އިންޑޮނީޝިއާގެ ބާލީގެ އަލިފާން ފަރުބަދަ ގޮވާތީ އެއާޕޯޓް ބަންދުކުރުމުން 445 ފްލައިޓް ވަނީ ކެންސަލް ކުރަން ޖެހިފައި. --ފޮޓޯ:ރޮއިޓާސް
27 ނޮވެމްބަރ 2017 - 12:47
ބާލީ (ނޮވެމްބަރު 27) - އިންޑޮނީޝިއާގެ ބާލީގެ މައުންޓް އަގުންގް ފަރުބަދަ ގޮވާތީ އެލާޓް ލެވެލް އެންމެ މައްޗަށް ޖައްސާ ބާލީ އެއާޕޯޓް ބަންދުކޮށްފި އެވެ.
ބާލީ އެއާޕޯޓް ބަންދު ކުރުމުން އެތައް ހާސް ޓޫރިސްޓުން ވަނީ ތާށިވެފަ އެވެ. އަލިފާން ފަރުބަދައިގެ މަތިން ބޯ ދުމާއި އަލިފާން މިހާރު ވަނީ އަރަން ފަށައިފަ އެވެ. އޮފިޝަލުން މިހާރު ވަނީ އެ ސަރަހައްދުން މީހުން ދުރަށް ދިއުމަށް އަންގައިފަ އެވެ.
ނޭޝަނަލް ބޯޑް ފޯ ޑިޒާސްޓާ މެނޭޖްމަންޓުން މިހާރު ވަނީ އެލާޓް ލެވެލް ހަތަރަކަށް މައްޗަށް ޖައްސައިފަ އެވެ. ފަރުބަދަ ގޮވައިފާނެ ކަމުގެ ބިރަށް އިންޑޮނީޝިއާގެ ކަމާބެހޭ އޮފިޝަލުން ތައްޔާރުވަމުންދާތާ އެތައް ދުވަހެއް ވެއްޖެ އެވެ.
ބަލީގެ އެންގުރާ ރައި އެއާޕޯޓް އިއްޔެ ބަންދުކުރުމުން މިހާތަނަށް ވަނީ 445 ފްލައިޓް ކެންސަލް ކުރަން ޖެހިފަ އެވެ. އަދި 59،000 ޓޫރިސްޓުން ވަނީ އެއާޕޯޓުގައި ނުފުރި ތާށިވެފަ އެވެ. އަދި ފަރުބަދައާ ކައިރި ހިސާބުތަކުން ވަނީ ލައްކައެއްހާ މީހުން ދުރަށް ޖައްސައިފަ އެވެ.
މައުންޓް އަގުންގް އެންމެ ފަހުން ގޮވާފައި ވަނީ 1963 ވަނަ އަހަރު އެވެ. އެ ފަހަރު ވަނީ 1،000 މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy