގެން ސައިކަލް ނުދުއްވާ.ހާއްސަކޮށް މެދުއުމުރުގެ މީހުން އެއީ ޓްރެފިކް ރޫލްސްއަށް ބެލުމެއްނެތި އެންމެ ގިނައިން މަގުމަތީގަ އުޅޭ މީހުން.މިކަން ވަރަށް ރަނގަޅަށް މާލޭގެ މަޖީދީމަގުން ފެނިގެންދާނެ.ވ.ވެދުން
ސަލާމަތީ
21 November 2017
ހެލްމެޓް އާއި ލައިފްޖެކެޓް ބޭނުންކުރުން ލަދުވެތި ކަމެއްގެ ގޮތުގައި ދިވެހީން ނުދެކޭނެ ދުވަހެއް އަވަހަށް ދައްކަވާށި. އާމީން.
ހޭކެނޑޭ
21 November 2017
މާލެ ހުޅުމާލެ ބުރިޖް ހުޅުވުމުން ކިތައް މީހުންގެ ފުރާނަ ދާނެ ބާއޭ ހިތައް އަރަނީ. ދުރާލާ މިކަންކަމައް ހައްލެއް ނުގެނެސްފިނަމަ ލިބޭ ގެއްލުން މާބޮޑުވާނެ. މުހިންމީ ބުރިޖެއްނޫން މުޙިންމީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރެވޭނެގޮތް ހޯދުން.
ހަންކެނޑޭ
21 November 2017
މީހަކު ދުއްވާފަދާ ސްޕީޑް ކޮންޓްރޯލް ކުރާނީ އެ މީހަކު. ބްރިޖް އެއް ނޫން
ހިތާމަ ހުރި
21 November 2017
އެކްސިޑެންޓު ހިނގި ވަގުތު އެތާ ކައިރިން ދިޔަ ތިން ކާރު މަޑުނުކޮށް ދިޔަ ކަމަށް ވޭ! އެތަނުން އެކަކު ގެންދިޔައީ ކާރެއްގަ! އެއީ ހަތަރު ވަނައަށް އެތަނަށް އައި ކާރު! އަނެއް ދެމީހުނަ ހޮސްޕޮޓަލަށް ގެންދިޔައީ އެމްބިއުލާންސް ގަ! އެމްބިއުލާންސް އަންނަން 10 ވަރަކަށް މިނެޓު ނެގިކަމަށްވޭ! އެވަގުތު އެ ސަރަހައްދުން ދިޔަ ތިން ކާރު މަޑު ކުރިނަމަ 17 އަހަރުގެ ކުއްޖާގެ ފުރާނަ ސަލާމަތް ވުމުގެ ފުރުސަތު އޮތް! މީ ހިތާމަ ހުރި ކަމެއް!
ރާބިޔާ
21 November 2017
ހެލްމެޓްއަޅައިގެން ދުއްވުމަކީ ބުއްދިވެރިކަމެށް ކަަމަށް އަޅުގަނޑަށް ފެނޭ , ދުނިޔޭގެ އެހެންގައުމުތަކުގައިވެސް ހެލްމެޓް އެޅީމައި ވަރަށް ގިނަފަހަރު ހުރީ ސަލާމަތްވެފައި , ރާއްޖޭގައިވެސް ހެލްމެޓް އެޅުމުގެ ގަވާއިދެއް ހެދުމަކީ މިހާރު ލާޒިމް ކަމެށް ކަމަށްދެކެން .
ރައްޔިތުމޭން
21 November 2017
ކީއްކުރާނީ. ޤަވައިދު ހެދީމަ ގޯސްވަނީ ހަދާ މީހާ. ޓެކްސީގެ ފެހި ބޯޑުންވެސް އެނގޭ އެކަން. އެމީހުން އަމަލުކުރީމަ ދޯ ވާނީ
ހަސަނ
20 November 2017
ހިތާމަތައް ލިބިފައިވާ އާއިލާތަކަށް ހަމްދަރުދީ ފޮނުވަން. މިހާދިސާގައި މިތިބީ ވަރަށް އުމުރުން ހަގު ބައެއް. މިފަދަ ކަންކަން ކޮންޓްރޯލް ކުރުމަށް ބެލެނިވެރިން ހާއްސަ ސަމާލުކަމެއްދީ ކުދިން އުޅޭ ގޮތްތައް މޮނިޓަރކުރުން ވަރަށް މުހިންމު.
12ގަޑިއިރު
20 November 2017
ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް ދިވެހިރާއްޖޭގައި އެއްދުވަހަކީ 24 ގަޑިއިރުގެ ބަދަލުގާއި 12 ގަޑިއިރު. އެހެންވެ ދިވެހިން އުޅެނީ އަބަދުވެސް އަވަހަށް ތަނަކަށް ނުދެވިގެން. ހާއްސްކޮށް އެއްވެސް ވަޒީފާއެއް ޒިއްމާއެއް ނެތް ޒުވާނުން އުޅޭނީ އަބަދުވެސް ތަނަކަށް ނުދެވި ލަސްވެގެން.
ތުއްތޫ
20 November 2017
އެކުުއްޖާ މަރުވުމާއި އަދި އެ ހާދިސާގައި ގެއްލުންވެ އަނިޔާ ލިބުނުފަރާތްތަަaށް ހަމްދ ރުދީވަން